ޚަބަރު / އަދާލަތު ޕާޓީ

އަދާލަތު ޕާޓީއަކީ ފިކުރީ ބޮޑު މުއައްސަސާއެއް: އިމްރާން

އަދާލަތު ޕާޓީގެ 20 ވަނަ އަހަރީ ދުވަހާ ގުޅިގެން ރޭ ބޭއްވި ޖަލްސާގައި އެ ޕާޓީގެ ރައީސް އިމްރާން އަދި އެންމެ ބޮޑު އިދިކޮޅު ޕާޓީގެ ޗެއާޕާސަން ފައްޔާޒު.---ފޮޓޯ؛ ފަޔާޒު މޫސާ| މިހާރު

22 އޯގަސްޓް 2025 - 01:49

19 comments

އަދާލަތު ޕާޓީއަކީ ފިކުރީ ބޮޑު މުއައްސަސާއެއް ކަމަށާއި އެއީ ވަރަށް ސާބިތު އަދި ސާފު ފިކުރެއް އޮތް ޕާޓީއެއް ކަމަށް އެ ޕާޓީގެ ރައީސް ޝައިހު އިމްރާން އަބްދުﷲ ރޭ ވިދާޅުވެއްޖެ އެވެ.

އޭނާ އެހެން ވިދާޅުވީ، ރާއްޖޭގައި އުފެއްދި ތިން ވަނަ ސިޔާސީ ޕާޓީގެ ޝަރަފު ލިބިފައިވާ އެ ޕާޓީގެ 20 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ބޭއްވި ޖަލްސާގަ އެވެ.

އިމްރާން ފާހަގަކުރެއްވި ގޮތުގައި، އަދާލަތު ޕާޓީގެ ފިކުރަކީ އަދި މޮޓޯއަކީ އަދުލުވެރިކަމެވެ.

"އަދުލުވެރިކަން ގެއްލިއްޖެ މުޖުތަަމައުއެއްގައި އަމާންކަމެއް، ރައްކާތެރިކަމެއް، ހިތްހަމަޖެހުމެއް، އުފާފާގަތިކަމެއް ނޯންނާނެ،" ގަލޮޅު މަދަރުސާގައި ބޭއްވި ޖަލްސާގައި އިމްރާން ވިދާޅުވި އެވެ.

އެ މައުލޫއުގައި ވާހަކަ ދައްކަވަމުން އިސްލާމީ ތާރީހުން އޭނާ މިސާލު ދެއްކެވި އެވެ. އިމްރާން ވިދާޅުވިގޮތުގައި މިއަދު އިސްލާމީ އުއްމަތަށް ޖެހިފައިވާ ގިލަންވެރިކަަމަކީ އަދުލުވެރިކަން ގެއްލި އަނިޔާ އާއި ފަސާދަ އާންމުވެފައިވުމެވެ.

އަދާލަތު ޕާޓީގެ 20 އަހަރީ ދުވަސް ފާހަގަކުރުމަށް ރޭ ބޭއްވި ޖަލްސާގައި އެ ޕާޓީގެ އިސް ބައެއް ބޭފުޅުބް ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު

"އަޅުގަނޑުމެން އަދާލަތު ޕާޓީން އަދުލުވެރިކަން ނަގަހައްޓައި، އަނިޔާވެރިކަމާއި ފަސާދަ އަށް ޖާގަ ނުދޭހާ ހިނދަކު އިންޝާ ﷲ އަދާލަތު ޕާޓީ ދިވެހި އުދަރެހުގައި އަބަދުވެސް އަލިގަަދަކޮށް ފިޔަ ޖަހަޖަހައި އޮންނާނެ،" އިމްރާން ވިދާޅުވި އެވެ.

އަދާލަތު ޕާޓީގެ ތާރީހަށް ބައްލަވައިލައްވަމުން އޭނާ ވިދާޅުވީ، އެ ޕާޓީގެ ކާމިޔާބީ އާއި ނާކާމިޔާބު ވެސް ރަނގަޅަށް ވަޒަން ކުރެވޭނީ ރަނގަޅަށް ތާރީހު ދިރާސާ ކޮށްގެން ކަމަށެވެ. އޭނާ ވިދާޅުވިގޮތުގައި، އަދާލަތު އުފެދުނީ ވެސް މީގެ 20 އަހަރު ކުރިން އުފެއްދި އެހެން ޕާޓީތަކަށް ކުރިމަތިވި ގޮންޖެހުންތަކާ މުޅިން ތަފާތު ގޮތަކަށެވެ.

