އެޗްޑީސީގެ އެމްޑީ މައުރޫފު: އަންނަ އޮގަސްޓް މަހުގެ 18 އިން ފެށިގެން އޭނާ އެ މަގާމުގައި ނުހުންނަވާނެ.
07 ޖުލައި 2025 - 11:57
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މެނޭޖިން ޑިރެކްޓަރަކަށް މިދިޔަ އަހަރުގެ ޑިސެމްބަރު 22 ގައި އައްޔަން ކުރެއްވި މައުރޫފު ޖަމީލް އެ މަގާމުން ވަކިވެވަޑައިގަތުމަށް ނިންމަވައި އެކަން އެ ކުންފުނީގެ މުވައްޒަފުންނަށް މިއަދު އަންގަވައިފި އެވެ.
އެނގިފައިވާ ގޮތުގައި އެޗްޑީސީގެ އެމްޑީގެ މަގާމުން ކުރީގެ ކޮންސްޓްރަކްޝަން މިނިސްޓަރު މައުރޫފު އަންނަ މަހުގެ 18 ގައި ރިޓަޔާ ކުރައްވަނީ ސަރުކާރުގެ "އެޑްވައިޒަރީ" ފެންވަރުގެ މަގާމެއްގެ މަސްއޫލިއްޔަތު އަދާކުރައްވާ ގޮތަށެވެ.
"ސިއްހީ ބައެއް ކަންކަމާ ގުޅިގެން އެޗްޑީސީގެ އެމްޑީގެ މަގާމުން ދުރަށް ވަޑައިގަންނަވަނީ. އެއީ ކުރިން ވެސް ނިންމަވައިގެން ހުންނެވި ކަމެއް. އަންނަ މަހުގެ 18 އިން ފެށިގެން އެޗްޑީސީން ރިޓަޔާ ކުރައްވާ ވާހަކަ ވެސް ކުރިއާލައި އެންގެވީ އެހެންވެ،" އެ ކުންފުނީގެ އިސް އޮފިޝަލަކު ވިދާޅުވި އެވެ.
ހުޅުމާލެ ތަރައްގީގެ މަސައްކަތުގައި 18 ވަރަކަށް އަހަރު ހޭދަކުރެއްވި މައުރޫފު އެޗްޑީސީގެ އެމްޑީއަކަށް އައްޔަން ކުރެއްވީ ކުރިން އެ މަގާމުގައި ހުންނެވި އިބްރާހިމް ފަޒުލް ރަޝީދުގެ މައްޗަށް ކުރި ކޮރަޕްޝަންގެ ތުހުމަތާ އެކު މަގާމުން އިސްތިއުފާ ދެއްވުމުންނެވެ.
ފަޒުލް އަށް ތުހުމަތު ކުރެވޭ މައްސަލަތަކެއް ފެންމަތިވީ، ބިންވެރިޔާ ސްކީމަށް ޝަރުތު ހަމަނުވާ ލިސްޓުގައި، އޭނާގެ ބޭބެ އަދި އެމްޑަބްލިއުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފަޒީލް ރަޝީދުގެ ނަން އޮއްވައި ފަޒީލަށް ގޯތީގެ ރަޖިސްޓްރީއެއް ހަދައިދީފައި އޮތްކަން ފަޅާއެރުމުންނެވެ. އެކަމަކު، އެ މައްސަލަތަކުގައި އެ ދެ ބޭފުޅުންނާ މެދު އިތުރު އެއްވެސް ފިޔަވަޅެއް ނާޅަ އެވެ. ފަޒީލް ހުންނެވީ މުސާރަ ލިބިވަޑައިގަންނަވާ ގޮތަސް ސަސްޕެންޝަނުގަ އެވެ.
