.
16 ސެޕްޓެމްބަރ 2025 - 13:09
އެކި ގައުމުތަކުގައި އައުޓްލެޓްތައް ހިންގަމުން އަންނަ މަޝްހޫރު ސްޕެޝާލިޓީ ކޮފީ ބްރޭންޑު "ދަ ކޮފީ ބީން އެންޑް ޓީ ލީފް"ގެ ފުރަތަމަ އައުޓްލެޓް ރާއްޖޭގައި ހުޅުވައިފި އެވެ.
މި ތަން ހުޅުވީ ހުޅުމާލެ 1 ބީޗު ފްރަންޓު، ހިރުނދު މަގުގަ އެވެ. މި ބްރޭންޑު ރާއްޖެ ތައާރަފްކުރީ ރާއްޖޭގެ ހޮސްޕިޓާލިޓީ ދާއިރާގައި މަސައްކަތްކުރާ ވޯޓާ ސްކޭޕް އިންވެސްޓްމަންޓުންނެވެ.
.
"ދަ ކޮފީ ބީން އެންޑް ޓީ ލީފް"ގެ ޗީފް އެގްޒެކެޓިވް އޮފިސަރު ޕެޕަޓް މިންޔާނާ ވިދާޅުވީ ރާއްޖޭގައި ހުޅުވި އައުޓްލެޓުގައި އެ ބްރޭންޑުން ގެނެސްދޭ އެކި ބުއިންތައް ލިބެން ހުންނާނެ ކަމަށާއި މި ބުއިންތަކުގައި ވެސް އެ އައުޓްލެޓުގެ އެހެންތަންތަނާ އެއްފަދައިން ކޮލެޓީ ހިފަހައްޓާނެ ކަމަށެވެ. އޭނާ ވަނީ ވޯޓާސްކޭޕް އިންވަސްޓްމަންޓާ އެކު ރާއްޖެއަށް މި ބްރޭންޑު ތައާރަފްކުރުމުގެ ފުރުސަތު ލިބުމަކީ އެ ބްރޭންޑަށް ލިބުނު ކާމިޔާބީއެއްގެ ގޮތުގައި ސިފަކުރައްވައިފަ އެވެ.
ހުޅުމާލޭގައި ހުޅުވި މި ކެފޭގައި 33 މީހުންނަށް ތިބެވޭނެ ޖާގަ އޮންނާނެ އެވެ. މި ތަނުގައި ތިބެގެންނާއި ޓޭކްއަވޭގެ ގޮތުގައި އެކި ބުއިންތަކާއި ކާނާ ގަނެވޭނެ އެވެ.
"ދަ ކޮފީ ބީން އެންޑް ޓީ ލީފް"ގެ ލާޓޭ، އައިސް ބްލެންޑެޑް މޮކާ އަދި ކޯލްޑް ބްރޫ ޓީ ފަދަ ސިގްނެޗާ ބުއިންތައް ހުރެ އެވެ. އަދި އެތަނުގައި ޕޭސްޓްރީޒް އާއި ސޭންޑްވިޗް ފަދަ ލުއިކާނާ އާއި އެކި ވައްތަރުގެ ކޭކާއި ބްރައުނީޒް ފަދަ ޑެޒާޓުތައް ވެސް ހުރެ އެވެ. އޭގެ އިތުރުން ހޯލް-ބީން ކޮފީ އާއި ހޯލް ލީފް ޓީގެ ރީޓެއިލް ޕެކުތައް އެތަނުން ލިބޭނެ އެވެ. އެތަނުން އެ ބްރޭންޑުގެ ޓަމްބްލާސް އާއި މަގު ފަދަ އެކި ޑްރިންކްވެއާ ވެސް ލިބޭނެ އެވެ.
"ދަ ކޮފީ ބީން އެންޑް ޓީ ލީފް" އަކީ ދުނިޔޭގެ އެންމެ ފެންވަރު ރަނގަޅު ތަކެތި ސޯސްކުރުމުގެ ލެގަސީއެއް އޮތް ކުންފުންޏެކެވެ. އެ ކުންފުނިން ބޭނުންކުރާ ކޮފީ ބީންސް ސޯސްކޮށްފައި ވަނީ ދުނިޔޭގެ މަޝްހޫރު ކޮފީ ހައްދާ ސަރަހައްދުތަކުގައި އުފައްދާ އެރެބިކާ ކޮފީބީންސްގެ އެންމެ ރަނގަޅު އެއް ޕަސެންޓު ބޭނުންކޮށްގެންނެވެ. އަދި އެ ކޮފީ ބީންސްތައް ރޯސްޓު ކުރަނީ ސޯސްކުރާ ސަރަހައްދުގެ އެރޯމާ އާއި ރަހަ ދެމެހެއްޓުމަށް ބެޗުތަކަކަށް ބަހާލައިގެންނެވެ.
މިބްރޭންޑުން ބޭނުންކުރާ ސައިފަތަކީ ސްރީ ލަންކާ، ޗައިނާ، ތައިލަންޑް އަދި ޖަޕާނުގެ ފެމިލީ-އޯންޑް އެސްޓޭޓުތަކާ ގުޅިގެން އެތަންތަނުން ލިބެންހުންނަ އެންމެ ރަނގަޅު ސައިފަތް ހޭންޑް ޕިކްކޮށް، ހޭންޑް ބްލެންޑްކޮށް ތައްޔާރުކުރާ ޕްރިމިއަމް ސައިފަތެކެވެ.
ޖޮލީބީ ގްރޫޕުގެ ދަށުން ހިންގާ މި ބްރޭންޑަކީ މޮޑާން ގްލޯބަލް ސްޕެޝާލިޓީ ކޮފީ އަދި ޓީ ހައުސްއެކެވެ. މި ބްރޭންޑް ތައާރަފް ކުރީ 1963 ވަނަ އަހަރު ދެކުނު ކެލެފޯނިއާގަ އެވެ. މި ބްރޭންޑުގެ 1،200 ކެފޭ 20 ގައުމެއްގައި ހުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ގަދަ
16 September 2025
ސަަޅި އަވަހަށް ދާންވީ ތިތަނަށް ކޮފީ އެއްބޯލަން