ހދ. އަތޮޅުން ރަށްތަކާއި ފަޅު ހިމެނޭހެން 10 ސަރަހައްދެއް ވަނީ ޓޫރިޒަމަށް ހުޅުވާލާފައި. ބޮޑެތި ލުއިތަކަކާ އެކު މިތަންތަން ދޫކުރަނީ މި އަތޮޅުގައި ޓޫރިޒަމް ފުޅާކުރަން.
ރައީސް ޑރ. މުހައްމަދު މުއިއްޒު ހދ. ނައިވާދޫގައި.-- ފޮޓޯ: ރައީސް އޮފީސް
25 އޯގަސްޓް 2025 - 13:40
ރާއްޖޭގައި ޓޫރިޒަމް ނެތް އަތޮޅެއްގެ ގޮތުގައި ހދ. އަތޮޅު ލޭބަލްވެފައި އޮތުން ކަނޑުވާލައި، ލޯކަލް ޓޫރިޒަމާ އެކު އިގްތިސާދީ ފުރުސަތުތައް ފަހި އަތޮޅަކަށް ހެދުމުގެ މަސައްކަތް މި ސަރުކާރުން ފަށާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ހދ. އަތޮޅުގެ ރަށްތަކަށް ކުރައްވާ ދަތުރުފުޅުގައި ނައިވާދޫގެ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ މި އަތޮޅުގައި ޓޫރިޒަމް ކުރިއަރުވަން ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދޭ ކަމަށެވެ. އޭގެ ތެރޭގައި ރަށްރަށް ލޯކަލް ޓޫރިޒަމަށް ހުޅުވާލައި، އަތޮޅުގައި ޓޫރިޒަމް ފުޅާކުރުން ހިމެނޭ ކަމަށް ރައީސް ވިދާޅުވި އެވެ.
"މިއީ މިހާތަނަށް މި އަތޮޅުގައި ނުވެފައި އޮތް ކަމެއް. އެއްވެސް ބަޔަކަށް ޓޫރިޒަމް މި އަތޮޅުގައި ހިނގާނެ ގޮތެއް ނުހެދޭ. އަޅުގަނޑުމެން މިހާރު ވާނީ ވަރަށް މުހިއްމު ފިޔަވަޅުތަކެއް މިކަމަށް އަޅާފައި،" ރައީސް ވިދާޅުވި އެވެ.
"އަޅުގަނޑުމެން މަސައްކަތް ކުރާނީ މިހާތަނަށް މި އަތޮޅުގައި ޓޫރިޒަމް ނެތި މިދާ ލޭބަލް ކަނޑުވާލަދީ، ޓޫރިޒަމް ފައްކާކަމާ އެކު ހިނގާ އަތޮޅަކަށް ހަދަން،" ރައީސް
ރައީސް ވިދާޅުވި ގޮތުގައި ހދ. އަތޮޅު ހިމެނޭހެން ޓޫރިޒަމް ނެތް އަތޮޅުތަކަށް ފުރުސަތު ފަހިކޮށްދޭން ވަރަށް ބޮޑެތި ލުއިތަކަކާ އެކު ޓޫރިޒަމަށް ތަރައްގީކުރަން ރަށްތަކަކާއި ފަޅުތަކެއް ވަނީ އިއުލާންކޮށްފަ އެވެ. ބައެއް ރަށްތަކަށް އިންވެސްޓަރުން ޝައުގުވެރިކަން ފާޅުކޮށް މިހާރު އޮތީ ބިޑް ހުށަހެޅުމުގެ މަރުހަލާގައި ކަމަށް ވިދާޅުވި އެވެ.
ހދ. ނާވައިދޫގެ ރައްޔިތުންނާ ބައްދަލުކުރައްވަން ބޭއްވި ޖަލްސާގައި ރައީސާއި ވަޒީރުން. -- ފޮޓޯ | ރައީސް އޮފީސް
ހދ. އަތޮޅުން އެކަނި ވެސް ރަށްތަކާއި ފަޅު ހިމެނޭހެން، ރައީސް ވިދާޅުވި ގޮތުުގައި، 10 ސަރަހައްދަކަށް ވަނީ ހުޅުވާލައިފަ އެވެ.
"އެހެންވީމާ މި އަތޮޅުގައި އަޅުގަނޑުމެން ޓޫރިޒަމް ފައްކާކުރުމަށްޓަކައި ވަރަށް ގިނަ ކަންކަން އެބަކުރަން. އަޅުގަނޑުމެންނަށް ޔަގީންކަން އެބަ އޮތް، އިރާދަކުރެއްވިއްޔާ އޭގެ ނަތީޖާ ފެންނާނެ،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ މި އަތޮޅުގެ ނާގޯށި ތަރައްގީ ކުރުމަށް މިހާރު އެމްޓީޑީސީއަށް މަގުތަކެއް ފަހިކޮށްދީ އެ މަސައްކަތް ފެށުމަށް ތައްޔާރުވެފައިވާ ކަމަށެވެ. މިއީ ހައްލު ނުވެ، ވަރަށް ދުވަސްވެފައި އޮތް މައްސަލައެއް ކަމަށް ރައީސް ވިދާޅުވި އެވެ.
