ރޯޑު ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)ގެ މެނޭޖިން ޑިރެކްޓަރު ކަމުގައި ހުންނެވި އަލީ ޒުހައިރު (ކ) އާއި އާރްޑީސީގެ މެނޭޖިން ޑިރެކްޓަރު ކަމަށް އައްޔަނު ކުރެއްވި އިބްރާހިމް ނަޒީމް-
30 ޖުލައި 2025 - 18:58
ރޯޑު ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ)ގެ މެނޭޖިން ޑިރެކްޓަރަކަށް ހުންނެވި އަލީ ޒުހައިރު، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މެނޭޖިން ޑިރެކްޓަރަށް އަދި އާރުޑީސީއަށް އިބްރާހިމް ނަޒީމް މިއަދު އައްޔަންކޮށްފި އެވެ.
ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)ން ވަނީ ދެ ކުންފުނީގެ ހިންގުމަށް މި ބަދަލު ގެނައިކަން އިއުލާންކޮށްފަ އެވެ.
އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި މައުރޫފު ޖަމީލު މިއަދު އިސްތިއުފާ ދެއްވުމުންނެވެ. ރިޓަޔާ ކުރައްވަން ނިންމަވާފައިވަނިކޮށް، މައުރޫފް އިސްތިއުފާ ދެއްވީ ޕީސީބީން އެންގުމުން ކަން އެނގިފައިވެ އެވެ.
ރޯޑު ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)ގެ މެނޭޖިން ޑިރެކްޓަރު ކަމުގައި ހުންނެވި އަލީ ޒުހައިރު-- ފޮޓޯ: މިހާރު
ކުރީގެ ކޮންސްޓްރަކްޝަން މިނިސްޓަރު މައުރޫފު ރިޓަޔާ ކުރައްވާ ގޮތަށް ކުރިން ނިންމަވާފައި އޮތީ އަންނަ މަހުގެ 18 ވަނަ ދުވަހެވެ. އަދި އެކަން އޮތީ އެ ކުންފުނީގެ މުވައްޒަފުންނަށް މި މަހުގެ ކުރީކޮޅު އަންގަވައިފަ އެވެ.
އާރުޑީސީއަށް އައްޔަންކުރެއްވި ނަޒީމް މިހާތަނަށް ހުންނެވީ ކޮންސްޓްރަކްޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެއްގެ މަގާމުގަ އެވެ. އޭނާ ވަނީީ ކުރިން ހައުސިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ކަން ކުރައްވައިފަ އެވެ. އަދި މަގުތައް ހެދުމާއި ބެލެހެއްޓުމުގެ ޒިންމާ ހަވާލުކޮށް އުފެއްދި ކުންފުނި (އެމްއާރުޑީސީ)ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމް ވެސް ނަޒީމް ފުރުއްވި އެވެ.
ނޮވެމްބަރު 29، 2023ގައި އާރުޑީސީއަށް އައްޔަނު ކުރެއްވި ޒުހައިރުއަކީ ސިފައިންގޭގައި ބްރިގޭޑިއާ ޖެނެރަލްގެ ރޭންކް ފުރުއްވުމަށް ފަހު ރިޓަޔާ ކުރައްވާފައި ހުންނެވި ބޭފުޅެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ތިމާވެށި
31 July 2025
ރިޓަޔަރ ކުރާ މީހުންނަށް ރިޓަޔަ މަންޓް ގެ ފައިސާ އާ ސިޔާސީ ގެ ފައިސާ އެއް ކޮށްލީމަ ވ ބޮޑު އެއްޗެއް އެބަ ދެ އެވެ. ވެރީން ރިޓަޔަރ ކުރީމަ އެތައް ހާސް އެބަ ލިބެ އެވެ. ސިޔާސީ މަގާމް ގެ މުސާރަ އާ އެހެނިހެން އިނާޔަތް ތައް ލީމަ ނުބައްދަލު ބޮޑޫ މުސާރަ އެކެވެ. ރައްޔިތުންނަށް މިވާ ގޮތް ހާމަ ކޮށްދޭން އެބަ ޖެހެ އެވެ. ހައްލެއް ހޯދަން ޖެހޭ ކަމެކެވެ.
ޙުޝާންޓެ
31 July 2025
އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މިއީ ވަރަށް ރަނގަޅު ބަދަލަކަށް ވާނެ
މަންއިނގެ
31 July 2025
އާރްޑީސީ އަދި އިތުރަށް ހަލާކުވީތި. ވެދުމާސަނާ...
އެކޮއި
31 July 2025
މިވަރުގެ ޑްރާމާ އާއި އިސްރާފު ގިނަ ސަރުކާރެއް އަދި ނުދެކެން. ޤައުމުގެ އިޤްތިޞާދު ފުނޑުފުނޑުވަމުން މިދަނީ. އެކަމު ރައްޔިތުންގެ ބައިތުލްމާލުން ބާލިދީ ޖަހައިގެން ނަގަނީ އޮބި ނޯންނަ ވަރަށް. ރައްޔިތަކަށް ކަމެއްކޮށްދޭންވެއްޖެނަމަ ބަޖެޓް އޮންނަނީ ހުސްވެފައި. ސިޔާސީ މަޤާމްތަކާއި އެމަޤާމުތަކުގައި އުޅޭމީސްމީހުން ހަވާއަރުވަން ބޯކޮށް ފައިސާއޮވޭ. ރައްޔިތުންގެ ލޮލުގައި އަނދުން އަޅުވާއަޅުވާ އަނދުންދަޅުގެ ފޫ ގޮއްސި.
މުބީން މުހައްމަދު
31 July 2025
މީގެން ފެންނަނީ ކޮރަޕްޝަނަށް ރައީސް މުއިއްޒް ކުރާ މަސައްކަތް. އަހަންނަ ފާހަގަވަނީ އެކަން.
މުހައްމަދު ސަނީހް
31 July 2025
މީ ހެޔޮ ބަދަލެއް. ޒުހައިރު އަކީ އާރްޑީސީގަވެސް ނަތީޖާ ނެރެފައިވާ މީހެއް.
އަލީމްގ
31 July 2025
ނެރެފައިވާ ރަނގަޅު 3 ނަތީޖާއެއް ހިމަނާލަދެއްވާ
އަބުދު
31 July 2025
ޒުހައިރު އިހުލާސްތެރި ނުވާނެ.ލައްކަވާހަކަ.
ބަކަރި
31 July 2025
މުއިޒު އެހެން ހުރެފަ ވިސްނާފަ މީހުން ލާނީ. ގޯސް ބަޔަކު ނުލާނެ. ރައްޔިތުންވެސް މިހާރު ތިތިބިހެން އިންތިހާބުގަ އެކުރި ތާއީދުމަތީ ދެމިތިބީމަ ވައުދުތައްވެސް ފުއްދަމުންގޮސް ނިމުމަކާ ގާތަށް ގޮސްފަ އެވަނީ.
ޖައިލަމު
30 July 2025
ވަރަށްވެސް ފުރިހަމަ ނިންމުމެއް
ސޯޅަ
30 July 2025
ޔޭސް މޭން ލުމަކީ ޕްރޮފެޝަނަލް ކަމެއްނޫން. އެއީ ވެރިންހަދާ ގޯހެއް…