އދ.ގެ އިންސާނީ ހައްގުތަކާބެހޭ މަޖިލިސް.
25 އޯގަސްޓް 2025 - 22:27
އދ.ގެ އިންސާނީ ހައްގުތަކާބެހޭ ކައުންސިލުގެ ނައިބު ރައީސްކަމުގެ މި އަހަރުގެ ބާކީ އޮތް ދައުރަށް ރާއްޖެ ހޮވައިފި އެވެ.
އިންސާނީ ހައްގުތަކާބެހޭ މަޖިލީހުގެ އިދާރީ ބައްދަލުވުމުގައި، މަޖިލީހުގެ ނައިބު ރައީސްގެ މަގާމަށް ހޮވާފައިވަނީ ޖެނީވާގައި ހުންނަ އދ.ގެ އޮފީހަށް ރާއްޖޭން ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދު އެވެ.
މި މަޤާމަށް ސަލްމާގެ ނަން ހުށަހަޅާފައިވަނީ އޭޝިއާ ޕެސިފިކް ގްރޫޕުގެ ފުރިހަމަ އަޣުލަބިއްޔަތުން ކައުންސިލްގެ ބިއުރޯގައި އެ ގުރޫޕަށް ނިސްބަތްވާ ގައުމުތައް ތަމްސީލު ކުރުމަށެވެ.
ޑރ. ސަލްމާގެ އިތުރުން މަޖިލީހުގެ ބިއުރޯގެ އެހެން ނައިބު ރައީސުންގެ ގޮތުގައި ތިއްބަވާނީ ޗިލޭ، ކޮންގޯ އަދި ރޮމޭނިއާ ގެ ދާއިމީ މަންދޫބުންނެވެ.
މި މަގާމަށް ރާއްޖޭގެ މަންދޫބަކު ހޮވުމާ ގުޅިގެން، ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މިއީ ރާއްޖެއަށް ލިބުނު ފަހުރެއްގެ ގޮތުގައި ސިފަކުރައްވައިފަ އެވެ.
A proud moment for the Maldives as we are elected as the Vice-President of @UN_HRC for the remainder of 2025, representing the Asia Pacific Group.
— Dr Mohamed Muizzu (@MMuizzu) August 25, 2025
Our nation has a proven track record in advocating for human rights related issues, especially in SIDS. As a member of the Human…
އަދި ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކުގެ މެދުގައި އިންސާނީ ހައްގުތައް ހިމާޔަތްކުރުމުގައި ރާއްޖެއަކީ އަބަދުވެސް ހަރުއަޑުން ވަކާލާތުކުރާ ގައުމެއް ކަން ރައީސް ފާހަގަކުރެއްވި އެވެ.
ރާއްޖޭން މީގެ ކުރިން ވެސް ވަނީ އިންސާނީ ހައްގުތަކާބެހޭ މަޖިލީހުގައި 2011 އިން 2013 ވަނަ އަހަރުގެ ނިޔަލަށް އަދި 2014 އިން 2016 ވަނަ އަހަރުގެ ނިޔަލަށް ވިދިވިދިގެން ދެ ދައުރު ފުރިހަމަކޮށްފަ އެވެ.
މީގެ އިތުރުން 2023 ވަނަ އަހަރުން ފެށިގެން 2025 ވަނަ އަހަރުގެ ނިޔަލަށް ކުރިއަށްދާ ދައުރުގައިވެސް ރާއްޖެއަކީ މަޖިލީހުގެ މެންބަރެކެވެ. އަދި، ރާއްޖޭން ވަނީ 2013 ވަނަ އަހަރާއި 2023 ވަނަ އަހަރު، މަޖިލީހުގެ ނައިބު ރައީސްގެ މަގާމު އަދާކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ހައްސާންް
26 August 2025
ރާއްޖޭގެ ހާރިޖީ ދާއިރަގެ ކަންކަން މިދަނީ ހަމަ އެންމެ އުހަށް. ވަރަށް ފުރިހަމަ.
ތަރަތަރަރާޖާ
26 August 2025
ރަގަޅަށް ވިއްޔާ ، ހަމައެކަނި ތި މަގާމަށް ކުރިމަތިލީ ރާއްޖެ އެކަނި.
އިސްމާއިލްް
26 August 2025
ބަލަ ކީތްވެތަ ރާއްޖެއަށް ރީތި ނަމެއް ލިބުނީމަ ބަޔަކު މާ ކަންބޮޑުވަނީ.