04 ސެޕްޓެމްބަރ 2025 - 11:39
އަމިއްލަ ކުންފުންޏަކަށް މޯލްޑިވްސް އިސްލާމިކް ބެންކުން ނަގާފައިވާ 3.4 މިލިއަން ޑޮލަރު (52.5 މިލިއަން ރުފިޔާ) ނުދައްކައިގެން ގ. ފަނަސް ނީލަމުގައި ވިއްކާލަން އިއުލާނުކޮށްފި އެވެ.
އަމީނީ މަގުގައި އޮންނަ 1،469 އަކަފޫޓުގެ ގޯތި ވިއްކާލަނީ އެ ގޯތި ރަހުނުކޮށް ހުރަވީ އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏަކުން ނެގި 3,406,369.50 ޑޮލަރުގެ ލޯނެއް ނުދެއްކިގެންނެވެ. އެ ފައިސާ ދައްކަން 2022 ވަނަ އަހަރު ސިވިލް ކޯޓުން ހުކުމް ކޮށްފައިވާއިރު، އެ މުއްދަތުގައި ވެސް ފައިސާ ދައްކާފައެއް ނުވެ އެވެ.
އެހެންވެ، ލޯނަށް ރަހުނުކޮށްފައިވާ ގ. ފަނަސް ވިއްކާލަން އެމްއައިބީން އިއުލާނުކުރީ އެ ގޯއްޗާއި ގޯތީގައި ހުރި ނުއުފުލޭ މުދަލާ އެކު އެވެ.
ބޭންކުން ބުނި ގޮތުގައި ގޯތި ވިއްކާލަން ނީލަން ފަށާ އަގަކީ 30,230,000ރ. އެވެ. މި ގޯތި ގަތުމަށް މިހާރު ނީލަމަށް ހުޅުވާލާފައި ވާއިރު، މި މަހުގެ 25 ވަނަ ދުވަހުގެ މެންދުރު 1 ޖަހަންދެން އަގު ހުށެއެޅޭނެ ކަމަށް އެމްއައިބީން ބުންޏެވެ.
ބިޑްތައް ހުޅުވާނީ 25 ވަނަ ދުވަހުގެ 1 ޖަހާއިރު މ. ފާމުދޭރިގެ ބިލްޑިންގުގެ ފުރަތަމަ ފަންގިފިލާގައި ހުންނަ އެމްއައިބީގެ އޮފީހުގަ އެވެ.
ނީލަން ފަށައި، އެންމެ މަތީ އަގު އިއުލާނުކުރުމަށް ފަހު، ކޮންމެ ދުވަހަކު ވެސް ހުށައަޅާ އެންމެ މަތީ އަގު އެމްއައިބީގެ ވެބްސައިޓުގައި ފެންނަން ހުންނާނެ އެވެ.
ނީލަން ފެށުމަށް ހަމަޖެހިފައިވާ ސުންގަޑިއާ ހަމައަށް ސިޓީ ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އެވަގުތު އެތަނަށް ހާޒިރުވެ ތިބި ފަރާތްތަކުގެ ހާޒިރުގައި ސިޓީތައް ކަނޑައި، އެންމެ މަތީ އަގު އެއީ ނީލަން ފަށާ އަގުކަމުގައި ކަނޑައަޅައި އިއުލާނުކުރާނެ ކަމަށް އެމްއައިބީން ބުންޏެވެ.
ނީލަން ފަށާ އަގު އިއުލާން ކުރުމަށް ފަހު، ބޭންކުން ނީލަން ނިންމާލިކަން އިއުލާނު ކުރަންދެން، އެ ގޯތި ގަންނަން ބޭނުންވާ ފަރާތްތަކަށް، ބޭންކުން އިއުލާންކޮށްފައިވާ ނީލަން ފަށާ އަގަށްވުރެ ބޮޑު އަގެއް ހުށަހެޅުމުގެ ފުރުސަތު އޮންނާނެ އެވެ. އެގޮތުން، ކުރިން އަގު ހުށަހެޅި ފަރާތްތަކަށާއި އަލަށް އަގު ހުށަހަޅާ ފަރާތްތަކަށް ވެސް އެ ފުރުސަތު އޮންނާނެ އެވެ.
