06 ސެޕްޓެމްބަރ 2025 - 10:30
ދައުލަތުގެ ފެން ކުންފުނި، އެމްޑަބްލިޔުއެސްސީއަށް ބޭނުންވާ ޑޮލަރު، ޓޫރިޒަމް ސިނާއަތުން ހޯދޭނެ ގޮތްތައް ބަލަމުން އަންނަ ކަމަށް އެ ކުންފުނިން ބުނެފި އެވެ.
ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި އިއްޔެ ވާހަކަ ދައްކަވަމުން، އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު އަބްދުލްމަތީން މުހައްމަދު ވިދާޅުވީ، އެ ކުންފުނިން ހިދުމަތްތައް ފޯރުކޮށްދޭއިރު، ތެޔޮ ގަތުން ފަދަ ކަންކަމަށް އަހަރަކު ގާތްގަނޑަކަށް 25 މިލިއަން ޑޮލަރު ބޭނުންވާ ކަމަށެވެ.
އޭނާ ވިދާޅުވީ ރާއްޖޭގައި ޑޮލަރު ލިބުމުގައި މިހާރު ދިމާވެފައިވާ ދަތިތަކުގެ ސަބަބުން، ޑޮލަރު ހޯދުމަށް ކުރަންޖެހޭ ހޭދަ ބޮޑުވެ، ކުންފުނީގެ ޖުމްލަ ހަރަދަށް އެބައި އިތުރުވަމުންދާ ކަމަށެވެ، އެކަމަކު ހިދުމަތްތަކުން ނަގާ އަގު ބޮޑުކޮށްގެން އެ ބައި ނުހޯދޭކަން މަތީން ފާހަގަކުރެއްވި އެވެ.
އެހެންވެ، ކުންފުނީގެ ބޯޑުން މަޝްވަރާކޮށް، ޑޮލަރުން އާމްދަނީ ލިބޭނެ ގޮތްތަކެއް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަކަން އޭނާ ހާމަކުރެއްވި އެވެ.
"އަޅުގަނޑުމެންގެ ކަސްޓަމަރުންގެ ތެރޭގައި އެބަތިބި ޑޮލަރުން އާންމްދަނީ ލިބޭ ފަރާތްތައް. މިސާލަކަށް ޓުއަރިޒަމް ފެސިލިޓީ. މާފުއްޓަށް ބެލިއަސް، މާލެއަށް ބެލިއަސް. އަޅުގަނޑުމެން ދިރާސާ އެބަ ހަދަން އޭގަ އެ ފަރާތްތަކާ އެކު އެގްރީމަންޓަކަށް ދެވިދާނެތޯ. އެބޭފުޅުން ޑޮލަރުން ޕޭމަންޓް ހަދަން. ކިތަންމެ ކުޑަމިންވަރެއްވިޔަސް އެކަމުން އަޅުގަނޑުމެންނަށް ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެ،" މަތީން ވިދާޅުވި އެވެ.
އޭގެ އިތުރުން، ޓޫރިޒަމަށް މީގެ 17 އަހަރު ކުރިން ދޫކުރި ހދ. ނާގޯށީގެ މަސައްކަތް ނިންމައި، އަންނަ އަހަރު ހުޅުވަން މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) އިން މަސައްކަތް ފަށާފައިވާއިރު، އެކަމުގައި އެމްޑަބްލިޔުއެސްސީގެ ބައިވެރިވުން ހިމަނަން ވެސް މަޝްވަރާކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އޭގެ މައިގަނޑު ވިސްނުމަކީ، މަތީން ވިދާޅުވި ގޮތުގައި، ކުންފުނީގައި ގާއިމުވެފައި އޮތް ފެނާއި ނަރުދަމާ އެޅުމުގެ ފަންނީ ގާބިލުކަން ޓޫރިޒަމް ތަރައްގީކުރުމުގެ މަޝްރޫއުތަކުގައި ބޭނުންކޮށްގެން، ޑޮލަރުން އާމްދަނީ ހޯދޭނެ މަގުކޮށުމެވެ.
މި މަސައްކަތްތަކުގެ އެދެވޭ ނަތީޖާއެއް ކައިރި މުސްތަގުބަލެއްގައި ފެންނާނެކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ބެއްަޔާގެ ދަރި
07 September 2025
މިދެން ބޮޑު ކަމަކަށް ވެއްޖެ. ކުނި މެނޭޖްކުރާ ކުންފުނިން ވެސް ގެސްޓް ހައުސް ހިންގަނީ. ހައްޖު ކޯޕަރޭޝަނުން ވެސް ޑޮލަރު ހޯދަން ގެސްޓް ހައުސް. ދެން އަނެއްކާ ފެން ކުންފުންޏާއި ކަރަންޓް ކުންފުނިން ވެސް މީގެ ތެރެއަށް ވަންނަން މި އުލެނީ.
