25 އޯގަސްޓް 2025 - 11:30
ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީން ބޭރަށް ފޮނުވި ފައިސާގެ އަދަދު 143 މިލިއަން ޑޮލަރަށް ވުރެ އިތުރު ވެފައިވާ، މަރުކަޒީ ބޭންކް، އެމްއެމްއޭއިން ބުނެފި އެވެ.
އެމްއެމްއޭއިން ނެރެފައިވާ މިދިޔަ އަހަރުގެ ޕޭމަންޓް ބުލެޓިންގައިވާ ގޮތުން، ރާއްޖޭގައި ހިންގާ ބޭންކުތަކުގެ އިތުރުން، ޕޭމަންޓް ހިދުމަތްދޭ ތިން ތަނެއް މެދުވެރިކޮށް، މިދިޔަ އަހަރު 1.2 މިލިއަން ރެމިޓެންސް މުއާމަލާތް ހިންގާފައިވެ އެވެ.
އެ މުއާމަލާތްތަކުގެ ޖުމްލަ 13.2 ބިލިއަން ޑޮލަރަށް އަރާއިރު، އޭގެތެރެއިން 5.8 ބިލިއަން ޑޮލަރު ނުވަތަ 13 ޕަސެންޓަކީ އިންވަޑް ރެމިޓަންސް ނުވަތަ ބޭރު ގައުމުތަކުން ރާއްޖެއަށް ފޮނުވި ފައިސާ އެވެ.
ބާކީ، 87 ޕަސެންޓަށްވާ 7.4 ބިލިއަން ޑޮލަރަކީ، ރާއްޖޭން ބޭރަށް މިދިޔަ އަހަރު ފޮނުވި ޖުމްލަ އަދަދު ކަމަށް އެ ރިޕޯޓުގައި ބުންޏެވެ.
ރާއްޖޭން ބޭރަށް ފޮނުވި ފައިސާގެ ނިސްބަތަށް ބަލާއިރު، ބިދޭސީ މަސައްކަތްތެރިން ބޭރަށް ފޮނުވި ޖުމްލަ 143.5 މިލިއަން ޑޮލަރަކީ، 2023 ވަނަ އަހަރާ އަޅާބަލާއިރު 59 ޕަސެންޓުގެ އިތުރުވުމެކެވެ.
ބިދޭސީންގެ އިތުރުން ދިވެހިން ރާއްޖޭން ބޭރަށް ފޮނުވި ފައިސާގެ އަދަދު ވެސް އަހަރެއްގެ ތެރޭގައި އަށް ޕަސެންޓު އިތުރުވެ، 11.9 މިލިއަން ޑޮލަރަށް އަރާކަމަށް އެ ރިޕޯޓުގައި ބުނެފައިވެ އެވެ.
ބިދޭސީ މަސައްކަތްތެރިންގެ ތެރެއިން، މިދިޔަ އަހަރު ވެސް ރާއްޖޭން ބޭރަށް އެންމެ ގިނަ އަދަކަކަށް ފައިސާ ފޮނުވާފައިވަނީ ބަންގްލަދޭޝް މީހުންނެވެ.
މިގޮތުން، ބަންގްލަދޭޝް މަސައްކަތްތެރިން ރާއްޖޭން ބޭރަށް ފޮނުވި 112 މިލިއަން ޑޮލަރަކީ، ޖުމްލަ އަދަދުގެ 72 ޕަސެންޓެވެ.
މި އަދަދު 2023 ވަނަ އަހަރާ އަޅާބަލާއިރު އިތުރުވެފައިވަނީ މަރުކަޒީ ބޭންކުން ބުނި ގޮތުގައި، ރާއްޖެ އާއި ބަންގްލަދޭޝްގެ ކަމާބެހޭ އިދާރާތައް ގުޅިގެން، މާލީ ނިޒާމުގެ ބޭރުން ވަގަށް ފައިސާ ފޮނުވުމުގެ ގިނަ ދޮރުތައް ބަންދުކުރުމުމުގެ ނަތީޖާ އެވެ.
ނޭޕާލް މީހުން ދެވަނައިގައި އޮތީ އެންމެ ޖުމްލަ އަދަދުގެ އެންމެ ފަސް ޕަސެންޓާ އެކު އެވެ.
