ކުރީގެ ރައީސް ޔާމީން މީގެކުރިން ކޯޓަށް ހާޒިރުވަނީ - ފޮޓޯ: ފަޔާޒު މޫސާ / މިހާރު
17 ސެޕްޓެމްބަރ 2025 - 10:12
ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ކްރިމިނަލް ކޯޓުން އިއްވި 11 އަހަރުގެ ޖަލު ހުކުމް ހައި ކޯޓުން ބާތިލުކޮށް، އެ މައްސަލަ އަލުން ބަލަން ކްރިމިނަލް ކޯޓަށް އެންގި ހުކުމް ދައުލަތުން އިސްތިއުނާފު ކުރުމުން ސުޕްރީމް ކޯޓުން އެ މައްސައްލައިގެ އަޑުއެހުމެއް މި މަހުގެ 29 އަށް ތާވަލުކޮށްފި އެވެ.
ސުޕްރީމް ކޯޓުގެ ވެބްސައިޓުގައި އާއްމުކޮށްފައިވާ އެޖެންޑާގައިވާ ގޮތުން، އެ މައްސަލައިގެ ފުރަތަމަ އަޑުއެހުން އޮންނާނީ މި މަހުގެ 29 ވަނަ ދުވަހުގެ ހެނދުނު 11:30 ގަ އެވެ. އެ މައްސަލަ ބަލާ ބެންޗުގައި ހިމެނިވަޑައިގަންނަވަނީ ފަނޑިޔާރު އައިޝާ ސުޖޫން މުހައްމަދާއި ފަނޑިޔާރު މުހައްމަދު އިބްރާހީމް އަދި ފަނޑިޔާރު އަބްދުﷲ ހަމީދެވެ.
އެމްއެމްޕީއާރުސީ މެދުވެރިކޮށް ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން މަނީ ލޯންޑްރިންގެ ކުށުގައި ހަތް އަހަރަށް އަދި ރިޝްވަތު ގަބޫލު ކުރުމުގެ ކުށުގައި ހަތަރު އަހަރުގެ ޖަލު ހުކުމެއް ޔާމީނަށް ކްރިމިނަލް ކޯޓުން ޑިސެމްބަރު 2022 ގައި އިއްވި އެވެ. އެ މައްސަލަ ޔާމީންގެ ފަރާތްޕުޅުން އިސްތިއުނާފް ކުރުމުން އެ ދެ ހުކުމް ވެސް ހައި ކޯޓުން ވަނީ ބާތިލްކޮށް، އެ ދެ މައްސަލަ ވެސް އަލުން ބަލަން ކްރިމިނަލް ކޯޓަށް ފޮނުވައިފަ އެވެ.
ޔާމީންގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔޫސުފް ނައީމްގެ މައްޗަށް ވެސް ތިން އަހަރުގެ ޖަލު ހުކުމެއް އެ މައްސަލާގައި ކްރިމިނަލް ކޯޓުން އިއްވި އެވެ. އެ ހުކުމް ވެސް ބާތިލްކޮށް، އެ މައްސަލަ އަލުން ބަލަން ވަނީ އަންގައިފަ އެވެ.
ޔޫސުފް ނައީމްގެ މައްސަލަ ވެސް ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައިވާއިރު، އެ މައްސަލަ ވެސް އެ ކޯޓުގައި ތާވަލުކޮށްފައި އޮތީ ޔާމީނުގެ މައްސަލައާ އެއް އެއް ވަގުތެއްގައި ކުރިއަށް ގެންދާ ގޮތަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އުމަރު 2025
17 September 2025
ރޯމަހެއް މަރަށް ތެޅޭ މަންޒަރު ފެނޭ ހެއްޔެވެ. ސަރުކާރާއި މަޖިލިސް ލިބުނީމަ " ގަނޑުފިއްލާ" ކުޅެން އުޅުނީމަ އުމަރަކަސް ވާނީ މިހެންނެވެ. އުމަރާއެވެ. ތީނަ ހާދަ ފޮންޏެއް ކެނޑިއެވެ. މިހިރަ ފަޅޯ ގަހާއެވެ. ތިޔަ ގަހުގެ ފަޅޮލެއް ދޮންވީމާ އަހަރެން ކާނަމެވެ. އެކަމަކު ފަޅޯގަސް ތިޔަ ވިއްކާލީ އެވެ. އެންމެ ޑޮލަރަކަށެވެ. އަހަރެމެންގެ ބޮޑު ފޮށީގައި އޮތް ފައްޓަރުބައިވެސް ތިޔަ ވިއްކާލީ މަދުލާރި ކޮޅަކަށެވެ. އެޔަށްފަހު އަމިއްލަ ބަހުގެ އިތުބާރުވެސް ގެއްލުވާލީއެވެ.
އަބްޑޫޅް +
17 September 2025
ޙޫމް. ކަލޭމެން ތިޔަ އުޅެނީ ބިރުން. ޕޮސް.
