"ސުޕަމޭން"ގެ އާ ފިލްމުގައި ސުޕަމޭންގެ ރޯލު ކުޅޭ އެމެރިކާގެ އެކްޓަރު ޑޭވިޑް ކޮރެންސްވެޓް.
04 ސެޕްޓެމްބަރ 2025 - 12:55
ހޮލީވުޑްގެ ޑައިރެކްޓަރު ޖޭމްސް ގަންގެ "ސުޕަމޭން"ގެ ދެވަނަ ފިލްމު 2027 ގައި ގެނެސްދޭން ނިންމައިފި އެވެ.
ޖަން ސޯޝަލް މީޑިއާގައި އިއްޔެ ކުރި ޕޯސްޓެއްގައި ވަނީ "ސުޕަމޭން: މޭން އޮފް ޓުމޯރޯ"ގެ ނަން ދީފައިވާ އެ ފިލްމު ސިނަމާތަކަށް ގެންނަނީ ޖުލައި 9، 2027 ގައި ކަން އިއުލާންކޮށްފަ އެވެ.
އޭނާ ލިޔެ، ޑައިރެކްޓުކޮށް މި އަހަރު ގެނެސްދިން ޑީސީ ޔުނިވާސްގެ ސުޕަހީރޯ "ސުޕަމޭން"ގެ ފުރަތަމަ ފިލްމަށް ވަރަށް ބޮޑު ތަރުހީބެއް ލިބުނެވެ. މިދިޔަ ޖުލައި މަހުގެ 10 ވަނަ ދުވަހު ރިލީޒްކުރި އެ ފިލްމަށް ވަނީ 600 މިލިއަން ޑޮލަރުގެ އާމްދަނީއެއް ބޮކްސް އޮފީހުގައި ލިބިފަ އެވެ.
އެ ފިލްމަށް ކްރިޓިކުންނާއި އާންމުންގެ ފަރާތުން ވެސް ވަރަށް ގިނަ ޕޮޒިޓިވް ރިވިއުތައް ލިބުނެވެ.
ޑީސީ ސްޓޫޑިއޯސް ހިންގުމާ މިހާރު ހަވާލުވެ ހުރި ހޮލީވުޑްގެ ޑައިރެކްޓަރު ޖޭމްސް ގަންގެ "ސުޕަމޭން"އަކީ 225 މިލިއަން ޑޮލަރުގެ ބަޖެޓަކުން ހެދި ފިލްމެކެވެ. އޭގެ ތެރެއިން 100 މިލިއަން ޑޮލަރު ހަރަދުކުރީ ހަމައެކަނި ފިލްމުގެ ޕްރޮމޯޝަނަށެވެ.
"ސުޕަމޭން"ގެ މި އާ ފިލްމުގައި ސުޕަމޭންގެ ރޯލު ކުޅުނީ އެމެރިކާގެ އެކްޓަރު ޑޭވިޑް ކޮރެންސްވެޓް އެވެ. އޭނާއާ އެކު މުހިންމު ރޯލުތައް ކުޅެނީ ރޭޗަލް ބްރޯޒެހެން އާއި ނިކޮލަސް ހޮލްޓް އެވެ.
ޖޭމްސް ވަނީ "ސުޕަގާލް" ވެސް ގެނެސްދޭން ނިންމައި އެކަން އިއުލާންކޮށްފަ އެވެ. "ސުޕަގާލް: ވުމަން އޮފް ޓުމޯރޯ" ގެނެސްދެނީ އަންނަ އަހަރު ޖޫން 26 ގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އަސްލު ސުޕަމޭން
04 September 2025
1978 ގަ ސުޕަމޭން 1980 ގަ ސުޕަމޭން 2 1983 ގަ ސުޕަމޭން 3 1987 ގަ ސުޕަމޭން 4 ކުރިސްޓޮފާ ރީވްގެ މޮޅު ސުޕަމޭން ފިލްމުތައް..
މޭން ސުޕަ
04 September 2025
ކޮން 2 ވަނަ ފިލްމެއް 3 ވަނަ ފިލްމެއް ކިޔާކަށް. ތި ފިލް އަހަރުމެން ކުޑަ ކުޑަ އިރު ބެލިން. ނުވަދިހައިގެ ކުރީ ކޮޅު. މިހާރު ދެން ކޮން ސުޕަމެން އެއް. އޭރު 1 ވެސް 2 ވެސް 3 ވެސް ބަލާފަ ހުންނާނީ.