މިއަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު -- ފޮޓޯ: މިހާރު
20 އޯގަސްޓް 2025 - 11:37
މި އަހަރުގެ މިހާތަނަށް ތިން ލޯނަކަށް 81.3 މިލިއަން ޑޮލަރު (1.3 ބިލިއަން ރުފިޔާ) ސަރުކާރުން ނަގައިފި އެވެ.
ފިނޭންސް މިނިސްޓްރީގެ ހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ މިހާތަނަށް ލޯނު ނެގީ، އިސްލާމިކް ޑިވެލޮޕްމެންޓް ބޭންކުން ދެ ލޯނަކާއި ސައުދީ ފަންޑް ފޯ ޑިވަލޮޕްމެންޓުން އެއް ލޯނެވެ.
އިސްލާމިކް ޑިވެލޮޕްމެންޓް ބޭންކުން ނެގީ މަސްވެރިކަމުގެ ދާއިރާއާ ގުޅޭ ޕްރޮޖެކްޓަކަށް ބޭނުންވާ ދެ ލޯނެވެ. އެ ދެ ލޯނުގެ އަދަދު 64 މިލިއަން ޑޮލަރު (992 މިލިއަން ރުފިޔާ) އަށް އަރަ އެވެ. އެ ދެ ލޯނުގައި ސޮއިކޮށްފައިވަނީ މި އަހަރުގެ ފެބްރުއަރީ 27 ގަ އެވެ.
އިސްލާމިކް ޑިވެލޮޕްމެންޓް ބޭންކުގެ ދެ ލޯނުގެ އިތުރުން ސައުދީ ފަންޑު ފޯ ޑިވެލޮޕްމެންޓުގެ 17 މިލިއަން ޑޮލަރު (262 މިލިއަން ރުފިޔާ) ގެ ލޯނެއް ވެސް ހިމެނެ އެވެ. އެއީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ މަޝްރޫއަށް ނެގި ލޯނެކެވެ. އެ ލޯނު ނެގީ އޭފްރީލް 14 ގަ އެވެ.
މި އަހަރަށް ބޭނުންވާ ބަޖެޓު ފައިނޭންސިން އަށް ގާތްގަނޑަކަށް 10 މިލިއަން ރުފިޔާ ބޭނުންވެ އެވެ. އެހެންވެ މިހާތަނަށް ލޯނު ހަމަޖެހުނީ ބަޖެޓަށް ބޭނުންވާ އަދަދުގެ 13 ޕަސެންޓެވެ.
ސަރުކާރުން މިދިޔަ އަހަރުގެ ތެރޭގައި ނުވަ ލޯނަކަށް 334 މިލިއަން ޑޮލަރު (5.2 ބިލިއަން ރުފިޔާ) ނަގާފައިވެ އެވެ. މިދިޔަ އަހަރު އެންމެ ބޮޑު ލޯނެއް ނެގީ ސައުދީ ފަންޑު ފޯ ޑިވެލޮޕްމަންޓުންނެވެ. އެ އިދާރާ މެދުވެރިކޮށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމަށް 150 މިލިއަން ޑޮލަރު (2.3 ބިލިއަން ރުފިޔާ) ހޯދާފައިވެ އެވެ.
ފިނޭންސް މިނިސްޓްރީން އާންމުކުރި މައުލޫމާތުތަކުގައިވާ ގޮތުން މިދިޔަ އަހަރު ދައުލަތުގެ ޖުމްލަ ދަރަނި ހުރީ 139 ބިލިއަން ރުފިޔާގަ އެވެ. ދައުލަތުގެ ދަރަނި މި އަހަރު 150 ބިލިއަން ރުފިޔާ އަށް އަރާނެ ކަމަށް ބަޖެޓުގައި ލަފާކޮށްފައި ވެ އެވެ. އެއީ ޖީޑީޕީގެ ނިސްބަތުން 124 ޕަސެންޓެވެ.
