ރައީސް މުއިއްޒާއި އައްޑޫ މޭޔަރު ނިޒާރު
17 ސެޕްޓެމްބަރ 2025 - 15:00
އައްޑޫގައި ވަކިވަކި ކައުންސިލްތައް ހަދަން ފެނޭތޯ ބަލަން ހިޔާލު ހޯދުމުގެ ވޯޓެއް އަންނަ މަހު ނަގަން ބޭނުންފުޅުވާކަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އިއުލާން ކުރައްވައިފި އެވެ.
ރައީސްގެ ޕޮޑްކާސްޓް ޝޯގައި ވާހަކަފުޅު ދައްކަވަމުން އެ މަނިކުފާނު ވިދާޅުވީ، އައްޑޫ ސިޓީ ކައުންސިލެއްގެ ގޮތުގައި އުފެދިފައިވާ ގޮތަށް ބަދަލު ގެންނަން އައްޑޫ މީހުން ބޭނުންވާކަން އެނގިވަޑައިގެންފައިވާ ކަމަށެވެ.
ރައީސް ވިދާޅުވީ، އެންމެ ފަހުގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް އައްޑު އަށް ކުރެއްވި ދަތުރުފުޅުގައި ވެސް އެކަން އެ މަނިކުފާނާ ހަމައަށް އައިސްފައިވާ ކަމަށެވެ. އަދި ރައްޔިތުން އެދޭ ކަހަލަ ދާއިމީ ހައްލެއް ގެނެސް ދެއްވާނެ ކަމަށް އައްޑޫ މީހުންނަށް ވައުދުވެވަޑައިގެންނެވި ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ، އަންނަ އަހަރުގެ ކުރީކޮޅު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ އިދާރީ ކަންކަން އިލެކްޝަންސް ކޮމިޝަނުން ފަށައިގަތުމުގެ ކުރިން އައްޑޫ މީހުން ބޭނުންވާ ގޮތް ބަލައި ގޮތެއް ނިންމަންޖެހޭ ކަމަށެވެ. އެހެންވެ، އެ ކަން ނިންމާނީ އައްޑޫ މީހުން ކަމަށާއި ރައްޔިތުން ގާތު ނާއްސަވައި އެއްވެސް ކަމެއް ކުރައްވަން ބޭނުންފުޅު ނުވާ ކަމަށް ވިދާޅުވި އެވެ.
މިސާލަކަށް އަޅުގަނޑަށް ލިބޭ ވަރަށް ހަގީގީ ކޮންސާންއަކީ ހުޅުދޫމީދޫގައި ވަކިން ހާއްސަކޮށް މި އޮންނަ އޮތުމުގެ ތެރެއިން ވަރަށް ބޮޑަށް ނިގްލެކްޓް ކުރެވިފައި ނުވަތަ ކަންކަން ނުކުރެވިފައި އޮންނަ ކަން. ހުޅުދޫމީދޫ ވަކިން އޮތުމުގެ ސަބަބުން އެ ލިބެންޖެހޭ ސަމާލުކަން ނުލިބުމާއި މި ކަހަލަ ވަރަށް ގިނަ ވާހަކަތައް އާދޭ. ހަމަ އެ ގޮތަށް ފޭދޫ ރައްޔިތުންގެ ފަރާތުން ވެސް އަޅުގަނޑަށް އައިސްފައި އެބައޮތް،"--- ރައީސް
އެ ވޯޓުގައި އަހާނީ ރައީސް ވިދާޅުވި ގޮތުގައި އައްޑޫގައި ވަކިވަކި ކައުންސިލެއް އޮންނަން ބޭނުންތޯ ނުވަތަ މިހާރުގެ ގޮތަށް އައްޑޫ ސިޓީ ކައުންސިލް ގޮތަށް ކުރިއަށް ގެންދާނީތޯ އެވެ.
"އައްޑޫ ފޭދޫ ކައުންސިލް ގޮތަށް ވާންތޯ ނޫނީ މިހާރު އޮތް ގޮތަށްތޯ؟ ނަމުގެ ކުރިއަށް އައްޑޫ މިލަނީ، އަޅުގަނޑު ބޭނުމެއް ނޫން ދެން އަންނަ ބަދަލެއްގައި އައްޑޫ އެ ނަން އުނިވެގެންދާކަށް. އެހެންވީމާ އައްޑޫ މަރަދޫ، އައްޑޫ މަރަދޫފޭދޫ، މިއިން ކޮންމެ ތަނެއްގައި ވަކިން ކައުންސިލެއް،" ރައީސް މުއިއްޒު ވިދާޅުވި އެވެ.
