21 އޯގަސްޓް 2025 - 08:44
އއ. އުކުޅަހު ހިއްކި ބުމުން ދޫކުރާ ގޯތީގެ އަދަދު އިތުރުކޮށް، 50 ހައުސިން ޔުނިޓް އަޅަން މިއަހަރު ބަޔަކާ ހަވާލުކުރަން ނިންމަވާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.
ރައީސް އެހެން ވިދާޅުވީ އއ. އަތޮޅަށް މިހާރު ކުރައްވާ ދަތުރުފުޅުގައި އެންމެ ފަހު ރަށެއްގެ ގޮތުގައި އުކުޅަހަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ރޭ ވާހަކަ ދައްކަވަމުންނެވެ.
ރަށުގެ ބިން ހިއްކުމުގެ މަޝްރޫއާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އެ މަޝްރޫއު ފުރިހަމަވެގެންދާއިރު ބޯހިޔާވަހިކަމުގެ ދަތިކަމަށް ވިސްނަން ޖެހޭ ކަމަށެވެ.
މިހާރު ހަދާފައި އޮތް ލޭންޑް ޔޫސް ޕްލޭންގައި ގޯތީގެ ޖާގަ ނަގަންޖެހޭ މިންވަރަށް ނަގާފައި ނެތް ކަމަށާއި އޭގައި ކަނޑައަޅާފައި އޮތީ 174 ގޯތި ދޭން ކަމަށް ރައީސް ވިދާޅުވި އެވެ.
ބާކީ ހުރި ޖާގަތައް ވެސް ކަނޑައަޅާފައި ހުރީ ލޯކަލް ޓޫރިޒަމަށް ނަމަވެސް އެ ބިމުން އިތުރު 76 ގޯތި ދޫކުރަން ނިންމާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.
"އަޅުގަނޑު ގަބޫލުކުރާގޮތުގައި ރަށުގެ ރައްޔިތުންނަށް އެންމެ މުހިންމީ ގޯތިގެދޮރުގެ މައްސަލަ ހައްލުކުރުން. ލޯކަލް ޓޫރިމަށް ކަނޑައަޅާފައިވާ ބިންތައް ސަރުކާރުން ލޭންޑް ޔޫސް ޕްލޭން ފާސް ކުރާއިރު ގޯތި ދޭގޮތަށް ބަދަލުކޮށް ޖުމްލަ 250 ގޯތި ދެވޭވަރަށް ލޭންޑް ޔޫސް ޕްލޭން އިސްލާހުކޮށްފައި އަޅުގަނޑުމެން ފާސްކުރަނީ،" ރައީސް ވިދާޅުވި އެވެ.
އެ 250 ގޯތި ދޫކުރުމުގެ ހުއްދަ އަންނަ ހަފްތާގައި ކައުންސިލާ ހަވާލުކުރައްވާނެ ގޯއްޗަށް އެދި ހުށަހެޅުމަށް ކައުންސިލުން އަންނަ ހަފްތާގައި ހުޅުވާލާނެކަމަށް އުންމީދުކުރައްވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
އޭގެ އިތުރުން އެ ރަށުގައި އެޅުމަށް ނިންމާފައިވާ 50 ހައުސިން ޔުނިޓްގެ މަޝްރޫއު މިއަހަރު ބަޔަކާ ހަވާލުކޮށް، ބާރު ސްޕީޑުގައި ގެންދަވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އަފްރާސިޔާބު
21 August 2025
މިމީގުން މިކިޔަނީ ކީކޭބާ؟ ރައްޔިތުން މަޖިލީހިގެ މެންބަރުންގެ އަނގަބަންދުކޮށްފިޔޭ ބަޖެޓްގެ ރަފްސީލެއްނެތޭ ހަަތަރުވަނަބާރު ކަމުގައިވާ ނޫސްވެރިކަމަށް އަތްލާއިފިޔޭ. ބަލަމީހަކު ބޭނުންވާގޮތަށް ހެދޭނީ އެމީހަކު ގެންގުޅޭ ރޮބޮޓުންނަށޭ. އިންސާނުންނަކީ ހެވާނުބައި ވަކިކުރަން އެނގޭ ބަޔެކޭ ނުބައިކަމެއް ކުރިއަސް އަމިއްލަ އިޅްތިޔާރުގައޭ ކުރަނީ. ވީއިރު މަޖިލީހިގެ މެންބަރަކަސް ބަޖެޓްގެ ތަފްސީލުނެތަސް ގާނޫނެއްފާސްކުރިޔަސް މެންބަރުން އެގޮތަށް ވޯޓްދީގެންނޭ ފާސްކުރަނީ.
