ރައިސް ޑރ. މުހައްމަދު މުއިއްޒު ބ. ކުޑރިކިއްޔަށް ވަޑައިގަތުމުން އެމަނިކުފާނަށް މަރުހަބާކިޔަން ނުކުތް އަންހެނުންތަަކަކާ ސަލާމްކުރައްވަނީ. އަންހެނުންގެ ކޮމިޓީތަކުގެ ބަޖެޓް ބޮޑުކުރަން ރައީސް މިއަދު ނިންމެވި،.--- ފޮޓޯ: ރައީސް އޮފީސް
05 ސެޕްޓެމްބަރ 2025 - 23:08
އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަަކަށް މިހާރު ދޭ ބަޖެޓް ދެ ގުނަ ބޮޑުކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.
ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓްގައި ރައީސް ވިދާޅުވީ އަންނަ އަހަަރަށް ލަފާކުރާ ބަޖެޓް ފާސްކުރުމުގެ ކުރިން އަންހެނުންގެ ކޮމިޓީއާ ގުޅޭ މުހިއްމު ދެ ބަދަލެއް ގެންނަވާނެ ކަމަށެވެ.
އެގޮތުން ގެންނަން ނިންމެވި އެއް ބަދަލަކީ ރައީސް ވިދާޅުވި ގޮތުގައި، ކައުންސިލްތަކަށް ދޭ ބަޖެޓުގެ ފަސް ޕަސެންޓް އަންހެނުންގެ ކޮމިޓީއަށް ދޭންޖެހޭ ގޮތަށް އޮތްއޮތުން ބަދަލުކޮށް 10 ޕަސެންޓަށް ބޮޑުކުރުމެވެ.
ދެވަނަ ބަދަލަކީ އަންހެނުންގެ ކޮމިޓީތަކަށް މިހާރުދޭ ބަޖެޓްގެ ތެރެއިން ކޮމިޓީގެ މެންބަރުންނަށް ރޯދަ އިނާޔަތް ދިނުމުގެ ބަދަލުގައި ކައުންސިލްގެ ބަޖެޓުން އެ އިނާޔަތް ދޭ ގޮތަށް ހަމަޖެއްސުމެވެ.
އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީތައް ބާރުވެރި ކުރުމުގެ ބޭނުމުގައި، އެ ކޮމިޓީތަކަށް ދެމުން އައި އެލަވަންސްގެ ބަދަލުގައި ރަސްމީ މުސާރައެއް ލިބޭނެ ގޮތަށް ހަމަޖައްސައި، ރޯދަމަހުގެ އިނާޔަތް ދޭން ވެސް ސަރުކާރުން ވަނީ ގާނޫނަށް މި އަހަރުގެ ފެބްރުއަރީ މަހު އިސްލާހު ގެނެސް އެ އަށް އަމަލު ކުރަން ފަށައިފަ އެވެ.
އެހެންވެ، މިދިޔަ ރޯދަ މަހުން ފެށިގެން އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީގެ ކޮންމެ މެމްބަރަކަށް ރޯދަ އިނާޔަތުގެ ގޮތުގައި ސަރުކާރުން 3،000ރ. ވަނީ ދޭން ފަށައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ރާއްޖެ
06 September 2025
ބޭކާރު ކޮމިޓީތަކެއް ކަމުގައި ދެކެން.
ކޮވެލި
06 September 2025
އެއްވެސް ކަހަލަ އިގްތިސާދީ ވިސްނުމެއް ނެތި ޚިޔާލީ ފޮލާއަށް ފައިސާ ތަޅާ ހުސްކުރަނީ. އިގްތިސާދަށް ކުރާނެ އަސަރަކަށް ވިސްނާކަށް އެނގެނީއެއް ނުން. ނުވިތާކަށް މީހަކު ބުނާ އެއްޗެއްވެސް އަޑު ނާހާ.
ސުނާރު
06 September 2025
ރަށު ކައުންސިލަށް ބޮޑުކުރީ ރަށުގެ ސައިޒަށް ބަލާ. އަންހެނުންގެ ކައުންސިލަށް ބޮޑުކުރަނީ ތިބި ކައުންސިލަރުންގެ މަތީތައުލީމުގެ ބޮޑުކުޑަމިނަށްބަލާ އަޑުބަޔަކަށް ވަކި ނިސްބަތަކުންތޯ؟
ނުއުމާން
06 September 2025
ތިކޮށްދެއްވީ ވަރަށްވެސް ރަނގަޅު ކަމެއް ރައީސް. މިހާރު ލިބޭ ކުޑަ މުސާރައަކުން ދެކޮޅެއް ނުޖެހޭ
ރާހިލް
06 September 2025
ހެޔޮ ރައީސެއް. އޭރުވެސް މިކިޔަނީ ކެތްތެރިވާށޭ ގައުމު ހަމަޔަކަށް އެޅޭވަރަކުން ކަންކަން ދާނީ ރަނގަޅުވަމުން އިސްލާހުވަމުންނޭ
ނާހިލްް
06 September 2025
އަންހެނުންނަށް މިހާބޮޑަށް ބެލި ސަރުކާރެއްނެތް
ލަމްހާާ
06 September 2025
ވަރަށް އުފާވެރި ހަބަރެއް މިއަދު މި ލިބުނީ. ތޭންްކްސް ރައީސް
ލުބާން
06 September 2025
އަސްލުވެސް ބޮޑުކުރަންޖެހޭ. ހާދަ ކުޑައެއްޗެކޭ ލިބެނީ.
ަވަންޗޫ
06 September 2025
ހެޔޮނުވާނެ މުޅިންވެސްތީ ރައްޔިތުންގެ ފައިސާއޭ! ތިގޮތަށް ތިފައިސާތައް ބެހީމަވަނީ އިސްރާފަކަށް! ފާފޯމެންސައް ބަލައިފަ ތިފައިސާ ކައުންސިލްތަކަށްވެސް ނުވަތަ އަންހެނުން ކޮމެޓީއަށްވެސް ދީބަލަ! ތިހެން ދިނީމަ ހަމަ ފައިސާތައް ދަތުރު ދިއުމުގައާއި ނާޗަރަނގީ ކުޅުމުގަ ހޭދަކޮށް ހުސްވަނީ! ރަށުގެ ދެމެހެއްޓެނިވި ތަރައްޤީއަށް ތީގެން ކުރެވޭ އެެއްވެސް ކަމެއް ނޯވޭ! މިކަންކަމާ ފުންވިސްވަނާ ތިހެން ފައިސާތައް ބެހުމުގެ ކުރިން!
މަޒުމޫހާ
06 September 2025
ނިމިދިޔަ ސަރުކާުތަކުގަ ވެސް ކަނބަލުން ވަނީ މިކަން ރައީސުންނަށް ހުށަހަޅާފަ. ގޮތްކުޑަކަމުން މިކަން ނުކުރީ. މިހާރު މިއޮތީ މިކަން އަހަރުމެންނަށް ވެފަ. މި ރައީސްގެ ހެޔޮ ކަމުން