10 ސެޕްޓެމްބަރ 2025 - 20:58
ކްލައިމެޓް ޖަސްޓިސް ފޯރަމްގައި ބައިވެރިވުމަށް މީގެ ތިން ހަފުތާ ކުރިން ނޭޕާލްގެ ދަތުރު ފެށިއިރު ނަފްހާ އާސިމް (ނަފް) އަށް ހާއްސަ އުފަލެއް ލިބުނެވެ. އެއީ، ސާކުގެ ގައުމުތަކަށް ލިބުނު ހަމައެކަނި ފުރުސަތުގައި ރާއްޖެ ތަމްސީލުކޮށް، މެރިން ބަޔޮލޮޖީގެ ކެރިއަރުގައި އޭނާ އަށް އާ ތަޖުރިބާއެއް ކުރެވުނު ފަހަރެކެވެ.
އެ ފޯރަމަށް ފަހު، ނަފް ދެން އޭނާގެ ވަގުތު ހުސްކޮށްލީ އެންމެ ބޭނުންވާ ކަންތައްތަކަށެވެ. ބޭރު ގައުމުތަކަށް ދަތުރުކޮށް، އެ ތަންތަން ސޯޝަލް މީޑިއާގައި ދިޔައީ ބްލޮގް ކުރަމުންނެވެ. ނޭޕާލްގެ މަންޒަރުތައް ސޯޝަލް މީޑިއާ އަށް ލަމުން ދިޔަ އެވެ.
ނަމަވެސް، ދަތުރު ނިމެން ކައިރިވިއިރު، އެ ގައުމުގެ މަސްރަހު މުޅިން ބަދަލުވެއްޖެ އެވެ.
ނޭޕާލްގައި ސޯޝަލް މީޑިއާ މަނާކުރުމާ އެކު، އުފެދުނު ހިތްހަމަނުޖެހުންތައް ބޮޑުވެ، އެ ގައުމުގައި ހުޅު ރޯކުރާ ހިސާބަށް ދިއުމުން ނަފް ވެސް އެންމެ ފަހުން ނޭޕާލްގައި ތާށިވީ އެވެ.
މިދިޔަ ހޯމަ ދުވަހުން ފެށިގެން ނޭޕާލްގައި މުޒާހަރާތައް ގޯސްވާން ފެށިއިރު، އޭނާ ހުރީ ކަތަމަންޑޫ ތެރޭގަ އެވެ. އަދި ހިމާލިޔާ ސަރަހައްދުގައި ހައިކިން ނިންމުމަށް ފަހު، މިދިޔަ ހޯމަ ދުވަހުގެ ރޭ ހޮޓަލަށް ދިޔައިރު ވެސް ހާލަތު އެހާ ގޯސްވެދާނެ ކަމުގެ އެއްވެސް މައުލޫމާތެއް ނުލިބެ އެވެ.
ނޭޕާލްގެ ކަތަމަންޑޫ އެއާޕޯޓުގައި އިއްޔެ ބަޔަކު މަޑުކޮށްލައިގެން.-
ނަފް "މިހާރު" އަށް ބުނީ އަނބުރާ ރާއްޖެ އައުމަށް އިންޑިގޯ ބޯޓުގައި ފުރަން އޮތީ އިއްޔެ މެންދުރު ފަހު 3:05 ގައި ކަމަށެވެ. ރާއްޖެ އަންނަން އޮތީ މުމްބާއި މަގުންނެވެ. އެކަމަކު، ޓްރެފިކް ބޮޑުވެ، އެއާޕޯޓަށް ނުދެވިދާނެ ކަމުގެ ބިރަށް ހެނދުނު 8:00 ހާއިރު ހޮޓަލުން ނައްޓާލި އެވެ.
"ހެނދުނު 9 ގައި މުޒާހަރާ ފަށާނެ ކަމަށް ބުނެފައި އޮތީމަ ހެނދުނު 8 ޖަހާއިރު އެއާޕޯޓަށް ދާން ނުކުމެއްޖައިން. އެކަމަކު، އޭރު ވެސް ޓެކްސީއާ އެއްޗެހި ނުލިބޭ. ޗެކިން ފަށަނީ 12 ޖަހާއިރު. އެއާޕޯޓަށް ދެވުން އިރު 9 ޖަހަނީ. ބާރަ ޖަހާއިރު ޗެކިން ކޮށްފައި ގޭޓާ ހަމައަށް ވެސް ވަރަށް ސްމޫތުލީ އާދެވުނު. އޭރު ވެސް ފްލައިޓުތައް ކުރިއަށް ދިޔަ،" ނަފް ކިޔައިދިނެވެ.
އޭނާ ބުނިގޮތުގައި، ރަންވޭ ވަށައި ހުޅުޖެހީ އެއާޕޯޓުގެ ތެރޭގައި ހުއްޓަ އެވެ. އެހެންވެ، ނޭޕާލްގެ ގަޑިން މެންދުރު 1:30 ހާއިރު ގޭޓުތައް ބަންދުކޮށް، ފަހަރަކު ފްލައިޓެއް ކެންސަލް ކުރަމުން، ނަފް ދާން އޮތް ފުރަން ފްލައިޓު ކެންސަލްވި ކަން އެންގީ ހަވީރު 3:30 ހާއިރެވެ.
