ނެޓްފްލިކްސް ތަރި ސްކައިލާ ރާއްޖެއަށް އައުމުން މަރުހަބާ ކިޔަނީ. --ފޮޓޯ: ވީއެމްސީ
27 އޯގަސްޓް 2025 - 19:59
ނެޓްފްލިކްސްގެ މަޝްހޫރު "ވަން ޕީސް" ލައިވް-އެކްޝަން ސިލްސިލާގައި ސަންޖީގެ ދައުރު އަދާކޮށް، ދުނިޔޭގެ މަގުބޫލުކަން ހޯދާފައިވާ އެކްޓަރު ޓެޒް ސްކައިލާ، ވިޒިޓް މޯލްޑިވްސްގެ ގްލޯބަލް އެމްބެސެޑަރެއްގެ ގޮތުގައި އޭނާގެ ދަތުރު ރާއްޖޭގައި ފަށައިފި އެވެ.
ރާއްޖޭގެ ގުދުރަތީ ރީތިކަމާއި ސަގާފީ މުއްސަނދިކަމާއި ދެމެހެއްޓެނިވި ޓޫރިޒަމާއި ހާއްސަކޮށް އެޑްވެންޗާ ޓޫރިޒަމްގެ ފުރުސަތުތައް ޕްރްމޯޓް ކުރުމަށް، ވިޒިޓް މޯލްޑިވްސްގެ އެމްބަސަޑަރަކަށް ޓެޒް އައްޔަންކުރީ މިދިޔަ ހަފުތާގަ އެވެ.
އަންނަ މަހުގެ 14 އާ ހަމައަށް ރާއްޖެ އަށް ކުރާ ދަތުރުގައި، ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޒިޔާރަތްކޮށް، އެޑްވެންޗާ ޓޫރިޒަމް ޕްރޮމޯޓުކުރުމަށް ތަފާތު މޫދު ކުޅިވަރުތަކާއި ކަނޑުއަޑީގެ ހިތްގައިމުކަން ދައްކާލުމަށް ގިނަ ހަރަކާތްތަކެއް ޓެޒް ތަޖުރިބާ ކުރާނެ ކަމަށް ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން (ވީއެމްސީ)އިން ބުންޏެވެ.
އަދި ދިވެހި ސަގާފަތާއި އާދަކާދަ ޕްރޮމޯޓުކޮށް، މީހުން ދިރިއުޅޭ ރަށްރަށަށް ޒިޔާރަތްކޮށް، ދިވެހީންގެ ދިރިއުޅުމާއި އަދާކާދަ ޓެޒް ތަޖުރިބާކުރާނެ ކަމަށް ވެސް ވީއެމްސީން ބުންޏެވެ.
އިންސްޓަގްރާމްގައި 1.8 މިލިއަނަށް ވުރެ ގިނަ ފޮލޯވަރުން ތިބި ސްކައިލާގެ ޕޯސްޓުތަކަށް އެވްރެޖްކޮށް 45،000 ލައިކް އަދި 300 އަށްވުރެ ގިނަ ކޮމެންޓް ލިބޭއިރު، މިފަދަ ނުފޫޒެއް އޮތުމުން، ވިޒިޓް މޯލްޑިވްސް އަށް އާ ބައިނަލްއަގުވާމީ އޯޑިއަންސްތަކަކާ ހަމައަށް ރާއްޖޭގެ ޓޫރިޒަމްގެ ވާހަކަތައް ގެންގޮސްދިނުމުގެ ފުރުސަތު ލިބޭނެކަމަށް ވީއެމްސީން ބުނެފައި ވެ އެވެ.
ނެޓްފްލިކްސްގެ "ވަން ޕީސް" ވަނީ މި ސްޓްރީމިން ޕްލެޓްފޯމް ކުރިން ނުދެކޭފަދަ ކާމިޔާބީއެއް ހޯދައިފަ އެވެ. މި ސީރީޒް ނެރުމާ އެކު، 84 ގައުމެއްގައި އެންމެ ގިނައިން ބަލާ ޝޯ އަށް ވެ، އޭގެ ކުރިން "ވެންސްޑޭ" އަދި "ސްޓްރޭންޖާ ތިންގްސް" އިން ހޯދާފައިވާ ރެކޯޑުތައް މުގުރާލި ކާމިޔާބީއެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ސަލީމު އިދުރީސް
29 August 2025
ރާއްޖެ އާދެވޭވަރު ފައިސާހުރި އުމުރުގެ މީހުންގެ މެދުގައި ތީ މާމަގުބޫލު މީހެންނޫން އެންނަމަވެސް ސަގާފަތް ދަކާލަނީއޭ ކިއާފަ އޭނަ ރައްރަށައް ނާރުވާ މިތާކުނެއް ދައްކާނެ ސަގާފަތެއް ނަންނަމާރި ކަނޑު ފެއްތި ހަމައިން ކާބައިންނައް ޖެހުނީ ގިސްލާރޮމުން ސަގާފަތްވެސް ވަޅުލާ ފޮރުވަން
އިއްބެ+
28 August 2025
ނޭގޭ ތީ ކާކުކަމެއް ކަންވެސް.
ބޭކާރު ޕީސް
28 August 2025
1.8 މިލިއަން ފޮލޮވަރުންނަކީ މިހާރު ކޯއްޗެއް. ވަން ޕީސް ވަރަށް މަޝްޝޫރެވެ. ނަމަވެސް ތި ފިލްމް އެހާއެއް ނޫނެވެ އަދި ތި މީހަކު ދަންނަ ރައްޓެއްސަކާ ވެސް ދިމާ ނުވޭ. ތި ނޫން މީހަކު ނުލިބުނީ؟