އަލިފާނުގައި ފްލެޓަކަށް ގެއްލުންވެފައި.
23 ޖޫން 2025 - 14:16
ހުޅުމާލެ 2 ގެ ވިނަރެސް ފްލެޓުގެ އެޕާޓްމަންޓެއްގައި މިއަދު ހެނދުނު ރޯވިއިރު، އެ ތަނުގައި ހަރުކޮށްފައި ހުރި އެެއްވެސް ފަޔާ އެލާމެއް ނާޅާކަން އެނގިއްޖެ އެވެ.
ވިނަރެސް ފްލެޓް ނުވައެއްގެ 13 ވަނަ ފަންގިފިލާގެ ހަ ވަނަ އެޕާޓްމަންޓުގެ އެއްކޮޓަރި އާއި އެ ތަނުގައި ހުރި ހުރިހާ އެއްޗެއް މި ހާދިސާގައި ވަނީ އަނދައިފަ އެވެ. އަދި ސިޓިންރޫމުގެ އޭސީގައި ވެސް ހުޅު ހިފައި އިނީ ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފަ އެވެ.
އެ އަލިފާންގަނޑުގެ ދުމުން މުޅި އެޕާޓްމަންޓުގެ ފާރުތައް ހުރީ ކަޅުވެފަ އެވެ.
އެ ޓަވަރުގެ 12 ވަނަ ފްލޯގައި ދިރިއުޅޭ މީހަކު "މިހާރު" އަށް ބުނި ގޮތުގައި އެހާ ބޮޑަށް އެ ތަނުގައި އަލިފާން ރޯވިޔަސް އިމާރާތުގެ އެއްވެސް ފަޔާ އެލާމެއް މަސައްކަތް ނުކުރެ އެވެ. އަދި ސްމޯކް ޑިޑެކްޓަރަށް ވެސް އެ ސެންސާ ނުކުރެ އެވެ.
އަލިފާން ރޯވެގެން އުޅޭކަން އެ މީހުންނަށް ވެސް އެނގުނީ އެ ޓަވަރުގައި އުޅޭ މީހުންގެ މެދުގައި ހަދާފައި އޮތް ވައިބާ ގްރޫޕެއް މެދުވެރިކޮށެވެ.
"އަޅުގަނޑުމެން ވެސް ނިދާފައި އޮއްވައި ކޮއްކޮ ގުޅާފައި ބުނީ ވައިބާ ގްރޫޕުގައި އެބަ އޮތޭ އެޕާޓްމަންޓަކުން ދުން އަރާ ވާހަކަ،" އޭނާ ކިޔައިދިނެވެ.
"ފަޔާ އެލާމެއް ނާޅާ ސްމޯކް ޑިޑެކްޓަރަކުން ވެސް ނޭނގޭ ކަމެއް ހިނގައިގެން އުޅޭ ކަމެއް ވެސް."
އެ މީހާ ވަނީ މިއަދު އަލިފާންގަނޑު އަވަހަށް ނިއްވާނުލެވުނު ނަމަ އެ ތަނަށް އެ ފެތުރި ނުރައްކާތެރި ބޮޑު ހާދިސާއަކަށް ބަދަލުވުމުގެ ފުރުސަތު އޮތް ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
ވިނަރެސް ފްލެޓުގެ އެޕާޓްމަންޓެއް އަނދާފައި.
ވިނަރެސް ފްލެޓުތަކުގެ ކޮންމެ ފްލޯއެއްގައި ވެސް ފަޔާ އެލާމް ސިސްޓަމާއި ސްމޯކް ޑިޓެކްޓަރު ހަރުކޮށްފައިވެ އެވެ.
އެކަމާ ގުޅިގެން ސުވާލުކުރުމުން އެޗްޑީސީގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެކަން ހިނގީ މެއިންޓަނެންސް މަސައްކަތަކަށް ފަޔާ އަލާމް ހުރީ އިންއެކްޓިވް ކޮށްފައި ހުއްޓާ ކަމަށާއި އާންމުކޮށް އެ ހުންނަނީ ޖައްސާފައި ކަމަށެވެ.
މަސައްކަތް ނިމުނުހާ އަވަހަކަށް އެލާމް ސިސްޓަމް އެކްޓިވް ކުރާނެ ކަމަށް ވެސް ވިދާޅުވި އެވެ.
