31 ޖުލައި 2025 - 10:21
އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން މައުރޫފު ޖަމީލް އިސްތިއުފާ ދެއްވާފައި ވަނިކޮށް، އެ ކުންފުނި ހިންގުމުގައި ދެ ވަނައަށް އިސްކޮށް ހުންނެވި ފަޔާޒު މަންސޫރު ވެސް މިއަދު އިސްތިއުފާ ދެއްވައިފި އެވެ.
ހުޅުމާލެ ހިއްކި ދުވަސްވަރުން ފެށިގެން ދުވަސްތަކެއް ވަންދެން އެޗްޑީސީގައި ކުރިން ވެސް އުޅުއްވި ފަޔާޒު އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރަކަށް ހަމަޖެއްސީ މިދިޔަ ޑިސެމްބަރު 26 ގަ އެވެ. ނަމަވެސް، މައުރޫފު އިއްޔެ އިސްތިއުފާ ދެއްވި ފަހުން، ފަޔާޒު ވެސް ވަނީ އެ މަގާމުން ވަކިވެވަޑައިގެންފަ އެވެ.
ކުންފުނިތަކަށް ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުން ހަމަޖައްސަނީ އެ ކުންފުންޏެއްގެ ބޯޑުންނެވެ. އެނގިފައިވާ ގޮތުގައި ފަޔާޒު އިސްތިއުފާ ދެއްވީ، މައުރޫފު ވެސް މަގާމުން ދުރަށް ވަޑައިގަތުމުންނެވެ.
ހިދުމަތުން އަންނަ މަހުގެ 18 ގައި ރިޓަޔާކުރައްވަން ހުށަހަޅުއްވާފައިވަނިކޮށް، ކުރީގެ މިނިސްޓަރު މައުރޫފު އިސްތިއުފާ ދެއްވީ ޕްރައިވަޓައިޒޭޝަން ބޯޑުން އެންގުމުންނެވެ.
ހުޅުމާލެ ބަލަހައްޓާ ކުންފުނީގެ މެނޭޖިން ޑިރެކްޓަރަކަށް، އާރުޑީސީގެ މެނޭޖިން ޑިރެކްޓަރަކަށް ހުންނެވި އަލީ ޒުހެއިރު ވަނީ ހަމަޖައްސައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޙަސީ
31 July 2025
ކަމާގުޅުން ހުރި ދާއިރާތަކުން ކިޔަވައިގެން ތިބި ރަނގަޅު މީހުންނަށް އިސްތިޢުފާދޭން މަޖުބޫރު ކުރުވުމަކީ ދެރަވަރު ކަމެއް. ކޮންމެ ދިމާއަކަސް ބެލިޔަސް ފެންނަނީ މާބޮޑު ތަޢުލީމެއް ތަޖުރިބާއެއް ނެތް މީހުންނަށް ބޮޑެތި މަގާމު ދޭތަން. ޕާޓީ މީހުންނާއި ވެރިން ބުނާހާގޮތަކަށް ހަދާ މީހުންނަށް މޮޅުގޮތް. ކޮރަޕްޝަން. ކޮރަޕްޝަން މުޅި ގައުމުގައި ކޮރަޕްޝަން. ހާދަ ފޫއްސެއްވެޔޭ.
ފަރަންޖީ
31 July 2025
މައުރޫފާއި ފަޔާޒަކީ އެމީހުންގެ ދާއިރާއިން ރާއްޖޭގެ އެންމެ ފުންނާބު އުސްމީހުންތެރޭ ގުނޭބައެއް. އެމީހުންނަކީ ފުދިފަތިބި އެއްޗެއް ގެއްލެން އޮތް ބައެއްނޫން. ބޭނުންއެޗެއް ބޭނުންމީހަކާ ދިމާލަށް ބުނަންކެރޭ ބަޔަކު ދަށުވާންޖެހޭބައެއްނޫން. މިމީހުންނަކީ މިޒަމާނަށް ފެތޭ ބައެއް ނޫން. މިޒަމާނަށް ފެތޭނީ ކޮރަޕްޓް މީހުންނާ އަދި ސިޔާސީ މީހުންނާއެކީ މަސައްކަތް ކުރަން އެނގޭ މީހުންނަށް. ބައިއަޅައިގެން ސިޔާސީ މީހުން ގުޅާލީމައި ކޮންމެ ކަމެއްވެސް ކޮށްދެވޭ މީހުންނަށް.
