ކުރީގެ ފިނޭންސް މިނިސްޓަރު ޑރ.އަހުމަދު އިނާޒް ފޯރަމެެއްގައި ވާހަކަދައްކަވަނީ. ފައިލްފޮޓޯ/މިހާރު
10 ސެޕްޓެމްބަރ 2025 - 14:46
ރާއްޖޭގައި ފައިނޭންޝަލް އިންސްޓްޓިއުޓްތައް ރަނގަޅަށް ހިންގަން އޮތް އެންމެ ބޮޑު އެއް ގޮންޖެހުމަކީ ފުރިހަމައަށް ކޯޕަރޭޓް ސެކްޓާ ރަނގަޅަށް ފަހުމުވާ ހޭލުންތެރި ފަނޑިޔާރުގެއެއް ނެތުން ކަމަށް ޕެންޝަން އޮފީހުގެ ޗެއާމަން އަދި ކުރީގެ ފިނޭންސް މިނިސްޓަރު ޑރ.އަހުމަދު އިނާޒް މިއަދު ވިދާޅުވެއްޖެ އެވެ.
ޕެޝަން އޮފީހުން އިންތިޒާމްކޮށްގެން ބޭއްވި "ދަ މޯލްޑިވްސް ފައިނޭންސް ފޯރަމް 2025" ގައި ކުރި ސުވާލަކަށް ޖަވާބުދެއްވަމުން އިނާޒް ވިދާޅުވީ ފައިނޭންޝަލް އިންސްޓްޓިއުޓްތަކަށް ވުރެ ކުރިއަރާފައިވާ ނުވަތަ އެއް ހަމައެއްގައިވާ ތަނަކަށް ފަނޑިޔާރުގެ ވާން ޖެހޭ ކަމަށެވެ.
ފޯރަމްގައި މީހަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން އޭނާ ވިދާޅުވީ ކޯޕަރޭޓް ސެކްޓާ ރަނގަށް ފަހުމްވާ ފަނޑުޔާރުގެއެއް ނެތުން އެއީ ރާއްޖޭގައި އެޑްރެސްކުރަން ޖެހިފައިވާ މައްސަލައެއް ކަމަށެވެ. އެ ފޯރަމްގައި ކުރި ސުވާލުގައި އެހީ " ފައިނޭންޝަލް އިންސްޓްޓިއުޝަންތަކަށް ރާއްޖޭގައި މިހާރު ކުރިމަތިވާ މައިގަނޑު ރެގިއުލޭޓަރީ ގޮންޖެހުންތަކަކީ ކޮބައިތޯ" އާއި " މާލީ ބާޒާރު ފުޅާކުރުމަށްޓަކައި އެޑްރެސް ކުރަން ޖެހޭ ކަމަށް ދެކެވަޑައިގަންނަވަނީ ކޮންކޮން ކަންތައްތަކަށްތޯ" އެވެ.
"ކޯޕަރޭޓް ސެކްޓާ ރަނގަޅަށް ފަހުމްވާ، ވަރުގަދަ ވެލް އެޑިއުކޭޓެޑް ޖުޑީޝަރީއެއް [ނެތުން] އެއީ އަޅުގަނޑު ދެކޭ ގޮތުގައި އަޅުގަނޑުމެންނަށް ކުރިމަތިވާ މައިގަނޑު އެއް ގޮންޖެހުމަކީ. އަޅުގަނޑަށް ފެންނަ ގޮތުގައި ބާޒާރު ތަރައްގީވާ ވަރަކަށް ޖުޑީޝަރީ އަޅުގަނޑުމެންނަށް ވުރެ ކުރިއަރައިފައި އޮންނަން ޖެހޭނީ، ނުވަތަ އެންމެ ކުޑަމިނުން އަޅުގަނޑުމެންނާ ބައިވެރިވެގެން މަސައްކަތް ކުރަން ޖެހޭނީ،" އިނާޒް ވިދާޅުވި އެވެ.
ދެވަނަ ގޮންޖެހުމަކީ އޭނާ ވިދާޅުވި ގޮތުގައި މާލީ ބާޒާރުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ އުޅުން ހުންނަ ގޮތެވެ. އޭގެ ތެރޭގައި ސަރުކާރު ވެސް ހިމެނޭކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ ތަރައްގީގެ މަޝްރޫއުތަކަކީ އަންނާނެ ކަމަށް ލަފާކޮށް، އެ މަޝްރޫއުތަކަށް ރިއާޔަތްކޮށްގެން ފައިނޭންޝަލް އިންސްޓްޓިއުޓްތަކަށް ޕްލޭން ކުރެވޭ މަޝްރޫއުތަކަށް ވާން ޖެހޭ ކަމަށެވެ.