މައުރޫފް ޖަމީލަކީ ހުޅުމާލެ ހިއްކި ދުވަސްވަރުން ފެށިގެން ވަރަށް ގިނަ ދުވަސް ވަންދެން، އެ ތަން ތަރައްގީ ކުރުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވި ބޭފުޅެކެވެ. ހުޅުމާލެ ހިއްކަން ފެށިއިރު ކޮންސްޓްރަކްޝަން މިނިސްޓްރީގައި ހުންނަވައިގެން އެ މަޝްރޫއުގައި މައުރޫފް އިސްދައުރެއް އަދާކުރެއްވި އެވެ.
އޭގެ ފަހުން ރައީސް އޮފީހުގެ ދަށުން ހިންގާ ގޮތަށް ހުޅުމާލެ ޑިވެލޮޕްމަންޓް ޔުނިޓް އުފެއްދިއިރު އެ ތަނުގެ ޑިރެކްޓަ ޖެނެރަލަކަށް ނުވަތަ އެންމެ އިސްކޮށް ހުންނެވީ ވެސް މައުރޫފެވެ. އަދި އެޗްޑީސީ އުފެއްދުމާ އެކު، އެ ކުންފުނީގެ ސީއީއޯގެ މަގާމު ދުވަސްކޮޅަކަށް ފުރުއްވި އެވެ. މައުރޫފް އެޗްޑީސީން ވަކިވެވަޑައިގަތީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގެ ފަހު ދައުރުގައި ކޮންސްޓްރަކްޝަން މިނިސްޓަރަކަށް އައްޔަން ކުރެއްވި ހިސާބުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވާސިފާާ
08 July 2025
މިއީ މައުރޫފް މަގާމާ ހަވާލުވިއިރުވެސް ދެކެވިފަވާ ވާހަކައެެް. މައުރޫފް ކުންފިނި ކޮޅަށްޖަހާ މަޤާނުން ދުރަށް ދިއުމަށް ނިންމީ އެމަނިކުފާނުގެ ސިއްހީ ހާލަތު ހުރިގޮތުން.
އަދްނާންް
08 July 2025
މައުރޫފް އިހްލާސްތެރިކަމާއެކު ތިޔަ ކުރެއްވި ގައުމީ ހިދުމަތް ބަލައިގަންނަން. ވަރަށް ބޮޑަށް ޝުކުރިއްޔާ
ތެފައާސާ.
08 July 2025
[...ފަޒުލް އަށް ތުހުމަތު ކުރެވޭ މައްސަލަތަކެއް ފެންމަތިވީ، ބިންވެރިޔާ ސްކީމަށް ޝަރުތު ހަމަނުވާ ލިސްޓުގައި، އޭނާގެ ބޭބެ އަދި އެމްޑަބްލިއުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފަޒީލް ރަޝީދުގެ ނަން އޮއްވައި ފަޒީލަށް ގޯތީގެ ރަޖިސްޓްރީއެއް ހަދައިދީފައި އޮތްކަން ފަޅާއެރުމުންނެވެ. އެކަމަކު، އެ މައްސަލަތަކުގައި އެ ދެ ބޭފުޅުންނާ މެދު އިތުރު އެއްވެސް ފިޔަވަޅެއް ނާޅަ އެވެ. ފަޒީލް ހުންނެވީ މުސާރަ ލިބިވަޑައިގަންނަވާ ގޮތަސް ސަސްޕެންޝަނުގަ އެވެ...]
ހިފަހައްޓާނުލެވުނީ ދޯ
07 July 2025
މުއިއްޒު ކައިރީ ހިފަހައްޓާއި ނުލެވުނީ ދޯ. އެމަނިކުފާނު ބޭނުންވާ ސްޕީޑުގައި ކަންކަން ހިންގައި ނުލެވޭދޯ. އެމަނިކުފާނު ކީއްވެތަ ފަޒުލްގެ މައްސަލަ ނުބަލަނީ.
