އދ. ހަންޏާމީދޫއަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަޑައިގަތުން.-- ފޮޓޯ: ރައީސް އޮފީސް
07 އޮކްޓޯބަރ 2025 - 14:54
އދ. ހަންޏާމީދޫ ކައިރީގައި އޮންނަ "އުތުރު އަތަފަރު" ހަންޏާމީދޫގެ ބައެއްގެ ގޮތުގައި ހަމަޖައްސައި، ޓޫރިސްޓުންނަށް ބޭނުން ކުރެވޭ ގޮތަށް ތަރައްގީ ކޮށްދޭނެ ކަމަށާއި އެ އަތޮޅު "އަލިކޮއި ރަށް" އެ ސަރަހައްދުގެ ހުރިހާ ރަށެއްގެ ޓޫރިސްޓުންނަށް ބޭނުންކުރެވޭ ތަނެއްގެ ގޮތުގައި ހަމަޖައްސާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
އދ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ހަންޏާމީދޫ ރައްޔިތުންނާ ބައްދަލު ކުރައްވައި، ރައީސް ވިދާޅުވީ އެ ރަށަކީ ޓޫރިޒަމްގައި ވަރަށް ބޮޑަށް ކުރިއަށްދާ ރަށެއް ކަމަށް ވާތީ އެކަމުގައި އިތުރު ކުރިއެރުން ލިބޭނެ ގޮތަށް ކަންކަން ހަމަޖައްސަވައިދެއްވާނެ ކަމަށެވެ. އަދި ހަންޏާމީދޫ އަކީ ލޯކަލް ޓޫރިޒަމުން ދައުލަތަށް ވެސް ރަނގަޅު އާމްދަނީއެއް ހޯދައިދޭ ރަށެއްކަން ފާހަގަކުރައްވައި، ރައީސް ވިދާޅުވީ "އުތުރު އަތަފަރު" އަކީ ހަންޏާމީދޫގެ ބައެއްގެ ގޮތުގައި ހަމަޖައްސައި އެކަމުގެ ގަރާރު ވަރަށް އަވަހަށް ނެރުއްވާނެ ކަމަށެވެ.
ރައީސް ވިދާޅުވީ އެއީ ލޯކަލް ޓޫރިޒަމްގައި ކުރިއަށް ދާން އިތުރަށް އެހީތެރިކަން ދިނުމަށް ނިންމަވާ ނިންމެވުމެއް ކަމަށެވެ. އަދި ޓޫރިސްޓުންނަށް ވެސް ބޭނުން ކުރެވޭ ގޮތަށް އެ ރަށަށް ތަރައްގީ ކުރުމުގައި އެހީތެރިކަން ދެއްވާނެ ކަމަށް ވިދާޅުވި އެވެ.
ރައީސް މުއިއްޒު ހަންޏާމީދޫ ރައްޔިތުންނާ މިއަދު ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަނީ.---ފޮޓޯ: ރައީސް އޮފީސް
އދ. އަތޮޅަކީ ޓޫރިސްޓުން ގޮވައިގެން ގޮސް ބޭނުންކޮށްލާނެ ރަށްތައް މަދު އަތޮޅެއް ކަމަށާއި އެއީ ހައްލުކުރުން މުހިންމު މައްސަލައެއް ކަމަށް ރައީސް ވިދާޅުވި އެވެ. އެހެންވެ، ހަންޏާމީދު އާއި އަތޮޅުގެ އެހެން ރަށްރަށުގައި ތިބޭ ޓޫރިސްޓުންނަށް ވެސް ބޭނުންކުރެވޭ ތަނެއްގެ ގޮތުގައި އެ އަތޮޅުގެ "އަލިކޮއި ރަށް" ހަމަޖައްސަވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި، އެއީ ވަކި ބަޔަކަށް ދޭނެ ތަނެއް ނޫނެވެ. އެ ރަށް ބާއްވާނީ ޓޫރިޒަމް މިނިސްޓްރީގެ ބެލުމުގެ ދަށުގައި ކަމަށް ވިދާޅުވި އެވެ.
ރައީސް މުއިއްޒު ހަންޏާމީދޫ ރައްޔިތުންނާ ބައްދަލުކުރައްވަން މިއަދު ބޭއްވި ޖަލްސާގައި ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: ރައީސް އޮފީސް
"މި ރަށަކީ އެއްވެސް ބަޔަކާ ދެން ހަވާލުކުރާނެ ތަނެއް ނޫން. ޓޫރިޒަމް މިނިސްޓްރީގެ ބެލުމުގެ ދަށުގައި ބާއްވައިގެން މި ރަށާއި މި ރަށާ ކައިރީގައިވާ ރަށްރަށާ، މި ހިސާބުގެ ހުރިހާ ރަށެއްގެ ރައްޔިތުންގެ ގެސްޓުން ގޮވައިގެން ބޭނުންކުރުމަށްޓަކައި ކަނޑައަޅާ ހާއްސަ ރަށެއްގެ ގޮތުގައި އަޅުގަނޑުމެން ކަނޑައަޅަން،" ރައީސް ވިދާޅުވި އެވެ.