ރެމިޓެންސްގެ މުއާމަލާތްތަކުގެ 98 ޕަސެންޓު ހިންގާފައިވަނީ ރާއްޖޭގެ ބޭންކުތައް މެދުވެރިކޮށް ކަމަށް އެމްއެމްއޭއިން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
މާބޭބެ
26 August 2025
ހުރިހާވެސް މައްސަލައަކީ ބިދޭސީން ރެގިއުލޭޓްކޮށް ނުބެލެހެއްޓުން. ބިދޭސީން / ޚާއްސަކޮށް ބަގްލަދޭސް އިންޑިއާމީހުން މިރާއްޖެ އަންނަނީ ކުދިވިޔަފާރި އުނގުވިޔަފާރިކުރަން. މީއީ ކިހާޑޮލަރެއް ނިވަލުގަ ދިވެހިމީހާއަށް ކުޑައެއްޗެއްދީފާ ބޭރުކުރާ ޑޮލަރު.
އުތީމު ތަކުރު
25 August 2025
މިހާރު ބަންގްލަދޭޝް މީހުން ގިނައިން ޑޮލަރު ފޮނުވަނީ ސީދާ މީހާ އަތަށް ދީފަ ތިޔަ ހިސާބު ދިމަލެއްނުވާނެ. ބަލަންޖެހޭ ބަންގްލަދޭޝް އަށް ދަތުރުކުރާމީހުން ޑޮލަރު ބޭރުކުރަން ހަދާ ހުރިހާ އުކުޅެއް. ފޮތްފޮތަށް އަޅައިގެންވެސް ގެންދާ ކަމަށް މަޢުލޫމާތުލިބޭ! ކޮންކަމެއް ބެލޭނީ ހުރިހާ ރައްޔިތުން ކުރިމައްޗަށް މަގުމަތީގަ ހުންނަ ފުލުސްމީހާވެސް ހުންނާނީ ނަމުގަ ޓްރެފިކް ޑިއުޓީ އެކަމު ގިނަވަގުތު ފޯނުން ޗެޓްކުރުމުގަ ނޫނީ ޕަބްޖީގަ ކޯޗެއް ބެލޭނީ މިގައުމުގަ .
ސަރީފުއަލީ
25 August 2025
ރާއްޖެ އެއްމެބޮޑު އިންޑަސްޓްރީގައީ މިހާރު ގިނައީ އިންޑިއާމެނޭޖަރުން! ޗަންޕާރިސޯޓްތައް ފިޔަވާ ބޭރުމީހުން ހިންގާ ރިޒޯޓްތަކުގެ 90% މެނޭޖަރުންނަކީ ބޭރުމީހުން ސަރުކާރުން މިކަމުގައިވަނީ އިހްމާލުވެފައި!
ދުވާލު
25 August 2025
ދުވާލަކަށް 6 މިލިއަން ރުފިޔާގެ ރޭޓުން އެ ބޭރުކުރީ
ކޮރަލް
25 August 2025
ދިވެހީންނަކީ މުރާލި ހީވާގި ބައެކެވެ. ކުރީން ރިސޯޓް ހެދީ ދިވެހީންނެވެ. ބިދޭސީން އައިސް ސަރުކާރުގެ އެހީ އާއެކު އެމީހުން ވަނީ ބޭރު ކުރެވިފަ އެވެ. އެއްވެސް ދިވެއްހި މުވައްޒަފަކު ނެތި ފިހާރަ ، ހޮޓާ ،ކެފޭ ހުރިހާ ވިޔަފާރިއެއްގަ 100 ޕަސެންޓް ބިދޭސީ މުވައްޒަފުންނެވެ. ސަރުކާރުން ނުބަލަ އެވެ. 10×10 ފޫޓް ކެފޭ ތަކުގަ ވަކި ސިނގިރޭޓް ވިއްކުން ދޮރުމަތީ ސިނގިރޭޓްބުއިން ސަރުކާރުން ނުބަލަ އެވެ. ބިދޭސީ ކޭޝިއަރުން ލިބޭ ހުރިހާ ފައިސާ އެގެންދަނީ ރާއްޖެ އިން ބޭރަށެވެ.
