މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގެ ތެރެއިން: ކޮމިޓީގައި ވާހަކަ ދެއްކި ހުރިހާ މީޑިއާއަކުން ވަނީ ބިލާ ދެކޮޅު ކަން ހާމަކޮށްފައި - ފޮޓޯ: ނިޝާން އަލީ / މިހާރު
14 ސެޕްޓެމްބަރ 2025 - 18:58
ރައީސް އޮފީސް ކުރިމަތީގައި މިދިޔަ މެއި މަހު ހެދި "މީޑިއާ ފެންޑާ" ހުއްދަ ނުނަގައި ބޭނުންކުރާ ކަމަށް ބުނެ އެ ތަން މިއަދު އުވާލައިފި އެވެ.
މި އަހަރުގެ މޭ 29 ގައި ހުޅުވި "މީޑިއާ ފެންޑާ"އަކީ ރައީސް އޮފީހުގައި ހިނގާ ކަންކަމާއި އެ ސަރަހައްދުގައި ހިމެނޭ ސަރުކާރުގެ އޮފީސްތަކުގައި ހިނގާ ކަންކަމުގެ ޚަބަރާއި މައުލޫމާތު ހޯދައި މީޑިއާ ކަވަރޭޖް ހަދަން ނޫސްވެރިން ތިބުމަށް ހާއްސަ ކޮށްގެން ރައީސް އޮފީހުގެ ބައެއްގެ ގޮތުގައި ހެދި ތަނެކެވެ.
ރައީސް އޮފީހުން މިއަދު ބުނީ މީޑިއާ ފެންޑާ ބޭނުންކުރުމުގައި އަމަލުކުރަންވީ އުސޫލު ވާނީ އެ އޮފީހުގެ ވެބްސައިޓުގައި އާންމުކޮށްފައި ކަމަށާއި އެ އުސޫލުގެ ދަށުން ފެންޑާ ބޭނުންކުރަން ރާއްޖޭގެ މީޑިއާތަކުން ކަނޑައެޅި ނޫސްވެރިންނަށް އެތަން ބޭނުންކުރުމުގެ ރަސްމީ ހުއްދަ ދޫކޮށްފައިވާ ކަމަށެވެ.
އެކަމަކު، އެ ހުއްދަ ހޯދާފައި ނުވާ ބަޔަކު "ނޫސްވެރިންގެ ނަމުގައި" ވަދެ، އެ ތަން ބޭނުންކުރުމުގެ އުސޫލުތަކާ ހިލާފު އަމަލުތައް ތަކުރާރުކޮށް ހިންގަމުން ގެންދިއުމުގެ ސަބަބުން އެ ތަނުގައި ތިބެ ޚަބަރާއި މައުލޫމާތު ހޯދުމުގެ މަސައްކަތް އެއްގޮތަކަށް ވެސް ނުކުރެވޭނެ ކަމުގެ ޝަކުވާތައް ހުއްދަ ނަގާފައިވާ ނޫސްވެރިން ކޮށްފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެެވެ.
އެ އޮފީހުން ބުނީ ގްރީންޒޯނުގައި ހުންނަ އެ ތަނުގެ އާންމު މަސްލަހަތު ގެއްލޭ، އަދި އާންމު އިޖުތިމާއީ މިންގަނޑުތަކާ ހިލާފު އަމަލުތައް ތަކުރާރުކޮށް ކުރަމުންދިއުމުގެ ސަބަބުން އެ ސަރަހައްދުގައި ހުންނަ އޮފީސްތަކަށް ހިދުމަތް ހޯދަންދާ މީހުންނަށް ދަތިވާ ކަމަށެވެ.
ގްރީން ޒޯންގެ ނިޒާމު ގެއްލޭ ގޮތަށް އަމަލުކުރަމުން ދިއުމަކީ މީޑިއާ ފެންޑާ ބޭނުންކުރުމަށް ކަނޑައަޅާފައިވާ އުސޫލާ ހިލާފު ކަމެއް ކަމަށް ވެސް ބުންޏެވެ.
"ހުއްދަ ނުނަގާ ބަޔަކު މީޑިއާ ފެންޑާއަށް ވަދެ، އެ ތަނުގައި ޚަބަރާއި މައުލޫމާތު ހޯދުމުގެ މަސައްކަތް ކުރަން ހުރަސް އަޅައި، ގްރީންޒޯންގެ ނިޒާމު ގެއްލޭ ގޮތަށް އަމަލުކުރަމުން ދިއުމަކީ މީޑިއާ ފެންޑާ ބޭނުންކުރުމަށް ކަނޑައަޅައި އާއްމުކޮށްފައިވާ އުސޫލުގެ ބައެއް މާއްދާތަކާ ހިލާފު ގާނޫނީ ކުށެކެވެ،" ރައީސް އޮފީހުން ބުންޏެވެ.
