މޯލްޑިވިއަންގެ އޭޓީއާރު.-- ފޮޓޯ:ނިޝާން އަލީ/މިހާރު
14 ސެޕްޓެމްބަރ 2025 - 15:54
މޯލްޑިވިއަން އެއާލައިނުން މި ފަހުން ހުޅުވާލި ކެޑޭޓު ޕައިލެޓުންގެ ހަތަރު މަގާމަށް 100 އެއްހާ މީހުން ކުރިމަތިލާފައިވާ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް އިޔާސް މިއަދު ވިދާޅުވެއްޖެ އެވެ.
ގިނަ އަދަދެއްގެ ޒުވާނުން ޕައިލެޓުކަން ކިޔެވުމަށް ފަހު، ވަޒީފާ ނުލިބި ތިބި މި ދަނޑިވަޅުގައި ގައުމީ އެއާލައިންގެ އޭޓީއާރަށް ދެ ޕައިލެޓުން ހޯދަން މިދިޔަ ޖުލައި މަހު އަދި ސީޕްލޭނަށް ދެ ޕައިލެޓުން ހޯދަން މިދިޔަ މަހު އިއުލާންކުރި އެވެ.
އިޔާސް މިއަދު ވިދާޅުވީ ހަތަރު ކެޑޭޓު ޕައިލެޓުންގެ މަގާމަށް 100 އެއްހާ މީހުން ކުރިމަތިލި ކަމަށެވެ. އޭގެ ތެރޭގައި އެންމެ ގިނަ މީހުން ކުރިމަތިލާފައިވަނީ އޭޓީއާރަށެވެ.
ޕައިލެޓުންގެ އަދަދު ކުއްލިއަކަށް އިތުރުވީ، އެ ދާއިރާއިން ކިޔެވުމަށް ކުރީގެ ސަރުކާރުން ލޯނު ސްކީމުގެ ދަށުން 500 އެއްހާ ފުރުސަތު ދިނުމުންނެވެ. އެއާ އެކު، ކިޔެވުމަށް ފަހު ވަޒީފާ ނުލިބި ތިބި ޕައިލެޓުންގެ އަދަދު އެތައް ގުނައެއް އިތުރުވެގެން ދިޔަ އެވެ.
ޓްރާންސްޕޯޓު އެންޑް ސިވިލް އޭވިއޭޝަން މިނިސްޓްރީން މިދިޔަ އޭޕްރީލް މަހު ބޭއްވި ޕްރެސް ކޮންފަރެންސްގައި މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވީ އެ ދުވަސްވަރު ވެސް 200 އަށް ވުރެ ގިނަ ޕައިލެޓުން ވަޒީފާ ނުލިބި އެބަތިބި ކަމަށެވެ.
ރާއްޖޭގައި ކެޑޭޓް ޕައިލެޓުން ނަގަނީ ދެ ކުންފުންޏަކުންނެވެ. އެއީ ޓީއެމްއޭ އާއި މޯލްޑިވިއަން އެވެ.
އަމީން ވިދާޅުވި ގޮތުގައި އެ ދެ ކުންފުނި އެއްކޮށްލައިގެން ވެސް އަހަރަކު އުފެއްދެނީ 25 ވަޒީފާގެ ފުރުސަތެވެ.
އެހެންވެ، ސަރުކާރުގެ ޒިންމާއަކީ އެ އޮންނަ ފުރުސަތަކާ އެއްވަރަށް ސްކޮލާޝިޕް ދިނުން ކަމަށް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ދިއްދާ
16 September 2025
އަޖައިބު އަންތަރީސް.... ކުރިން ބުނީ ދިވެހި ޕައިލެޓުން ނުލިބެޔޭ! މިހާރު މިބުނަނީ ވަޒީފާއެއް ނެތޯ!! ތިއުޅޭ ބޭރު މީހުންތައް ފޮނުވާލަބަލަ. އެއަރ ޓެކްސީ ދުއްވަން ވެސް ގިނައިން އެއުޅެނީ ބޭރު މީހުންވިއްޔާ. އަނގަ އޮތިއްޔާ ކޮންމެއެއްޗެއްވެސް ކިޔަންވީ... އެހެންނޫނަސް މިދިޔަ ސަރުކާރުން ކިޔަވަން ފޮނުވި ކުދިން ކޮން އުޞޫލަކުން ވަޒީފާއަށް ކުރިމަތިލެވޭނީ އަދި ކޯސްވެސް ނުނިމޭނެ އެކުދިންގެ.