ކަރެންސީ ސްވޮޕާ އެކު މިއަހަރު ދައުލަތުން ދަރަނީގެ ގޮތުގައި ދައްކަން ޖެހޭ އަދަދު، އެއް ބިލިއަން ޑޮލަރު (15.42 ބިލިއަން ރުފިޔާ) އަށް އަރާނެ ކަމަށް ވޯލްޑް ބޭންކުން ބުނެފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޖައިސަންކަރު
20 August 2025
ކޮބާހޭ ލޯނު ނަގައިގެން ރާއްޖޭ ޕުރޮމޯޓު ކުރާޝޭ ކިޔާފަ ހިންދީ ފިލްމުސްޓާރު ކެޓްރީނާ އަށް ދިން ލާރި ގަންޑު. އޭގެން އެއްވެސް އެއްޗެއް އަނބުރާ ރާއްޖެ ވަދެއްޖެތަ؟؟
ޑެއިނގިލިދޭތެރެ
20 August 2025
މިއަހަރުގެ މިހާތަނަށް އަރަނި ކިޔާ އަޑުވެސް ބައެއްފަހަރު އިވޭ. އެކަމަކު އެދުވަހުކީ 120 ބިލިޔަނުން އެއްތަންކޮޅުވެސް މަދެއްނުވި. އޭގެތެރެއަށް 20 ބިލިޔަން އިތުރު ކުރެވިގެން މިހިސާބުގެ ޖަވާބު ދިމާވަނީ. ޓެކްސް ބޮޑުކުރުމުން ލިބުނު ނަތީޖާއެއް ނެތް. އަދިވެސް ރައީސްގެ ވިސްނުންފުޅާ އެކު ދައުލަތުގެ ބަޖެޓުން ފައިސާ ބެހުމުގެ ކުޅިވަރު ކުރިޔަށްދަނީ.
ތިމާވެށި
20 August 2025
އެަރޕޯޓް ، ވެމްކޯ ، ސްޓެލްކޯ ، އެމްޑަބްލިއު އެސްސީ ، އެމްޓީސީސީ ، އެސްޓީ އޯ ، އެލައިޑް އިންޝުރެންސް ، ބީއެމްއެލް ، ރިސޯޓް ތައް ، ގެސްޓް ހައުސް ތައް ، ސަފާރީ ތައް ،، ކިޔާނެ ކަމެއް ނެތެވެ. ހުރިހާ ދިމާއަކުން ވަނީ ފައިދާ އެވެ. ބޮޑެތި ފައިދާ ތަކެވެ. ބަޔަކު މިފައިސާގަ ނުޖެހޭނަމަ ބޮޑު ދަރަންޔެއް އޮންނާ ކަށް ނުޖެހެ އެވެ. ވީމާ ޕާޓީ އަކަށް ނިސްބަތް ނު ވީމާ އާވެރި އަކު ހޮވަން ވީ އެވެ. ދެޕާޓީ އަށް ވާވަރު ވެއްޖެ އެވެ.
ހަނދުރޮޅި
20 August 2025
މަސްވެރިކަމަށް ލޯނު ނެގިއްޔޭ؟ ނަގިއްޔާ!
ބަކުރު ބެއްޔާ
20 August 2025
މި ހުރިހާ ލޯނުތަށް ނަގައިގެން، ސަރުކާރު ކޮންމެ މުއަސަސާއެއް، ހަޖް ކޯޕަރޭޝަން، ހަޔާ އެޑިޔުކޭޝަން، ވެމްކޯ، ފުލުސް އޮފީސް. ސުޓެލްކޯ، މާލެ ސިޓީ ކައުންސިލް ރަށް ރަށުގަ ގެސްޓް ހައުސް އެޅުމުގެ ނަމުގަ ކޮރަޕްޝަން ހިންގަނީ
ކޮރަލް
20 August 2025
އޭލެވެލް ފެންވަރު ހުންނަ ކުއްޖަކަށް ވެސް މިގޮތަށް ސަރުކާރު ހިންގޭނެ އެވެ. ހަރަދު ކުޑަ ނުކޮށް ސިޔާސީ މަގާމް މަދު ނުކޮށް ލޯން ދައްކަން ވެސް ލޯން ނަގަނީ އެވެ.
ދަރަނި
20 August 2025
އަރަނި އޭ ކިޔަނީ އެކަމު ދަރަނި މިވަނީ ހަމަ
އަރަނި
20 August 2025
ހިސާބަކީ ފާޑެއްގެ އެއްޗެއް.
އުދުހޭ
20 August 2025
ދުވަސްކޮޅެއް ކުރިން ހުޅުވި ބޭންކުވެސް ދަރަނީގަ. ދޫނުކުރެވެ އެންމެ ލޯނެއްވެސް. ހުޅުވިފަހުން އަހަރެއްހާ ދުވަސް ވެއްޖެ.