ބޭންކުން ބުނި ގޮތުގައި ބިޑް ހުށަހެޅުމަށް ފަހު، ބޭންކުން ނީލަން ނިންމާލިކަން އިއުލާނު ކުރަންދެން ނުވަތަ ނީލަން ބާތިލުކުރަންދެން، ހުށަހަޅާފައިވާ ބިޑެއް އަނބުރާ ނުގެންދެވޭނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ދޮންބީ
06 September 2025
އިސްލާމިކް ބޭންކް ތިގޮތަށް މީހުންގެ ގެދޮރު ވިއްކިދާނެތަ؟
×ޒ
04 September 2025
ކޮބާ ބރަށު މަނިއްޕުޅު. ރަގަޅު ފުރުޞަތެއްނު
މާލެ ކުދިން.
04 September 2025
މިގޯއްޗަކީ ހުސޭނުއަށް ކޮންގޮތަކަށް ލިބުނު ގޯއްޗެއްތޯ އާއި ތިޔަބުނާ ފަޅުރަށުގެ ވާހަކަ ތަންކޮޅެއް ތިލަކޮށް ގެނެސްދީބަލަ.
ޑރ ވާންޗޯ
04 September 2025
50 މިލިއަނަށް ވުރެ ބޮޑުއަގެއްގަ 1400 އަކަފޫޓުގެ ގޯއްޗެއް!!!!!. ތިޔަގޯތި ތިޔައަގަށް ރަހުނުކޮށްފަ ލޯނުދޫކުރާނީވެސް ކޮރަޕްސަންގެ ތެރެއިން. ބެންކަށް ތިއޮތީ ގޯތި އެއްވެސްބަޔަކު ނުގަންނާނެވަރުގެ ބޮޑުއަގެއްގަ ވިއްކާލާފަ.
އެޑްމުންޑޯ
05 September 2025
އެއީ ގޯތި އެކަނި އަގެއްނޫން ، އޭގެ ހިމެނޭ އިތުރު ތަންތަންވެސް ، އޭގެ އެއްބައި ގެއަކީ ، މިވަގުތު އެވިއްކަނީ ގެ ، ދެން ރިސޯޓާއި އެހެނިތަންތަންވެސް ދާނެ.
ޑރ ވާންޗޯ
06 September 2025
ރިސޯޓު ރަހުނުކޮށްފަވެސް ލޯނެއް ނަގާފައޮތީ އެވެސް ނުދައްކާ، 52 މިލިއަން އެއީ ހަމައެކަނި ތިޔަގެ ރަހުނުކޮށްފަނެގި ލޯނެއް.
ބަބްސް
04 September 2025
މިއީ މަބުނާ ވާހަކަ ' އިސްލާމިކް ބޭންކް ' ނަން ކިޔައިގެން ، އަރަބި ނަންނަން ބޭނުންކޮއްގެން ކުރަނީ އެއްކަމެއް. މުރާބަހާ އާއީ އިޖާރަ އެއްވީމަ ކަންނޭގެ ގޯތި ނީލަމުގައި ވިއްކާލަން މިޖެހެނީ.
ޒަމްބެ
04 September 2025
މަށަށް އެނގިފަ އޮތްގޮތުން ވިޔަފާރީގެ އެއްބަސްވުމެއް ނެތި ފައިސާއަަށް ފައިސާ އިތުރުކުރުމަށް ލާޒިމުކުރުމަކީ އިސްލާމީ ޝަރީއާ ހުއްދަކުރާ ކަމެއްނޫން. އެކަމަކު އެމްއައިބީން ނެގި މުދަލުގެ ލޯނެއްގެ ތެރެއިން ވަކިވަރަކަށް ފައިސާ ދީފަ އެފައިސާގެ ރިޓާނެއްގެ ގޮތުގަ ވަކި ޕަސެންޓެއް އިތުރަަށް އެބަ ނަގާ.. މިވާގޮތެއް ނޭނގުނު.
ބސ ސ
04 September 2025
"އެގޮތުން، ކުރިން އަގު ހުށަހެޅި ފަރާތްތަކަށާއި އަލަށް އަގު ހުށަހަޅާ ފަރާތްތަކަށް ވެސް އެ ފުރުސަތު އޮންނާނެ އެވެ." ދެންކޮބައި މިމަހު 25 ވަންދެން ބިޑު ޑޮކިއުމަންޓުގައި އަގުހުށަހެޅުމުގެ ބޭނުމެއް؟
އަލީ ހަމީދު
04 September 2025
ހުޅުމާލެއިން ތިވަރުގެ ބިމެއް އެބަލިބޭ 15-20 މިލިޔަނަށް، ދެން ތިބިން ވިއްކާގެން ލޯނު ރިކަވަކުރާނީ ކިހިނެތް. އިމާރާތެއް ހުރިޔަސް މިހާރު އިމާރާތުގެ އަގެއް ނުހުންނޭނެ.