ޖަނާހް
17 September 2025
މިހާރު މިއޮތް އަޅުވެތިކަމުން އާއި އަނިޔާވެރިކަމުން މި ރާއްޖެ މިންޖު ކުރެވޭނެ ހަމައެކަނި ބޭފުޅަކީ ރ.ޔާމީން. ޖާހިލު ވެރިން ގެ މައްޗަށް އިންސާފުވެރި ވެރިން އަބަދުވެސް ކާމިޔާބު ހޯދާނެ..
ޕީއެންއެފް މީހާ
17 September 2025
ރާއްޖޭގައި ފަސް އަހަރު ރައިޔަތުންނަށް ނުހަނުގިނަ ފައިދާ ކޮށްދިން ރައީސަކު ކޯޓުމަރުހަލާގައި ތިހާދުވަހު ތި ތަޅުވނީ ހަމަ ބިރުން. އެކަމަކު ކިތަންމެ ވަރަށް ވިކިފައިތިއްބަސް ތިޔަ ހުކުމެއްނުޖެހޭނެ.
ފޫހޮ
17 September 2025
ޔާމީނަށް ކުރިމަތި ނުލެވޭގޮތް އިބޫވެސް ހެދި. އަހަރެމެން ވޯޓްއަޅާ އިބޫ ފެއިލްކޮށްލިން. މިފަހަރުވެސް ހަމަ ހަދާނީ އެހެން. ޔާމީނު ބަންދުކުރިއަސް މުއިއްޒުއަކަށް ވޯޓެއް ނާޅާނެ. ވަރަށްވާހަކަ
ސަމްސިއްޔާ
17 September 2025
ކަލޭ ދެން ޔާމީނަށް ކިޔާހަލަ ކިޔާލަ ހުރޭ. ޔާމީނަށް ހައްގީ ޖަލުގެ ގޮޅި
ހުސަ
17 September 2025
މިރާއްޖޭގައި ވައްކަންކޮށްގެން އެކަމުގެ ތުހުމަތު އެޅި އަދި ޙުކުމްކޮށްފައިވާ ސިޔާސީ މީހުން ބައިވަރު އެބައުޅޭ! ޖަލު ގޮޅި ޙަގީގަތުގައި ޙައްގު އެތައް ބައެއް! އެޕްޕީއައިޑީ ވައްކަމުން މިފެށިގެން މިއަދާއި ހަމަޔަށް ދައުލަތް "ލޫޓް" ވާފައިވާ އެތައް ބައެއް! ކޯޓްތަކުގެ ފަނޑިޔާރުން ފެށިގެން މަޖްލިސް މެމްބަރުން، ޕާޓީތަކުގެ އިސް މީހުން،މިނިސްޓަރުން، ފުލުހުން، ސިފައިން އަދި ކަރެކްޝަނަލް ސަރވިސް މީހުން! މިތަންތަނުގެ މީހުންގެ ފައިލްތައް ގެންގުޅޭ! ބަލާނެ މީހަކުނެތް!
އަބްޑޫޅް +
17 September 2025
ކަލޭމެން ޔާމީނު ދެކެ ހާދަހާ ބިރެކޭ ދޯ، ތިޔަ ގަންނަނީ. ކަލޭމެން ތިޔަ އަޅާ ތުރުތުރުން ފެރުރޭ ގުޑުން، ކަނޑުތަކާއި ބިންތައް، އަދި ޖައްވު ހުރަސް ކޮށް، އަހުރެންނަށްވެސް އެބަ ފޯރާ. ތިޔަ ތުރުތުރު ފިލާތޯ ޕެނެޑޯލެއް ކާލަބަލަ.
ތަމީމު
17 September 2025
މައްސަލަ ބަލާ ބެންޗުގައި ހިމެނިވަޑައިގަންނަވަނީ ފަނޑިޔާރު އައިޝާ ސުޖޫން މުހައްމަދާއި ފަނޑިޔާރު މުހައްމަދު އިބްރާހީމް އަދި ފަނޑިޔާރު އަބްދުﷲ ހަމީދު. މި ބެންޗު އެކުލަވާލީ ވެސް، ހަމަ ގަސްތުގައި. އެއީ. ޔާމީނާ ދެކޮޅަށް ހުކުމެއް ނެރެވުމަށް. ނޫނީ، ޝުޖޫން އަދި ޑރ. އިބްރާހީމްގެ ފަނޑިޔާރުކަން ގެއްލޭނެ.
ކަރީމު
17 September 2025
އަވަސްކުރޭ، މިހާރުވެސް މާލަސްވެއްޖެ. އިންސާފު އަރާ ހަމަކުރުމުގައި މޫނަކަށް ކަދުރާޔަކަށް ލޮލަކަށް ބޮލަކަށް ބަލާނެކަމެއް ނެތް،
އަބުދުލް ޤާދިރު
17 September 2025
މޫނާއި ކަނދުރާއަށް ބަލަންވީ ވަކި ބަޔަކަށްތަ؟ މިތާ މިހާރު އޮތީ ސަމޫދުގެ އިންސާފު
ސަސި
17 September 2025
މިއީ ހަމަ އިއްތިފާގު، އެއްވެސް ހާލެއްގަ ޒާތީ ކަމެއްނެތް