މަހްލޫފް "މިހާރު"އާ ވާހަކަ ދައްކަވަނީ: ސިޔާސީ ހަރަކާތްތަކާ ދުރުގައި އުޅުއްވުމަށް ފަހު އޭނާ މިއަދު ވަނީ އެމްޑީޕީން ވަކިވެވަޑައިގެންފައި. -- ފޮޓޯ | މިހާރު
08 ސެޕްޓެމްބަރ 2025 - 21:25
އިދިކޮޅު އެމްޑީޕީން ވަކިވާން ޖެހުނު ސަބަބު އެނގެން ޖެހޭ މީހުންނަށް ސާފުވާނެ ކަމަށާއި އެކަމުގައި ޝަކުވާ ކުރަން ބޭނުން ނުވާ ކަމަށް ކުރީގެ ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް މިރޭ ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ ހަރަކާތްތަކާ ދުރުގައި ހުންނެވުމަށް ފަހު، މަހްލޫޕް މިއަދު ވަނީ އެމްޑީޕީން ވަކިވެވަޑައިގެންފަ އެވެ. މި ނިންމުމާ މެދު އެމްޑީޕީގެ ބައެއް މެމްބަރުންނާއި އާއްމުންގެ ބައެއް މީހުން އަންނަނީ ފާޑުކިޔަމުންނެވެ.
މަހްލޫފް ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެމްޑީޕީން ވަކިވުމަކީ އުނދަގޫ ނިންމުމެއް ކަމަށެވެ. އެކަމަކު، އެކަން ކުރަން ޖެހިވަޑައިގަތް ސަބަބު އެ ޕާޓީގެ ބައެއް ފަރާތްތަކަށް އެނގިވަޑައިގަންނަވާނެ ކަމަށް ވިދާޅުވި އެވެ.
އޭގެ ތަފްސީލެއް ނުދެއްވިޔަސް މަހްލޫފް އެމްޑީޕީގެ ހަރަކާތްތަކާ ފެއަށް ވަޑައިގަތީ އެންމެ ފަހުން ބޭއްވި މާލޭގެ މޭޔަރު ހޮވުމުގެ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާނެ ކަން އިއުލާންކުރެއްވުމަށް ފަހު އެވެ. އެކަމަކު ފަހުން އޭނާ ވާދަނުކުރައްވައި ފަހަތަށް ޖެހިވަޑައިގަތީ އެވެ.
އެމްޑީޕީން ވަކިވާން ނިންމެވި ނިންމެވުމާ މެދު އެ ޕާޓީގެ އެއްވެސް މެމްބަރެއްގެ ހިތްހަމަނުޖެހުމެއް އޮތް ނަމަ އެކަމަށް މައާފަށް އެދިވަޑައިގަންނަވާ ކަމަށާއި އަބަދުވެސް އެކުވެރިކަން އޮންނާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް މަހްލޫފް ވިދާޅުވި އެވެ.
"ސިޔާސީ ޕޯޑިއަމަކަށް ޓީވީއަކަށް އަރާ އަދި ސިޔާސީ މަސައްކަތެއްގައި އަމަލީގޮތުން ނޫޅޭތާ 2 އަހަރު ވީ އެވެ. މިއަދުގެ ނިންމުމާ އެކު މަރުހަބާ ވިދާޅުވި އެންމެހާ ބޭފުޅުންނަށް ޝުކުރު ދަންނަވަމެވެ. ނިންމުން ބަލައިނުގަނެވުނު ފަރާތްތަކުގެ އަރިހުން މާއާފަށް އެދެމެވެ،" މަހުލޫފްގެ ޕޯސްޓުގައިވެ އެވެ.
"އެކަމަކު ގިނައިން ފާޑުކިޔާފައި ހުރިތަން ފެންނަނީ އެމްޑީޕީގެ ސަރުކާރު ބަދަލުކުރަން އެންމެ މަސައްކަތްކުރި މީހުންނެވެ. އިއްޔެ ރަނގަޅުވި މީހުންނަށް މިއަދު، ގޯސްވެއްޖެ އެވެ. ވަކި ސިޔާސަތުތަކެއް ހިފައިގެން އެއް ގޮތެއްގައި ދެމިއޮތް އެންމެ ޕާޓީއެއް ވެސް ނެތެވެ. ދެގޮތެއްނުވެ އެއް ވިސްނުމެއްގައި ހުރި ލީޑަރެއް ނެތެވެ."