މަބުނީ
04 September 2025
ރިބާ ކޮންޓްރޯލްކުރުމާ ބެހޭ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމުގެ ވަގުތު އައިސްޖެހިއްޖެ ކަމަށް ފެނެއެވެ. މިފަދަ ބިލެއްގެ މަޤްޞަދަކަށް ވާންޖެހޭނީ ރިބާގެ މިންވަރު މަރުޙަލާތަކަކަށް ބަހާލައިގެން ދަށްކުރުމެވެ. މިގޮތުން، ދިގު މުއްދަތެއްގެ ތެރޭގައި، ރިބާ މުޅިން ނައްތާލުމަށް މަގުފަހިކުރުމެވެ.
މުދިންބެ.
04 September 2025
ލޯނު ނުނެގީމާ ރިބާ ކޮންޓްރޯލް ވީ. އެހެންވީމާ ތިއީ ކޮންމެހެން ހަދަންޖެހޭ ޤާނޫނެއްނޫން. ލޯނު ނަގާމީހާ ލޯނު ނަގަނީ ރިބާ އަރާކަން އެގިހުރެ.
raajje
04 September 2025
ނަގާފައިވާކަމަށްބުނާ ލޯނުގެ އަދަދަކީ ރުފިޔާއިންނަމަ 52 މިލިޔަން، ނަމަވެސް ނީލަންފެށޭ އަގަކީ 30 މިލިޔަން، މާނައަކީ 4 މިލިޔަންވަރު މިވަނީ ލޯނުނެގިފަރާތުންދަށްކާފައިކަމަށްބެލެވޭ، ލޯނެއްދީފައި ލޯނުނުދެއްކޭހާލަތުގައި މާލޭގައިއޮންނަ ގޯތި ތިހެންވިއްކާލުންތީ ހަމަ މީހަކުމެރުންފަދަކަމެއް، މާނައަކީ ތިޔަފަދަކަމަކުން އެތައްބަޔަކު މަގުމަތިވެ ބިކަހާލުގައިޖެހިދާނެ، ނަމަވެސް ދެން ރަހުނުކޮށްފައޮތްއެއްޗެއް ވިއްކާލާނެތާ ލޯނުނުދެއްކުނީމަދޯ
ގަމާރު ލަންބަރު ވަން
04 September 2025
ބްރޯ އެ ޑޮލަރަށް އެމީހުން ކުރީ ކީއް؟ ހަމަ އަހާލީ.
ދިއްދޫ އަހައްމަދު.
04 September 2025
މޭލޭގައި ގޯތި އޮތް ކަމަށް ވިޔަސް ނިލަންދޫގައި ގޯތި އޮތްކަމަށް ވިޔަސް ލޯނަށް ދައްކަންޖެހޭ ފައިސާ ނުދައްކާނަމަ ގޯތި ވިއްކާލަންޖެހޭނެ. މާލެ ވީމާ ގޯތި ނުވިއްކަންވީ ސަބަބެއްނެތް.
ކިހިނެއްމިވަނީ
04 September 2025
ގޯތި ވިއްކާލާއިރު އެއީ އަމިއްލަ ގޯއްޗެއްބާ؟ ބަންޑާރަގޯއްޗެއްނަމަ، އިހަށް ޖެހޭނީ ގޯތި ގަނެ އަމިއްލަކުރާކަށްނޫންބާ؟ ގޯތި އަމިއްލަވުމަށްފަހުގައިތާ ގޯތި ވިއްކޭނީ؟ އެހެންނޫނީ ގޯއްޗާއި އިމާރާތް ވިއްކާލައިގެން ލިބޭ އެއްޗަކުން ގޯތީގެ އަގަށްވާ ފައިސާ (ޓެކްސްގެ ބޭރުން) ދައުލަތަށް ލިބެންވާނެނޫންބާ؟ ދައުލަތުން ހިލޭގޯތި ދޫކުރައްވަނީ ވިޔަފާރީގެ ކަންކަމުގައި އެ ބަންޑާރަބިން ވިއްކާލެވޭ ގޮތަށްނަމަ ތިޔައީކީ މާހަމަޖެހޭ ގޮތެއްކަމަށް ނުދެކޭ މީހުން މަދެއްނުވާނެ.