22 އޯގަސްޓް 2025 - 14:25
އިންޑިއާގައި އޮންލައިންކޮށް ހިންގާ ޖުވާގެ މުއާމަލާތްތަކުން 450 މިލިއަނަށްވުރެ ގިނަ މީހުންގެ އަތުން 2.3 ބިލިއަން ޑޮލަރު ކޮންމެ އަހަރަކު ކުންފުނިތަކަށް ލިބޭ ކަމަށް ސަރުކާރުގެ ހިސާބުތަކުން ދެއްކުމާ އެކު ގާނޫނު ހަދާ މަޖިލީހުން ބިލެއް ފާސްކޮށް އޮންލައިން ޖުވާ މަނާކޮށްފި އެވެ.
މި ބިލާ އެކު އިންޑިއާގެ އަމިއްލަ އަދި އެންމެ މަގުބޫލު ފެންޓަސީ ކްރިކެޓް އެޕްލިކޭޝަންތައް ހިމެނޭ ގޮތަށް ކާޑު ގޭމްތަކާއި ޕޯކާ އަދި ފެންޓަސީ ކުޅިވަރުތަކުގެ ޕްލެޓްފޯމްތައް ވެސް ހުއްޓާލަން ޖެހޭނެ އެވެ.
މީގެ އިތުރުން އިންޑިއާގެ ގައުމީ ކްރިކެޓް ޓީމުގެ މެއިން ސްޕޮންސަރު ކަމަށްވާ އިންޑިއާގެ އެންމެ ބޮޑު ފެންޓަސީ ސްޕޯޓްސް ގޭމިން ޕްލެޓްފޯމް "ޑްރީމް11" އާ މެދު ވެސް މިހާރު ވަނީ ސުވާލު އުފެދިފަ އެވެ. ޖުވާގެ އެ އެޕްލިކޭޝަން ހިންގާ ކުންފުނި ވަނީ ޖުލައި 2023 ގައި އިންޑިއާގެ ގައުމީ ކްރިކެޓް ޓީމުގެ ސްޕޮންސަރަކަށް ތިން އަހަރު ދުވަހުގެ މުއްދަތަށް ހަމަޖައްސައި ޓީމުގެ ޖާޒީގައި ލޯގޯ ވެސް ޖަހައިފަ އެވެ.
އޮންލައިންކޮށް ގޭމް ޕްރޮމޯޝަނާއި ގަވާއިދުގެ ބިލު ގާނޫނު ހަދާ މަޖިލީހުގެ ދެ ގެއިން ފާސްކުރީ އިއްޔެ އެވެ. އަދި އޮންލައިން ގޭމްތައް ހުށަހެޅުމާއި ޕްރޮމޯޓްކުރުމާއި ފައިނޭންސް ކުރުން ކުށެއްގެ ގޮތުގައި ކަނޑައަޅައި، ކުށްކުރާ މީހުންނަށް ފަސް އަހަރުގެ ޖަލު ހުކުމެއް ބިލުގައި ކަނޑައަޅާފައިވެ އެވެ.
ޑްރީމް 11 އިން ހުކުރު ދުވަހު އެ ކުންފުނީގެ ވެބްސައިޓުގައި ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ބިލު ފާސްވުމާ އެކު "ކޭޝް ގޭމްތަކާއި މުބާރާތްތައް ހުއްޓާލާފައިވާ" ކަމަށެވެ. ނަމަވެސް އަދި އިންތިޒާރު ކުރުަމށް ބުނެފައިވެ އެވެ.
ބިލް އަދި ތަސްދީގު ނުކުރާތީ އެހެން ބައެއް ޕްލެޓްފޯމްތައް އަދިވެސް ގެންދަނީ ހިންގަމުންނެވެ.