"އެހެން ނަމަވެސް އަޅުގަނޑުމެން މިހާރު މިވަނީ މިކަން [ނާގޯށި] ހިނގާނެ ގޮތް މަގުފަހިކޮށްދީފައި. އެކަން އިރާދަކުރެއްވިއްޔާ ވަރަށް ބާރު ސްޕީޑުގައި ކުރިއަށް ދާނެ،" ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވަނީ ނައިވާދޫގެ ރައްޔިތުން ހުށަހެޅި ކަންކަމާއި ސަރުކާރުން މި ރަށަށް ކުރަން ހުރި ޕްލޭންތައް ތަންފީޒުކޮށް ނަތީޖާ ނެރެދެއްވާނެ ކަމުގެ ޔަގީންކަން ވެސް ދެއްވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަހުރީން
26 August 2025
ހުއްޓިފައި ހުރި މިފަދަ ހުރިހާ މުހިއްމު ކަމެއް އަލުން ރައީސް މުއިއްޒު އެދަނީ ނަގާ ކޮޅަށް ޖަހަމުން.. މީ ރަނގަޅު ފެށުމެއް
ޖަގޭ
25 August 2025
އެއްފަހަރު އައްޗީ ކަމެއް އަނެއްފަހަރު ފައްކާކަމެއް ވާއެއް ނުވާއެއް ނޭގެ ބޮލުގައި ރިހެނީ...
އަލިސަރީފު
25 August 2025
މުއީޒަން އެގިވަޑައިގަނޭތޯ މާލެއާއިދުރު ހިސާބު ތަކުގައި ގެސްޓްހައުސް ވިޔަފާރި ފުޅާނުވަނީ ކީއްވެކަން! އެއީ މޯލްޑިވިއަނުން ގެސްޓުންނަށް ވިއްކާ ޓިކެޓް ބޮޑުތަކުން ބޮޑުވީމައި! ގެސްޓު 2މީހުނަށް 4ރޭގެ ކޮޓަރީގެ އަގު 300ޑޮލަރު މޯލްޑިވިއަނުން މީހަކަށް 300 ޑޮލަރު ދެމީހުންނަށް 600 ޑޮލަރު! 4ރެއަށް 900 ޑޮލަރު އެއްމެ އަގު ހެޔޮކޮންވެސް މޯލްޑިވިއަނުން ދަތުރުކުރާނަމަ ހޭދަކުރަން ޖެހޭ! މީ މިމާކެޓަށް ބޮޑުއަގެއް! ރައީސަށް މިކަން ހައްލު ކުރެވޭނެތަ!
ާސޮބީހާ
25 August 2025
ތިލަދުއްމަތި އައްޑޫ... ޙަނިމާދޫ އެއާޕޯރޓު ސ.ގަން އެއާޕޯރޓް އިންޓަރނޭޝަނަލް ފެންވަރައް ތަރައްގީކުރުން އަވަސްކުރަން ގޮވާލަން،
ފަރުހާދު ފަރޭ
25 August 2025
ހދ އަތޮޅު ރައްޔިތުންގެ ހައްގުގައި ތިޔަކަން ކޮށްދެވަން ނިންމުމުން ރައީސް އެ އަތޮޅަށް ދެއްވާ އަހަމިއްޔަތު ހާމަވެއެވެ
އަނީމް
25 August 2025
ޜޯދަމަސް ނިމުނީމަ ބާރަށް ފަށަން ބުނި ކަންކަން އަދިވެސް ހުރީ... މިހާރު 2 ރޯދަމަސް ނިމިއްޖެ..
ބުރޯ1
25 August 2025
ބުރޯ ތިވައުދުތައް ނުވާންވީނުން. ނުވާވަރުން ކަންތައްކޮށްދޭނަމޭ ނެތްއެއްޗަކުން ކިރުފެލަނީ ކިހިނެތް
އަނެއްކާ
25 August 2025
ފުރަތަމަ ކުރިން ވެފަ ހުރީ ވައުދުތައް ފުއްދުމަށް ނަސޭހަތްތެރިވަން.
ސޭން
25 August 2025
ވައުދަކަށް ފަހު ވައުދެއް.
ދޭނަމޭ
25 August 2025
ޝުކުރިއްޔާ ރައީސް. ތިޔަ ފެއްޓެވީ ރަނގަޅު މަޝްރޫޢެއް. މަގޭވޯޓު ރައީސަށް