ބޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރު/ކޮރިއޯގްރެފާ ފަރާ ޚާން.
29 އޯގަސްޓް 2025 - 08:38
ބޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރު/ކޮރިއޯގްރެފާ ފަރާ ޚާންގެ ކައްކާ ޝޯއަށް ލިބުނު ބޮޑު ތަރުހީބާއެކު އޭނާ އާ ޝޯއެއް ގެނެސްދޭން ނިންމައި އެކަން އިއްޔެ އިއުލާންކޮށްފި އެވެ.
ފަރާ އަލަށް އިއުލާންކުރި ޝޯގެ ނަމަކީ "އާންޓީ ކިސްކޯ ބޯލާ" ކިޔާ، އަންހެނުންނަށް ހާއްސަކޮށްފައިވާ ޓެލެންޓް ޝޯއެކެވެ. އެ ޝޯގެ ފުރަތަމަ އެޕިސޯޑު މިއަދު ގެނެސްދޭން ވަނީ ނިންމައިފަ އެވެ.
ފަރާގެ ޔޫޓިއުބްގެ ޗެނަލުން ގެނެސްދޭ އެ ޝޯގެ ފުރަތަމަ އެޕިސޯޑުގެ މެހުމާނުންނަކީ ގޯވިންދާ އަންހެނުން ސުނީތާ އަހޫޖާ އާއި ފަރާގެ ކޮއްކޮ އަދި ޑައިރެކްޓަރު ސާޖިދު ޚާން އެވެ.
ފަރާ އޭނާގެ ގޭގައި ގެންގުޅޭ ކައްކާ ދިލިޕްއާ އެކު ގެނެސްދޭ ސިލްސިލާ ކައްކާ ޝޯއަކީ އިންޑިއާގެ ޔޫޓިއުބުގައި މިހާރު އެންމެ މަގުބޫލު ކައްކާ ޝޯ އެވެ. އެ ޝޯގެ ޔޫޓިއުބް ވީޑިއޯތަކަށް ވަރަށް ބޮޑު ސަމާލުކަމެއް ލިބެ އެވެ. ހާއްސަކޮށް ދިލިޕްގެ ހުންނަ ސަކަ މިޒާޖަށް ގިނަ ބައެއްގެ ލޯބި ލިބިފައިވެ އެވެ. އިންޑިއާގެ މަޝްހޫރު އެތައް ފަންނާނުންނެއް އެ ޝޯއަށް ގެސްޓުންގެ ގޮތުގައި ވެސް ދެ އެވެ.
"މޭ ހޫ ނާ" އާއި "އޯމް ޝާންތި އޯމް" ކަހަލަ ދިވެހިންގެ ތެރޭގައި ވެސް މަޝްހޫރު އެތައް ފިލްމެއް ޑައިރެކްޓުކޮށްފައިވާ ފަރާގެ ކައްކާ ޝޯގެ އެޕިސޯޑެއް މި އަހަރު ރާއްޖޭގައި ވެސް ނަގާފައިވެ އެވެ.
މި އަހަރުގެ ބޮޑު އީދާ ދިމާކޮށް ފަރާ ރާއްޖެއަށް ކުރި އެ ދަތުރު ދައްކައިދޭ އެޕިސޯޑު މި މަހު ވަނީ ޔޫޓިއުބްގައި ސްޓްރީމް ކުރަން ފަށައިފަ އެވެ. އެ ވީޑިއޯއަށް މިހާތަނަށް 3.4 މިލިއަން ވިއުސް ލިބިފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
2025
02 September 2025
މިމަންޖެއަށް މިހާރު ހަދާލާނެ ފިލްމު ގަނޑެއްވެސް ނުލިބެނީދޯ ބަހީ މޯޑިސްއަށް މިހާރުވެސް އޮލިމްޕަހުގަ ކަނބުލޮ އެބަދައްކާ..... ބޮއިހަލަކި
ފަރަހް
29 August 2025
އިންޑިޔާ ގަ ދުވަސްވީ ކޮންމެ މީހަކަށް އާންޓީ ނުވަތަ އަންކަލް ކިއުމުގެ އާދަ އޮވޭ! އެހެންވީމަ ކާކަށްތޯ އާންޓީ ތި ކީ ގެ ނަމުގަ ޝޯ އެއް ފަރާ ގެނެސްދެނީ އާންޓީ އޭ ގޮވާފަ އެއްކަމެއް ވެސް އެމީހަކަށް ދެން ނުވާނެ ކަމަށް ހީކޮށްގެން ނުތިބޭށޭ ދޯ!