ހަގީގަތްް
08 July 2025
އެއްވެސް ހާލަތެއްގައި އެހެނެއްނޫން، މައުރޫފްގެ ބަލިހާލަތު ހުރިގޮތުން މަގާމުން ދުރަށްދާން ނިންމެވީ. މިއީ ރައީސް މުއިއްޒުއާ ވާހަކަދެކެވި އެމަނިކުފާނުވެސް އެކަމަށް މައުރޫފްއަށް ސަޕޯޓްދެއްވާކަމެއް.
އަލިފާންފޮށި
07 July 2025
ރިޓަޔާކުރައްވަނަ މަޖުބޫރު ވީ، މަތިން އަންގާގޮތަށް ކަންކަން ނުކުރައްވާތީ. ދޮގުކުރާކަށް ކެރިވަޑައެއްނުގަންނަވާނެ.
ސަޅި ގައުމެއް
07 July 2025
އެމްޑީ އަކައް ހުރެގެން ހާސިލްވީ ކަމެއްނެތް.. ކުރީގަ ހިނގި ވައްކަމުގެ އެއްވެސް ކަމެއް ސާފެއް ނުވި.. ސޭމް ފަޒީލް! ސޭމް އިބޫ އެމްއެމްޕީއާރުސީ ފައިސާ ހޯދުން
ކަމީނާ
08 July 2025
އޭނަ އައްޔަންކުރީ އެޗްޑީސީ ހިންގަން. ފަޒުލްގެ ވައްކަމުގެ މައްސަލަ ބަލާކަށްނޫން.
އިންސާފުގާރު
07 July 2025
ފަޒުލްއާއި، ފަޒުލްބޭބެއާއި، ކޮވިޑްތެރޭ ނަހަމަ ގޮތުގައި އައިޖީއެމްއެޗް ގެ އިސް ބައެއް ޑރ ން މިލިޔަނުން ވީ ޚިޔާނާތާމެދު އެއްވެސް އެކަށޭނަ ފިޔަވަޅެއް ރައީސް އަޅުއްވާފައިނެތުމަކީ މި ގައުމުގައި ޚިޔާނާތް ހިންގާމީހުންނަށް ހިތްވަރުދިނުން..ތެދުވެރި ވެރިންންނަށް ރައްޔިތުންކުރާ އުއްމީދަށް ގެނުވާ މާޔޫސްކަމެއް. އެފަދަ ފަރާތްތަކަށް ދައުލަތުން މުސާރަލިބޭ ގޮތަށް ދޫވެފައިތިބުމަކީ ބަލައިގަނެވޭނެ ކަމެއްނޫން.
ދަރި
07 July 2025
މަޢުމޫނުގެ މުޑުވަކެއް ތިޔައީ! ސަހަލު ނުވާނެ! ރިޓަޔަރ ވީމަވެސް މިބައިގަނޑަށް މާލިއްޔަތުން މުސާރަ ދޭންޖެހޭ ވިއްޔާ ދޯ?
ޗޮއްޕުޅޭ
08 July 2025
މައުމޫނުގެ މުޑުވަށް ނޫން އެހެން އެއްޗެއް ދައްކަބަލަ. ބަލަގަ އަންނިއަށް އިނގިރޭސިބިލާތުގެ ލީޑްސްއިން މެރިޓައިމް ކޯހެއް ހޯދައިދިނީ އޭނަގެ ބައްޕަތަ ނުވަތަ މައުމޫނުތަ؟
އަންކަލް
07 July 2025
ވަރަށްވެސް ހިކުމަތްތެރި ބޭފުޅެއް. ޝުކުރިއްޔާ
ރ ޔާމީންފޯ028
07 July 2025
މުއިއްޒު ހުރީ ވަގުންގެ އަތްދަށުވެފަ. ރައްޔިތުން ބޮޑުތަނުން ނޯ އެބަބުނޭ އެހެންވެ. މިތަން ހަމަޔަކަށް އެޅުވޭނީ ރ.ޔާމީނަށް ކަން ކަށަވަރު
ޔާނު ތީ ކޯއްޗެއް
07 July 2025
ޔާނު އެއީ ހުދު ކާފޫރުތޯ