"އޭރު ވެސް އެނގޭ ހުޅުޖަހަން ފެށީމަ މި ތަނުން ނުދެވޭނެ ކަން،" އެކަނި ގައުމުތަކަށް ދަތުރުކޮށް، ޑޮކިއުމަންޓުކުރާ ޒުވާނާ ބުންޏެވެ.
އެ ކަންކަން ހިނގިއިރު ނަފްއާ އެކު، އެއާޕޯޓުގައި އިތުރު ދިވެއްސަކު ވެސް ހުއްޓެވެ. އެކަމަކު، އޭނާ އަނބުރާ ދިޔައީ ކަތަމަންޑޫގައި ހުރި އަނބިމީހާ ކައިރިއަށެވެ. އެހެންވެ. އެހެންވެ، އެއާޕޯޓުގައި ހުރި ހަމައެކަނި ދިވެއްސަަށް ނަފް ވެ، މުޅިން އެކަނިވެރިވި އެވެ.
"ހޮޓަލުތަކުގައި ވެސް ހުޅުޖަހާކަން އެނގުމުން އެއާޕޯޓުގައި މަޑުކުރަން ނިންމީ. އިއްޔެ އިރުއޮއްސުނު ވަގުތުން ދިވެއްސަކަށް މި ހުރީ އަޅުގަނޑު އެކަނި،" ނަފް ބުންޏެވެ.
އޭނާ ބުނީ އެއާޕޯޓުން ކާ އެއްޗެހި ނުލިބޭ ކަމަށެވެ. އިއްޔެ އިން ފެށިގެން ކާ އެއްޗެހި ފޯރުކޮށްދެމުން އައީ، ނަފްްއެކޭ އެއްގޮތަށް އެއާޕޯޓުގައި ތާށިވެފައި ތިބި އިންޑިއާގެ ބައެކެވެ. އެ ތަނުގައި އިންޑިއާގައި 125 މީހުން އެބަތިއްބެވެ. ރަނގަޅު ކާ އެއްޗެއް ވެސް ލިބުނީ އެ ގައުމުގައި ހުންނަ އިންޑިއާގެ އެމްބަސީން ފޯރުކޮށްދިނުމުންނެވެ.
ނޭޕާލްގައި ރާއްޖޭގެ އެއްވެސް ރަސްމީ އިދާރާއެއް ނެތުމުން، ދިއްލީގައި ހުންނަ ރާއްޖޭގެ އެމްބަސީން އަންނަނީ ނަފްގެ ހާލު ބަލަމުންނެވެ. އަދި ޝެޑިއުލް ދަތުރުތައް ނުފެށިއްޖެ ނަމަ، އިންޑިއާ މީހުން ރެސްކިއު ކުރުމަށް ނޭޕާލަށް ދާ ރެސްކިއު ފްލައިޓުގައި ނަފް ވެސް އިންޑިއާ އަށް ގެންދެވޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށް، އެމްބަސީން މައުލޫމާތު ދީފައިވާ ކަމަށް އޭނާ ބުންޏެވެ.
އެއާޕޯޓުގައި ހޭދަކުރި 24 ގަޑިއިރުގެ ތެރެއިން އެންމެ ބިރުގަތް އެއް ވަގުތަކީ، ނަފް ބުނިގޮތުގައި، މުޒާހަރާގެ ބައިވެރިން އެއާޕޯޓު ތެރެއަށް ވަދެ ހަމަނުޖެހުން ހިންގަން ފެށުމެވެ. އެކި ގައުމުތަކަށް ދަތުރުކުރާ ޒުވާނާއަށް ދުވަހަކު ވެސް މި ފަދަ ކަމެއް ތަޖުރިބާއެއް ނުކުރެވެ އެވެ.
ނޭޕާލްގެ މި ތަޖުރިބާ މިއީ ނަފް އަށް މުޅިން އާ ކަމެކެވެ. އެތައް ގައުމަކަށް މިހާތަނަށް ގޮސްފައިވާއިރު މިހާރު އޭނާ ހުރީ ކޮންމެހެން ހަދާފައި ވެސް ނޭޕާލުން ބޭރު ވެވޭނެ ގޮތެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
މުސާރަނަގާގެންނިދާނީ
12 September 2025
"ނޭޕާލްގައި ރާއްޖޭގެ އެއްވެސް ރަސްމީ އިދާރާއެއް ނެތުމުން" ނޭޕާލުގަ ހުންނާނެ ސާކުގެ ދިވެހި ޑިރެކްޓަރުގެ އޮފީސް. އެއީ ރަސްމީ އިދާރާއެއް
ބޮޑުމުސާރަ
12 September 2025
ތިކިޔަނީ ހަމައެކަނި ނަންބޯޑެއްގެވާހަކަ.
