ޝާމީ
21 އޯގަސްޓް 2025 - 15:29
ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) ޗެއާމަނަކަށް އެ މަގާމުގައި ކުރިން ހުންނެވި މުހައްމަދު ޝާމީ އާދަމް އަނެއްކާ ވެސް އައްޔަންކޮށްފި އެވެ.
ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން (ޕީސީބީ) އިން އެ ކުންފުނީގެ ޗެއާމަންކަމުން ޝާމީ ވަކިކުރީ މިދިޔަ އޭޕްރީލް މަހުގެ 27 ގަ އެވެ.
އެކަމަކު އާރުޑީސީން މިއަދު ވަނީ އަލުން ޗެއާމަން ކަމަށް ޝާމީ އައްޔަން ކޮށްފައިވާކަން އިއުލާންކޮށްފަ އެވެ.
A warm welcome to our Chairman, Mohamed Shamy Adam. We look forward to your guidance and leadership. #TeamRDC pic.twitter.com/e5IgTl9MA0
— Road Development Corporation Ltd (@rdcmaldives) August 21, 2025
ޕީސީބީން އޭރު ޝާމީ މަގާމުން ވަކިކުރީ ކީއްވެ ކަމެއް ނުބުނެ އެވެ.
އެކަމަކު ޕީސީބީން އޭރު ވަނީ ޝާމީ، އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ)ގެ ބޯޑު މެމްބަރުކަމުން ވެސް ވަކިކޮށްފަ އެވެ.
އަލުން އެ މަގާމަށް ޝާމީ އައްޔަންކުރިއިރު މި ފަހުން ވަނީ އާރުޑީސީގެ މެނޭޖިން ޑިރެކްޓަރަކަށް ހުންނެވި އަލީ ޒުހައިރު، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މެނޭޖިން ޑިރެކްޓަރަށް ބަދަލުކޮށްފަ އެވެ. އަދި އާރުޑީސީ ހިންގުން ހަވާލު ކުރެއްވީ ކޮންސްޓްރަކްޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެއްގެ މަގާމުގައި ހުންނެވި އިބްރާހިމް ނަޒީމްއާ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
މިލިޓަރީ
21 August 2025
މިހާރު ވަޒީފާގެ ޝަރުތަކީ ސިފައިންގޭގަ ނުވަތަ ފުލުސްއޮފީހުގަ އުޅެފައިވުން، ގައުމު މިދަނީ ޗައިނާގެ ކޮމިއުނިޒަމްއާ ދިމާލަށް ހުރިހާ ތަނަކު މިލިޓަރީ ބެކްގްރައުންޑް ހުންނަ މީހުން އަދި ހުރިހާ މަސައްކަތެއް ސަރުކާރު ތެރެއިން ނިންމާލަނީ
ސޮފްޓް ރީސެޓް
21 August 2025
މިޒަމާނުގެ ޑިޖިޓަލް އިލެކްޓްރޯކިސް ދުނިޔޭގައި މަލްފަންކްޝަން ވުމުން އޭގެ ހައްލަކީ ރީސެޓް ކުރުމެވެ.
ޑރ ވާންޗޯ
21 August 2025
ކޮންމެސްކަހަލަ ކަންތައްގަނޑެއް ފެންމަތިވެގެން ވަޒީފާއިން ވަކިކުރިޔަސް، ހަމައެމީހުން އަނބުރާ ހަމައެއްކަލަ ބޮޑެތިމަގާމުތަކަށް މިއައްޔަނުކުރައްވަނީ ގައުމުގަ ކިޔަވައިގެންތިބި ސަރުތުހަމަވާ މީހުންނެތީތަ؟. ނޫނީ ކޮންމެސް ކަހަލަ ކޮރަޕްސަނެއްގެ ތުހުމަތު އެއީ ބޮޑެތިމަގާމުތަކުގެ ސަރުތަކީތަ؟.
އަފްރާސިޔާބު
21 August 2025
ޖިޑިޓަލްކުރުމަށްފަހު ރިސެޓްކޮށްލީ.
އެންމެން ހެޕީ
21 August 2025
މިވެސް ރިޓަޔަރޑް އޮފިސަރެއް ދެއްތޯ