އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު: ނޫސްވެރިންނަށް ތަންމިނަށް ރާއްޖޭގައި މިނިވަންކަން ދީފައިވާ ކަމަށް ވިދާޅުވި.-- ފޮޓޯ: މިހާރު
28 އޯގަސްޓް 2025 - 19:50
ރާއްޖޭގެ ނޫސްވެރީންނަށް ތަންމިނަށް މިނިވަންކަން ދީފައިވާކަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އަމަލުކުރެއްވި ގޮތުން ހާމަވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.
އޭނާ އެހެން ވިދާޅުވީ، މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އާއި ބައެއް ސީނިއާ ނޫސްވެރިންނާ އެކު މިއަދު މެންދުރު ފަހު ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުމަށް ފަހު، ރިޔާސީ ގަނޑުވަރު މުލީއާގެ އަށް ވަޑައިގަތުމަށް ރައީސް ނުކުމެވަޑައިގަތް ވަގުތު، ހެނދުނުން ފެށިގެން ރައީސް އޮފީސް ކުރިމަތީގައި އިހުތިޖާޖު ކުރަމުންދިޔަ ނޫސްވެރިންތަކެއް އެ މަނިކުފާނުގެ ފަހަތްޕުޅުން ޝުއޫރު ފާޅުކޮށް އަޑުގަދަ ކުރަމުން ދިޔަ މައްސަލައިގަ އެވެ.
އެ ވަގުތު ބައެއް ނޫސްވެރިން ވަނީ މިހާރު ހޫނުވެފައިވާ މީޑިއާ ކޮމިޝަންގެ ބިލް އަނބުރާ ގެންދިއުމާ ގުޅޭ ގޮތުން ވެސް ސުވާލުތައް ކުރިމަތިކޮށްފަ އެވެ. އެކަމަކު، ރައީސް ވަކި ޖަވާބެއް ނުދެއްވަ އެވެ.
އެކަމަށް އިޝާރާތްކޮށް ސައީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދުނިޔޭގެ އެއްވެސް ގައުމަކު ނުލިބޭހާ މިނިވަންކަން ރާއްޖޭގެ ނޫސްވެރިންނަށް މި ސަރުކާރުން ދީފައިވާކަން މިއަދު ހިނގައިދިޔަ ކަންތައްތަކުން ހާމަވާ ކަމަށެވެ.
ސައީދު ވިދާޅުވީ ހެނދުނުއްސުރެ ގްރީން ޒޯންގައި ނޫސްވެރިން މުޒާހަރާކޮށް، ބޭނުން ވަރަކަށް އަޑު އުފުލަމުން ދިޔަ ކަމަށާއި ނޫސްވެރިންގެ ކަންބޮޑުވުން އަޑުއެއްސެވުމަށް ޔޫތު މިނިސްޓަރު އިބްރާހިމް ވަހީދު (އަސްވާޑު) އާއި ކޮމިއުނިކޭޝަން މިނިސްޓަރު އިބްރާހިމް ޚަލީލް އެ ނޫސްވެރިންގެ ތެރެއަށް ވަޑައިގެން ބައްދަލުކުރައްވައި ވާހަކަތައް އަޑުއެއްސެވި ކަމަށެވެ.
ކަންބޮޑުވުންތައް ދަންނަވަން އެދުނު ނޫސްވެރިންގެ އަޑު އެއްސެވުމަށް ރައީސް އޮފީހުގައި އެމްޖޭއޭއާ ސީދާ ރައީސް މުއިއްޒު ބައްދަލުކުރައްވައި ހުރިހާ ވާހަކައެއް އަޑުއެއްސެވި ކަމަށް ވެސް ސައީދު ވިދާޅުވި އެވެ.
މީޑިއާ ރެގިއުލޭޓްކުރަން ރައްޔިތުން މަޖިލީހަށް ހުށަހަޅާފައި އޮތް ބިލަށް ނޫސްވެރިން ބޭނުން ވަރަކަށް ހިޔާލުތަކާއި އިސްލާހުތައް ހުށަހަޅަން 10 ދުވަހުގެ ފުރުސަތެއް ދީފައިވާ ކަމަށް ވެސް ސައީދު ވިދާޅުވި އެވެ.
