10 ސެޕްޓެމްބަރ 2025 - 11:03
ސްރީ ލަންކާ ފުޓްބޯޅަ ފެޑެރޭޝަނުން އިންތިޒާމުކޮށްގެން އެ ގައުމުގައި ބޭއްވި ސައުތު އޭޝިއަން ސުޕަ ކަޕް ކާމިޔާބުކުރި ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމަށް މަރުހަބާ ކިޔަން މިއަދު ހަވީރު ގަލޮޅު ދަނޑުގައި ރަސްމިއްޔާތެއް ބާއްވަން ސްޕޯޓްސް މިނިސްޓްރީން ނިންމައިފި އެވެ.
ދެ މެޗުގެ އުސޫލުން ކުޅުނު ސުޕަ ކަޕް ރާއްޖޭން ކާމިޔާބުކުރީ ފަހު މެޗުގައި އިއްޔެ ކޮޅުނބުގެ ރޭސްކޯސް ގްރައުންޑުގައި ލަންކާއާ 1-1 އިން އެއްްވަރުވި ނަމަވެސް، ފުރަތަމަ މެޗުން 3-0 އިން މޮޅުވެފައިވާތީ ދެ ލެގުގެ އެގްރިގޭޓުން 4-1 އިން ކުރި ހޯދައިގެންނެވެ.
ގައުމީ ޓީމު އެނބުރި ރާއްޖެ އަންނާނީ މިއަދު މެންދުރުފަހު 2:25 ގައި ޖައްސާ ސްރީ ލަންކަން އެއާލައިންސް އިންނެވެ. އެގޮތުން ޓީމަށް އެންމެ ފުރަތަމަ މަރުހަބާ ކިޔުން އޮންނާނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ވީއައިޕީ ލައުންޖުންނެވެ. އޭގެ ފަހުން ޓީމު މާލެ އައުމުން، މަރުހަބާ ކިޔަން ގަލޮޅު ދަނޑުގައި ބާއްވާ ރަސްމިއްޔާތު ފަށާނީ 3:45 ގަ އެވެ.
ސުޕަ ކަޕަކީ ދެކުނު އޭޝިއާގެ ހަތަރު ގައުމެއްގެ މެދުގައި ބާއްވަން ލަންކާ އިން މަސައްކަތްކުރި މުބާރާތެކެވެ. އެކަމަކު ރާއްޖެ ފިޔަވައި އެހެން ގައުމަކުން ދައުވަތު ގަބޫލެއް ނުކުރުމުން، ލަންކާ އިން ނިންމީ ރާއްޖެއާ އެކު ދެ ލެގު އުސޫލުން މުބާރާތް ބާއްވާށެވެ.
ފީފާ ސްޓޭންޑަޑް މުބާރާތެއް ނޫން ނަމަވެސް، މި ކާމިޔާބަކީ، ވަޅުޖެހިފައިވާ ދިވެހި ފުޓްބޯޅަ އަލުން ނެގުމަށް އެފްއޭއެމުން ކުރަމުން އަންނަ މަސައްކަތުގައި ލިބުނު ހިތްވަރެއްގެ ގޮތުގައި ފާހަގަކޮށް ގިނަ ބަޔަކު އަންނަނީ އެކަން ފާހަގަކުރަމުންނެވެ.
ރާއްޖޭން ވަނީ މީގެ ކުރިން ދެކުނު އޭޝިއާގެ ޗެމްޕިއަންކަން ދެ ފަހަރު ހޯދައިފަ އެވެ. އެއީ 2008 އާއި 2018 ގަ އެވެ. މީގެ ތެރެއިން 2008 ގައި ޗެމްޕިއަންކަން ހޯދިއިރު ފޯވާޑަށް ކުޅުނު އަހުމަދު ތޯރިގް (ޓޮމް) އަކީ އެފްއޭއެމްގެ މިހާރުގެ ރައީސެވެ. އެ ޓީމުގައި ހިމެނުނު ގޯލްކީޕަރު އިމްރާން މުހައްމަދާއި، ޑިފެންޑަރު މުހައްމަދު އުމެއިރަކީ މިހާރުގެ އެކްސްކޯ މެމްބަރުންނެވެ. އޭރުގެ އެސިސްޓަންޓް ކޯޗު މުހައްމަދު ޝިޔާޒަކީ މިހާރުގެ ގައުމީ ޓީމުގެ ކޯޗެވެ.
ރާއްޖޭން 2018 ގައި މުބާރާތް ކާމިޔާބުކުރިއިރު ޓީމުގެ ޑޮކްޓަރެއްގެ ގޮތުގައި މަސައްކަތްކުރެއްވި އަބްދުﷲ ރާފިއު އަކީ މިހާރުގެ ސްޕޯޓްސް މިނިސްޓަރެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ގުލްލާރުއާދަނު
10 September 2025
ރާއްޖޭގެ ފުޓްބޯޅަ ވައްޓާލާފައިވާ ފުން އަނދިރި ވަޅުގަނޑުން ނަގައި ދުނިޔޭގެ އެންމެ އުހަށް ނަގައިދިން ޓީމަށް ޝުކިރިއްޔާ. ތި މުބާރާތަކީ ސައުތު އޭޝިއަން ސުޕަކަޕެއްނޫނ ތިއީ ވޯރލްޑް ސުޕަކަމް...ހަމަ ދުނިޔޭގެ ދެޓީމުކުޅުނީ.. ދެން ޓޯމުގެ ކޮންމެ ކުޅުންތެރިއަކަށް 4 މީހުންގެ ހައްޖު ދަތުރަކާ، ޓެސއލާ 3 ކާރާ، ހުޅުމާލެއިން 3 ގޯތި ދީފަ، ސްވިޒްލަންޑަށް އާއިލާ ވުއްޓީއަށް ސަރުކާރުބހަރަދު ފޮނުވާ....... މަމެން ތިބޭނެން އާފަލެއް ގަންނާނެ 15 ރުފިޔާ ނުލިބިގެން
އައްޗީޑި
10 September 2025
ކަމިޔާބީވެސް ފާހަގަ ކުރަންޖެހޭނެ، އިޓް ޑަޒް ނޮޓް މީން އެކާމިޔާބީގެ ލެވެލް އާއި ނުބައްދަލު ފެންވަރަށް އެކަން ކުރަން ޖެހޭނެއޭ.
