ސިވިލް ސާވިސް ކޮމިޝަނުން މީގެ ކުރިން ބޭއްވި ބައްދަލުވުމެއްގައި މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ސިވިލް ސާވިސް ކޮމިޝަން
15 ސެޕްޓެމްބަރ 2025 - 12:55
ސިވިލް ސާވިސް މުވައްޒަފުންނަށް މޫނު ބުރުގާ އަޅައިގެން މަސައްކަތް ކުރެވޭ ގޮތަށް ރަސްމީކޮށް، ހަމަޖައްސައި، ގަވާއިދު ބަދަލުކޮށްފި އެވެ.
ސިވިލް ގަވާއިދު ކުރިން އޮންނަ ގޮތުން، މުވައްޒަފުން ހިދުމަތް ދޭއިރު ކޮންމެހެން ވެސް ތިބެން ޖެހެނީ ކާކުކަން އެނގޭ ގޮތަށެވެ. ނަމަވެސް އޭރު، މޫނު ބުރުގާ އަޅާ މުވައްޒަފުންގެ ފަރާތުން ޝަކުވާތައް ލިބެން ފެށުމުން ސިވިލް ސާވިސް ކޮމިޝަނުން ވަނީ އެފަދަ މުވައްޒަފުން ޓެގެއް ބޭނުންކުރުމަށް އަންގައިފަ އެވެ. އެކަމަކު، ގަވާއިދަކަށް އޭރު އެއްވެސް ބަދަލެއް ނުގެނެ އެވެ.
ސިވިލް ސާވިސްގެ ގަވާއިދަށް، ކޮމިޝަނުން އިއްޔެ ގެނައި ބަދަލުގައިވަނީ މުވައްޒަފަކީ ކާކުކަން އެނގެންޖެހޭ ފަދަ ހިދުމަތެއް ދޭނަމަ، އެ މުވައްޒަފުގެ ނަމާއި މަގާމް އެނގޭނެ ފަދަ ކާޑެއް ނުވަތަ ޓެގެއް ބޭނުންކުރަން ޖެހޭނެ ކަމަށެވެ.
އެ ބަދަލާ ގުޅިގެން ސިވިލް ސާވިސް ކޮމިޝަންގެ ކައުންސެލް ޖެނެރަލް އިބްރާހިމް ރަޝީދު "މިހާރު"އަށް މިއަދު ވިދާޅުވީ ގަވާއިދު ކުރިން އޮންނަ ގޮތުން މޫނު ބުރުގާ އަޅައިގެން މަސައްކަތްކުރުމަށް ހުރަސްތަކެއް ހުރި ކަމަށެވެ. ނަމަވެސް އަލަށް ގެނައި އިސްލާހުތަކާއެކު އެ ހުރަސްތައް ނައްތާލީ ކަމަށް އޭނާ ވިދާޅުވި އެވެ.
ސިވިލް ސާވިސް ގަވާއިދު ކުރިން އޮންނަ ގޮތުން ސިވިލް ސާވިސްގެ ކޮންމެ ހިދުމަތަކީ ވެސް ޒިންމާދާރުކަމާއެކު ދޭންޖެހޭ އަދި ޖަވާބުދާރީ ވާންޖެހޭ މަސައްކަތަކަށް ވާތީ، ހިދުމަތް ލިބިގަންނަ މީހުންނާއި މުއާމަލާތްކުރާ މީހުންނަށް، އެ ހިދުމަތްދޭ މީހަކު ފާހަގަކޮށް އެނގެން ޖެހެ އެވެ. އެހެންވެ، ސިވިލް ސާވިސްގެ މުވައްޒަފުން މަސައްކަތު ގަޑީގައި ހެދުން އަޅާފައި ހުންނަން ޖެހޭނީ ކާކުކަން ރަނގަޅަށް އެނގޭ ފަދަ ގޮތެއްގައި ކަމަށް، އެ ގަވާއިދުގައިވެ އެވެ.
ކާކުކަން އެނގެންޖެހޭ ފަދަ ހިދުމަތްތައް ދޭ މުވައްޒަފުންގެ ތެރޭގައި ރިސެޕްޝަނިސްޓުން ފަދަ ފްރޮންޓުލައިންގައި މަސައްކަތްކުރާ މުވައްޒަފުން ހިމެނެ އެވެ.
"ކުރިން ވެސް އިންނާނީ ލުއިކޮށްލާފައި، އެކަމަކު، މިހާރު ވަރަށް ބޮޑަށް ސާފުކޮށްދިނީ މޫނު ބުރުގާ އަޅައިގެން ކޮންމެ ހިދުމަތެއް ވެސް ދެވިދާނެކަން،" އިބްރާހިމް ރަޝީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މޫނު ބުރުގާ އަޅާ މުވައްޒަފުންނަށް ހުރަސްތަކެއް އޮތް ކަމަށް ގަބޫލު ކުރެވޭތީ، ގާބިލް މުވައްޒަފުން ވެސް ވަޒީފާތަކަށް ކުރިމަތިނުލާ ކަމަށެވެ.
"މިހާރު އޮތް ގޮތުން މޫނު ބުރުގާ އަޅާ މުވައްޒަފަކަށް ރައްޔިތުންނަށް ހިދުމަތް ދޭކަށް ދައްޗެއް ނުވާނެ." އޭނާ ވިދާޅުވި އެވެ.