ފައިނޭންސް ފޯރަމަކީ މާލީ ދާއިރާގެ މައްސަލަތަކާ މެދު މަޝްވަރާކޮށް ހިޔާލު ބަދަލުކުރުމަށާއި އެ ދާއިރާގެ މާހިރުން ފަންނީ މައުލޫމާތު ހިއްސާކުރަން ޕެންޝަން އޮފީހުން ކޮންމެ އަހަރަކު ބާއްވާ ފޯރަމެކެވެ. މިއަދު ބޭއްވި ފޯރަމަކީ އެ ސިލްސިލާގެ 12 ވަނަ ފޯރަމެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ވުޒާރަތު
11 September 2025
ޕެންޝަން އޮފީހުން މިފޯރަމް އިންތިޒާމު ކުރުމުގެ ބޭނުމަކީ ކޮބާތޯ؟ ތި އޮފީހުގެ މޭންޑޭޓުގެ ތެރެއިން ތޯ މި ފޯރަމް މި ބޭއްވުނީ ؟
ޖަޒްބާތު
10 September 2025
ހެޑްލައިން ކިޔާފަ ކޮމެންޓު ކުރުން ހުއްޓާލުން ފެނޭ. އިނާޒް އެ ބުނެފައިވާ ވާހަކަ ނިކަން ރަނގަޅަށް ވިސްނާލުން ކިހިނެތްތޯ؟ ކޯޓުތަކުގައި ވިޔަފާރި އަދި އެނޫންވެސް މައްސަލަތައް ފުނިޖެހިފަ. ވިޔަފާރީގެ ކަންކަން ހުކުމްކުރާއިރު ފަނޑިޔާރުން ވިޔަފާރި އަދި އެނޫންވެސް ކަންކަން ރަނގަޅަށް ނޭގި ތިބިން ރަނގަޅުތޯ؟
ބައި
10 September 2025
ހަމަޖެހޭ އެއްޗެއް ކިޔާ އެކަކާވެސް ދިމާނުވޭ.
ުބުބިބި
10 September 2025
ޖުޑިޝަރީއެއް ނޫން މައްސަލައަކީ. ކޯޕަރޭޓް ސެކްޓަރ ރަނގަޅަށް ތަންފީޒީ ބާރަށް ފަހުމް ނުވުން މައްސަލައަކީ. ވެރިކަން ނިންމާފަ ދަމުން ސަރުކާރުގެ ތެރެއިން ވިޔަފާރިތަކުގެ އެހީގަ މުއްސަނދިވާން އުޅުން މައްސަލައަކީ. މޮޅެތި ވާހަކަ ދައްކާނެ. ވެރިކަން ގެއްލުމުގެ ބިރަށް ރަނގަޅު ފަނޑިޔާރެއް ހުރިއްޔާ ވަކިކުރަނީވެސް ކޯޕަރޭޓް ސެކްޓަރ ހަރުދަނާކުރަންދޯ. މޮޅޭ ދައްކާލާ ވާހަކަވެސް
އެޑްމުންޑޯ
10 September 2025
ހަމަ ހައިރާންވެ އަންތަރީސްވާ ކަންތައްތައް މިހުންނަނީ ، މިރާއްޖޭގައި ނާސިރުގެ 10 އަހަރާއި މައުމޫނުގެ 30 އަހަރާއި އެމްޑީޕީގެ 10 އަހަރާއި ޕީޕީއެމްގެ 5 އަހަރާއި މިދައުރުގެ 2 އަހަރާއި އެކު 57 އަހަރު ވެގެން ދިޔާއިރުގައިވެސް އަރާތިބެ މިކިޔަނީ ރަގަޅު ފަނޑިޔާރު ގެއެއްނެތޭ ، އިތުބާރުހިފޭ އޮޑިޓް އޮފީހެއްނެތޭ ، ކިޔާނެ ކަމެއްނެތް މިގައުމުގައި ރަގަޅަށްހުރި އެއްވެސް މުއައްސަސާއެއްނެތް ، ދެން ފާއިތުވި ބައިގަރުނުތެރޭ ކޮންކަމެއްކަމެއްބާ މިވެރިން މިކުރީ
ކޮސް
10 September 2025
މުޅި އުމުރު ސަރުކާރުގާ އުޅުމަށްފަހު ރިޓަޔާވާ ފަރާތްތްކަށް ގަނޑުކޮށް ލިބެންޖެހޭ ޕެންޝަން ފައިސާކޮޅު ހިފަހައްޓަނީ ކޮން ޤާނޫނަކުންތޯ !!
ވޮއިޑް
10 September 2025
"މާލީ ދާއިރާގެ މައްސަލަތަކާ މެދު މަޝްވަރާކޮށް ހިޔާލު ބަދަލުކުރުމަށާއި އެ ދާއިރާގެ މާހިރުން ފަންނީ މައުލޫމާތު ހިއްސާކުރަން" މިއީ ޕެންސަންގެ ގާނޫނުން ފެންޝަން އޮފީހަށް މަތިކޮށްފައިވާ މަސައްކަތެއްތޯއެވެ. ޕެންޝަން ސްކީމަށް ފައިސާ ޖަމާކުރާ މީހުންގެ ފައިސާއިން ހިންގުމުގެ މަސައްކަތަށް ނަގާ ފައިސާ ގާނޫނުގައި މަތިކޮށްފައި ނެތް ކަންކަން ހިންގައި ޚަރަދު ކުރެވިގެން ނުވާނެއެވެ.
މެންދުރު ފަސް
10 September 2025
ފުރަތަމަ ކޯޕްރޭޓް ސެކްޓަރ ރެގިޔުލޭޓްކުރާނެ އިންޓަރނަލް އަދި އެކްސްޓަރނަލް މެކޭނިޒަމެއް އެބަ އޮތް ތޯ. އޮތް ނަމަ ފަންކްޝަން ކުރޭތޯ. ޖުޑިޝަރީގެ ވާހަކަ ދައްކަން ވާނީ އޭގެ ފަހުން.
ލުބްލާ2025
10 September 2025
ވަރަށް ރަނގަޅު ވާހަކައެއް. ޖުޑީޝަރީގަ ގިނައިން ތިބެނީ ބޭނުންވާ ޑިގްރީއެއް އޮތަސް ސިކުނޑި ބޭނުންކުރަން ނޭނގޭ ފަނޑިޔާރުން.