މަހްލޫފް ވިދާޅުވީ، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރާއްޖެއަށް ގެނެސްދެއްވި ތަރައްގީގެ ބައިވެރިއެއްގެ ގޮތުން ކެބިނެޓްގައި ގިނަ މަސައްކަތްތަކެއް ކުރެއްވުނީތީ އުފާކުރައްވާ ކަމަށެވެ.
އޭނާ އެމްޑީޕީއާ ގުޅިވަޑައިގަތީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޕީޕީއެމްއާ ހިޔާލު ތަފާތުވެ، އެ ޕާޓީއާ ފެޔަށް ޖެހުމަށް ފަހު އެވެ. އޭރު އޭނާ ހުންނެވީ ޕީޕީއެމްގެ ޓިކެޓްގައި މަޖިލިސް މެމްބަރެއްގެ ގޮތުގަ އެވެ.
ކުރީގެ ރައީސް މައުމޫން އަބްދުއްގައްޔޫމްގެ ޑީއާރުޕީން ސިޔާސީ މަސައްކަތް ފެއްޓެވި މަހުލޫފްގެ ސިޔާސީ ކުރިމަގާ ގުޅޭ ގޮތުން އަދި ވަކި އެއްޗެއް ހާމައެއް ނުކުރައްވަ އެވެ. އޭނާ މި ވަގުތު ބޮޑަށް މަސައްކަތް ކުރައްވަނީ ކުޅިވަރާ ގުޅުން ހުރި ކަންކަމުގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ބެބުރިބެ
10 September 2025
ހޫ ކެއަރސް ބްރޯ؟ކުޑް ބީ އަ ޑްރާމާ އެޕިސޯޑް ފޯ އިންވިޒިބަލް ޑީލްސް . ސަލާމް!
ނުއުމާން
09 September 2025
މަހުލޫފް އަކީ މަގާމެއްގެ ދަހިވެތި ކަމުގަ އުޅޭނެ ވަރުގެ މީހެއްނޫން ކަންނޭގެ. އޭނައެއީ ޕީޕީއެމް އެއޮށް ވަރުގަކޮށް އިރު އެ ޕާޓީ ދޫކޮށް އެ ވެރިކަން ވައްޓާލަން ނިކުމެ އުޅުނު މީހެއްް.
ކޮރަޕްޓޭ
10 September 2025
ޕީޕީއެމްދޫކޮށް ދިޔައީވެސް ފައިސާގެ ފަހަތުން. ކޮންމެ ވެރިކަމެއްގަވެސް އެދުވަނީ ތިޖޫރީގެ ފަހަތުން.
ދާއިރާމީހާ
09 September 2025
ކޮމެންޓުތައް ހުރީ ނެގެޓިވް 2 ކަމެއް ފާހަކގަ ކޮށްލާނަން. ސިޔާސީ ވެރިން ކަމަށް ކިޔާއުޅޭ ރ ނަޝީދު ( އެމްޑީޕީގަ އުޅުއްވި ބޭނުންވާހާ ކަމެއް އެގޮތަކަށް ނުވީމަ ޕާޓީ ދޫކޮށް / ޕާޓީއެއް ހެދި އެމްޑީޕީއާއި ޕާޓީ ވެރިންނަށް ހިތަށް އެރި އެއްޗެއް ގޮވި 2023 ގެ ވެރިކަން އެމްޑީޕީން ދުއްވާލުމަށް ކުރެވެން ހުރި ކަމެއް ކުރި މިހާރު އެހުންނެވީ އަނެއްކާވެސް އެމްޑީޕީގަ "ވިސްނާލަންޖެހޭ ކަންކަން" ރ.މ/ރޔ/ރވ/ރ ޑމ ވެސް ހަމަ ސޭމް އެކަން ގޯސްނުވެފަ މަހޭ އެކަން ކުރިީމަ ގޯސްވީ؟؟؟؟
ކުރުސީނު
09 September 2025
މަހުލޫފަކީ ރައްޓިއްސެކެވެ. ސިޔާސީ ކަންކަމުގައި ތަޖުރިބާހުންނާނެއެވެ. ތަފާތުމީހުނާއެކު އުޅެން އެނގޭނެއެވެ. މައުމޫނު ދުވަސްވަރު ޑީއާރުޕީގެ ވަރުގަދަ ލީޑަރެކެވެ. ޔާމީން ދުވަސްވަރު ޕީޕީއެމްއާއެކު ދެގޮތެއްނުވެ ސާބިތުކަންމަތީ ދެމިހުންނެވިއެވެ. އައިއެމްއެސްގެ ދުވަސްވަރު އެމްޑީޕީގެ އެއް ތަނބެވެ. މިހާރު ޑރ. މުއިއްޒުގެ ދުވަސްވަރު ޕީއެންސީއިން ފެނުމަކީ ޔަގީނާ ގާތަށް އެނގޭކަމެކެވެ. މިހުންނަނީ މީހުން ތަޖުރިބާ ލިބިގަންނަ ގޮތެވެ. ފިލާވަޅު ލިބިގަންނަންވީއެވެ.