އަލިފާނުގެ ހާދިސާގައި ވިނަރެސްގެ އެ އެޕާޓްމަންޓުގައި ދިރިނޫޅެވޭވަރަށް ގެއްލުން ލިބިފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން މިއަދު ބުންޏެވެ އެހެންވެ، އެތަނުގައި އުޅެމުން އައި ހަތަރު މީހަކަށް ފަސް ދުވަހުގެ މުއްދަތަކަށް ވަގުތީ ބޯހިޔާވަހިކަން ވަނީ ހަމަޖައްސައިދީފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވިނަރެސް
23 June 2025
އެލާމް ސިސްޓަމް އެއްވެސް ގޮތަކަށް ނުޖައްސާ އަދި. މީހުން ދިރިއުޅެތާ 2 އަހަރު ވެއްޖެ. މިއީ ޒިންމާއާ ހަވާލުވެގެން އުޅޭމީހުނަށް ޖިނާއީ ދައުވާކުރަން ޖެހޭވަރުގެ ކަމެއް. ނޫސްތަކުން މިކަމުގެ ހަގީގަތް ގެނެސްދޭން ޖެހޭ.
ދަރި
23 June 2025
އިހުމާލު ނުވާނެ ހަމަ އެއްކަމެއްވެސް ނެތް!
ސދޗަސޗ
23 June 2025
ބެޑްޝީޓުގައި އަލިފާން ރޯވި ސަބަބު ،ާ ބޮޑުކަންނޭނގެ. ސިނގަރޭޓް ބުއީބާ؟
ޗހޖސަގޔކހަ
23 June 2025
އެލާމް ސިސްޓަމް ނިންވާލަންޏާ ބުނަންވާނެ އެތަނުގައި ދިރިއުޅޭ މީހުން ގާތު.
ސަނދަރަބޮލި
23 June 2025
ސެކިއުރިޓީންނަށް ލާފަ ތިބެނީ ހިރިލަން ނުކެރޭ މީހުން. ދުފާފަ ސިނގިރޭޓު ބޯން ތިބޭކަން.
ވިނަރެސް އަހުމަދު
23 June 2025
މަޖާ ކަމެއް ދޯ ދެން މި. ރައީސް ހެޔޮފުޅުކަމުން ސިސްޓަމް އޮން ކޮއްލަ ދެއްވާ
އަބުމާނު
23 June 2025
އެޗްޑީސީ ފަރާތުން މެއިންޓެނަސްއަށް ނިސްވާލާފައޭ ބުނި ފަރާތަކީ ކާކުތޯ ބަލަންޖެހޭ. ޕަބްލިކަށް ދޮގު ހަދާ ފަރާތެއް ކުންފުނިތަކުގަ ތިބެގެން ނުވާނެ.
ަދަސދފަސފފ
23 June 2025
3 މިނިސްޓްރީ އެނދިއިރު ތިބުނާ އެއްޗެއް ހުރިތޯ...
ރަނގަޅު
23 June 2025
ފަޔަރ އެލާމް ޖައްސަންޖެހެނީ ރޯވީމާތޯ؟
އައިމިނާ
23 June 2025
ސެކިޔުރިޓީއެއް ނެތް. ވަންނަންބޭނުން މީހަކު ވަންނަންވީ. ލައިޓްތަކެއްވެސް ބައެއްފަހަރު އެއްގޮތަކުންވެސް ނުދިއްލޭ. ބޭރުގަ ލިފްޓް ކައިރީހުންނަ.
ބޭކާރު
23 June 2025
ބޭލާރު ވާހަކަ ނުދައްކާ ކޮމާޝަލްތަނެއް ވިއްކާތަނެއް ކަލޭމެން ހަޅޭއްލަވައިގެން ޑައުންޕޭމަންޓާއި މަހުކުލި ކުޑަކޮށް ސޯޝަލް ހައުސިލްގެ އުސޫލުން ވަދެތިތިބީ. ދެން މިހާރު ނުޖެހޭ ލަގްޒަރީ ފެންވަރަށް ހިދުމަތް ދޭކަށް. އަމިއްލައަށް ސެކިއުރިޓީއެއް ހޯދާ
ގާފް
24 June 2025
ބޭކާރު, ތި ދައްކަނީ ބޭކާރު ވާހަކަ އެއް... ވިނަރެސް އަކީ އަގު ބޮޑު ތަނެއް... ސޯޝަލް ހައުސިންގ އަށް ވުރެން ގިނަ ފައިސާ ދައްކަން ޖެހޭ... އެޗްޑީސީ އަށް މެއިންޓެނަންސް ފީ ދައްކަން ޖެހޭ... އެޗްޑީސީ ގެ އިހުމާލު ބޮޑު...