ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން އިއްޔެ މީޑިއާ ބިލް ފާސްކުރަން ވޯޓަށް އެހި ވަގުތު ނޫސްވެރިން އިހުތިޖާޖް ކުރަނީ: އެ ބިލް އަނެއްކާވެސް ދިރާސާކުރަން ކޮމެޓީން ވަނީ ނިންމާފައި --- ފޮޓޯ: ފަޔާޒް މޫސާ/މިހާރު
16 ސެޕްޓެމްބަރ 2025 - 14:04
މައްސަލަ ބޮޑުވެފައިވާ މީޑިއާ ބިލު ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަަސާތަކުގެ ކޮމިޓީން އިއްޔެ ފާސްކުރުމަށްފަހު އެ ބިލު އަލުން ދިރާސާކުރަން އެ ކޮމިޓީން އަލުން އެޖެންޑާކޮށްފި އެވެ.
މިނިވަން މުއައްސަސާތަކުގެ ކޮމިޓީން އިއްޔެ ބޭއްވި ބައްދަލުވުމުގައި އެ ބިލާ މެދު ގޮތެއް ނިންމަން ވޯޓަށް އަހަން މުގައްރިރު ގުރައިދޫ ދާއިރާގެ ޕީއެންސީ މެންބަރު ހުސައިން ރިޒާ ނިންމެވުމުން އެމްޑީޕީގެ މެންބަރު މީކާއީލް އަހުމަދު ނަަސީމް އެކަމާ ދެކޮޅަށް އަޑު އުފުލެއްވި އެވެ. އެއީ އެ ބިލާ މެދު ކަންބޮޑުވުން ފާޅުކޮށް ނޫސްވެރިން ހުށަހަޅައިފައި އޮތް ޕެޓިޝަނެއް، މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުވާފައި ވަނިކޮށް އެ ޕެޓިޝަނަށް ރިއާޔަތް ނުކޮށް ބިލަށް ވޯޓަށް އަހާތީ އެވެ.
އެ ބިލަށް ވޯޓަށް އަހަން އުޅުނު ވަގުތު ކޮމިޓީގައި ތިބި ނޫސްވެރިން އަޑު އުފުލައި އިހުތިޖާޖްކުރުމުން ކޮމިޓީ މެދުކަނޑާލުމަށްފަހު އަލުން ފެށުމަށްފަހު ނިންމީ ކޮމެޓީން ބިލު ފާސްވެފައިވާ ކަމަށެވެ. ނަމަވެސް އެ ބިލް ދިރާސާކުރަން އެ ކޮމެޓީގެ ބައްދަލުވުމެއް މިއަދު މެންދުރު 2:00 އަށް ވަނީ ތާވަލްކޮށްފަ އެވެ.
ކޮމެޓީގެ ބައްދަލުވުމެއް ތާވަލް ކުރިއިރު، މަޖިލީހުގެ ޖަލްސާއެއް މިއަދަށް ވަނީ އެޖެންޑާކޮށްފަ އެވެ.
މީޑިއާ ރެގިއުލޭޝަން ބިލު އޮތީ ނޫސްވެރިކަމުގެ މިނިވަން ކަމަށް ވަރަށް ބޮޑަށް ހުރަސް އެޅޭ ގޮތަށް ކަމަށް ވާތީ ނޫސްވެރިން ގެންދަނީ އެ ބިލު ފާސްކުރުމާ ދެކޮޅަށް ސިލްސިލާކޮށް އިހުތިޖާޖް ކުރަމުންނެވެ. މިއަދު ވެސް ނޫސްވެރިން ދަނީ މަޖިލިސް ކައިރީގައި މުޒާހަރާ ކުރަމުންނެވެ.
އެ ކަންބޮޑުވުންތަކާ އެކު އެޓާނީ ޖެނެރަލް އެ ބިލަށް ގިނަ އިސްލާހުތަކެއް ހުށަހެޅުއްވި އެވެ. ވަކިވަކި ނޫސްވެރިންނާއި މީޑިއާތަކުގައި މަސައްކަތްކުރާ މީހުންނާ ދެކޮޅަށް ފިޔަވަޅު އަޅާ ގޮތަށް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލްގައި އޮތް މާއްދާ އުނިކުރުން އޭގެ ތެރޭގައި ހިމެނެ އެވެ.
