ފިނޭންސް މިނިސްޓްރީގެ އެޑްވައިޒަރަކަށް ހަމަޖެއްސި ހަމްދޫން
26 އޯގަސްޓް 2025 - 10:19
ފިނޭންސް އެންޑް ޕްލޭނިން މިނިސްޓްރީގެ، ޕްލޭނިން އެޑްވައިޒަރަކަށް ކުރީގެ ޕްލޭނިން އެންޑް ނެޝަނަލް ޑިވެލޮޕްމަންޓް މިނިސްޓަރު ހަމްދޫން ހަމީދު ސަރުކާރުން އައްޔަންކޮށްފި އެވެ.
އެ މަގާމަށް ހަމްދޫން އައްޔަންކުރި ސީދާ ތާރީހެއް ސާފުނުވި ނަމަވެސް މިނިސްޓަރު ފެންވަރުގައި އެ މަގާމަށް މިހާރު އޭނާ އައްޔަން ކޮށްފައިވާކަން އެ މިނިސްޓްރީން ކަށަވަރު ކޮށްދިނެވެ.
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ޕްލޭނިން މިނިސްޓަރުކަން ކުރެއްވި ހަމްދޫން ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ސިންގަޕޫރުގައި ހުންނަވާ ނޮން ރެސިޑެންޓް ސަފީރުގެ މަގާމު ވެސް ފުރުއްވައިފަ އެވެ. އަދި ރައްޔިތުންގެ މަޖިލިހުގެ މެމްބަރުކަން ވެސް ކުރެއްވި އެވެ.
މައުމޫންގެ ވެރިކަމުގެ އެންމެ ބޮޑު އެއް ހިއްސާދާރު އަދި އެޓޮލްސް މިނިސްޓަރުކަން ކުރެއްވި އަބްދުﷲ ހަމީދުގެ ދަރިކަލުން ހަމްދޫން ބޮޑަށް ހާއްސަ ވެފައި ވަނީ ޕްލޭނިންގެ ދާއިރާއިންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
މަބުނީ
27 August 2025
ކިތަންމެ ރަނގަޅު މީހަކަސް ، ކިތަންމެ ތަޖުރިބާކާރަކަށް ވިޔަސް، ރަނގަޅަށް ކަންތައްތައް ދާނީ މައްޗަށް ތިބޭ ވެރިންނާއި ނުފުޒު ފޯރުވޭ ޒާތު މީހުންގެ ނުފޫޒުންއެއްކިބާވެ އަމިއްލަ އިޙްތިޔާރުގައި ، އިޙްލާސްތެރިކަމާއި އެކު ލިބިފައިވާ ތަޖުރިބާގެބޭނުން އެންމެ ފުރިހަމައަށް ހިފުމަށް މިނިވަނަކަމާއެކު ފުރުސަތު ލިބިގެން.
ލުބްލާ2025
26 August 2025
ވަޒީރުންގެ ފެންވަރުގަ މަގާމަކަށް އައްޔަންކޮއްގެން ނޫންގޮތަކަށް އެޑްވައިސް ދޭނެ ބަޔަކު ނެތީބާ ހަމަ މިގަވްމުގަ؟ އެކި ފީލްޑްތަކުގެ ދަންނަބޭކަލުންގެ ކޮމިޓީތައް (ގަވްމަށްޓަކާ ވޮލަންޓްރީ ބޭސިސްގަ ހެޔޮލަފާ ދޭނެ) އެކުލަވާލަންވީ ނޫންތޯ މުއިއްޒު.