"ވަކި ރަށްތަކެއްގެ ގޮތަށް ކައުންސިލް އުފެދިގެން ވަކި ކައުންސިލްތަކެއްގެ ގޮތުގައި އުފެދިން އަންނަންތޯ ނުވަތަ ނޫންތޯ މި އަހަނީ. ހިތަދޫގައި، ހިތަދޫ ކައުންސިލް، ހިތަދޫ ސިޓީ ކައުންސިލް ގޮތަށްތޯ؟،" ރައީސް މުއިއްޒު ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި، އައްޑޫގެ ރައްޔިތުންގެ މެދުގައި އެ ވޯޓު އަންނަ މަހު ނަގައި، އެ ވޯޓުގެ ނަތީޖާ އެ މަހު ބޭނުންވެ އެވެ.
އެ މަނިކުފާނު ވިދާޅުވި ގޮތުގައި ވަކިވަކި ކައުންސިލްތައް އުފެއްދުމުން އައްޑޫ ރައްޔިތުން އެދޭ ގޮތަށް ކަންކަން ކުރަން މަގުފަހިވާނެ އެވެ.
"މިސާލަކަށް އަޅުގަނޑަށް ލިބޭ ވަރަށް ހަގީގީ ކޮންސާންއަކީ ހުޅުދޫމީދޫގައި ވަކިން ހާއްސަކޮށް މި އޮންނަ އޮތުމުގެ ތެރެއިން ވަރަށް ބޮޑަށް ނިގްލެކްޓް ކުރެވިފައި ނުވަތަ ކަންކަން ނުކުރެވިފައި އޮންނަ ކަން. ހުޅުދޫމީދޫ ވަކިން އޮތުމުގެ ސަބަބުން އެ ލިބެންޖެހޭ ސަމާލުކަން ނުލިބުމާއި މި ކަހަލަ ވަރަށް ގިނަ ވާހަކަތައް އާދޭ. ހަމަ އެ ގޮތަށް ފޭދޫ ރައްޔިތުންގެ ފަރާތުން ވެސް އަޅުގަނޑަށް އައިސްފައި އެބައޮތް،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި، އެހެންވެ އެ މަނިކުފާނު ނިންމެވީ އައްޑޫގެ ވަކިވަކި ރަށްރަށުގެ މީހުންގެ ހިޔާލު ހޯއްދަވައިގެން، އެ މީހުން ބޭނުންވާ ގޮތަކަށް އެ ކަމުގައި ކުރިއަށް ވަޑައިގަތުމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އޮނަރަބްލް ބަކްލޯނު
18 September 2025
ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށް ކޮންމެ އަވަށަކަށް ކައުންސިލެއް ނަގާ އައްޑޫސިޓީ އުވާލުން ..... އަތޮޅުވެރިޔަކު ހުރިހާ އަވަށްތަކަށް ރަށްތަކަށް އަމުރުހިންގާ ގޮތަށް ނެގުން .
ސަލީމު
18 September 2025
ކޮބާއަޅަންބުނިބްރިޖް މިހާރުވެސްވަރައްބޮޑައްބައިބައިވެފާއޮއްތަނެއް އިތުރައްބައިބައިކޮއްލުމަކީހެދޭގޯހެއް މަސައްކަތްކުރަންވީއެއްމެންއެކުވެރިކޮއްއެއްއުސޫލަކުންތިސިޓީގެހުރިހާހިސާބަކައްތަރައްގީއާއިވަޒީފާހަމަޖެއްސުން ސިޓީކައުންސިލްހިތަދޫގަހުރީމާއެތާވަޒީފާގަތިބެންޖެހޭނީއަކީހުސްހިތަދޫމީ ހުނެއްނޫން އަތޮޅުވެރިކަންކުރިޒަމާނުއްސުރެވަރައްތަފާތުކުާތނެއް މާކޭސިޓީއޭކިޔާފާއެތާތިބެނީއަކީހުސްމާލޭމީހުނެއްނުން
އަމަލު2
18 September 2025
އޮނަރަބަލް އަފީފު ދީދީ (ކޮމެންޓޭ) ގެ ވިސްނުމާއި ކޮމެންޓެއް މިކަމުގަ ލިބޭގޮތްވުން އެދެމެވެ.