ޔާރާ
31 July 2025
ހިތްފުރުނީ.
އެޗުއައި- ޖޭކޭ
31 July 2025
ބޭނުންވާ ވަރަށް ޓާގެޓަށް ވާޞިލުވީމާ ދެން ބޭނުންވާނީ އަރާމުކޮށް އުޅެލަން ދޯ
ހިތާމަތު
31 July 2025
ހިތާމައަކީ ކިތަންމެ ނަޒާހާތްތެރި ބޭފުޅަކު ވިޔަސް އިސްތިއުފާދޭއިރު އިސްތިއުފާދެނީ ކޮން ސަބަބަކާހުރެކަން ހާމަކޮށްލަން ނުކެރޭތީ. ސަރުކާރުގެ ޕްރެޝަރ ވިޔަސް، އާއިލީ ޒިންމާ ވިޔަސް، ސިއްހީކަމެއް ވިޔަސް، ރައްޔިތުންގެ ކުންފުނިތަކުގެ ވެރިން މިގޮތަށް އިސްތިއުފާދޭ އިރު ސަބަބު ހާމަކޮށްލުން އެއީ ވަރަށް ރަގަޅު ކަމަކަށް ވާނެ،
ކެޕިޓަލިސްޓް
31 July 2025
ގިނަ ފަހަރަށް އިސްތިއުފާ ދޭން ޖެހެނީ ސަރުކާރުން އަންގައިގެން، އިސްތިއުފާ ދޭން އަންގާއިރު އޮންނާނެ ކޮންމެވެސް ގުއި ރޯނެއްގައި ޖައްސާފައި، އެހެންވީމާ އިސްތިއުފާ ދޭންޖެހުނު އަސްލު ސަބަބު ބުނެދޭން ވަރަށް އުދަގޫވާނެ،
ބަކުރުު
31 July 2025
އެބުނާހެން ދޮގެއްހަދާގެންވިއަސް ސަބަބެއް ހާމަކޮށްލުން ރަނގަޅު.
ފިތުރޯނު
31 July 2025
ރޯނުއެދުރު ހެދިގެން އުޅުނީ. ހުޅުމާލޭގަ އިންވެސްޓް ކޮއްފަހުރި ބޮޑު ދިވެހި ކުންފުންޏަކާ ގުޅިގެން ލައްކަގިނަ ކަންތައް ކުރާނަމޭ ހިތާ އުޅުނީ.
ފޫހި
31 July 2025
ދައުލަތުގެ އެހާގިނަ އެސެޓް ހިމެނޭ މުހިންމު ކުންފުންޏެއް ހިންގަން މިލިޓަރީގައި އުޅެ ރިޓަޔަރ ކުރައްވާފައިވާ ބޭފުޅެއް ލުމުގެ ބޭނުމަކީ ކޮބާބާ؟ މެނޭޖްމަންޓް ދަންނަ އެކަމުގެ ތަޖްރިބާހުރި މީހުން ލުން ވަރަށް މުހިންމު. މިކުންފުނި މިހާއަވަސްއަވަހަށް އެމްޑީ އިން ބަދަލުކުރުމީ ލާހޫރޭ ކަމުގެ މިސާލެއް. އަޑުއިވޭގޮތުން މަޢުރޫފް ބޭރުކުރީ ސަރުކާރުން ބޭނުންވާގޮތަށް ކަޓް ތެރޭން ކަންކަން ނުކުރާތީ.