ސޮބީހާ
26 August 2025
ރާއްޖެއަށް ބޭނުންވަނީ ދުރުރާސްތާ ޤައުމީ ތަރައްގީގެ ޕްލޭނެއް، އެ އެކުލަވާލަންވާނީ ސީދާ ރައްޔިތުމީހާގެ ހިޔާލާއި އެއްގޮތަށް ވޯޓަކުން، އެއާއި ޚިލާފައް ރާއްޖޭގައި ކަންކުރަމުން އަންނަނީ، ނަތީޖާއަކައްވަނީ އެއިރެއްގައި ގައުމުހިންގަން ތިބޭބަޔަކު ރައްޔިތުންގެ ފައިސާއައް ހިތުހުރިގޮތަކަށް ކަންކުރަމުން އަންނަނީ،
ތަފާތު
26 August 2025
ޜ. މައުމޫނުގެ ދައުރުގެ ފަހުކޮޅު ތިއްބެވި ވަޒީރުންގެ މަޖިލިސްގެ ބޭފުޅުން މޮޅުވެފަ ތަފާތީ. ޑރ ހަސަން،، ޑރ ޖަމީލް،، މަައުރޫފް ޖަމީލް، ޔާމީން، ނަޝީދު ފަދަ ބޭފުޅުން މިހާރު ވަޒީރުންގެ ތެރެއިން ޢަދި މަޖިލިސް އިންވެސް ނުފެނޭ
ވޮޗްމޭން
26 August 2025
ވެރިން މާ ބިޒީކޮށް ދަތުރުތަކުގައި ރައްޔަތުން ގާތު އުޅެންޖެހޭތީ ރައީސް މައުމޫން އެކްޓިން ޕްރެޒިޑެންޓް އަކަށް ރައީސްއެއްގެ ފެންވަރުގައި އައްޔަން ކުރުން މުހިންމު. ގައުމު އޭރުންދާނީ ބާރު ސްޕީޑްގައި އާއުސްމިންތަކަށް.
ކޮރަލް
26 August 2025
ހީކުރިވަރަށް ވުރެ އިސްރާފް ބޮޑު ސަރުކާރެކެވެ. ކޮރަޕްޝަންގެ ބޮޑެތި މައްސަލަ ތައް ވެސް ދަނީ ނުބެލިއެވެ.
ބަކުރު ކަތިލުން
26 August 2025
ކޮން ފެންވަރެއްގައިތޯ؟ އެމްބެސެޑަރު ފެންވަރުގައިތޯ؟ މިނިސްޓަރެއް ފެންވަރުގައިތޯ؟ މިހެން އަހާލަންޖެހޭ މި ސަރުކާރުގައި ސިޔާސީން ގިނަކަމުން.
ސުހާނާ
26 August 2025
ކޮއްކޯ. 2 ވަނަ ޕެރެގްރާފު ރަނގަޅަށް ކިޔާލަބަލަ.
ބަކުރު ކަތިލުން
27 August 2025
އަހަނ ސުހާނާއްތާ. އެބުނާހެން އެޔޮތީޔޭ ދޯ
ޖައިސމް
26 August 2025
ތީ ރަނގަޅު މީހެއް ވަރައް ރަނގަޅައް ދާނެކަމައް އުންމީދުކުރަން
ބަޑިތަކުރު
26 August 2025
އެޑްވައިޒަރުކަމަށް ފިނޭންސް މިނިސްޓަރ ކަންކުރެއްވި އެންމެންގެ އިތުރަށް ދެން މިހާރު އިތުރުވި ދާއިރާގެ މިނިސްޓަރކަންކުރެއްވި އެންމެން ލައިގެންވެސް މި ދައުލަތް ލޫޓުވުން ހުއްޓުވަބަލާށެވެ. އެންމެ ގިނަ އޮފީސް ހިންގި 2 އިމާރާތް ތަޅާލަންވީއިރު އެތަންތާހުރި އޮފީސްތައް ހިންގޭނެ ދައުލަތުގެ އިމާރާތެއް އެޅިފައެއް ނެތެވެ. ކޮންޓްރެކްޓްތައް ހަދަނީ ބަދަލު ދިނުމުގެ ނަމުގައި ދައުލަތް ލޫޓުވޭނެ ހުރިހާގޮތަކަށް ވިސްނައިގެންނެވެ.
ގާދޫބެއްޔާ
26 August 2025
އާއްމު ރައްޔިތުން އެ އުޅެނީ އަނގަޔާ އަތާދިމާނުވެ. ބައެއް މީހުން ހާސްކަނޑާލާފަ. އާއްމު ރައްޔިތުންނާމެދު ވިސްނާ ބަޔަކުނެތް. ލިބޭ އެއްޗެއް ލިބެންވީ ހަމަ އެއްބަޔަކަށް. އެފިކުރު ނެތި ނުދަނީސް ކަންކަން ރަނގަޅެއް ނުވާނެ.