ހުއްޓުވާ
15 September 2025
އެކަމަކު ވަޒީފާ ދީފައި ބޭރުގެ އެތައް ޕައިލެޓުން މިގައުމުގައި އުބައުޅޭ. މިކަން ހުއްޓުވަންވެއްޖެ ނޫންތަ. ކުރިން ބުނީ ޕައިލެޓުން ނުލިބެޔޭ. ޕައިލެޓުން ލިބުނުއިރު ވަޒީފާއެއް ނެތް.
ދާލު
14 September 2025
މިދިޔަ ސަރުކާރުން ދިން ފުރުސަތަށް ކިޔަވައިގެން އަދި އައީ ވަރަށް މަދު ކުއްޖެއް،
ކޮރަލް
14 September 2025
އެއަރ ޓެކްސްސީ ގިނަ ކުރަން ވީ އެވެ. ފައިދާ ބޮޑު ވިޔަފާރި އެކެވެ. ނޫނީ ބަޔަކާ ގުޅިގެން ވެސް އެކަން ފުޅާ ކުރަން ވީ އެވެ.
ބުނާނެ ވާހަކައެއްނެތް.
14 September 2025
ސޯލިހު ހައްޔަރުކުރޭ.
އިހްސާސް
14 September 2025
ޓީއެމްއޭގަ ތިބި ބިދޭސީންތައް ނިކަން ބޭރުކޮށްބަލަ.
ދެރަވަރު
14 September 2025
ސަރުކާރެެއްގެ ލެވެލްގައި، ވަށައިގެން ހުރި ކަންކަމަށް ނުބަލައި، އެއްވެސް ޕްލޭނެއް ނެތި ކަންކަން ކުރުމަކީ މިރާއްޖޭގައި ވަރަށް ދެރަކޮށް ހިނގާ ކަމެއް. ރައްޔިތުންގެ ފައިސާއިން ކިޔަވަން ލޯނު ދޭންވާނީ ގައުމަށް އެންމެ ބޭނުންޖެހިފައިވާ ދާއިރާތަކަށް އިސްކަންދީގެން އެ ނިސްބަތުން. ތީގެ އެތައް ލޯނެއް އަނބުރާ ނުވެސް ދައްކާއިރު މީ ކޮންމެހެންވެސް ކުރަންޖެހޭ ކަމެއް. ސޯލިހުމެން ކަމަކަށް ކަމެއް ކުރީމާ މިހުރީ ވެފައިހުރި ދެރަވަރު.
އޭނަ
14 September 2025
ކޮންމެވެސް މީހަކުބުންޏޯ ކުންފުނިތަކުން ވަޒީފާ އަކައް އިއުލާނު ކުރާކައް މުޖެހޭނޭ.
2025
14 September 2025
މާނަކައަކީ ސަރުކާރުން ދެން ޕައިލެޓްކަން ކިޔަވާދިނުން ނިމުނީއޭ..... ބޮއިހަލަކި
ކުނިބުނި
14 September 2025
މިދިޔަ ސަރުކާރުންވެސް ސިޔާސި މަގުސަދެއް ހާސިލުކުރަން މިކަލަ ކަންތައްކޮށްގެން ނުވާނެދޯ. މީކިހާ ބޮޑު އިސްރާފެއް އެތަކެއް ކުދިންގެން ކެރިޔާ އެ ޚާރާބުވީ، ވަޒީފާއެއް ނުލިބި އެންމެ ފަހުން ކޮންމެވެސް އާދައިގެ ނުވެސް ގުޅޭކަމެއް ކުރަންޖެހޭނީ.
ބުނިކުނި
14 September 2025
އަދި އެބަ އާދޭ 300 އެއްހާ ކުދިން ޕައިލެޓް ކޯސް ނިންމާފަ. އޮފީސް އެޑްމިން ޖޫނިއަރ ލެވެލް އަށް ވަންނަން.