އުކުޅަހު ސްކޫލުގައި އޭ ލެވެލް ކިޔެވުމަށް ދަރިވަރުންތަކެއް މިއަދު ސްކޫލަށް ވަނުމުން މަރުހަބާ ކިޔަނީ.-- ފޮޓޯ: އުކުޅަހު ސްކޫލު
14 ސެޕްޓެމްބަރ 2025 - 09:46
މި އަހަރު އޯ ލެވެލް ނިންމި ދަރިވަރުންގެ ތެރެއިން 3،200 ދަރިވަރުންނާ އެކު އޭ ލެވެލްގެ ކިޔެވުން މިއަދު ފަށައިފި އެވެ.
ދައުލަތުގެ މީޑިއާ "ޕީއެސްއެމް"ގައި، މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވީ އެހެން އަހަރުތަކާ ހިލާފަށް މި އަހަރު އޭ ލެވެލްގައި ކިޔަވާ ކުދިންގެ އަދަދު އިތުރުވެފައިވާ ކަމަށެވެ.
ކޮންމެ އަހަރަކު 7،000އާ ގާތްކުރާ އަދަދަކަށް ދަރިވަރުން އޯލެވެލް ނިންމަ އެވެ. އެކަމަކު، އޭގެތެރެއިން އޭ ލެވެލް އަށް ކިޔަވަނީ ގާތްގަނޑަކަށް 2،000 ދަރިވަރުންނެވެ.
މި އަހަރު އެ އަދަދު 3،000 އިން މަތިވެފައިވާ ކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.
މިނިސްޓަރު ވަނީ އޭ ލެވެލް ފެށި ދަރިވަރުން ނަތީޖާ ނެރެން ގަދައަޅައި މަސައްކަތް ކުރަން ނަސޭހަތްތެރިވެވަޑައިގެންފަ އެވެ.
"މިއީ ދިރިއުޅުމަށް ތިޔަ ކުދިން ނެރުމަށްޓަކައި މަދަރުސީ ތައުލީމު ނިޒާމުގެ އެންމެ ފަހު މަރުހަލާ. ޔުނިވާސިޓީއަކަށް ދިޔަ ކަމުގައި ވިޔަސްމެ، ކުންފުންޏެއްގެ ވަޒީފާއަކަށް ދިޔަކަމުގައިވިޔަސްމެ، އަމިއްލަ މަސައްކަތެއް ކުރި ކަމުގައި ވިޔަސް ކުދިންނަށް ބޭނުންވާ ހުނަރާއި ގާބިލިއްޔަތު ތަކާއި އިލްމު، މި މަރުހަލާގެ ތައުލީމުން ލިބޭނެ،" އިސްމާއިލް ވިދާޅުވި އެވެ.
އޭ ލެވެލް ކިޔަވާ ދަރިވަރުންގެ އަދަދު އިތުރު ކުރުމަށް ސަރުކާރުން ވަނީ ގިނަ ކަންތައްތަކެއް މިހާރު ވެސް ކޮށްފަ އެވެ.
އޭގެތެރޭގައި މާލޭގައި ޒަމާންވަންދެން ހިންގި އޭ ލެވެލް ސްކޫލް، ސީއެޗްއެސްއީ އިމާރާތް އަލުން ހުޅުވައި ކިޔަވައި ދޭން ފެށުން ހިމެނެ އެވެ. ރާއްޖޭގައި އޭ ލެވެލް ކިޔެވުމުގެ ފުރުސަތު ވީހާވެސް ގިނަ ކުދިންނަށް ދޭން ގްރޭޑް 11، 12 އަށް ވައްދާ ކްރައިޓީރިއާ ދަށްކޮށް އުސޫލު ވެސް ވަނީ އިސްލާހުކޮށްފަ އެވެ.
ކުރިން ކިޔަވައިދޭ ސްކޫލްތަކުގެ އިތުރަށް، މި އަަހަރު އަލަށް 12 ސްކޫލެއްގައި ވެސް ވަނީ އޭ ލެވެލް އަށް ކިޔަވައިދޭން ފަށައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ވަންޗޫ
14 September 2025
ސްކޫލުތަކުގަ އޭލެވެލް ފެށުމަކުން ކަމަކުނުދާނެ! އޭލެވެލް އަށް ކިޔަވަދެވޭ ފެންވަރު ކޮލިޓީ ޓީޗާރުން ސްކޫލުތަކަށް ފޮނުވައިގެން ދަރިވަރުންނަށް ކިޔަވަދެވިގެން ދަރިވަރުންނަަަށް ރަނގަޅު ނަތީޖާއެއް ނެރެވޭނި. މީގެ ކުރީ ސަރުކުކާރުތަކުންވެސް ކަންކޮށްފަވަނީ އެހެން. އެހެން ނޫނީ ގިނަދަރިވަރުން ތަކަކަށް ވާވައްދާލާ އެކުދިންގެ އުމުރުން 2 އަހަރު އެއްވެސް ނަތީޖާއެއް ނުނެރެވި ގެއްލުވާލަން ތިއުޅެނީ!