"އޮފީސް ނިންމަވާފައި ރައީސުލްޖުމްހޫރިއްޔާ ހިންގަވާފަަައި މުލީއާގެއަށް ވަޑައިގަތް މަގުމަތީ، ނޫސްވެރީންގެ ނަމުގައި ތިބި ބަޔަކު ފަހަތްޕުޅުން ހިނގާ، އަޑުގަދަކޮށް، ހަށިކޮޅަށް އަތްލާ ހިސާބަށް ގެންދިއުމުން ވެސް ސަރުކާރުން ހިޔާރުކުރީ ކެތްތެރިކަން،" ސައީދު ވިދާޅުވި އެވެ.
މީޑިއާ ކޮންޓްރޯލްކުރާ ބިލާ ގުޅިގެން ނޫސްވެރިންނާ ބައްދަލުކުރެއްވުމަށް ފަހު ރައީސް ޑރ. މުހައްމަދު މުއިއްޒު މުލިއާގެއަށް ވަޑައިގަންނަވަނީ.-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ސައީދު ވިދާޅުވީ ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވަން ބަންޑާރަ ނައިބު އަހުމަދު އުޝާމް މިއަދު ނޫސްވެރިންގެ ބައްދަލުވުމުގައި ވެސް އިހުތިޖާޖުކޮށް ބޭނުން އަޑެއް އުފުލަން ފުރުސަތު ދެއްވި ކަމަށެވެ.
މީޑިއާ ހައްގުތަކަށް ހުރަސްއެޅޭ ގޮތަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލާ ގުޅިގެން ނޫސްވެރިން މިއަދު ހެނދުނުން ފެށިގެން އައީ ރައީސް އޮފީސް ކައިރީގައި އިހުތިޖާޖުކުރަމުންނެވެ.
އެމްޖޭއޭ އާއި ބައެއް ސީނިއާ ނޫސްވެރިންނާއެކު ބޭއްވި ބައްދަލުވުމުގައި ރައީސް ވަނީ މި ސަރުކާރަކީ 100 ޕަސެންޓް "މިޑިއާ ޕްރޯ" ސަރުކާރެއް ކަމަށް ވިދާޅުވެފަ އެވެ. ސަރުކާރުގެ ފަރާތުން މީޑިއާއަށް އަބަދުވެސް އެއްބާރުލުން ލިބޭނެ ކަމަށާއި މީޑިއާއަށް ފަހި މާހައުލެއް ތަނަވަސްކުރުމަށް މިހާރު ވެސް ގިނަ މަސައްކަތްތަކެއް ކުރައްވާ ކަމަށް ރައީސް ވިދާޅުވި އެވެ.
މީޑިއާ ރެގިއުލޭޓް ކުރުމުގައި ސަރުކާރުގެ ކޮންޓްރޯލް ބާއްވަން ރައީސް ބޭނުންފުޅުނުވާ ކަމަށާއި އަދި މެންބަރުން އައްޔަން ކުރެއްވުމުގައި ވެސް ސަރުކާރުގެ އެއްވެސް ދައުރެއް ބާއްވަން ބޭނުންފުޅުނުވާ ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް އޮފީހުން ބުނި ގޮތުގައި، އެ ބިލުގެ ވަކިވަކި މާއްދާތަކުގައި ހުރި ކަންބޮޑުވުންތަކަށް ސަރުކާރުގެ ފަރާތުން އިސްލާހު ހުށަހަޅާނެ ކަމަށް ރައީސް މުއިއްޒު މިއަދުގެ ބައްދަލުވުމުގައި ވިދާޅުވި އެވެ.
ބަންޑާރަ ނައިބު އަހުމަދު އުޝާމް ވިދާޅުވީ، އެ ބިލު އަނބުރާ ގެންދަން ޖެހޭ ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށާއި އެކަމަކު ބިލު އިސްލާހުކުރުމުގެ މަސައްކަތް ކުރައްވާނެ ކަމަށެވެ.