މި ގާނޫނުގެ މަގްސަދަކީ އަވަހަށް މުއްސަނދިކޮށްދޭކަމަށް ދައްކައި އޮޅުވާލައިގެން ޖުވާގެ ތެރެއަށް ވެއްދުމުން އެކަމަށް ދެވިހިފައި އާންމުންނަށް ލިބެމުންދާ މާލީ ބޮޑެތި ގެއްލުމާއި އިޖުތިމާއީ މައްސަލަތައް ކުޑަކުރުން ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ. -- އޭއެފްޕީ
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
މާހިރު
23 August 2025
އިންޑިއާ ފަދަ ޣައިރު މުސްލިމުންގެ ސަރުކާރު އޮންނަ ތަނަކުން އެފަދަ ކަންކަން ހުއްޓުވާއިރު، ދިވެހިރާއްޖެފަދަ ސައްތައިންސައްތަ މުސްލިމް ޤައުމަކުން ޖުވާ ނުހުއްޓުވުމަކީ ލަދުވެތިވާންޖެހޭ ކަމެކެވެ.
ތިކަން ހުއްޓާލާ
22 August 2025
މިގައުމުގަ މިހާރުވެސް އެތައްބަޔަކު ޖުވާ ކުޅެމުންދޭ. ހަމަ މުސްލިމުންނޯ ކިޔަނީ. މިއިރު މިކަމަކީ ޝައިތާނާ މިމީހުންނަށް ޒީނަތްތެރިކޮށް ދެމުންދާ ކަމެއްކަން ނުވިސްނޭ. މިއީ ދުނިޔޭގަ ވަރަށް ކާމިޔާބުކަމާއެކު ހިންގަމުންދާ ވިޔަފާރިއެކޭ ބުނެ ހެޔޮގޮތް ބުނެދޭން އުޅޭމީހާއަކީ ތަންދޮރު ނުދަންނަ ކަޓު މީހަކަށް ހަދާލަނީ.. ﷲ މިމީހުންނަށް ތެދުމަގު ދައްކަވާށި...
ކޮރަލް
22 August 2025
މިއީ ސަތޭކަ ޕަސެންޓް މުސްލިމް ގައުމެކެވެ. މިކަން ހުއްޓުވަން ވީ އެވެ.
ނޫނުން
22 August 2025
މިރާއްޖޭގައި ވާނެ ހުއްދަކުރަން
ފުރޭތަ1
22 August 2025
މިފަދަ ބަލިމަދުކަމުގެ ފަރުވާ އޮތީ އިސްލާމްދީނުގައި ސާބިތުވެގެން. މިގައުމުގަވެސް މިފަދަ މަޅިގަ ޖެހޭ މީހުން ގިނަ ޓްރޭދިންގ ނަމުގަ ހަމަ ކުރަނީ އެއްކަމެއް
ޖެރާ
22 August 2025
ވިސްނާލީމާ އިސްލާމްދީނުގައި ތިކަންތައް މަނާކުރައްވާފައިވާ ސަބަބު އެނގޭނެ
ކިރުސައި 2.0
24 August 2025
ކަލޭމެން ތިބޭ ތިހެން ކިޔާލަ ކިޔާލަ، އިސްލާމް ދީނޭ ކިޔަންގެން ވާހަކަދައްކަން ލަދެއް ނުގަނޭތަ.
މައުދު
22 August 2025
މިގައުމުގަ މިކަހަލަ ކަމެއް ކޮށްލަން ކެެރޭ ގަޓުހުރި ވެރިއަކަށް ހަމައެކަނި ހުރީ ޑރ.މުއީޒް.
މިޔަރެން
22 August 2025
އަސްލު ވެސް
އިގްރާރޭ
22 August 2025
ތި ބުނާ ގަޓެއް ހުރީޔާ ރާއްޖޭގައި ހިންގާ ޖުވާ ސައިޓްތައް ހުއްޓުވަބަލަ. ރާއްޖޭގެ ޒުވާނުން ހަލާކު ވެގެން އެހެރަ ދަނީ. ބޭނުން ކުރަނީ ސަރުކާރުގެ ބޭންކް އެކައުންޓްތައް. ހުއްޓުވޭނެ ގޮތް ހުރެ ހުއްޓުވަން ނުކެރިފަ އެ ތިބޭ ސަބަބު ރައްޔިތުންނަށް އެނގޭ