ސިވިލް ސާވިސްގެ ގަވާއިދަށް އެ ބަދަލު ގެނައިއިރު، ޝަރުއީ ދާއިރާގެ މުވައްޒަފުންނަށް ވެސް މޫނު ބުރުގާ އަޅައިގެން ހިދުމަތް ދެވޭ ގޮތަށް ދާދިފަހުން ވަނީ ބަދަލު ގެނެސްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
މަގޭ ހިޔާލު
17 September 2025
ޢިންޓަރވިއު ކުރުން މުހިންމުވަނީ މިސަބަބަށް. ޢައިޑީކާޑުގައިވެސް އިންނަނީ މޫނު މާކަރުން ކުލަޖައްސާފަ. މީހަމަ ސީރިއަސް ވާހަކައެއް
ހުސައިން
16 September 2025
ރަނގަޅު ކަމެއް. އަދި އެއަށްވުރެ މުހިއްމު ކަމެއް މިހަރު ފާސްކޮށްފައިވާ އަންހެނުންގެ ހެދުން އިސްލާޙް ކުރުން ނުވަތަ ބާތިލް ކޮށްފައި އިސްލާމީ ޙިޖާބް އެއީ މިންގަނޑެއް ކަމަށް ބެލުން. ދިގުހެދުންލާފައި ބޮލުގައި ފޮތިކޮޅެއް އެޅުމަކީ ރަނގަޅަށް ފަރުދާވާ ކަމެއްނޫން.
އާލިފް މުހައްމަދު
16 September 2025
އަލްހަމްދުލިﷲ. ހާދު އުފާވެރި ހަބަރެކޭ މިއީ. ޝުކުރަން ސަރުކާރު
ޢުފާ
15 September 2025
ކަސްޓަމްސް، އިމިގްރޭޝަން ތަންތާ ކިހިނެއްބާ އޮތީ
މޫނުބުރުގާ
15 September 2025
މޫނު ބުރުގާ އެޅުމަކީ ދީނީ ކަމެއްނޫން އިނގޭތޯ
ޏާއްކޮ
16 September 2025
އެހެންތޯ؟ ޝައިހު ގޫގުލު އަރިހުން ދަރިވަރުވެފަ ދެއްތޯ
ޒަމާނާ ވިސްނުމާ ދާނީ ބަދަލުވަމުން
15 September 2025
ކޮބާ ކިހިނެއްމިވީ. އެއީ ގެއިންވެސް ނުނިކުމެވޭ އަދި އޮފީސްއޮފީހުގަ މަސައްކަތް ކުރުން ހުއްދަ ނޫންކަމަށް ބުނާބައެއް ނޫންތަ. އަފްޤާނިސްތާނުގަވެސް އެއްވެސް އަންހެނަކަށް ވަޒީފާ އަދާ ނުކުރެވޭ. މި ހެޔޮ ބަދަލު ބަލައިގަނެ އެ ކަނބަލުންނަށްވެސް އެ މީހުންގެ ފިރިން މި ފުރުޞަތު ދެއްވާ
ކަތުންނޭ
15 September 2025
މޫނުބުރުގާ އަޅާ އަންހެނުން ވަޒީފާއަށް ނުދަނީ ހަމައެކަނި ފިރިން އެމީހުން ވަޒީފާއަށް ނުފޮނުވާތީކީނޫން. މުޖުތަމައު އެމީހުންނާ ދޭތެރޭ ދެކޭގޮތްވެސް ތަފާތު. ހަމަމިއާއެކު ބައެއް ފިރިންނާ ބައެއް އަންހެނުން ދެކޭގޮތްވެސް ތަފާތު. މޫނުބުރުގާ އަޅާ އަންހެނުން ވަޒީފާ އަދާކުރުމަކީ އެއްވެސް މައްސަލައެއް ނޫން. ދީން މަނާކުރާ ކަމެއްވެސް ނޫން. އެކަމަކު ފިރިމީހާގެ ރުހުން ނެތިއްޔާ މޫނުބުރުގާ އެޅިޔަސް ނޭޅިޔަސް ވަޒީފާ ވިޔަސް އެހެން ތަނަކަށް ދިއުން ވިޔަސް ހުއްދައެއްނޫން.
އާނަ
15 September 2025
ާވ. ރަނގަޅު ނިންމުމެއް
ވިލްދާން މުހައްމަދު
15 September 2025
ވަރަށް ބޮޑަށް ޝުކުރިއްޔާ! ނިޤާބު އަޅުއްވާ ކަނބަލުންނަށް ވަރަށް އުފާވެރި ދުވަހެއް. މާތްﷲ މަނިކުފާނުގެ މަސައްކަތުގައި ބަރަކާތް ލައްވާނދޭވެ. جزاكم الله خيرا ❤ آمين يا رب العالمين
ފިރާޝް ޖައުފަރު
15 September 2025
މިހާދަ ރަނގަޅު ނިންމުމެކޭ ރައީސް ތި ނިންމުން ހަމަ ވަރައް ރަނގަޅު މާތްވި އިސްލާމް ދީން ހިމާޔަތް ކުރާ ހަމައެކަނި ރައީސް މި ގައުމުގައި ހަޔާތުގެވެސް އަލައް މި ފެނިގެންދަނީ މިވަރުގެ ހެޔޮލަފާ ވެރިއެއް މީ އަސްލު ލީޑަރުންނަކީ މީ އަސްލު އިސްލާމް ދީން ދިފާއު ކުރާނެ ރައީސް އަކީ މި މުޖުތަމާލުގައި މިވަރުގެ ވެރިއެއްދެން ނުފެންނާނެކަން ވަރައް ބޮޑައް ކަޝަވަރުވެއްޖެ އިސްލާމީ އުއްމަތާ އެއް ގޮތައް ކަން ކަން ކުރަމުން ދާތީ އަބަދުވެސް އަޅުގަނޑާ ޒުވާނުން ފަހުރުވެރިވަން
ތަމްހީދު ގާސިމް
15 September 2025
މާތް ﷲ ބަރަކާތް ލައްވާށި. މިއީ ވ ވ ތާރީޚީ ނިންމުމެއް.