އެ ރަށް ބޭނުންކުރުމުގެ އުސޫލު ޓޫރިޒަމް މިނިސްޓްރީން އިއުލާނު ކުރާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
އަލިކޮއި ރަށް މީގެ ކުރިން ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ވެސް ނިންމި އެވެ. ނަމަވެސް އެ ރަށް ހަވާލު ނުކޮށް އޮތުމުން މައްސަލަ ކޯޓަށް ވެސް ހުށަހެޅި އެވެ. އަދި ފަހުން އެ ރަށް އޮތީ އެއްވެސް ބޭނުމެއް ނުކޮށެވެ.
އޭރު ޓޫރިޒަމް ތަރައްގީކުރުަން ހުޅުވާލި 17 ރަށުގެ ތެރޭގައި ވެސް އަލިކޮއި ރަށް ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޢާދަނުބެ
08 October 2025
ޙދ އަތޮޅު ކުމުންދޫއައްވެސް ރައީސަގޮސް 4 ވަރަކަށް ތަނުގަ ބިންގާއެޅި އަދިޔެއް އެތްވެސް ތަނަކު މަސަތްކަތެއް ނުކުރޭ ދާ ކޮންމެ ރަށަކު ތިގޮތައް ކަންތައް އެބަކުރަށްވާ އެކަމަކު އެތްވެސް މީހަކު ލޮލަކަށް އަދި ކަމެތްވާތީ ނުފެނޭ
ރައީސްއަށް
07 October 2025
ފުވައްމުލަކަށް މާލެ އަތޮޅުން ފަޅެއްހަމަޖައްސައިދީބަލަ ދަތުރުދާން.
އަލިކޮއެ
07 October 2025
އަލިކޮއެ ރަށަކީ ފިނޮޅެއް. ގޫގުލް މެޕްގަ އަލިކޮއި ރަށް ޖަހާފަ އިނދޭ މީރުފެންފުށި ކިޔާ ފަޅު ރަށުގަވެސް. އެ ރަށުގެ ވާހަކަ ކަންނޭގެ
ޑރ ވާންޗޯ
07 October 2025
މިފަހަރު ތިއޮތީ އަލިކޮއެ ހަވަރަށްދީފަތާ. އަލިކޮއެ އަންހެނުން ހާދަހިތާމައެއް ކުރާނޭ.
މަހުނޫރު
07 October 2025
ރައީސް ހާދަ ސަޅިއޭ ވިސްނުމާއި ކެރުން ފެނިއްޖެ އެހެން ވެރިންގެ ނެތް މިފަދަ ކަންކަން އެބަހުރި ސަޅި ކުރިއަށް ވަޑައިގަންނަވާ
ދިއްދޫމީހާ
07 October 2025
އަހުން ހީކުރީ އަހުން އެއްބަނޑު އަލިކޮއި އެންމެންނަށް ބޭނުން ކުރެވޭގޮތައް ހެދީކަމަށް އެއީ މިއަދު މަޖިލިސްގައި ދެއްކި ވާހަކަ އަޑުއަހާފަ ސައްކު މަތީހުރެގެން މިހަބަރު ކިޔާލީމަ މިއިންގުނީ މިދައްކަނީ ފަޅުރަށެއްގެ ވާހަކަކަން..
ޢަރުތަ
07 October 2025
ހާދަ ވައުދެކޭ ރައީސް، ރިޔާސީ އިންތިޚާބުގެ ކެމްޕޭނު ތެރޭގަ މަނިކުފާނު ވީ ހުރިހާ ވައުދެއް ފުއްދާ ނިމުނީތޯ، ކެމްޕޭނުތެރޭގަ ވީ ވަޢުދުތަކުގެ ކިތައް ޕަސެންޓު ފުއްދިއްޖެތޯ، ނޫނީ އެވަރު މަދުވެގެން އަނެއްކާވެސް ލިސްޓަށް އިތުރު ކޮށްލައްވަނީތޯ، ކައުންސިލް އިންތިޚާބުގެ ކުރިން އަދި ލައްކަ ގިނަ ވައުދު ވާން އެބަހުރި ދެއްތޯ.
ލޮލްް
07 October 2025
ސުރުޚީ ފެނުނީމަ އަހަރެން ހީކުރީ އެއީ އަދަބީ ބަހެއްކަމަށް. ތަފްސީލު ކިޔާލީމަ ވާނުވާ މިއެނގުނީ.