ޝާމީ
28 އެޕްރީލް 2025 - 10:05
ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ)ގެ ޗެއާމަންގެ މަގާމުގައި ހުންނެވި މުހައްމަދު ޝާމީ އާދަމް، އެ މަގާމުން މިއަދު ވަކިކޮށްފި އެވެ.
ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން (ޕީސީބީ) އިން ބުނީ، އާރުޑީސީގެ ޗެއާޕާސަންގެ މަގާމުންނާއި އެ ކުންފުނީގެ ބޯޑުގެ މެމްބަރުކަމުން، މ. އެމޭޒަން މުހައްމަދު ޝާމީ އާދަމް، އިއްޔެ ވަކިކޮށްފައިވާ ކަމަށެވެ.
މީގެ އިތުރުން، އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ)ގެ ބޯޑު މެމްބަރުކަން ވެސް ކުރައްވާ ޝާމީ، އެ ބޯޑުން ވެސް ވަކިކޮށްފައިވާ ކަމަށް ޕީސީބީން ބުންޏެވެ.
ނަމަވެސް، ޝާމީ ވަކިކުރި ސަބަބެއް ޕީސީބީން ހާމަކޮށްފައެއް ނުވެ އެވެ.
އާރުޑީސީގެ ޗެއާމަންގެ މަގާމަށް ޝާމީ އައްޔަނުކޮށްފައިވަނީ މިދިޔަ އަހަރުގެ ޖަނުއަރީ މަހުގެ ތެރޭގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އެއްކަލަ މީހާ ދޯ
29 April 2025
ހިނަގައިގެން މިއުޅޭ ކަމަކާ ސާމީ އަކާ ގުޅުމެއް ނެތެވެ.
ކަރީމު
28 April 2025
ވައިޖެހޭ ކޮޅަކަށް އޮޑި ދުއްވަމުން ގޮސް ވައި ހިނދުނީއެވެ. ކުރީ ސަރުކާރުގައިވެސް އެވަރަށް ވައިގަދަކޮށް އެސްއެމްއީ ބެންކުގައި އިންނެވިއެވެ. ރިޔާ ތައް ހޭރިޔާކޮށް ކޮޅު ބަދަލުކޮށް މި އޮޑިއަށް ރީތިކޮށް ދެމިގަނެ 2 މަޤާމު ކަށަވަރުކޮށްލީއެވެ. މިހާރު މުޅިން ވައި ހިނދުނީއެވެ.
ހއއއ
28 April 2025
ސާފު ފޮޓޮއެއް.
ޑެބީ
28 April 2025
އަމީނުއާއި އިހުސާނު ވަކިކުރާށޭ
ޑރ ވާންޗޯ
28 April 2025
މި ބަލަދުއަރާފަތިބޭ ބައިގަނޑުން މީހަކަށް ވަޒީފާދޭއިރުވެސް މިދެނީ ވަޒީފާގެވެސް ފުނިވަރެއް.