ހޯން
11 September 2025
ހޮޅި ވާހަކަ
ދިވެހީން
11 September 2025
ދިވެއްސަކަށް ދެންވެސް އެހީއެއްވީ އިންޑިއާ ބަޔަކުދޯ އެކަމަކު ދިވެހިން ނުދަނޭ ތިވަރެއް
މުއްތު ކުމާރު
11 September 2025
އެ ބިރުވެރިކަން ފިލްމަކުން ގެނެސް ދެޭން ފެންނަނީ
އަޅި އަލީ
11 September 2025
ނޭޕާލު މީހެއް ވިއްޔާ ޓިކްޓޮކް ކުޅޭނެ! ދެން ޓީކްޓޮކް މަނާ ކުރީމާ ވާނީ ކިހިނެއްތ!
އެޑްމުންޑޯ
11 September 2025
ނޭޕާލުގެ ޒުވާނުން ތަކުރާރުކޮށް ސޯޝަލް މީޑިޔާގައި އެބަބުނަމުންދޭ ، ނޭޕާލުގެ ހަމަނުޖެހުމަކީ ސޯޝަލްމީޑިޔާ މަނާކުރުމުން ހިގާގެން އުޅޭކަމެއްކަމަށް ވަރަށް ގިނަ ގައުމުތަކުގެ ނޫސްތަކާއި ޓީވީ ޚަބަރުތަކުގައި ކިޔަމުންދާ ކަމަށް ، ނަމަވެސް އެއީ ރަގަޅުވާހަކއެއްނޫންކަމާއި މައްސަލައަކީ އެގައުމުގެ ކޮރޮޕްޝަނާއި ސިޔާސީ ގުންޑާއިން ގިނަވެ ގައުމު ސުންނާފަތިވަމުންދާ ދިއުންކަމަށް
ސަބުރީ
11 September 2025
އެމެރިކާނުން ރުޅިއައީ އިންޑިއާ ގެ ބޮޑުވަޒީރާ އެކު ޗައިނާއަށް ދިޔައިމަ. ދެން ގައުމުގެ ހާލަތު އޮތީ ކޮންމެ މީހަކުވެސް އެހެން ވެރިކަމެއް ބޭނުންވާކަހަލަ ގޮތަކަށް ކަމުން އެ ހާލަތުގެ އެޑްވާންޓޭޖު އެމެރިކާނުން ނެގީ. އެމެރިކާ ރުޅިއައިސްފިނަމަ ވެރިކަން ބަދަލުވާނެ މިކަހަލަ ކަމެއް ނެތް ގައުމުތަކުގަ. ރާއްޖެވެސް ހިމެނެނީ މި ކެޓެގަރީގަ.
ހަސީނާ ގޮތަބަޔެ
11 September 2025
ރާއްޖޭގައި މަޖިލިސް މީ އެންމެ ކޮރަޕްޓް މީހުން ތިބި އެއްދިމާ. އެއަށްފަހު ދައުލަތުގެ ކުންފުނިތައް. ދެން ނަގާބިލް ސިޔަސިންގެ ބޮޑު ފައުޖު. ސިޔާސީ އަދި ރައްޔިތުންގެ ކަންކަމާއި ހާވާލުވެ ދައުލަތުން ވައްކަން ކުރަން ބިރުގަންނަވަރު ފިލާވަޅު ނަގާދެން ފަށަންވީ ވަގުތު ޖެހިއްޖެ. މިފަސްއަހަރު ތެރޭގެ އޭގެ ބޮޑު ފިލާވަޅެއް ރޭވޭއެބަ. ސަލާމަތްވަނެ މީހުން މަދު.
2025
11 September 2025
މަންޖޭ އަދި ކުރިޔަށްއޮތީ ކަންތައްތައް..... ބޮއިހަލަކި
ބަދުރާ
11 September 2025
މީގަ ބިރުވެރިކަމަކަށް ފާހަގަ ކުރެވުނީ، ތައިލޭންޑް މެލޭޝިޔާ އެންބަސީގަ 200 ބޮޑުމުސާރަ ދީފަ މުވައްޒަފުން ލާފަ ތީބޭ އިރުވެސް ނޭޕާލްގައި ދިވެހި ކޮންސުލޭޓް ގަންޑެއްވެސް މި ސަރުކާރުން ލާފަ ނެތުުން.
މަބުނީ
11 September 2025
ނަސީބެއްނުން ނޭޕާލުގައި ކޮންސިއުލޭޓެއް ނެތްކަންވެސް.. އެހެންނޫން ނަމަ ތިޔަތަން ހުންނީ އެމީހުންގެ ވެރިންގެ ގަނޑުވަރުތަކާއި މަޖިލީސް އޮތް ފެންވަރުގައި.. ނޫންތޯ؟
ޔޫހާން
11 September 2025
ގައުމެއް ހަލާލުވާނެ ނަގާނީ މަދު ސިކުންތު ކޮލެއް