22 އޯގަސްޓް 2025 - 13:47
މުދަލު ޒަކާތް ނެރުން ވާޖިބުވާ ނިސާބު 11,191.95ރ. އަށް އިތުރުވެއްޖެ އެވެ.
މޯލްޑިވްސް ޒަކާތު ހައުސް އިން ބުނީ މުދަލު ޒަކާތުގެ ނިސާބު ކަނޑައެޅުމުގައި އެ އިދާރާއިން އަމަލުކުރަމުން އަންނަ އުސޫލުގެ ދަށުން، އިއްޔެއިން ފެށިގެން ރާއްޖޭގައި ފައިސާއިން މުދަލު ޒަކާތް ނެރުން ވާޖިބުވާ ނިސާބަކީ 11,191.95ރ. ކަމަށް ކަނޑައަޅާފައިވާ ކަމަށެވެ.
މި އަހަރު މުދަލު ޒަކާތުގެ ނިސާބު އެންމެ ފަހުން ކަނޑައެޅިއިރު ހުރީ 9,264.15 ގަ އެވެ. އެއީ މިދިޔަ އެޕްރީލް މަހު އެވެ.
މުދަލު ޒަކާތުގެ ގޮތުގައި ނެގުން، ދީނީ ގޮތުން ވާޖިބު ވަނީ ނިސާބު ހަމަވާ ވަރަށް ހިޖުރީ އެއް އަހަރުގެ މުއްދަތަށް ފައިސާ ހުރުމުންނެވެ. މުދަލު ޒަކާތުގެ ގޮތުގައި ދައްކަން ޖެހޭނީ އޭގެ 40 ބައިކުޅަ އެއްބަ އެވެ. އެއީ 2.5 ޕަސެންޓެވެ.
ނިޞާބު ކަނޑައެޅުން: 21 އޮގަސްޓް 2025 (27 صَفَــــرُ 1447ހ.)https://t.co/mUVkbmGOVB#zakathousemv #maldiveszakathouse pic.twitter.com/GbzJoborZb
— Maldives Zakat House (@ZakatHouseMv) August 21, 2025
ނިސާބަށް ބަދަލު ގެންނަނީ ދުނިޔޭގެ ބާޒާރުގައި ރަންރިހީގެ އަގަށް އަންނަ ބަދަލާ ގުޅިގެންނެވެ. މުދަލު ޒަކާތުގެ ނިސާބުގެ މިންވަރު ކަނޑައެޅުމުގައި ފައިސާ ރިހިން އަގުކުރުމަކީ ރާއްޖެ ފަދަ ކުދި ގައުމުތަކުގައި ފަގީރުންނަށް އެންމެ ފައިދާ ބޮޑު ގޮތް ކަމުގައި އިލްމުވެރިން ވިދާޅުވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފައިވެ އެވެ.
ޒަކާތު ހައުސް އިން ބުނި ގޮތުގައި، މިހާރު ބާޒާރުގައި ރިހީގެ އަގު ހުރީ ގްރާމަކަށް 18.81ރ. އަދި ރަނުގެ އަގު ހުރީ ގްރާމަކަށް 1,652.10ރ. އަށެވެ. ރިހީގެ ނިސާބަކީ 595 ގްރާމް އަދި ރަނުގެ ނިސާބަކީ 85 ގްރާމެވެ.
މުދަލު ޒަކާތް ބަލައިގަންނަނީ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) މެދުވެރިކޮށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ބަބްސް
23 August 2025
ދަރަނި ވެރިން މުދަލު ޒަކާތް ދައްކާކަށް ނުޖެހޭ. އެންމެ ފަހުން ދިންއިންޓަވިޔުގައި އުއްޗުވެސް ބުނީ ތިމަންނާގެ އަބުދުވެސް ބޭންކް ލޯނު އޮވެޔޭ މިހާރުވެސް 200 މިލިޔަން ޑޮލަރު ގެ ލޯނު އެކިބޭންކުތަކުން ނަގާފައި ވާނެޔޭ.
ލުއިފަސޭހަ
22 August 2025
މުދަލުޒަކާތަކީ ވެރިކަމުގެ ފަރާތުން ނަގަންޖެހޭއެއްޗެއް. ނިސޯބު ހަމަވާ އެކައުންޓްތަކުން ޒަކާތަށް ކެނޑޭގޮތަށްހެދީމަ ޒކާތްނުދެއްކިގެންއުޅެންނުޖެހި ވަރަށްލުއިފަސޭހަކޮށް ނިންމާލެވޭނެ. ފިހާރައިގެމުދާވެސް ސިސްޓަމުން ވަގުތުންބަލާފަ ދެއްކޭނެ ލުއިފަސޭހަގޮތެއް އޮންނަންވާނެ.
ނުކެރޭނެ
22 August 2025
ފަގީރުކަން ނައްތާލާން ހުރިހާ ޓެކްސް އެއް ކަނޑާލާފަ މުދަލު ޒަކާތް ނަގަން ކެރޭނެތަ؟
މުދަލު ޒަކާތް ދެއްކުމަށް ހޭލުންތެރިކޮށް ދެއްވާ!!!!
22 August 2025
މުދަލު ޒަކާތް ނުދައްކާ މީހުން ވަރަށް ގިނަކަމީ ހިތާމަހުރި ކަމެކެވެ. އެމީހުން އެކަމަށް ފަސްޖެހެނީ އިންކަމް ޓެކްސް ނަގާތީއޭ ކިޔާފައެވެ. ޝައްކެއް ވެސް ނެތް ގޮތުގައި އެއްވެސް މީހެއްގެ އާމްދަނީން ޓެކްސް އެއް ނުނެގޭނެ އެވެ. އެކަމަކު ދީނީ ނަޒަރަކުން ވިސްނައިދީގެން ނިޞޯބު ހަމަވާ މީހުންގެ ޢާމްދަނީ އިން މުދަލު ޒަކާތް ހޯދަން ޖެހޭނެއެވެ.
ބުރާންސްގަސް
22 August 2025
ކޯޗަކަށް ބިނާކޮށް ޓެކްސް ނުނެގޭނެޔޭ ތި ކިޔަނީ. ނޭނގޭ ވާހަކަ ނުދައްކަބަލަ.