މީޑިއާ ރެގިއުލޭޓް ކުރުމުގެ ނަމުގައި ތުޅާދޫ ދާއިރާގެ އަމިއްލަ މެމްބަރު އަބްދުލް ހަންނާނު އަބޫބަކުރު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި އެ ބިލާ ގުޅިގެން ހުރި ކަންބޮޑުވުންތަކާ ގުޅިގެން ރައީސް އޮފީހާއި މުލިއާގޭ ދޮށުގައި ނޫސްވެރިން އިއްޔެ ވެސް ވަނީ އިހުތިޖާޖުކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޭއިކޮނޮނުކޮސް
29 August 2025
ޢިކޮނޮމުކޮސް...ކިޔެވީމާ ދެއްކޭނީ ހަމަ ތިޔަ ކަހަލަ ވާހަކަ..ބާލާ ދުވަސް އެބަ ކައިރިވޭ..
ސަރުކާރުގެ ފޮނި ޓައްޕު
29 August 2025
ހުރިހާކަމަކަށް މީނަ އެއްޗެކޭ ބުނަންޖެހޭނެ. ެރިންނަށް ތަޢުރީފު އޮއްސައިގެން މަޤާމުގަ ތިބޭމީހުން. ޑޮލަރުގެ އަގާ ބެހޭގޮތުން ވިދާޅުވި އެއްޗެހި މަމެން ހަނދާން އެބަހުރި. މުއިއްޒުގެ މާމުއި ހަނދުވަރު ނިމިއްޖެ. ތިހެން ވަޒީރުން ތަންމިނަށް ފޮނިކެނޑިއަސް ރައްޔިތުން ާ ނުވެއްދޭނެ. ހުރިހާ މިނިވަން މުއައްސަސާތަކާ، މަޖްލީހާ ، ޖޭ.އެސް.ސީ އާ މުށުތެރެއަށް ލާފަ މިހާރު މީޑިއާ ކޮންޓްރޯލް ކުރަނީ. މިއީ ޑިކްޓޭޓާރުން ނުވަތަ ގަދަބާރުން ވެރިކަމުގަ ތިބެންއުޅޭ ވެރިންގެ ސިފަ
ޖަގޭ
29 August 2025
ތައްމިނައް ދީފައިއޮތީމަދޯ އަތައް ކަހާތިލަނީ؟؟؟ މުހައްމަދަށް ބުނަންއޮތީ އާޚިރު ނަތީޖާއަކީ 5% އިންޝާﷲ
ބޭކަރީ
29 August 2025
ބަންކަރިން އިން މީޑިއާގެ ޚިދުމަތްވެސް ފެށީތަ؟
އޮނަރަބްލް އަފީފު ދީދީ
28 August 2025
މަނިކުފާނުގެ ވުޒާރާގައި އަރިހުގައި ތިއްބެވީ "ވައްކަމާއި އެހާދޯހަޅި ބޭފުޅުންތަކަކަށް ނުވާތީ" ތިޔަ ވުޒާރާތެރޭގައި ސީދާގޮތުން ހިންގާ ވައްކަންތައް ނެތް ކަމުގައިވިޔަސް ސަރުކާރު ވުޒަރާ ތަކާއި، ދައުލަތުގެ ކުންފުނި އަދި ދައުލަތް ޙިއްސާވާ ކުންފުނި ތަކުގައި ކަންކަން ހިގާގޮތް ދިވެހި ރައްޔިތުނަށް އިގޭއިރު އިއްޔެ އަތުގައި ވެސް ނެތް ވަޒީރު ޕާޓީގެ ކުދިން ތައް ފަތު އަޑު ކިޔާފައި ބޮޑެތި މަހުޖަނުންނަށް ވަމުންދާކަން ނޭގޭ މީހަކު މިޤައުމުގައި ނެތް އިގޭތޯ.
މިންސް އޮފް ތަން
28 August 2025
ބަންކަރިންގެ ހިދުމަތުން ތަންމިނަށް ޑޮލަރުވެސް ވަދޭ އެބަ! އަދި ޑިވޮލޮޕްމަންޓު ބޭންކުން ތަންމިނަށް ލޯނުވެސް އެބަ ދޫކުރޭ!
