ފަލަސްތީނުގެ ޣައްޒާގައި ބިމާ ހަމަވެފައިވާ އިމާރާތްތަކުގެ ތެރެއިން، ބޭނުންކުރެވޭ ބައެއް ތަކެތި ހޯދަނީ: އދ. އިން ބުނަނީ ޣައްޒާއަށް ދުނިޔޭގެ އަޅާލުން ނެތުމުން ހައިރާންވާ ކަމަށް. -- ފޮޓޯ: އޭއެފްޕީ
25 އޯގަސްޓް 2025 - 20:57
ފަލަސްތީނުގެ ޣައްޒާއާ މެދު ދުނިޔޭގެ ހަމްދަރީ އާއި އަޅާލުން ކުޑަކަމުން ހައިރާންވާ ކަމަށް އދ. އިން މިއަދު ބުނެފި އެވެ.
ހޮސްޕިޓަލަކަށް ހަމަލާދީ 20 މީހަކު ޝަހީދުކޮށްލުމާއި އޭގެ ތެރޭގައި ފަސް ނޫސްވެރިޔަކު ހިމެނުނު މައްސަލައިގައި ކަންބޮޑުވުން ފާޅުކުރައްވައި، އދ. އިން އުފައްދާފައި އޮންނަ، ފަަލަސްތީނު ރެފިއުޖީންގެ އެޖެންސީގެ ވެރިޔާ ފިލިޕޭ ލަޒާރިނީ ސިފަކުރެއްވި ގޮތުގައި އެއީ ހައިހޫނު ކަމުގައި އެކަނިވެރި ހާލުގައި މަރުވެދާ ކުދިންގެ އަޑުތައް އިއްވައިދޭން އެންމެ ފަހުން ތިބި މީހުންގެ އަޑު ވެސް ކަނޑުވާލުމެވެ.
ޣައްޒާގެ ސިވިލް ޑިފެންސް އެޖެންސީންގެ ތަރުޖަމާނު މަހުމޫދު ބައްސާލް ވިދާޅުވީ ޣައްޒާގެ ދެކުނުގެ ސިޓީއެއް ކަމަށްވާ ޚާން ޔުނިސްގެ ނާސިރު ހޮސްޕިޓަލުގެ އިމާރާތަކަށް އިޒްރޭލުން މިއަދު ފުރަތަމަ ހަމަލާ ދިނީ ގޮވާ ގޮތަށް ހަދާފައިވާ ޑްރޯނެއް ބޭނުންކޮށްގެން ކަމަށެވެ. އަދި އޭގެ ފަހުން ވައިގެ މަގުން ހަމަލާ ދިނީ ހޮސްޕިޓަލުން މީހުން ހުސްކުރަމުން ދަނިކޮށް ކަމަށް ވެސް ވިދާޅުވި އެވެ.
ރޮއިޓާސް، އެސޯސިއޭޓެޑް ޕްރެސް އަދި އަލްޖަޒީރާއިން ވަނީ މި ހަމަލާގައި އެ މީހުންގެ ކޮންޓްރިބިއުޓަރުން ޝަހީދުވިކަން ކަށަވަރުކޮށްދީފަ އެވެ. މި ހަމަލާ ދީފައި މި ވަނީ ޣައްޒާ ބަނޑަށް ޖެހިފައިވާ ކަމަށް އދ. އިން ކަނޑައެޅިތާ ދެތިން ދުވަސް ފަހުންނެވެ. ނޫސްވެރިންގެ ތެރެއިން ޝަހީދުވި އެންމެންނަކީ ވެސް ފަލަސްތީނު މީހުންނެވެ.
އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ އޮފީހުން ވެސް ވަނީ މި ހަމަލާ ކުށްވެރިކޮށް "ނޫސްވެރިންނާއި ހޮސްޕިޓަލްތަކަކީ ހަނގުރާމައިގެ ޓާގެޓެއް ނޫން" ކަމަށް ބުނެފަ އެވެ.
"ޣައްޒާގައި ނޫސްވެރިން މެރުމަކީ މުޅި ދުނިޔެ ސިހޭ ވަރު ކަމެއް - ސިހުމާ އެކު ހިމޭންވާންވީއެއް ނޫން. ޒިންމާދާރުވުމާއި އިންސާފަށް ގޮވާލައި، އަމަލީ ގޮތުން މިކަމުގައި ތެދުވާންޖެހޭ،" ތަރުޖަމާނު ރަވީނާ ޝަމްދަސާނީ ވިދާޅުވި އެވެ.
"ހަނގުރާމަ އާއި ބަނޑުހައިހޫނުކަމުގެ ހާލަތުގައި އޮތް އިރު، ބައިނަލްއަގްވާމީ ނޫސްވެރިން އެ ސަރަހައްދަށް ވަނުމަށް އިޒްރޭލުން ހުރަސްއަޅަމުން ދޭ،" 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ހަތްވަނަ ދުވަހުން ފެށިގެން ފަލަސްތީނުގެ 247 ނޫސްވެރިއަކު ޣައްޒާގައި ޝަހީދުކޮށްލާފައިވާކަން ފާހަގަކުރައްވަމުން އޭނާ ވިދާޅުވި އެވެ.