އަދާލަތު ޕާޓީއާ ދާދި އެއް ދުވަސްވަރެއްގައި އުފެއްދި އެމްޑީޕީ އާއި ޑީއާރުޕީގެ ބާރުވެރިކަމާއި ތަޖުރިބާ އަށް ރިއާޔަތް ކުރައްވަމުން އިމްރާން ވިދާޅުވީ، ސިޔާސީ މަސައްކަތެއްގައި ދުވަހަކު ވެސް އުޅުނު އަދި ސިޔާސީ ތަޖުރިބާ ހުރި އެކަކު ވެސް އަދާލަތު ޕާޓީގައި ނެތް ކަމަށެވެ.

އަދާލަތު ޕާޓީގެ 20 އަހަރީ ދުވަސް ފާހަގަކުރުމަށް ރޭ ބޭއްވި ޖަލްސާގައި އެ ޕާޓީގެ އެންމެ ސީނިއާ އެއް މެމްބަރު ޑރ. އިޔާޒު ވާހަކަ ދައްކަވަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު

"އަދާލަތު ޕާޓީ އަށް ލިޔެކިޔުންތައް ތައްޔާރު ކުރާނެ ކޮމްޕިއުޓަރުގަނޑަކާއި ޕްރިންޓަރަކާއި ސީޑީ ރައިޓް ކުރާނެ ސީޑީ ރައިޓަރެއް ގެނެސް ދެއްވީ ބަނޑޮސްގައި ވަޒީފާ އަދާކުރަމުން ދިޔަ އަދާލަތުގެ އާދައިގެން އާންމު މެމްބަރެއް. މިއީ އަދާލަތުގެ ފެށުން،" އަދާލަތު ޕާޓީ އުފެއްދުމުގެ ހަނދާންތައް އާ ކުރައްވަމުން އިމްރާން ވިދާޅުވި އެވެ.

ނަމަވެސް އޭނާ ވިދާޅުވިގޮތުގައި، އެ ޕާޓީގައި އޭރު ވެސް ވަރަށް ވަރުގަދަ ރައުސްމާލެއް އޮތެވެ. އެއީ ވަރަށް ސާފު، ވަރުގަދަ ފިކުރަކާއި ނުގުޑާ ފަދަ އަޒުމާއި ހިތްވަރު ކަމަށް ވިދާޅުވި އެވެ.

އަދާލަތު ޕާޓީގެ 20 ވަނަ އަހަރީ ދުވަހާ ގުޅިގެން ރޭ ބޭއްވި ޖަލްސާގައި އެ ޕާޓީގެ ރައީސް އިމްރާން އަދި އެންމެ ބޮޑު އިދިކޮޅު ޕާޓީގެ ޗެއާޕާސަން ފައްޔާޒާއި އަދާލަތުގެ އެހެން ބައެއް ވެރިން.---ފޮޓޯ؛ ފަޔާޒު މޫސާ| މިހާރު

"މިއަދާ ހަމައަށް ވެސް އަދާލަތު ދަތުރު ކޮށްފައި ވަނީ އެ ރައުސްމާލުގެ މަތީގައި،" މިދިޔަ އެމްޑީޕީގެ ސަރުކާރުގައި ހޯމް މިނިސްޓަރުކަން ކުރެއްވި އަދި މިހާރު ތައިލެންޑުގައި އަމިއްލަ ވިޔަފާރި ކުރައްވާ އިމްރާން ވިދާޅުވި އެވެ.

"މިއަދު ވެސް އަޅުގަނޑުމެންގެ ތެރޭގައި މާ ބޮޑު މުއްސަނދިންނެއް ނެތް، ވިޔަފާރިވެރިންނެއް ނެތް. އެހެން ނަމަވެސް އަޅުގަނޑުމެންގެ ތެރޭގައި ސާފު ފިކުރެއް އެބައޮތް. އަޅުގަނޑުމެންގެ ތެރޭގައި، އަޅުގަނޑުމެން މެމްބަރުންގެ ތެރޭގައި ނުގުޑާ ފަދަ އަޒުމަކާއި ވަރުގަދަ ހިތްވަރެއް އެބައޮތް."