ޢަލްޓިކޯ
28 August 2025
މުނާސަބު ނޫން ގޮތަށް ބަސްހުތުރުކުރަނީތި ކޮން ތަންމިނެއް ކިޔާކަށް އޮންލައިން ވިޔަފާރިން 30ޑޮލަރު ނަގާގެން އޭޓީއެމް ހުޅުވި ގޮތަށް ކޮންމެ ކަމެއްނުކުރެވޭނެ ނޫސްވެރިކަމުގެ މިނިވަންކަން ހޯދާފަ ނޫނީ ހުއްޓައެއްނުލާނެ. ވަގުތު އަރާހަމަކުރީމަ ތިފިލްމަށް ވެސް އިންޑް އަރާނެ
ވަންޖޫ
28 August 2025
ތިޔަ ނޫސްވެރިންގެ ހުރި އަޚްލާޤީ މިންގަނޑު މިއަދު އަހަރެންނަށް ފެނިއްޖެ. މިބައިގަނޑަށް ނޭންގެ ރީތިކޮށް އިޚްތިޖާޖުކުރަންވެސް. ރާއްޖޭގެ އިއްޒަތެރި ރައީސުލް ޖުމްހޫރިއްޔާއަށް މިއަދު ކުޑައިމީސްއާއި ފުރައްސާރަ ރައްދުވާ ގޮތަށާއި ރައްޔިތުންގެ ކުރިމަތީގަ އެމަނިކުފާނުގެ އަގުވެއްޓޭ ގޮތަށް އެމަނިކުފާނާ ދިމާލަށް ހަޅޭފަޅޭ ޖަހަން ކަލޭމެންނަށް އޮތީ ކޮން ހައްޤެއް.؟؟ ޖެހިގެން މިއޮތް ދުނިޔޭގެ އެންމެ ބޮޑު ޑިމޮކްރަސީގަ މޮޑީ ޖެހުނު ކަމެއްނަމަ ކެލޭމެން ހަވާދުލާނެ މިއަދު
ވާންޗޫ
29 August 2025
ރަނގަޅުކަމެއް ނޫން. އެކަމަކު ކުރީގެ ރައީސެއްގެ މޮޓޯކޭޑަށްވެސް އޭރުގެ އިދިކޮޅު ޕާޓީއިން ހުރަސްއެޅި ހަނދާނެއް އެބަވޭ. އެހެންވީމާ އެއްވެސް ބަޔަކު ރަނގަޅޭ ބުނެވޭނެތަ.
ވަންޖޫ
30 August 2025
އޭރު އެކަންކުރީ ނޫސްވެރިންތަ؟ ފިހުނު ކުކުޅު ކާންދީބަލަ އެހެން އުޅޭ ބަޔަކަށް! އަހަރެންގެ މައްސަލައެއް ނެތޭ! ރައީރުލް ޖޫމްހޫރިއްޔާގެ އިއްޒަތަކާއި ޝަރަފެއް އޮންނައްވާނެ، ގަދަރުދޭންވާނެ! ބޭނުންހާ އެއްޗެއްކިޔާ ރައްޔިތުންގެ މެދުގަ ހާރުވާ ނުހެދޭނެ އަމުދުން ވެރިކަމުގަ ހުންނައިރު! މިގައުމުގަ އެބަޖެހޭ މިކަން ރަނގަޅުކުރަން!
ެއޭތިމީތި
28 August 2025
ޕިޖަން ހާދަ ވަރަކަށް މި ވައިޖަހަނީ.
އޮނަރަބްލް އަފީފު ދީދީ
28 August 2025
އިސްލާޙްކުރި ޤާނޫނުއަސާސީގެދަށުން އުފެދުނު ސަރުކާރުތަކުގެ ތެރެއިން ފުރަތަމަ ސަރުކާރު ވައްޓާލީ "ރައްޔިތުން ނޫންކަމުގެ އިޙްސާސް" ރާއްޖޭގެ ގިނަރައްޔިތުން މިހާރު ކުރަމުންދޭ. ކަނޑުހުރަސްކޮށް ބުރިޖްއަޅާ އުޑުގައިޖެހޭވަރު އުސް އިމާރާތް ހެދިކަމަށްވިޔަސް "އަނިޔާވެރި ކަމުގެސަބަބުން" ޔާމީނަށް ވެސް ރައްޔިތުން ނޫނެކޭ ބުނިފަދައިން "ބަދަލު ދިނުމާއި، ވައްކަމާއި ޙިޔާނާތް ހައްދުން ނެއްޓުމުން" އިބްރާހިމަށް ވެސް ޖެހުނީ ގެއަށްދާންކަން ވަޒީރަށް އެގިވަޑައި ގަންނަވާނެ.