30 ޖުލައި 2025 - 12:35
އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން މައުރޫފު ޖަމީލް މިއަދު އިސްތިއުފާ ދެއްވައިފި އެވެ.
އެނގިފައިވާ ގޮތުގައި ރިޓަޔާ ކުރައްވަން ނިންމަވާފައިވަނިކޮށް، މައުރޫފް އިސްތިއުފާ ދެއްވީ ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން އެންގުމުންނެވެ.
ނަމަވެސް އެޗްޑީސީގެ އެމްޑީގެ މަގާމުން، ކުރީގެ ކޮންސްޓްރަކްޝަން މިނިސްޓަރު މައުރޫފު ރިޓަޔާ ކުރައްވާ ގޮތަށް ކުރިން ނިންމަވާފައި އޮތީ އަންނަ މަހުގެ 18 ވަނަ ދުވަހު އެވެ. އަދި އެ ކަން އޮތީ އެ ކުންފުނީގެ މުވައްޒަފުންނަށް މި މަހުގެ ކުރީކޮޅު އަންގަވައިފަ އެވެ.
މައުރޫފް ރިޓަޔާ ކުރައްވަން ނިންމެވީ ސަރުކާރުގެ "އެޑްވައިޒަރީ" ފެންވަރުގެ މަގާމެއްގެ މަސްއޫލިއްޔަތު އަދާކުރައްވާ ގޮތަށެވެ. ނަމަވެސް އޭނާ މަގާމުން އިސްތިއުފާ ދެއްވަން ކުއްލި ގޮތަކަށް އެންގި ސަބަބެއް އަދިއެއް ނޭނގެ އެވެ.
ޓީވީއެމްގެ ޕްރޮގްރާމެއްގައި މައުރޫފް ވިދާޅުވެފައި ވަނީ އެޗްޑީސީގެ އެމްޑީގެ ހަވާލުވެވަޑައިގަތް އިރު ވެސް އެ ތަނުގައި ގިނަ ދުވަހު ހުންނެވުމުގެ ވިސްނުމެއް ނެތް ކަމަށެވެ. އެކަމަކު އެ ޒިންމާތަކާ ހަވާލުވެވަޑައިގަތީ ހާސިލްކުރައްވަން ބޭނުންވި ލަނޑުދަނޑިތަކެއް ހުރުމުން ކަމަށް އޭނާ ވިދާޅުވި އެވެ.
ހުޅުމާލެ ތަރައްގީގެ މަސައްކަތުގައި 18 ވަރަކަށް އަހަރު ހޭދަކުރެއްވި މައުރޫފު އެޗްޑީސީގެ އެމްޑީއަކަށް އައްޔަން ކުރެއްވީ މިދިޔަ އަހަރުގެ ޑިސެމްބަރު 22 ވަނަ ދުވަހެވެ. އެއީ، އޭގެ ކުރިން އެ މަގާމުގައި ހުންނެވި އިބްރާހިމް ފަޒުލް ރަޝީދުގެ މައްޗަށް ކުރި ކޮރަޕްޝަންގެ ތުހުމަތާ އެކު މަގާމުން އިސްތިއުފާ ދެއްވުމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޙުޝާންޓެ
31 July 2025
ބޭނުންވަނީ ބަދަލުވެ ލީޑް ކުރެވޭނެ މީހަކު އެކަން ނުކުރެވޭނަމަ އޭނާއަށް ނުކުރެވުނީ އޭނާއަށް ނެރެން ޖެހޭނީ އެއީ އަހަރެންގެ ގަބޫލުކުރުން. ރައީސް މުއީޒް ދުވަހަކުވެސް ފަހަތަށް ނުބަލާނެ
މުސްތަފާ ހަލީމް
31 July 2025
މައުރޫފް ކުރި ހިދުމަތަށް ވަރަށް ބޮޑަށް ޝުކުރިއްޔާ.
ޖައިޝަމު ސލޑ
31 July 2025
ބަރާބަރު
ފިނރުޓޭ
30 July 2025
ޤުރުބާން ކުރާ ކަންބަޅީގެ ވާހަކަ އަޑުއަހަންތަ؟ އެ ޒާތުގެ ކަމެއް ކަމަށް މި ބެލެވެނީ މި ކަމަކީ!
ޖައިޝަމުު
30 July 2025
އޯކޭ
ސޮލިއުޝަން
30 July 2025
ކޮން ލަނޑުދަނޑިއެއްތޯ ހާސިލުކުރެވުނީ؟ ބޮޑު ރިޓަޔަރމަންޓް ޕެކޭޖްގެ ލަނޑުދަނޑިތޯ؟
ޖާފީ
31 July 2025
ކަލޭ ނޭގެ ވާހަަކަ ނުދައްކާ ހުރެބަލަ
އަސް
30 July 2025
ރަގަޅު މީހުންނަށް މިހާރު ފުރުސަތު ހަނިވާނެ. މީ ދެރަކަމެއް، ޤައުމަކީ ވެރިކަމަށް އަންނަ ބަޔަކު މުއްސަދި ވާން އޮތް ތަނެއް ނޫން. އެންމެން ކުރަނީ ވައްކަން، މިހާރު ވައްކަމަކީ ޝަރަފްވެރި ކަމަކަށް ޗެއްޖެ.
ނުނން
30 July 2025
2.0 ދިވެހިންގެ ރާއްޖެ
ގުރާބީ
30 July 2025
ވެއްޓުނު އަގު އަނބުރާ ހޯދަން ބޭނުން ކޮށްލި ފަރާތެއް މައުރޫފަކީ. އޭނާގެ ތެދުވެރިކަން ބޭނުންކޮށް ސަރުކާރަށް ލިބުނު ހުތުރުނަން ސާފުކުރަން ބޭނުންކޮށްފަ މިހާރު އެކަން ހާސިލުވީމާ އެ ނަގާ އެއްލާލީ. ދެން އޮތީ ވައްކަން ކުރަން އޮތް ބާކީ ދުވަސްކޮޅު. ރ.މުއިއްޒު އެހުރީ ވަގުންގެ އަތްދަށުވެ ނިމިފަ.
ޕަބުލިކޭޝަން
30 July 2025
ކޮންމެޔަކަސް ވަރަށް ދެރަ...