ގުގުރި އައްބާސް
09 September 2025
ތި ހުރި މޭޔަރަކަށް ހޮވިފަ ހިތުން.
ޖުޒާމް
09 September 2025
ފަލްސަފަަާވެރިން ބުނެއުޅެެއެވެ. އެމިީހެއްގެ މުސްތަގްބަލާ ކުރިމަގު ބިނާ ކުރާނީ އެމީހަކު އަމްލައަށެވެ. އެހެންވީމާ މަހްލޫފްގެ ނިންމުމަށް އިހްތިރާމް ކުރުމަކީ އޮތްކަމެކެވެ. އެމްޑީޕީއަށް ބަދަލުވީވެސް، އެބޭނުމުގައެވެ. އެކަމަކު، ހުރަސްތައްގިނަވެ ގިރާނުކުުރެވޭނެ ކަން އިނގުނީމާ، ލޭނު ބަދަލުކޮށްލުމަކީ ހަމަ ރަނގަޅުގޮތެކެވެ.
ޒަވިޔަނި
09 September 2025
ރަނގަޅޭ. އެއްމެނައްވެސް އެގެޔޭ. ހުރިހާ ރައްޔިތުންނައްވެސް އެގޭ ޕާޓީން ވަކިވި ސަބަބު. ތިކަހަލަ ބޭފުޅުން އުޅުއްވާ ގޮތްކޮޅު އެގޭނެ ނޫންތޯ. މާދަމާ ނޫސްތަކުގެ ހެޑްލައިން ތަކުންފެންނަންފަށާނެ ސަބަބު. ފެންއޮތްތަނަކައް މަސްދުވާނީ.
ތަމަންނާ
09 September 2025
ތިޔައީ ސިޔާސީ މީހެކެވެ. އެހެންކަމުން ވޯޓްލާން ތިބި އެންމެންނަށްވެސް ވަކިވި ސަބަބު އެނގެންޖެހޭނެކަމަށް ފެނޭ
މަހޭބޭބެ
09 September 2025
ބަލަ މަހުލޫފު މުއިއްޒު އަށް ތާއީދު ކުރީމާ އޮތީ ކޮން މައްސަލައެއް؟ އަންނި ވެސް ހުރި މުއިއްޒު އަށް ތާއީދު ކޮށްގެން. ދެ ޕާޓީ ނުވަތަ ތިން ޕާޓީ އަށް ނުވަންނަ މީހަކު ނެތެއްނު.
ވޯލް
09 September 2025
ވޯޓު ހޯދަންވީމާ ޢާއްމު މެމްބަރުން މުހިންމުވޭ. ތިމާގެ މަންފާއަށް ކަމެއް ކުރަންވީމަ އެނގެންޖަހޭ ޕާޓީގެ ވެރިންނަށް އެކަނި. މި އުސޫލު ދޫކޮށްލަންޖަހޭ. އަބަދުވެސް އެންމެ މުހިންމުވާން ޖަހޭނޭ އާންމު މެމްބަރުން / ރައްޔިތުން. ޕާޓީ ތެރޭގައި ގޯސް އޮތިއްޔާ އެކަމަކީވެސް އާންމު މެމްބަރުންނަށް އެނގެންވާނެ ކަންކަން.