މާލޭމީހާ
21 August 2025
ބަލަ އަހަރެމެނަށްވެސް ތި ތަނުން ގޯތި ލިބެންވާނެ. ތީ ހަމައެކަނި އެރަށު ރައްޔިތުންގެ ފައިސާއިން ހިއްކި ތަނެއްނޫނެއްނު
ނިޝާންް
21 August 2025
އެމްޑީޕީ ސަރުކާރަށް ނުވި ކަންކަން މިހިރީ. ކިއެއްތަ އެމީހުން އެއްވެސް އިރެއްގަ ވިސްނުމެއްވެސްނެތް ފްލެޓް އަޅާކަށް.
ރިޔާޒާާ
21 August 2025
އުކުޅަހުގެ ރައްޔިތުންގެ ނިސްބަތުން ގިނަ ބަޔެއް އުޅެނީ އެ ރަށުގަ. ޖާގައިގެ ގޮތުން ކުޑަ ރަށަކަސް އާމްދަނީއާއި ދިރިއުޅުމުގެ ފެންވަރު ރަނގަޅު ރައްޔިތުންތަކެއް އުޅޭ ރަށެއް. އެހެންވީމާ މި ފްލެޓްތަކުގެ މަންފާ ރައްޔިތުންނަށް އިންތިހާ ކުރާނެކަން ކަށަވަރު.
އަންސާމްް
21 August 2025
މިއީ މިރަށަށް ކޮންމެހެން ބޭނުން ކަމެއް. މިކަން ފައްޓަވާނެ ކަމުގެ ހަބަރު ލިބުމުން ރަށު ހުރިހާ ރައްޔިތުން މިތިބީ އުފަލުން ހެވިފަ.
ސިނާހްް
21 August 2025
ވަރަށް އުފާވެރި ހަބަރެއް ރައީސް.
ނަރިީސް
21 August 2025
އުކުޅަހަކީ އިތުރަށް ހިތްކެން އޮތް ރަށެއްނޫން، އެހެންވީމަ ގޯތި ދިނުމަށްވުރެ ފުލެޓް ދިނުން ރަނގަޅު
މިންވަރު
21 August 2025
އަޅުގަނޑަށް ނުވިސްނުނު ބޮޑު ޚަރަދުކޮށް ލޯކަލް ކައުންސިލް އިންތިޚާބު ބާއްވާ، އަދި ހޮވޭ ކައުންސިލަރުންނަށް ދައުލަތުން އެތަށް ޚަރަދެއް ކޮށްގެން ކައުންސިލް ހިންގަންޖެހޭ ސަބަބެއް، ރަށްރަށުގައި ގޯތިދޭނެ އަދަދާއި ގޯތު ދޫކުރާނެ ތަން ރައީސް އޮފީހުން ކަނޑައަޅަންވީމަ ދެން ތަންކޮޅެއް ބޮޑުވަރުކަންނޭގެ، ސަރުކާރު އިސްފަންތީގައި ތިބި މީހުންނަށް ތިމާމެން ކުރަންޖެހެނީ ކީއްކަންނޭގޭ ހިސާބަށް މިދަނީ، މިމީހުންނަށް ހީވާ ކަހަލަ ގައުމަކީ މީ ކަންމަތީ ފިހާރައެކޭ،
މައްކުބޭ
21 August 2025
އުކުޅަހަކީވެސް ޓޫރިޒަމް ފުޅާވެފައޮތް ރަށެއް، ހިލޭ ދައުލަތުގެ އަގުބޮޑު ބިން ދިރިއުޅުމަށްކަމަށް ބަލާ ވަކި ބަޔަކަށް ދިނީމަ އެ ބިންތައް ބޭނުންކުރަނީ ވިޔަފާރި ބޭނުމަށް، ބިން އެއްވެސް ތަނަކުން ދިރިއުޅުމުގެ ނަމުގަ ދިނުމަކީ ވަރަށް ބޮޑު ގޯހެއް، މާޅޮހުގަވެސް ބިމުގެ ވެލިއު ވަރަށް ބޮޑު، ދައުލަތުގެ ބިން އެއްބަޔަކަށް ހިލޭ ލިބޭއިރު އަނެއްބަޔަކަށް ގޯއްޗެސްވެސް ފްލެޓެއްވެސް ނުލިބޭ، ހަމައެއް ލަމައެއް ނެތް.