އެ އޮފީހުން ބުނީ އެ ތަން އުފެއްދި ބޭނުމާ އެއްގޮތަށް ފާއިތުވި ތިން މަހު ބޭނުން ނުކުރާތީ އެ ތަން އުވާލީ ކަމަށެވެ. އަދި އެ ސަރަހައްދުގައި ހިނގާ ކަންކަމުގެ ޚަބަރާއި މައުލޫމާތު ކަވަރު ކުރުމުގެ އިންތިޒާމު އެކަމަށް ބޭނުންވާ ނޫސްވެރިންނަށް އެހެން ގޮތަކަށް ހަމަޖައްސާނެ ކަމަށް ވެސް އެ އޮފީހުން ބުންޏެވެ.
ނޫސްވެރިން ކަމަށް ބުނެ ބަޔަކު މީޑިއާ ފެންޑާ ބޭނުންކުރާތީ އެތަން އުވާލަން ރައީސް އޮފީހުން ނިންމިއިރު، ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މީޑިއާ ބިލާ ގުޅިގެން ނޫސްވެރިން ވަނީ މީޑިއާ ފެންޑާ ހިމެނޭ ސަރަހައްދުގައި މި ފަހުން އިހުތިޖާޖު ކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
މަސް ފެންޑާ
15 September 2025
ތިކަހަލަ އެތައް ފެންގަނޑެއް ހަދާފަ ބޭކާރުތަނެކޭ ކިޔާފަ އުވާލަނީ ކޮންމެފަހަރަކުވެސް
ފިރާޝް ޖައުފަރު
15 September 2025
ހަމަ ރަނގަޅު ނިންމުމެއް ތީ
އިލްޔާސްް
15 September 2025
ތިތަން ހެދިޔަސް ނޫސްވެރިން ތިބެނީ ރައީސް އޮފީސް ގޭޓް ކުރިމަތީ މުޒާހަރާކުރަން.
raajje
15 September 2025
މީދޮގެއް ތެދެއްނަމަ ސެކިއުރިޓީބަލަހައްޓައިގެން ނުގަވައިދުން ފެންޑާ ބޭނުންކުރާބަޔަކު ބަންދުވެސްކުރެވޭނެދޯ! ކޮންފުލިކުޓެއްއުފެދޭއިރަށް ސަރުކާރުން ރުންކުރުކޮށް ކަންކަންކުރުމަކީ ކޮށްގެންވާނެކަމެއްނޫން "ފެންޑާދިނީ ފެންޑާ އުވާލީ" ކޯއްޗެއްމިހަދަނީ؟ ބުންޏޭބުންޏޭކިޔާފަ ސޭކު ކަންކަންކުރުން ސަރުކާރުންހުއްޓާލަންޖެހޭދޯ، ދޮންފަނުގެ ބިން "ނުހިއްކަން" ރައްޔިތުންއެދުނީކަމަށްބުނާ ވާހަކަވެސް އަޅުގަނޑުގެ ކޮމަންސެންސް ގަބޫލެއްނުކުރޭ!
raajje
15 September 2025
ސަރުކާރުގެ މިއަމަލުން އިތުރަށް އަޅުގަނޑަށްދޭހަވީ "ނޫސްވެރިންދެކެ ސަރުކާރުން ވަރަށްރުޅިއަންނަކަން" އެވެދާނެ އިދިކޮޅުސިޔާސީފިކުރުގެމީހުން ނޫސްވެރިންގެތެރޭގައިވެސް އުޅޭތީކަމަށް، ސަރުކާރެއްގެނިސްބަތުން ކުރާކަންކަމުގައި އިދިކޮޅެއް އެއްކޮޅެއްނުބަލާ ކުރުމުގެގާބިލުކަންނެތްނަމަ އެއީ ކުފޫހަމަނުވާކަމުގެ އަލާމާތެއްދޯ! ނޫސްވެރިން ޒިންމާދާރުކުރުވުމަށް ކުރަންޖެހޭކަމަކީ އެމީހުނަށްދަތިކޮށްފިއްތުމެއްނޫން، ރަނގަޅު ތަމްރީނާޓުރޭނިންގދިނުން "އެގުޒާމެއްވެސްދެވިދާނެ"
ތަމްހީދު ގާސިމް
14 September 2025
ބާކީ ކުރަނީއޭ ބުނި ނޫސްވެރިންނަށް ދިން ފެންޑާގައި ޑަބިޔާ ޖަހާ ނިދާ ހަދާކަށް ބަހައްޓައިގެން ކަމަކު ނުދާނެ
ފަހުދިއްޔާ
14 September 2025
