އެފްއޭއެމްގެ ޑައިމަންޑް ޖުބިލީ ކޮމިޓީގައި ނިއު ރޭޑިއަންޓްގެ ޗެއާމަން އަހްމަދު މުބީން އާއި ސުޒޭން: ނިއުގެ ކޯޗު ކަމަށް ސުޒޭން ހަމަޖައްސަން ވަނީ ނިންމާފަ
23 އޯގަސްޓް 2025 - 23:02
ނިއު ރޭޑިއަންޓްގެ ކޯޗުކަމަށް ގައުމީ ޓީމުގެ ކުރީގެ ކޯޗު އަލީ ސުޒޭން ހަމަޖައްސަން ނިންމާފައިވާ ކަމަށް ކްލަބްގެ އޮފިޝަލަކު ބުނެފި އެވެ.
"ޗެއާމަން [އަހްމަދު މުބީން] އެކަން ހަމަޖައްސާފައިވާތާ ކުޑަ ދުވަސްކޮޅެއް ވެސް ވެއްޖެ،" ނަން ހާމަ ކުރުމުން، ގުޅުން ގޯސް ވެދާނެތީ ނަން ޖަހަން ބޭނުން ނުވެ ވާހަކަ ދެއްކި އޮފިޝަލް ބުންޏެވެ.
ނިއު އަށް ކުޅުންތެރިން ގެނައުމަށް ބައެއް ކުޅުންތެރިންނާ ވެސް ސުޒޭން ވާހަކަ ދައްކަމުންދާކަން "މިހާރު" އަށް ވަނީ އެނގިފަ އެވެ.
ނިއުގެ ކޯޗުކަން އެންމެ ފަހުން އަދާކުރީ ސޮބާހް މުހައްމަދު އިބްރާހިމެވެ. އޭޕްރީލް، މެއިގައި އެފްއޭއެމުން ބޭއްވި ލީގު ކަޕްގައި ވެސް އެ ޓީމަށް އިރުޝާދު ދިނީ ސޮބާ އެވެ. އެފްއޭއެމުން މިހާރު ވަނީ އޭނާ، 17 އަހަރުންދަށުގެ ގައުމީ ޓީމުގެ ކޯޗު ކަމަށް ހަމަޖައްސައިފަ އެވެ.
ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އާ އެކު ހަދާ ޑީލެއްގެ ދަށުން، ސަސްއިން ލީގުގައި ވާދަނުކޮށް ދޫކޮލާ ފުރުސަތަށް އަލުން ފުރަތަމަ ޑިވިޝަނަށް ވަންނަން ނިއުއިން ދަނީ މަސައްކަތް ކުރަމުންނެވެ.
އެކަމަކު ކްލަބްގެ ޗެއާމަން މުބީން ކުރިން "މިހާރު" އަށް ވިދާޅުވީ ނިއުއިން ތައްޔާރު ވަނީ އެ ޓީމުން ވާދަކުރަން ޖެހޭ މުބާރާތަށް ކަމަށެވެ.
"ކްލަބް އޮތް ތަނެއްގައި [ޑިވިޝަނެއް] ގައި ވަދަކުރާނީ. ކްލަބް ވަރުގަދަ ކުރަނީ ވެސް ވާދަކުރަން ޖެހޭ ތަނެއްގައި ވާދަކުރަން،" މީގެ ކުރިން "މިހާރު" އަށް ދެއްވި އިންޓަވިއުގައި އޭނާ ވިދާޅުވި އެވެ.
ސުޒޭނަކީ އެފްއޭމުން އެކުލަވާލާފައިވާ ޑައިމަންޑް ޖުބިލީ ކޮމިޓީގެ ޗެއާޕާސަނެވެ. އެ ކޮމިޓީގެ ނައިބަކީ މުބީނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އޮނަރަބްލް އަފީފު ދީދީ
24 August 2025
ނަމުގެތެރެއަށް "ދިވެހިރާއްޖެ" ލައިގެން ހިންގިކަމަށްވިޔަސް، ކަންކޮށް އަމަލު ކުރަމުންދާގޮތަށް ބަލާފައި އެފްއޭއެމް އަކީ "ފުޓްބޯލް އެސޯސިއޭޝަން އޮފް މާލެ" ކަމަށް އަހަރެން ޤަބޫލުކުރަނީ. އެވާހަކަ ބާއްވަމާ. އަލީ ސުޒޭން އަކީ ތިޔަރީއާއި ޕްރެޓިކަލް އަދި ވިސްނުމާއި ފިކުރުގެއިތުރުން ކުޅުންތެރިންނާއި މެނޭޖްމަންޓް މޯޓިވޭޓްކޮށް "ޓީމެއްގެ ގޮތުގައި" މަސައްކަތްކޮށް ނަތީޖާ ހާސިލްކުރަން ރާއްޖޭގެ އެހެންއެއްވެސް ކޯޗަކަށް މަސައްކަތް ނުކުރާވަރަށް އެކަންކުރި މޮޅު ކޯޗެއް.
ސަޅި ގައުމެއް
24 August 2025
ފުޓްބޯޅަ މިހިސާބަށް ވައްޓާލުމުގެ ބޮޑު ބައިވެރި ވުމެއް އޮތް އަދި ނިއުރޭޑިއަންޓް ފުޑާލުމުގެ ބޮޑެއްތިީ.. ނިއުގެ ކޯޗަކަށް ތިޔައްވުރެން ނަޒާހަތްތެރި މީހަކު ނުލިބުނީތޯ! ދެންވެސް ނުދާނައް ނިއު ކުޅުނަސް ދަނޑަކައް
އަޅި އަލި
24 August 2025
"ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އާ އެކު ހަދާ ޑީލެއްގެ ދަށުން، ސަސްއިން ލީގުގައި ވާދަނުކޮށް ދޫކޮލާ ފުރުސަތަށް އަލުން ފުރަތަމަ ޑިވިޝަނަށް ވަންނަން ނިއުއިން ދަނީ މަސައްކަތް ކުރަމުންނެވެ" ތިކަހަ؛ލަ ޑީލު ހަދައިގެން ތިބޭފުޅުން ފުޓް ބޯޅަ ފުނޑާލަނީ! ނިއުއަށް ވީމާ ވަކި ގޮތެއް މާޒިޔާއަށް ވަކި ގޮތެއް ވިކްޓަރީއަށް ވަކި ގޮތެއް!
ހުރާ ހުސޭނުބެ
25 August 2025
އެފްއޭއެމް މިކަމުގަ ފިޔަވަޅުއަޅަން ޖެހޭނެ. ޑީލު ހަދައިގެން ފުޓްބޯޅަ ހަލާކު ކޮއްފި
ޑެބީ
24 August 2025
ނިއުގެ ޒަމާން ތިދިޔައީ. އަނގައިން މީނަ ހުރިހާ ތައްޓެއްވެސް ހޯދާނެ. ޓީމު އޮންނާނީ ރެލިގޭޝަނުގައި.