"މި ނޫސްވެރިންނަކީ ބައިނަލްއަގުވާމީ މުޖުތަމައުގެ ލޮލާއި ކަންފަތް. އެ މީހުން ހިމާޔަތްކޮށްދޭންޖެހޭނެ،" ތަރުޖަމާނު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކުށެއް ނެތް އާންމުންގެ އެތައް ބަޔަކު ވެސް މަރަމުންދާއިރު މިއީ އަވަހަށް ތަހުގީގުކޮށް އިންސާފު ހޯދައިދޭންޖެހޭ މައްސަލަތައް ކަމަށެވެ. -- އޭއެފްޕީ
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ފޫހި
27 August 2025
އދ އިން ތިޔަހެން ބުނަން ކެރުނީތީ ހައިރާންވޭ. ކަންކޮށްދޭންޖެހޭ ފަރާތުން ތިޔަބުނީ ވަރަށް ޒިންމާއިން ރެކެން ބުނިއެއްޗެއް. ބަލަ އިޒްރާއީލޭ އެކިޔާނުބައި ޝައިޠޯނީ ދައުލަތް ފަލަސްތީންގެ ބިމުގައި އުފެއްދީ ތިޔަ އދ އިން ހުޅަނގާ އެމެރިކާ އަޑީގައި އޮވެނޫންތަ؟ އިއްޔެހިނގިކަމެއްހެން ފަލަސްޠީންގެ ރައްޔިތުން ހިތުގައި އެކަން އެބައޮތޭ. އަދި ފަލަސްތީން ދައުލަތް ނުހަދާ ރެފިއުޖީންގެ ގޮތުގައި އަމިއްލ ގައުމުގައި އުޅެންޖެއްސީވެސް ތިޔަ އދ އިންނޭ. ލަދުކޮބާ؟
ކޮރަލް
26 August 2025
ހުސް ވާހަކަ އެވެ. އދ އަދި އެހެން ގައުމަކަށް ވެސް އިޒްރޭލް އާ ދެކޮޅަށް ދަތި ކުރުމުގެ ފިޔަވަޅެއް ނޭޅުނެވެ. ރާއްޖެ އަށް ވީ ވަރު ވެސް އެހެން ގައުމަކަށް ނުވި އެވެ. ހުސް ވާހަކަ އެވެ.
އައިޝާފުޅު
26 August 2025
އދ އިން ވެސް އިޒްރޭލު ސަރުކާރައް އެއްވެސް ފިޔަވަޅެއް ނޭޅޭ. އެކުވެރި ދައުލަތްތަކުގެ ޖަމިއްޔާ އަށް ވެސް ކުރެވޭ ކަމެއް ނެތް
މުލޭ
26 August 2025
އދ އިން ޙައިރާން ވާތީ އަހަރެމެން ހަމަ ހައިރާންވޭ. އދ އަކީ މިފަދަ ކަންކަން ހުއްޓުވަން ތިބި މީހުން. އިޒްރޭލާ މެދު އދ އަށް ފިޔަވަޅު އެޅެންވާނެ. ނޭޅެންޏާ އދ އުވާލާ.
ހޮޓްކިންގ
26 August 2025
ޓެރަރިސްޓް މިލަފްޒު އެމެރިކާ ބޭނުންވާގޮތަށް މާނަކޮށް އެކަމުގައި "ނަމުންމުސްލިމް"ގައުމުތައް ވާގިވެރިވާހާދުވަހަކު މުސްލިމުން ތިބޭނީ އެއްވެސް ބާރެއްނެތް ނިކަމެތިންގެ ގޮތުގަ.
މާކޮސް
27 August 2025
މާތްކަލާކޯ ވާގިވެރި ވަނީކީ ނޫނެވެ މަޖުބޫރުވަނީ އެއީ އެމީހުން ބޭތިއްބީމައޭ ވެރިކަމުގައި ބޯލަ ބޯލައިގެން އެތިބެވެނީ އެހެންނޫނީ ނަގައި ހޫރައިލަނެ އެވަރަށް އެތިބީފިތި ދަށުވެފައި ރައްޔިތުންގެ ރުހުމެއްނެތް
ހހޖޖ
26 August 2025
ޖިހާދު ފަރުޟުކުރައްވާފަ ވަނީ މިސަބަބަށްޓަކާ. މުސްލިމުގެ މުގައްދަސްބިމެއް ވެރިވެ އެތަނުގެ ނަސްލު ނައްތާލަމުންދާއިރު މިކަމަށް ވާގިވެރިވާ ބައެއްގެ ކިބައިން އިންސާފެއްނުލިބޭނެ.
ސައިބޯނި
26 August 2025
އިންސާނިއްޔަތަކީ ހަމަ އެކަނި ހުޅަގުގެ މީހުންނަށް އޮންނަ ކަމެއް, އަހަރުމެން ގޭގައި ނިދާފައި ތިބިހާ ދުވަހަކު މިކަން ނުހުއްޓުވޭނެ. ނިކުމެ ހަނގުރާމަކޮށް މަރާ ހުސްކުރަންވީ ޒައިނިސްޓުން އަދި އެމީހުނަށް ވާގިވެރިވާ އެއްމެން, އެމީހުން ދިނީމަ ކައިގެ ތިބުން ދޫކުރަންވީ