މަޖިލީހުން މީގެ ކުރިން ބޭއްވި ކޮމިޓީއެއްގައި އެޗްއާރުސީއެމްގެ މެމްބަރުންތަކެއް ވާހަކަ ދައްކަވަނީ.-- ފޮޓޯ: މަޖިލިސް
09 ސެޕްޓެމްބަރ 2025 - 17:25
ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރުސީއެމް)ގެ އިތުރު މެމްބަރެއްގެ ދައުރު ހަމަވާތީ އެ މަގާމަށް ކުރިމަތިލާން މިއަދު ހުޅުވާލައިފި އެވެ.
ރައީސް އޮފީހުން ކުރި އިއުލާނުގައި ބުނީ އެ ކޮމިޝަނަށް ކުރިމަތިލުމަށް މި މަހުގެ 22 ވަނަ ދުވަހާ ހަމައަށް މުއްދަތު ދީފައިވާ ކަމަށެވެ.
އެކަމުގެ ފޯމު ބަލައިގަންނަން ހަމަޖައްސާފައިވަނީ ރަސްމީ ދުވަސްތަކުގެ ހެނދުނު 8:30 އިން މެންދުރު 12:00 އަށެވެ. އެ ފޯމު ރައީސް އޮފީހުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެ އެވެ.
ފަސް މެމްބަރުން ތިއްބަވާ ކޮމިޝަނުން ދެން އެންމެ އަވަހަށް ހަމަވަނީ ރައީސަކަށް ހުންނެވި މަރިޔަމް މުނާ އެވެ. އޭނާގެ ދައުރު އަންނަ ނޮވެމްބަރު މަހު ހަމަވާނެ އެވެ.
އެޗްއާރުސީއެމުން މި ފަހުން ވެސް ދެ ބޭފުޅެއްގެ ދައުރު ހަމަވުމުން އިއްޔެ ވަނީ އިތުރު ދެ މެމްބަރަކު އައްޔަންކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy