މީޑިއާ ކޮންޓްރޯލް ބިލާ ގުޅޭގޮތުން ހިޔާލު ހޯދުމަށް މިދިޔަ މަހު ބޭއްވި ފޯރަމްގައި ހިރިގާ ވާހަކަދައްކަވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
15 ސެޕްޓެމްބަރ 2025 - 14:03
ނޫސްތަކުގެ އެޑިޓަރުންގެ ޖަމިއްޔާ ކަމަށްވާ "އެޑިޓާސް ގިލްޑު"ގެ ރައީސްގެ މަގާމުން ނޫސްވެރިޔާ ހިރިގާ އަހުމަދު ޒާހިރު މިއަދު އިސްތިއުފާ ދެއްވައިފި އެވެ.
ހިރިގާ، އެކްސްގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވީ އެޑިޓާސް ގިލްޑުގެ ހިންގާ ކޮމެޓީގެ ގިނަ މެމްބަރުން ތިއްބެވީ މި ސަރުކާރުގެ އިސް މަގާމުގައި ކަމަށެވެ. އެހެންވެ، އެ ޖަމިއްޔާ މި ވަގުތު އޮތީ ޕެރިލައިޒްވެފައި ކަމަށް އޭނާ ވިދާޅުވި އެވެ.
ހިރިގާ ވިދާޅުވީ، ނޫސްވެރިންނާއި ޖުމްލަކޮށް މުޅި މީޑިއާއަށް ގިނަ ގޮންޖެހުންތަކެއް ކުރިމަތިވަމުންދާ މި ދަނޑިވަޅުގައި އެ ޖަމިއްޔާއިން އެކަމާ ދެކޮޅަށް އެއްޗެކޭ ނުބުނެ އޮތުމަކީ ކަންބޮޑުވުމެއް ކަމަށެވެ.
"އެހެން ކަމާއެކު، އެފަދަ ޖަމިއްޔާއެއް ލީޑުކުރަން ހުރުމަކަށް އަޅުގަނޑުގެ ޒަމީރު ގަބޫލު ނުކުރާތީ މިއަދުން ފެށިގެން އެ ޖަމިއްޔާގެ ރައީސްކަމުގެ މަގާމުން އަޅުގަނޑު އިސްތިއުފާދީފީމެވެ،" ބަޔާނުގައިވެ އެވެ.
މީޑިއާތައް ކޮންޓްރޯލްކުރެވޭ ގޮތަށް ރައްޔިތުން މަޖިލީހަށް މިހާރު ހުށަހަޅާފައިވާ ބިލާ މެދު ރާއްޖެއާ ބޭރުގެ ޖަމިއްޔާތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަދި އެކަމާ ދެކޮޅަށް ނޫސްވެރިންގެ ޖަމިއްޔާއިން އިސްނަގައިގެން ގިނަ ހަރަކާތްތަކެއް ދަނީ ހިންގަމުންނެވެ.
މީގެ ހަތަރު އަހަރު ކުރިން އުފެއްދި އެ ޖަމިއްޔާގެ އެކްސްކޯގައި ހަތް މެމްބަރުން ތިބެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ވެނލާ
16 September 2025
ހިރިގާ މާ ޑުރާމާ ނުވެ ގޭގައި ހުރެބަލަ ބަސްއަހައިގެން. އަހަރުމެން މިއުޅެނީ މުޖުތަމައުގައި އަދަބު އަހުލާގެއް ނެތިގެން. ފިތުނަފަސާދު ވިއްކައިގެން އާމްދަނީ ހޯދައިގެން މައިންބަފައިންނާއި އަނބި ދަރީންނަށް ކާންބޯންދީ ނެހެދުމަށް ހުރިހައި މީޑިއާތަކުގެ އަރިހުން ވަރަށް އަދަބުވެރިކަމާއެކު އެދެން. އިސްލާމީ މިންގަޑުގެ ތެރެއިން އެއްވެސް ލިއުމެއްލިޔާނަމަ މީޑިއާ ބިލާމެދު ކަންބޮޑުވާކަށް ނުޖެހޭނެ!!
މިސްޓަރފަންޑަރމެންޓަލް
15 September 2025
ވަރަށް ފަންޑަމެންޓަލް އެކްޝަންއެއް ތިޔަ ނެންގެވީ.. ނޫސްވެރިކަމުން ވެސް އެެއްފަރާތްވެ ދުރަށް ދިއުން އެންމެ ރަނގަޅު ގޮތަކީ.. މި ޒަމާނަކަށް ފިޓެއް ނޫން.. ނޫސްވެރިކަމުގެ ދާއިރާއިން މަތީ ތަޢުލީމާއި ތަޖުރިބާ ނެތި ކަރުގަ ހަމަ ފާހެއް އަޅާލާ ކޮންމެ މީހަކީ ނޫސްވެރިއެކޭ ކިއަންވެއްޖެއްޔާ ސަލާމަތެއް ނެތް.. ޤަވާއިދުތަކުގައި އެބައިވެސް ހިމަނަންޖެހޭ
އަސްލުވެސްދޯ
15 September 2025
މަނިކުފާނު ރަނގަޅުވާނީ ނޫސްވެރިކަމުންވެސް ދުރައް ދިޔައިއްޔާ މިހާރު ތިޔައީ ސިޔާސީ ޕާޓީއެއްނު
ޔަމާން އަލީ
15 September 2025
މަނިކުފާނުމެން ދައްކަން އުޅެ މަންޒަރު ނުދެއްކިގެން އިސްތިއުފާ ދިނީ، ނޫސްވެރިންގެ ނަމުގައި ނިކުމެ ތިބީ ވަކި ސިޔާސީ ފިކުރަަކަށް ތާޢީދު ކުރާބައެއް