ހދ. ފިނޭގައި ބީއެމްއެލްގެ އޭޓީއެމް ހިދުމަތް ރައީސް މުއިއްޒު އިފްތިތާހުކޮށް ދެއްވަނީ. --ފޮޓޯ: ބީއެމްއެލް
25 އޯގަސްޓް 2025 - 09:28
ގައުމީ ބޭންކް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން "މުޅި ރާއްޖެއަށް ބިއެމްއެލް އޭޓީއެމް" މަޝްރޫއުގެ ދަށުން އިއްޔެ ހދ. ފިނޭގައި ސެލްފް-ސާވިސް ބޭންކިން އޭޓީއެމްގެ ހިދުމަތް ގާއިމުކޮށްފި އެވެ.
އަމާޒަކީ މި ހަފްތާ ތެރޭގައި ހދ. އަތޮޅުގެ އިތުރު 10 ރަށެއްގައި އޭޓީއެމްގެ ހިދުމަތް ގާއިމުކޮށް، މުޅި އަތޮޅަށް އޭޓީއެމްގެ ހިދުމަތް ފުޅާކުރުން ކަމަށް ބީއެމްއެލް އިން ބުންޏެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ހދ.ގެ މީހުން ދިރިއުޅޭ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރޭގައި، ފިނޭގައި އޭޓީއެމްގެ ހިދުމަތް އެ މަނިކުފާނު ވަނީ އިފްތިތާހުކޮށްދެއްވައިފަ އެވެ.
އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން، ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ، ފިނޭ އާއި ހދ.އަތޮޅުގެ އެހެން ރަށްތަކުގައި އޭޓީއެމް ވިއުގަ ފުޅާކުރުމަށް ކުރަމުންދާ އިންވެސްޓްމަންޓަކީ މުޖުތަމައުތަކަށް ވީހާވެސް ގާތުން ބޭންކިން ހިދުމަތް ފޯރުކޮށްދިނުމަށް ބޭންކުން ކުރަމުންދާ މަސައްކަތުގެ ހެއްކެއް ކަމަށެވެ.
"މިހާރު މި ރަށުގެ [ފިނޭ] ރައްޔިތުންނާއި ރަށަށް ޒިޔާރަތްކުރާ ފަރާތްތަކަށްވެސް އެހެން ރަށަކަށް ދަތުރުކުރަން ނުޖެހި 24 ގަޑިއިރު އޭޓީއެމްގެ ހިދުމަތް ލިބޭނެ،" ޝަރީފް ވިދާޅުވި އެވެ.
މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާއެކު، ބީއެމްއެލްއިން ދަނީ 20 އަތޮޅުގައި 41 ބްރާންޗް، 146 ސެލްފްސާވިސް ބޭންކިން ސެންޓަރު، 204 އޭޓީއެމް، އޭޖެންޓު ބޭންކިން ހިދުމަތުގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިން ހިދުމަތް ދެމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އޭ ޓީ އެމް ފޮށި
25 August 2025
ކޮންޓެއިނާރ އޭޓީއެމް ބެހެއްޓުމަށްވުރެ، ސަރުކާރުގެ މުހިއްމު އިމާރާތެއްގެ އިމުތެރޭ ބެހެއްޓީމަ ހުތުރީތަ؟
އަސްލަމް ވަހިދު
25 August 2025
މީ ބަޔަކަށް ހީވެދާނެ ކުޑަކަމެކޭ. ނޫން މިއީ ވަަރަށް ބޮޑު ވަރަށް މުހިއްމު ކަމެއް.
ވަރަށް ތާހިރު
25 August 2025
-200ރ ގަ މިއުޅެނީ ކިހާ މުހިއްމު ވާނެ އެހެންވީމަ
މޮޑަން
25 August 2025
ފިނޭގަ ދުވާލަކު ކިތަށް މީހުން އޭޓީއެމް ބޭނުންކުރާނެބާ؟ ތިތަނަށް ބޭންކުގެ މުވައްޒަފުން ކުރަންޖެހޭ ދަތުރު، ކަރަންޓް ބިލް ދައްކާފަ ދެކޮޅު ޖެހޭބާ؟
ހިހިހި
25 August 2025
ކޮމެންޓު ކުރާ ސަރުކާރު ބޮޑުންނަށް ސާބަސް
ފިނޭ އަހުމަދު ސޭޓް
25 August 2025
ޖޯކު ޖަހާ މީހުންނަށް ބުނެލަން. އަހަރެން މިއީ ފިހާރައެއް ހިންގާމީހެއް. ކޭޝްކޮށް ލިބޭ ފައިސާ ޖަމާކުރެވޭނެ ގޮތެއް މީގެ ކުރިން ނޯވޭ. މިއީ ކުޑަ ނަމަވެސް ބޮޑު ކަމެއް ހަމަ. 3000 ރުފިޔާ ޖަމާކޮށްލަން 1700 ރުފިޔާއަށް ލޯންޗު ހިފާގެން އަތޮޅު އެހެން ރަށްރަށަށް ދާންޖެހުނު ދިއުން ނިމުމަކަށް އައީ. ރައީސް މުއިއްޒުއަށް ޝުކުރު ހައްގު ހަމަ
ހާލިދާ
25 August 2025
ކުޑަ ރަށެއް ބޮޑު ރަށެއް ތަފާތު ނުކުރާކަމުގެ ހެއްކެތް. ރައީސް މުއިއްޒު ވަރެއް ނެތް
އިއްބެ ހަސަން
25 August 2025
މިހުރީ މީގެ ކުރީ ސަރުކާރުކާރުތަކަށް ނުކުރެވިހުރި ކުދިކުދި ކަންކަން. މިއަދު މިކަން ކުރާތީ އެބަ އަނގަތަޅާ
ދިއްދޫމީހާ
25 August 2025
އަނގަތަޅަނީ ދިހަ ބާރަ ވަޒީރުންގޮސްގެން ތިޔަ އޭޓީއެމްގެ ހިދުމަތް ފައްޓާތީ އޭޓީއެމް ބަހައްޓަންދާ ހަރަދަށް ވުރެން ބޮޑު ހަރަދެއް އެބަދޭ ތިޔަ ގެންދޭ ވަފްދުގެ މީހުންނަ ރައީސް މައުމޫންގެ ވެރިކަމުގައި މުޅިރާއްޖެއަ ފޯންގެ ޙިދުމަތްދިނީ މައުމޫން ފޯނުގެ ޙިދުމަތްދޭން ރާއްޖޭގެ ހުރިހާ ރަށަކަށް ދަތުރުއެ ނުކުރޭ މިހާރު ސާފްވާނެ އަނގަތަޅާ ސަބަބު…
ހުސްނާ.
25 August 2025
ވަރަށް އުފާވެރި ހަބަރެއް މިއީ