މިއީ އެއްވެސް ހާލަތެއްގަ ނޫސްވެރިން ކެފޭތަކަށް ކޮފީބޯ އުސޫލަށް އުޅެން ހެދި ފެންޑާއެއް ނޫން. ކޮންމެވެސް ކަހަލަ ގޮތެއް ފޮތެއް ހުންނަން ވާނެ
މްހްޒޫމް
14 September 2025
މީޑިއާ ފެންޑާ ހެދީ ރައީސް އޮފީސް ކުރިމަތީ އަޑުގަދަކުރާކަށް ނޫން
ޒިޔާދާ
14 September 2025
މީޑިއާ ފެންޑާ ހެދީ ނޫސްވެރިން ހިތު ހުރިހާ ގޮތަކަށް ބޭނުންކުރާކަށް ނޫން. މިއީ ކަލޭމެންގޭ ކަންމަތީ ފެންޑާއެއް ނޫން
ގޮތްދައްކަން ހެދިތަނެއް
14 September 2025
ސަރުކާރު މީޑިއާ ނޫން މީޑިއާތަށް އުވާލަންވީނުން. އާޚިރުގަ ބޭޏުންވެގެން ތިއުޅެނީ އެކަން ކުރަން. އުޞޫލާ ޚިލާފަށް ބަޔަކު ތަނެއް ބޭނުންކުރާތީ އެތަން ނައްތާލުމުގެ ބަދަލުގަ އުޞޫލާ ޚިލާފަށް ކަންކުރާމީހުންނާމެދު ފިޔަވަޅުއަޅަންޖެހޭނީ. ޤާނޫނާ މީހުން ޚިލާފުވާތީވެ ޤާނޫނުތަ އުވާލަންޖެހޭނީ ތި ވިސްނުމުގަ. ރަސްމީ ފާލަން ބަޔަކު ނަހަމަ ގޮތުގަ ބޭނުންކުރުމުން ފާލަން ރޫޅާލާނަންދޯ. މިހާރު ތި ހާމަވީ، އެތަން ހެދުމުގައި މަޤްޞަދެއް އަދި އިޚްލާޞްތެރިކަމެއް ނެތްކަން.
މަތަރެސްމާ
15 September 2025
އިޚުލާސްތެރިކަން ނެތީ ނޫސްވެރިންނޭ ކިޔައިގެން އުޅޭ ބައެއް މީސްމީހުންގެ. ސިޔާސީ ވަކި ޕާޓީއެއް އަޑީގަ އޮވެގެން ބައެއް ނޫސްވެރިންގެ ބޮލަށްވަދެގެން ގަޑުބަޑު އުފައްދާ ހަމަޖެހުން ނަގާލަންޏާ އެކަން ކުރުން މާ ކސްވެސް ވެއްޖެ މިހާރު. ގްރީން ޒޯނުގަ މުޒާހަރާކޮށް އަޑުގަދަކޮށް ނުހެދޭނެ. ރައީސުލްޖުމްހޫރިއްޔާގެ ފަހަތުން .. ހަޅޭލަވަމުން ދުވަންފެށިމަ އެ ވަރަށްބޮދަށް ގޯސްވީ. މިނިވަންކަމުގެ ހުދޫދުން މީޑިއާ ބޭރުވީމަ އެތެރެއަށް ވައްދަން ޖެހޭ.
އުދުހޭ
14 September 2025
އެއީ ހުއްދަ ހޯދަންޖެހޭ ވަރުގެ ތަނެއްތޯ؟ ތިޔަތަނަށް ހުއްދަ ހޯދަންޖެހެންޏާ ސަގަރޭޕާކުގަ ހުންނަ ގޮނޑިތަކުގަ އިށީންނަންވެސް ހުއްދަ ހޯދަންޖެހޭގޮތަށް ހަދާ!!!
ޢައްބާސްބެ
15 September 2025
ސިފައިންގެ ތެރެއަށް ވަންނަންވެސް ހުއްދަ ހޯދާކަށް ނުޖެހޭނެ. ހަމަ ދާގޮތަށް ހަޅޭފަޅޭޖަހަމުން ވަދެވެން ޖެހޭނެ. ތި ގެންގުޅެނީ އެފްރިކާ ޖަންގަލީގަ އުޅޭ ޓްރައިބް ތަކުގަ އޮންނަ އުޞޫލު. މީ ދިވެހިރާއްޖެ.
ހާނިމް ދީދ
15 September 2025
ހަމަ އެކަނި ތިބެނީތޯ، ނޫސްވެރިންނަށް ހަމަ ހުރެފައި މީހުންގެ އަބުރާ ނުބެހެވޭނެ، އަހަރެންމީ ސިޔާސީ މީހެއްނޫން އެކަމަކު އަހަރެންވެސް ތަހައްމަލުކުރައްންޖެހޭ ތިޔަ ނޫސްވެރިން އަހަރެންގެ އާއިލާއާއި ބެހޭ ގޮތުން ސާބިތުނުހިފޭ އަދި ސަރިއަތްވެސް ނުނިމޭ ކަންކަން ރިޕޯޓް ރިޕޯޓްގައި ގެންނާތީވެ،