ފުލުހުންގެ 40 ވަނަ އަސާސީ ތަމްރީން ކޯސް ފުރިހަމަކުރި ފުލުހުންގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި އެންމެ މޮޅު ފުލުހަކަށް ހޮވުނު މުހައްމަދު އަރުޝަދަށް ހޯމް މިނިސްޓަރު އަލީ އިހުސާން ހަނދާނީ ފިލާ ހަވާލުކޮށްދެއްވަނީ.-- ފޮޓޯ: ޕޮލިސް
30 އޯގަސްޓް 2025 - 23:43
ފުލުހުންގެ އަސާސީ ތަމްރީނު ކޯސް 116 ފުލުހަކު ފުރިހަމަކޮށް މިރޭ ދަސްވެނިވެއްޖެ އެވެ.
ދ. ވާނީގައި ހުންނަ ފުލުހުންގެ މަރުކަޒުގައި މިރޭ ވަނީ ފުލުހުންގެ 40 ވަނަ އަސާސީ ތަމްރީން ކޯހުގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ބާއްވައިފަ އެވެ.
މިރޭގެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ ހޯމް މިނިސްޓަރު އަލީ އިހުސާނާއި ޕޮލިސް ކޮމިޝަނަރު އިސްމާއިލް ނަވީން އަދި ފުލުހުންގެ އެހެން ބައެއް އިސްވެރިންނެވެ.
ފުލުހުން ބުނީ 40 ވަނަ އަސާސީ ތަމްރީން ކޯހުގައި 138 ފުލުހަކު ބައިވެރިވި އިރު، އޭގެ ތެރެއިން ކޯސް ފުރިހަމަކުރީ 116 ފުލުހަކު ކަމަށެވެ. ހަތަރު މަސްދުވަހަށް ކުރިއަށް ގެންދިޔަ އެ ތަމްރީނު ކޯސް ފެށީ މިދިޔަ އެޕްރީލް މަހުގެ 20 ވަނަ ދުވަހު ކަމަށް ފުލުހުން ބުންޏެވެ.
މި ދަސްވެނިންގެ ކިބައިގައި ފުލުހެއްގެ ހުންނަން ޖެހޭ ގާބިލުކަން މިހާރު ހުންނާނެ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުންގެ 40 ވަނަ އަސާސީ ތަމްރީން ކޯހުގައި ވަނަވަނައަށް ދިޔަ ދަރިވަރުންނަށް ވެސް މިރޭ ވަނީ ހަނދާނީ ފިލާ ހަވާލުކޮށްފަ އެވެ.
Your dedication and professionalism are truly inspiring. As you begin this new chapter serving and protecting our community, carry forward the values of integrity, compassion, and service. We are proud of your achievements and wish you all the best in making a difference.#PITC40 pic.twitter.com/x3Z8sWA57q
— Maldives Police (@PoliceMv) August 30, 2025
މި ފަހަރުގެ ކޯހުން އެންމެ މޮޅު ދަރިވަރަކަށް ހޮވުނީ ށ. ފީވަކު، ކަންމަތީގެ، މުހައްމަދު އަރުޝަދެވެ. އޭނާއަށް ވަނީ ކޮމިޝަނާސް އެކްސެލެންސް އެވޯޑު ދީފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އުސްމާނުބެ
31 August 2025
އެންމެން ހުވާކުރިބާ އަނެއްކާ
މަރުހަބާ!
31 August 2025
ވަޑައިގަންނަވާށޭ ކިލާހަށް އަސާސީ. އަސާސީ ކިލާހަށް ވަޑައިގަނެ ދަސްވެނިވުނު ހުރިހާ ދަރިވަރުންނަށް މަރުހަބާ!
މިންސްކީ
31 August 2025
ހުރިހާ ފުލުހުން ހުވާކުރޭތޯ ކަށަވަރުކުރާތި، ކޮންމެ ފުލުހެއްގެ ކައިރީ އިތުރު ފުލުހަކު ބަހައްޓައިގެން ނަމަވެސް ނުވަތަ ކޮންމެ ފުލުހަކު ވަކިން ފަޑިޔާރު ކައިރިއަށް ގެންގޮސްގެން ނަމަވެސް،
ޙުވާ
31 August 2025
ހުވާތަ
ރިމައިންޑަރއެއް
31 August 2025
ހުރިހާ ފުލުހުންވެސް ހުވާ ކުރަން ހަނދާން ކުރަށްޗޭ!
ގާޒީ
31 August 2025
ހުވާ ކުރިތަ؟ ހުވާ.