ވަގުން
25 August 2025
ބޭނުން ވަރަކަށް ބޭރު ކުރެވޭ. ސަޅި
އަހުސަން
25 August 2025
ދިވެހިން މިހާރު ޓައިނާޅާކަހަލަ މަސައްކަތެއްނުކުރާނެ. އެކަމަކު ސިމެންތިގަށަންވެސް އަދި ދާނެދުވަސްއޮތީ ވަރަށްކާރީގައި.
މީ އެދުވަހެއް ނޫންތަ، ބަލައިގެން އެއްޗެއް ކިޔަން ނޭނގޭ!
25 August 2025
އެވެސް މާސްޓަރސް ހިފައިގެން، އަދުރޭ، ބޮޓޭކޯ، އާ ކުރުސި އާ މަޖްލިހުގަ. ސަޅިއެއްނު ގައުމިއްޔަތު!
ލައިޓް
25 August 2025
އެތެރެވި ޑޮލަރެއް އެތެރެވީވެސް ބިދޭސީންގެ ހިއްސާ އޮވެގެން! ދިވެހިން ގިނައިން ކުރާ މަސައްކަތަކީ ސިޔާސީ ވަޒީފާ!
އުސްމާނުބެ
25 August 2025
މުޅިޔަކުން ރަގަޅުވާހަކައެއް ނޫން ، ރިސޯޓުތަކުގެ ގިނަ އޯނަރުންނަކީ ބޭރު މީހުން އެހެން ވިޔަސް ރާއްޖޭގައި ކުރާވިޔަފާރި ތަކުގެ އާމްދަނީ މިތަނައް ވަންނަންޖެހޭ އެކަމަކި ނުވަދެ ކޮންމެވެސް އެހެން ގައުމެއްގައި ، ދެން ބޭރު މުވައްޒަފުން އެމީހުން މަސަައްކަތްކޮއްގެން ހޯދާ މުސާރަ ބޭރައް ފޮނުވެންވާނެ ، މައްސަލަޔަކީ ވަގައްމަސައްކަތްކޮއް ވަގައްބޭރުކުރުން ، މީދައްކާ ނުނިމޭނެ ވާހަކައެއް އެމް.އެމް.އޭ ވެސް ކުރެވުނު ކަމެއްނެއް
މުއައްސަސާތަކުގެ ޓައީންގެ ހާލަތު
25 August 2025
ދިވެހިން ގިނައިން ކުރާ މަސައްކަތަކީ، ކޮފީ ބޮއެފަ މީހުންގެ މަސްކެއުން، ޒިންމާ އެއް ކިރިޔާ ހަވާލުވެފަ އޮތަސްއެކަމުން ރެކެވޭނެ ގޮތެއް ހޯދުން.
ޖަޕާނީ
25 August 2025
ރާއްޖޭން ބޭރުން އަންނަ ދިވެހިން ވިޔަފާރިއަށް ނޫނަސް އަމިއްލަ ބޭނުމަށް ގެންނަ ތަކެތިވެސް ހިފަހައްޓާ ކަސްޓަމްސްއިން ޖެއްސުން ކުރަނީ.. ޑިއުޓީ ދައްކަން ނުޖެހޭ އެއްޗަކަސް އެތައް ދުއްތުރާލެއް އެބަކުރޭ..
ހަމަކޮ
25 August 2025
ކިތައް ބިލިއަން ވަން ވާހަކަ ނުދައްކާތި އޮޅިގެންވެސް. ބްލެކްމާރކެޓް އަދި ބިދޭސީން ބޮލުގެ ޑޮލަރު މައްސަލަ އެޅުވޭތޯ މިސަރުކާރުންވެސް އަދި ކުރީ ސަރުކާރުންވެސް ނަމަވެސް ހަޤީގަތަކީ ތިކަމަކާ މިހާރު ދިމާވެގެން މިއުޅޭ ކަމަކާ މާބޮޑު ގުޅުމެއް ނެތްކަން
އުސްމާނުބެ
25 August 2025
އާދައިގެ މަސައްކަތު ޕާމިޓްއެއްގައި އުޅޭ މީހަކަު ހާހުން ލައްކައިން ޑޮލަރު ވިއްކަން ނިކުންނައިރު އެކަމާ ސުވާލުކުރާނެ ބަޔަކު ނެއް ، އެމީހުންނައްވެސް ކޮންމެވެސް ބަޔަކު ދިނީމަ ދޯ ވިއްކަން ނިކުމެވޭނީ