އެޗްޑީސީގެ ކަސްޓަމާ ކެއާ އޮފީސް.
01 ސެޕްޓެމްބަރ 2025 - 13:33
ވިނަރެސްގެ ހަ ވަނަ ޓަވަރުގައި ހުންނަ އެޗްޑީސީގެ ކަސްޓަމާ ކެއާ އޮފީހުން ބިލުތައް ބަލައިގަންނަން ފަށައިފި އެވެ.
އެޗްޑީސީން ދެމުން އަންނަ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމަށް ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން ވިނަރެސްގައި އެޗްޑީސީގެ އޮފީހެއް ހުޅުވީ މިދިޔަ މެއި މަހު އެވެ.
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ރައްޔިތުންނަށް ފަސޭހައިން ކަސްޓަމާ ކެއާ މެދުވެރިކޮށް މައުލޫމާތު ސާފުކުރެވޭނެ މަގު ފަހިކުރުމަށް ހުޅުވި މިތަނުން އެކި އެޕްލިކޭޝަންތަކާއި ފައިސާ ބަލައިގަތުމުގެ ހިދުމަތްތައް މިހާރު ލިބޭނެ ކަމަށް އެޗްޑީސީން ބުންޏެެވެ.
އެޗްޑީސީން ބުނި ގޮތުގައި ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން މެންދުރު 2:00 އަށް ހިދުމަތް ލިބޭނެ އެވެ.
އެޗްޑީސީން ކުރިން އޮފީހެއް ހިންގީ ހިޔާ ޓަވަރުގަ އެވެ. އެކަމަކު އެތަން ދާއިމީކޮށް ބަންދުކުރުމާ ގުޅިގެން އެ އޮފީހުން ދެމުން އައި ހުރިހާ ހިދުމަތްތަކެއް ވަނީ ވިނަރެސް އޮފީހަށް ބަދަލުކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ވިނަރެސް
08 September 2025
މިތަނަށް ގޮސް ޝަކުވާ ހުށަހެޅޭނެތޯ?
އީސަ
04 September 2025
އެޗްޑީސީން ކޮންކަމެއް ކުރެވެނީ ހަމަ އެކަނި މީހުން ގެ މަސްކެއުން އޮންނަނީ ވިނަރެސް ކުރިމަތީގަ އޮންނާނެ އަންހެން ގްރޫޕްތަށް އެއްވެސް ކަމެއް ނޮކޮށް އިށީދެގެން ތި ހުޅުވި އޮފީހުން އެމީހުންނަށް ޖާހަދީބަލަ...މާ ރަގަޅުވާނެ
މަލްދީބް
01 September 2025
ބޭނުމެއްނެތް ތަނެއް. ބިލްތަކާއި ފައިސާބަލަގަންނަން އެއްމެ ފަސޭހަގޮތަކީ ބޭންކްތައް މެދޔުވެރިވެގެން ހިންގާ މުއާމަލާތްތައް. ތިޓަވަރު ތަކާއި ދުރުގެ ތިއެޗްޑީސީ ހުރީމަ ރަގަޅީ. މުއައްޒަފުން ގިނަކަމަކު އެއްވެސް ކަމެއް ނުކުރޭ. ގާޑުން ދެކޮޅަ ހިގާފަ ފޮޓާނަގާފަ ރިޕޯޓްކުރިޔަސް ކަމެއް ނިއްމާ ހައްލު ނޮހޯދޭ ބަޔެއްތީ. ސަލާމް
ވިނަރެސްގެ އަޑު
01 September 2025
އަދިވެސް ފައިސާ ނެގުމުގަ، ހެޔޮދޯ އެގްރިމަންޓްގަ އިން އެއްވެސް ހިދުމަތެއް ނުދީ އުޅުނަސް؟ މީހުން އުޅެންފެށިތާ 2 އަހަރުވީ.
ޖުވާން ފފ
01 September 2025
ސޮބާ ކަހަލަ އިސްކޮޅުން ދިގު ކުދިން ކައުންޓަރުގައި ތިބުން މުހިންމު.
އަލިދީ22
01 September 2025
ހާދަ ތަނާ ނުގުޅޭ ފާރނިޗާއޭ ބޭނުންކޮށްފަ ހުންނަނީ. އެޗްޑީސީގައި ކިޔަވައިގެން ތިބި ޑިޒައިނަރުންވެސް ނުތިބެނީތޯ!