ބަލާވެރިކަމަށް
10 September 2025
މައިކާލޯ. ތީބޮޑުވަރު. އެމީހުން އެއީ ފީފާ ރޭންކިންގައި 196 އަހަރުމެން 171. އެއީ އަހަރުމެންނަށްވުރެ ދައް ބައެކޭ، އެމީން އަތުން މޮޅުވިއޭ ކިޔާފައި އެކަމާ އެކަޝީގެން ނުވާވަރަށް ކާމިޔާބު ފާހަގަ ޖެހޭތަ. އޮން އެރައިވަލްގައި ސަލަން ކޮށްލީމާ ތިކަން ނިމުނީއޭ
ޑރ ވާންޗޯ
10 September 2025
ލަންކާއަތުން އެއްމެޗުންމޮޅުވެ އަނެއްމެޗުން އެއްވަރުވެގެން ހާދަވަރެއް ތިއަރުވާލަނީ؟.
ޖަފްނާއާ ކުޅެގެން އައިމަ
10 September 2025
ކުއްޖަކަށް 2 ލައްކަ ދޭންވީނު ތިޔަވަރުގެ ކަމެއްކޮށްގެން އައީމަ
އާދިލް
10 September 2025
އަބަދުވެސް ސުޕަ ކަޕަކީ އެއްޓީމާއި އެކު ކުޅޭ 2 މެޗް. ދެން ވަރަށް ބޮޑު ކާމިޔާބެއްތާ! ކީކޭ ބުނާނީ. މި ލެވެލުން ރާއްޖެ އަރައިގަންނަން ޖެހޭ. އޭޝިއާ ގަ ވެސް އެންމެ ދަށް ލެވެލްގަ ރާއްޖެ ފުޓްބޯޅަ.
އައަސަަފ
10 September 2025
ބުނަން އޮތް އެތި މާބޮޑީ. އެހެންވީމަ ދެން ނުބުނާނަން
އަހުމަދޭ
10 September 2025
ގައުމީޓީމު ލަދުނުގަންނަކަން ދޯ. ސުޕަ ކަޕް އޯ.
އޮނަރަބްލް އަފީފު ދީދީ
10 September 2025
ރާއްޖޭގެ ނަމުގައި FIFA އާއި AFC ގެ މެންބަރަކަށް ވެގެންތިބެ ދުނިޔޭގެ ފުޓްބޯޅަ ޖަމިއްޔާއިން "ދިވެހިރާއްޖެ" އަށް ދެކުން ގެންދާ ހުރިހާ ފައިސާ އާއި އެހީތަކާއި ކުޅުންތެރިންނާއި ކޯޗުން އަދި އޮފިޝަލުން ތަމްރީނު ކުރުމަށް ހިންގާ ޕްރޮޤްރާމް ތައް ފަދަ ހުރިހާ ކަމެއްގެ އިތުރުން ދައުލަތުގެ ކުޅިވަރު ބަޖޭޓާއި ދައުލަތުގެ ކުންފުނިތަކުގެ ސްޕޮންސަރ ފަދަ ހުރިހާ ވަސީލަތަކާއި ފައިސާ ކ.މާލޭގެ ކަންމަތީ ޤުރޫޕް ތަކާއި ގެންގަށް ޙަރަދު ކުރަމުން ކޮން ޤައުމީ ޓީމެކޭ ކިޔާކަށް!
އޮނަރަބްލް އަފީފު ދީދީ
10 September 2025
މާލޭސަރުކާރާއި FAM ގެ ތެރޭގައިއޮތް ޒަމާންވީ "ގަދީމީފިކުރާއި އުސޫލު ބަދަލުކޮށް" ރާއްޖޭގެ ހުރިހާސަރަޙައްދެއްގެ ޓީމްތަކަށް ހަމަހަމައުސޫލުން ފުރުސަތުދިނުމަށްޓަކާ ތިލަދުންމަތިން ފާދިއްޕޮޅަށް ނޯތުރީޖަން، ކ.އަތޮޅުން (މާލެހިމަނައި) ދާލަށް ސެންޓްރަލް، ކޮޅުމަޑުލުން އައްޑުއަށް ސަދާންރީޖަން ކަމުގައިކަޑައަޅާ ކޮންމެރީޖަނެއްގައި ރީޖަނަލް އެސޯސިއޭޝަން ހަދާފައި 3 ގައިގައި ހޯމްއަވޭ ކުޅެގެންނޫނީ އަހަރުމެން މާލޭގެ ފުޓްބޯޅަ ޙަރަކާތެއްގައި ބައިވެރިވާކަށް ބޭނުމެއްނޫން.