އެ ބިލަށް ހުށަހެޅި ކަމަށް އޭޖީ އޮފީހުން ބުނި އިސްލާހުތަކުގެ ލިސްޓުގައި ހިމެނޭ އެއް ކަމަކީ ބިލުގެ 67 ވަނަ މާއްދާގެ ދަށުން ވަކިވަކި ނޫސްވެެރިންނާއި މީޑިއާތަކުގައި މަސައްކަތްކުރާ މީހުންނާ ދެކޮޅަށް ފިޔަވަޅު އަޅާ ގޮތަށް އޮތް ބައި އުނިކުރުމެވެ. އޭޖީގެ އެ އިސްލާހުތަކާ މެދު ކޮމިޓީން ގޮތް ނިންމި ބައްދަލުވުން ކުރިން ސިއްރުކޮށްފައި ވާތީ އޭގެ ތެރެއިން ބިލުގައި ހިމަނަން ނިންމީ ކޮންކޮން އިސްލާހުތަކެއް ކަމެއް މިހާތަނަކަށް ނޭނގެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ރަދީފްއޮފިޝަލް / ސ.ހިތަދޫ ތިއްތަންބޭގެ ޝާހިދު
16 September 2025
މާލޭގެ ކުލި ކޮންޓްރޯލްކުރަން ބިލެއް ވައްޓާލަން މެމްބަރަކަށް ކެރޭނެ ބާ؟؟ ލަދު ކޮބާ؟؟ ހުރިހާ އެއްޗެއް ވެސް ކޮންޓްރޯލް ކުރެވޭނެކަމަށް ''އެބައި މީހުން'' ވަކާލާތުކުރާތީވެ މިސުވާލު ކުރަން މިޖެހުނީ. ވަރަށް މާފަށް އެދެން.ވ.ވެދުން
ޢަރުތަ
16 September 2025
ނުކުރެވޭނެ ނުކުރެވޭނެ، ކުރިންވެސް މިހާރުވެސް އަދި ފަހުން ވެސް ނުކުރެވޭނެ.
ހަސަން އަލީ
16 September 2025
ނޫސްވެރިން ހިހޫވަންދެން ތި ދިރާސާ ކުރާތި.
ަސދފ
16 September 2025
ތިބިލައިގެން ދަންޖެހިބަލަ ހެޔޮނުވާނެ.
ވަކީލްް
16 September 2025
ބޭފުޅާ އަދި ޅައީ
ހުސަ
16 September 2025
ކީއްކުރަން ދެވަނަ ފަހަރަށް ދިރާސާ ކުރަނީ! މީޑިޔާތައް ޖަވާބުދާރީ ކުރުވޭގޮތަށް އަދި ޒިންމާދާރުކުރުވޭގޮތަށް ބިލް ފަރުމާ ކުރެވިގެން އަންނަންވާނީ! ތެދު ޙައްގު މަޢުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދީގެން މީޑިޔާތަކަށް ފިޔަވަޅު އެޅިގެންނުވާނެ! ނަމަވެސް ޙަގީގަތާއި ޚިލާފު ވާހަކަތައް ފަތުރާ ބައިބައިވުންތައް އުފެދޭގޮތަށް އަދި ނަފްރަތު އުފެދޭގޮތަށް ކުރާކަންކަމަށް މީޑިޔާތަށް/ނޫސްވެރިން ޖަވާބުދާރީކުރެވެންވާނެ! ރައްޔިތުންގެ އިތުބާރު މީޑިޔާތަކަށް ލިބޭނީއޭރުން!
ބަކަރިބޯސް
16 September 2025
ރަގަޅަށް ބިލްކިޔާލާފަ ކޮމެންޓްކުރުން ރަނގަޅުވާނީ