ގޮނުއަނގަ
07 September 2025
ޑޮލަރ އަގު މައްޗަށްދާ އަސްލު ސަބަބު ދެނެގަނެގެން އެކަން ހައްލުކުރަން ބޭނުންވާ ސަރުކާރެއް ދިވެހިޤައުމު ހިންގަން ހަވާލުވާދުވަހަކީ މިޤައުމުން ޑޮލަރ ތިޔާގެވެ ބޭރުން އެތެރެކުރާ މަސައްކަތުމީހުން ޤައުމުން މަދުވާނެ ދުވަސް. 100ރ ޑޮލަރ ލިބުނަސް ބޭރުމީހާ ދާނީ ޑޮލަރ ގަނެގެން. ދިވެހިން ޑޮލަރފަހާ ދުވަން ޖެހެނީ މިހެންވެގެން. ދިވެހިން ޑޮލަރފަހާ ދުވާކަށް ނޫޅޭނެ. ނުޖެހޭނެ. އެކަމަކު ސަރުކާރުގެ ވަޅޯ ސިޔާސަތުން ދިވެހިން ޑޮލަރ ފަހާ ދުވަން ޖެހެނީ.
މަހުވެއި
06 September 2025
ވައްކަންކުރަން ދައްކާ ބަހަނާގެ ލިސްޓަށް އާޒާތެއްގެ އެއްޗެއް ފާޅުވެއްޖެ. "ޑޮލަރު". މީގެ ކުރިން މި ލިސްޓުގައި "30އަހަރު" "ކުރީސަރުކާރު" "ކޮވިޑް" މިކަހަލަ ވަރަށް ހިތްގައިމު ބަސްތައް ލިޔެވިފައިވޭ.
އަފްރާސިޔާބު
06 September 2025
ވާހަކަ ދައްކައިގެން ނުހޯދުނިއްޔާ ޖަހައިގަނެގެންވެސް މިފަހަރު ހޯދަންވާނެ.
ާބްލޫގިޔާ
06 September 2025
މަތީނު މިހާރުގެ ހާލަތުން ތިއަކީވާނެކަމެއްނޫނޭ. ރިސޯޓްތަކުން އެމްއެމްއޭއަށް ޑޮލަރު މާރުކުރަން ޖެހުމުގެ ސަބަބުން ރިސޯޓްތަކުގެ އެކައުންޓްގައި މިދަނީ ރުފިޔާގިނަވަމުން، ސަރުކާރުން މިގެނައިބަދަލުގެ ބުރަ އުފުލަންޖެހުނީ ރިސޯޓްތަކަށް، ރުފިޔާއިން ފައިސާދައްކާތީވެ ރިސޯޓްތަކަށް ބާޒާރުން މުދާގަންނަންލިބެނީ 19ރ ގެ އެކްސްޗޭންޖް ރޭޓުން، މުވައްޒިފުންނަށް މުސާރަދޭން މަޖުބޫރުވަނީ ރުފިޔާއިން. ނުއެނގިނަމަވެސް ތިޔަ މަރާލެވެނީ ރަންބިސް އަޅާކުކުޅު.
ސެންޓަރަލް ބޭންކް އުވާލާ
06 September 2025
ޑޮލަރުގެ ކަންކަން މިހާ ހިސާބަށް ދިޔައީމަ އެމްއެމްއޭ ފެއިލްވެއްޖެކަން ޔަގީން! ދެން މި ގައުމުގެ ފައިސާއަަކީ ޑޮލަރަށް ބަދލުކޮށްފަ އެމްއެމްއޭ އުވާލާ.
ކުދުބެއްޔާ
06 September 2025
އެމްޑަބްލިޔުއެސްސީއަށް ބޭނުންވާ ތެޔޮ ގަންނަނީ ބޭރުންތަ ނުވަތަ އެތެޔޮ ގަންނަނީ އެސްޓީއޯއިންތޯ؟؟؟؟
ބޮކި
06 September 2025
އަމާޒަށް ލާހޫރެނީ.....
މެލޭސިޔާ މުހައްމަދު
06 September 2025
މަތީން ދައްކާފަ އެހުރީ ރަގަޅު ވާހަހަކަ. އެސްއޯއީ އަކަށް ސަރުކާރުން ޑޮލަރެއް ނުވިއްކާ. ހުރިހަ އެސްއޯއީ އަކަށް ވެސް އޮޕަރޭޝަންއަށް ޑޮލަރު ބޭނުންވޭ. ހަމަ ޖެހެނީ ކަޅުބާޒާރުން ގަންނަށް. ކޮންމެ މީހަކަށް ވެސް އަގައޮތީމަ އެއްޗެކޭކިޔަނީ. އެސްއޯއީ އެއްގަ މަސައްކަތް ކުރީމަ އެގޭނީ ޑޮލަރުބޭނުންވާކަން. ދިވެހިފައިސާއިން ބޭރު ސަޕްލަޔަރަށް ފައިސާ ދެއްކެނީނަމަ ބޭނުންމެއްނުވާނެ.
ބެއްަޔާގެ ދަރި
07 September 2025
ދެން ގައިމު ބުނި މާރުކުރާ ޑޮލަކަރަކީ ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ބްލެކް މާކެޓުން ޑޮލަރު ގަންނަންޖެހޭތީ އެ ދަތި ފިލުވަން ގެނައި ހައްލެކޭ. ކޮބައިތަ އެ މާރުކުރާހާ ޑޮލަރެއް
ބޭޗާރާ
06 September 2025
ހައްޖު ކޯޕަރޭޝަން ހެން ޓުއަރިޒަމް ދާއިރާއަށް ވަންނަންއުޅޭ. ދެތިން ރިސޯޓްހުޅުވީމާ ތިކަން ހަމަޖެހޭނެ. ސަރުކާރު ކުންފުންޏަކަށްވީމާ ރަށްލިބޭކަށް ހުރަހެއްނޯންނާނެ.