ހަސަންފުޅުބެ
14 September 2025
އަދަދު މަތި. އެ ޝަރަފު އެބައޮތް. އެކަމަކު މަތީ ސާނަވީއަށް ކިޔަައި ދިނުމަށް އެކަށީގެންވާ ރަނގަޅު ޓީޗަރުންނެއް ނެތް. ގިނައިން ތިބީ ތަޖުރިބާއެއް ނެތް އާ ޓީޗަރުން. އަދި ބައެއް މާއްދާތަކަށް ޓީޗަރުން ހަމަ ވެސް ނުވޭ.
ސަންޑޭ
14 September 2025
ތިނުކުންނަ ހުރިހާ ކުދިން ކޮބާތޯ. ވަޒީފާގެ ބާޒާރަށް ނުކުންނަނީ ކިތައް ކުދިން ތޯ ؟
ތިމާވެށި
14 September 2025
ބިދޭސީ ކޭޝިއަރުން އެދަނީ ގައުމު ހުސް ކުރަމުންނެވެ. ހުރިހާ ފައިސާ އެއް ބޭންކް މެދުވެރި ނުކޮށް އެފޮނުވަނީ ގައުމަށެވެ. ހުރިހާ ތަނެއްގަ ބިދޭސީ ކޭޝިއަރުން ހުންނަ އިރު ސަރުކާރުން ނުބަލަ އެވެ. ސަރުކާރުން އެ ދަނީ ވ ބޮޑޫ ގޯހެކެވެ. ނުބަލަ އެވެ. ވަޒީފާ ދޭ މީހާ ވެސް އެހަދަނީ ގޯހެކެވެ.
ކޮރަލް
14 September 2025
ކޮންމެ އަހަރަކު 7،000އާ ގާތްކުރާ އަދަދަކަށް ދަރިވަރުން އޯލެވެލް ނިންމަ އެވެ. ވަޒީފާ ނެތް އެތައް ހާސް ޒުވާނުން އެބަ އުޅެ އެވެ. އެއްވެސް ފިހާރަ އަކު ، ހޮޓަލަކު ، ކެފޭ އަކު ، ރެސްޓޯރަންޓް އަކު ދިވެއްސަކު ނެތެވެ. ބޭކަރީ އަކުވެސް ދިވެއް ސެއް ނެތެވެ. 15 ހާސް ރ ގެ މުސާރަ ދިނަސް ފައިދާ ވާނެ އެވެ. 5 ހާސް ރުފިޔާ އަށް ބިދޭސީއަކުވެސް މަސައްކަތް ނުކުރާނެ އެވެ. ދިވެއްސަކު ނެތި ހުރިހާ ވިޔަފާރި ހިންގާ އިރު އަޅާވެސް ނުލަ އެވެ.
މުރަކަ
14 September 2025
މިހާރުގެ ޒުވާނުންގެ ތެރެއިން މަދު ބައެއް ނޫނީ ވެއިޓަރުކަން ކަހަލަ އަތުންފައިން ކުރަންޖެހޭ މަސައްކތް ކުރަން ބޭނުމެއް ނުވޭ. ބޮޑު މުސާރަ ދިނަސް ނުކުރާނެ. ބޭނުމީ އޮފީހެއްގަ ކޮމޕިއުޓަރެއް ކައިރީ މަސައްކަތް ކުރަން. މުސާރަ ކުޑަ ވިޔަސް އޯކޭ.
ކޮރަލް
14 September 2025
އަދިވެސް ރަނގަޅު ކުރެވޭނެ އެވެ. ރާއްޖެ އަކީ އެއްވެސް ބިދޭސީ އަކު ނެތި ސަތޭކަ ޕަސެންޓް ދިވެހީން މަސައްކަތް ކުރި ގައުމެކެވެ. މިހާރު ވެސް ވެމްކޯ މަސައްކަތު މީހުންނަށް އެއުޅެނީ ދިވެހީންނެވެ. ހުރިހާ ފިހާރަ އެއް ގަ ސޭޓުންނަށް އެއުޅެނީ ބިދޭސީންނެވެ. ހުރިހާ ފައިސާ އެ ފޮނުވަނީ ގައުމުން ބޭރަށެވެ. ސަރުކާރެއް އެބަ އޮތް ހެއްޔެވެ؟ ބިދޭސީންނަށް ކޭޝިއަރުންނަށް ނުހުރެވޭނެ އެވެ. އެއީ ގާނޫނީ ގޮތުން މަނާ ކަމެކެވެ. ދިވެއްސަކަށް ވެސް ބިދޭސީ އަކު ނުބެހެއްޓޭނެ އެވެ.
ބަބްސް
14 September 2025
ބްރިޖް ހަދައިގެން ޑިގްރީ ހަދާ ދައިވަރުން ވަރަށް ގިނަ. އެމީހުން ދެކޭގޮތުގައި އޭލެވެލް މުހިންމެއް ނޫން.