އިމްރާން ވިދާޅުވީ، އަދާލަތަކީ ސިޔާސީ ޕާޓީއެއް ކަމަށް ވިޔަސް އެ ޕާޓީ އުފެއްދިއިރު ލީޑަޝިޕްގައި ތިއްބެވީ މުޅިން ވެސް ދީނީ އިލްމުވެރިން ކަމަށް ސިޔާސީ މަސައްކަތްތަކުގައި ތަފާތު ގޮންޖެހުންތައް ކުރިމަތިވި ކަމަށެވެ. އެހެންވެ، އެ ކަންކަމުން އަރައިގަތުމަށް ވަރަށް ބޮޑެތި ބުރަތައް އުފުލަން ޖެހުނު ކަމަށް ވިދާޅުވި އެވެ.

އިމްރާން ފާހަގަކުރެއްވި ގޮތުގައި އެ ގޮންޖެހުންތަކާ އެކު ވެސް އަދާލަތު ޕާޓީ ވަނީ އެހެން ސިޔާސީ ޕާޓީތަކާ އެއްވަރަކަށް ފައި ހަމަކޮށްފަ އެވެ.

"ވަކިން ހާއްސަކޮށް އޭރު ވެސް އަދާލަތު ޕާޓީގެ ޖަލްސާތަކަށް އެމްޑީޕީގެ ގިނަ މެމްބަރުން ވަޑައިގަންނަވާ. އަދި ބައެއް ފަހަރު އެމްޑީޕީގެ ޖަލްސާތަކަށް އަދާލަތުގެ މެމްބަރުން ވަޑައިގަންނަވާ. [އެއީ] ހިއްސާ ކުރަމުން ދިޔަ އެއް ހަމަތަކަކާއި އުސޫލުތަކެއްގެ ސަބަބުން،" އޭނާ ވިދާޅުވި އެވެ.

އަދާލަތު ޕާޓީ އުފެއްދީ އޮގަސްޓް 18، 2005 ގަ އެވެ. އަދި އަދާލަތު ޕާޓީ މިހާރު ވެފައި ވަނީ މެދުނުކެނޑި ރާއްޖޭގައި 20 އަހަރު ވަންދެން ހިންގި ދެ ވަނަ ޕާޓީއަށެވެ. ފުރަތަމަ ޕާޓީއަކީ އެމްޑީޕީ އެވެ.

19 ކޮމެންޓް, 21 ރިއެކްޝަންސް

icon happy icon happy 10%
icon sad icon sad 0%
icon angry icon angry 86%
icon wow icon wow 0%
icon inlove icon inlove 5%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ކަނބިލި

22 August 2025

މީނާއަކީ ލަދުހަޔާތުގެ ކަންފުޅެއްވެސް ހުރި މީހެއް ނޫން. މަގާމާއި ފައިސާއަށް އަޅުވެތިފައި ކޮރަޕްޓް މީހެއް. މުނާފިގުންގެ ރަސްގެފާނު

The name is already taken The name is available. Register?

ކަނބިލި

22 August 2025

އަދާލަތު ޕާޓީއަކީ ކޮރަޕްޝަނާއި ފަސާދައާއި ބޭއިންސާފުން ފުރިފައިވާ ބޮޑު ޖާޑީއެއް. ނަތީޖާއެއްގެ ގޮތުން ޕާޓީގެ ބޮޑުން ދައުރެއް ނިންމާލާފައި އުޅެނީ ބެންކޮކުގައި ރެސްޓޯރަންޓް ހުޅުވައިގެން، ޖާޑީ ބޮޑުކުރަން

The name is already taken The name is available. Register?

ޙަޑަ

22 August 2025

ތިޔަ ޕާޓީތަކަކީ ޕާޓީތަކުގެ ބޮޑުންގެ ތަރިކަ މުދާ. ކުރަނީ ބައިތުުްމާލުންވައްކަމާއި ކޮރަޕްޝަން. ރައްޔިތަކަށްވާ ފައިދާއެއްނޯވޭ.

The name is already taken The name is available. Register?

ގަމާރުހަސަނު

22 August 2025

ޗަޕާޓީ ފެށުނުއިރު މަ ހީކުރީ ވަރަށް ފައްކާވާނެކަމަށް. އެކަމު ފަހުން އިނގުނީ މީހުސް ޒާތީ ފިކުރެއްކަން. މައުމޫނާ ޒާތީވެގެން އެޅުނުބިންގަލެއް. ދެންއިމްރާނުގެ ވާހަކަ ދައްކާކަށް ނެތިން. ފާފަ އިތުރުވާނީ

The name is already taken The name is available. Register?

