ބޮލީވުޑްގެ އެކްޓަރު ގޯވިންދާ އާއި އޭނާގެ އަންހެނުން ސުނީތާ އަހޫޖާ.
24 އޯގަސްޓް 2025 - 10:47
ބޮލީވުޑްގެ އެކްޓަރު ގޯވިންދާ ބޭވަފާތެރިވި ކަމަށް ބުނެ އޭނާގެ އަންހެނުން ސުނީތާ އަހޫޖާ އޭނާ ކައިރިން ވަރިވާން ކޯޓަށް މައްސަލަ ހުށަހަޅައިފި އެވެ.
ރިޕޯޓްތައް ބުނި ގޮތުގައި، ގޯވިންދާ ކައިރިން ވަރިވާން ސުނީތާ ވަނީ އިންޑިއާގެ މުމްބާއީގެ ބެންޑްރާ ފެމެލީ ކޯޓަށް މައްސަލަ ހުށަހަޅައިފަ އެވެ. މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ފަސްވަނަ ދުވަހު ކޯޓަށް ހުށަހެޅި އެ މައްސަލައިގައި، ގޯވިންދާ ކައިރިން އޭނާ ވަރިވާން އެދޭ ސަބަބުތަކުގެ ތެރޭގައި ނަހަމަ ގުޅުމެއް ބޭއްވުމާއި އަނިޔާވެރިވުމާއި ދުރުގައި އުޅުން ހިމެނެ އެވެ.
ގޯވިންދާ އާއި ސުނީތާގެ 38 އަހަރުގެ ކައިވެނި ރޫޅާލަން އުޅޭ ވާހަކަ މީގެ ހަ ވަރަކަށް މަސްދުވަސް ކުރިން ވެސް މީޑިއާއަށް ތިލަވި އެވެ. އެކަމަކު، ވަރިވާން އުޅޭ ސަބަބު ނޭނގި ގިނަ ދުވަސްތަކެއްވީ ފަހުން އެ ވާހަކަ އަލުން ދެކެވެން ފެށީ ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ މައުލޫމާތު ބައެއް މީޑިއާތަކަށް ލިބުމުންނެވެ.
މި ވާހަކަތައް ދޮގުނުކޮށް ގޯވިންދާގެ މެނޭޖަރު ޝަޝީ ސިންހަ ފްރެސް ޓްރަސްޓް އިންޑިއާ ނޫހަށް ބުނީ އެ ދެމީހުންގެ ވަރީގެ މައްސަލަ ކޯޓުގައި މިހާރު ހިނގަމުންދާ ކަމަށާއި ސުނީތާ ހުށަހަޅާފައިވާ އެ މައްސަލައިގައި ގޮތެއް ވަރަށް އަވަހަށް ނިމޭނެ ކަމަށެވެ. އެ މީހުންގެ ވަރިވިޔަސް، އާއިލާގެ ގުޅުންތައް ރަނގަޅު ކަމަށް އޭނާ ބުންޏެވެ.
ވަރިވާ ސަބަބާ ގުޅޭ ގޮތުން މެނޭޖަރު އެއްވެސް އެއްޗެއް ނުބުނެ އެވެ.
ގޯވިންދާ އާއި ސުނީތާ ކައިވެނިކުރީ 1987 ވަނަ އަހަރު އެވެ. އެ ދެމީހުންގެ ދެ ކުދިން ތިބެ އެވެ. ނުވަދިހައިގެ އަހަރުތަކުގައި ބޮލީވުޑްގައި ކާމިޔާބު އެކްޓަރެއް ކަމަށްވާ ގޯވިންދާ މިހާރު މަސައްކަތް ކުރަނީ ސިޔާސީ ދާއިރާގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
މަހާރާ
26 August 2025
މި ގޯވިންދާގެ ސުނީތާއަކީ ވަރަށް ކަންތައް ފަލަ އަންހެނެއް. އެރޮގަންޓް ވެސް މެ
ދަލޭކަ ދައިތަ
24 August 2025
ގޯވިންދާ މުސްކުޅިވީފަހުން ދޯ ބޭވަފާވިކަން މި ފަޅާއެރީ. މިދެމީހުން އެކީގަ ފެންނައިރު ހީވާނީ ދެންމެ ހިތާވެގެން އުޅޭ ދެމީހުންހެން. އެވެސް އެކްޓްކަން އަދި ކިރިޔާ މި އިގުނީ. ލޯބިމީ ވަގުތީ އެއްޗެއް.
ސުނީ ވާލޯބĤ
24 August 2025
ގޯވިންދާ އެންމެ ލޯބިވަނީ ނީލަމު ދެކެ♡♡ އަހަރެންދެކެ ނުވޭ ލޯއްބެއް¿ އަހަރެން މިހާރު ބޭނުންވަނީ އަހަރެން ދެކެ ލޯބިވާ މީހެއް
މުލޭ
24 August 2025
ތި ލޯބިވާ މީހާ ފެނިގެންތަ ވަރިވާން ތިޔަ ހުށަހެޅީ.
ބޭވަފާގެ ބަފާ
24 August 2025
ކަނބުލޯ އަވަހަށް މިކޮޅަށް އާދޭ...މިކޮޅަށް އައިމާ ތިޔައީ އާދައިގެ ކުޑަ ކުޑަ ކަމަކަށް ވެދާނެ..