ކައުންސެލަރު....

22 August 2025

ވާހަކައަށް %100

The name is already taken The name is available. Register?

ކަކުނިބޯ

22 August 2025

މަނިކުފާނެވެ. ތިޔަބޭފުޅާ އަކީ އަދާލަތަށްވެފައި އަދާލަތަކީ އަދުލުއިންސާފްގެއިންތިހާއަށްވީއިރު ތިބޭފުޅާ 5 އަހަރު ހޯމްމިނިސްޓަރަށްވެ އަދި ތަހުޤީޤީ މާއިދާރާ ތިބޭފުޅާގެދަށުން ހިންގިއިރު ތިޔަބުނާ އަދުލުއިންސާފު ކޮބާތޯ. މީހަކު މެރިހެކިތަށް ސްޓޭޖްމަތިން ދެއްކި އެހެކިތަކުން ހޯދަދިން އިންސާފު ކޮބާތޯ ވޯޓަށްފަރިވާމަލެއްހެން ފަރިވާމަލެއްތޯއެއީ. ދުލިޔޭގައި ލަދެއްހަޔާތެއްނެތް މީހުން ވެސްއުޅޭ

The name is already taken The name is available. Register?

ޑރ ވާންޗޯ

22 August 2025

އަދާލަތުޕާޓީއަކީ މިހާރު އިމްރާނުމެން ދުނިޔެ ބަނޑުދަށުލާން މޮޑޭ ސަޓަނިގަނޑަކަށް ވެއްޖެ.

The name is already taken The name is available. Register?

ފިކުރީއެދުން

22 August 2025

ޔެލޯ ޕާޓީގޮތަށް ކެމްޕޭނަށް ފަރިވެ ފޮޅޭބައެއް. އިޚުލާސްތެރިކަމެއް ނެތް ގިނަ ލީޑަރުންތަކެއް.

The name is already taken The name is available. Register?

ހުސީނު

22 August 2025

އަދާލަތު ޕާޓީގެ މަސައްކަތް ފެނިފަ، އިސްލާމްދީނަކީވެސް ސިޔާސީ ޕާޓީއެއްގެ ގޮތުގައި ސިފަކުރެވިދާނެ. އެއީ ވަރަށް ބިރުވެރިކަމެއް. ވޭތުވެދިޔަ 20 އަހަރު ތެރޭ އިސްނަގައިގެން އިސްލާމްދީނުގެ ހައްގުގައި އަދާލަތުން ކުރެވުނީ ކޮންކަމެއްތޯ؟ ވެރިކަމަށް އަންނަ ކޮންމެ ބައެއްގެ ފަހަތުގައި ތިބެ، ސިޔާސީ ވަޒީފާ ހޯދުމާއި ހަލާލު ވައްކަމާއި ބައިއެޅުން ނޫން ކޮންކަމެއްތޯ އެބޭފުޅުން ކުރައްވަނީ.

The name is already taken The name is available. Register?

ޚުރުސީ

22 August 2025

3000 ހަމަވެއްޖެތަ؟

The name is already taken The name is available. Register?

1206

22 August 2025

އަދާލަތު ޕާޓީގެ މެންބަރެއް ނޫން. އަދި ކިއެއް. މަށަކީ އެއްވެސް ޕާޓީއެއްގެ މެންބަރެއް ނޫން. އަދި މިވީހާތަނަށް އެއްވެސް ޕާޓީއެއްގެ މެންބަރު ކަމުގައި ޖެހިފައިނުވާނެ. އަދާލަތު ޕާޓީގައި ވިޔަފާރިވެރިން ނެތޭ ބުނީ ވެސް ކުޑަ ނަމަވެސް ވިޔަފާރިވެރިއެއް. ޑރ. އިޔާޒު ވެސް އަޑު އިވިފައިވާ ގޮތުގައި ވިޔަފާރި ކުރައްވާ. ގަސްތަކީ އެއަށް ހަޖޫ ޖެހުމެއް ނޫން. އަދާލަތުގައި ވިޔަފާރިވެރިން ނެތޭ ބުނުމުގައި ހިތު އޮތް ނިޔަތަކީ ކޮބައިކަމެއް ނުއެއް އެނގޭ. ނަމަވެސް އެ ބަހުގެ 1/1

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454