އޭނާގެ މީހާ
18 September 2025
މިހެންވީމަ ކުރިނާރައިގެން އުޅެނީ.އެއްބައިވަންތަ ކަމެއް ނެތީމަ، ވަކި ވަކި ކައުންސިލްތައް އޮތީމަ ލިބޭނެ މޯޅެއް ބުނެބަލަ؟ ނޫނި އެއްކޮށް އޮތީމަ އޮތް މޮޅަކީ ކޮބައިބާ؟ ގޮތް ނިންމާއިރު މިހުރިހާ ކަމެއް މިނެ ކިރައިގެން ގޮތް ނިންމުމަކީ މުހިންމު ކަމެއް. މުސްތަގްބަލުގައި ފައިދާވާނެ ގޮތަކީ ކޮބައިކަން. އެހެންނޫނީ ފަހުން ހިތާމަ ކުރަން ޖެހޭ ދުވަސް އައުމަކީވެސް އެކަށީގންވާ ކަމެއް. ކޮންމެ ނިންމުމެއް ނިންމިޔަސް ފައިދާވާ ބަޔަކަށް ފައިދާ ވާނީ
އަފިރިންގެ ކައުންސިލް
18 September 2025
ހުޅުދޫ އާއި މީދޫ އެކޭ އިޒްރޭލާއި ފަލަސްތީނެކޭ ތަފާތެއް ނެތް. މާޒީގައިވެސް ތަޅާފޮޅުމާއި ހަމަނުޖެހުމުގައި ދިއައީ. އަނެއްކާ އެދުވަސް އެނބުރި އަންނާނެ. އެއިރުން ރަށުގެ ކުރިއެރުމަށް ކަމެއް ނުކުރެވި ދެރަށުގެ "ޖަގަޑާ"ގައި އުމުރު ހުސްކޮށްލެވުނީމާ އެއޮތީ ދުނިޔެ އުޅެވިފައި. ބައިބައި ކޮށްގެން ރަށު ކައުންސިލްތައް ހަދައިގެން ލިބޭނެ މޮޅެއް ތިއިން މީހަކަށް ބުނެދެވުނުތަ؟ ސަރުކާރުގެ އިހުލާސްތެރިކަން ހުރިނަމަ ފުރަތަމަ ރައްޔިތުންނަށް ވިސްނައިދޭން އުޅޭނެ
މޮހޮނުބެ
18 September 2025
ރައީސް މުއިއްޒުއަށް ސަލާމައްފަހު ބުނަމެވެ. ޢައްޑުއަކީ ދިވެހި ދައުލަތުން ވަކިވެ މިނިވަން ދައުލަތެއްގެ ގޮތުގައި އޮންނަން ފެންނަ ނުފެންނަ ވޯޓެއް ނަގައިފި ނަމަ އަސްލު އައްޑޫ ރައްޔަތުން ބޭނުންވާގޮތް ފެންާނެ. މާލެ ސަރުކާރުތަކުން ތަކުރާރުކޮށް މި ފުށްގަޑު މޮޑޭތާ ކިތައް ސަތޭކަ އަހަރު.
އަނގަނުޖެހޭނެ
18 September 2025
އެހެން ރަށްތަކުގެ ބިންތަކުން ލިބޭ ފައިދާވެސް ހިތަދޫ ކައުންސިލަށް. ހިތަދޫ މީހުން ބުރިޖޭ އަނެކައްޗެކޭ މިތާގަ ކިޔާނެ ކަމެއް ނެތް. އިންތިޚާބެކޭ ވެސް ކިޔާނެ ކަމެއް ނެތް. ހިތަދޫ މީހުންގެ ނޭތްގާނިކަމުން އެހެން ރަށްތަކުގެ މީހުން މިނިވަން ކުރޭ! ހިތަދޫ ގަ ހުންނަ 'އައްޑޫސިޓީ' ކައުންސިލޭ ކިޔާތަނުން 'އައްޑޫއަތޮޅުގެ'އަރައްޔިތުންނަށް ކުރާ ދުއްޕާނުގެ ވާހަކަ ނޫސްވެރިން ގޮސް އަހާބަލަ އައްޑޫ އަތޮޅުމީހުން ގާތުގަ. މެޕުގަވެސް އައްޑޫ ސިޓީ އޮންނަ ދިމާ ބަލާބަލަ!
އަތުނުޖެހޭ
18 September 2025
ވާނުވާ ފުރަތަމަ ބަލާލަންވީނު. މިހާރު އޮންނަގޮތަކީ މުޅި ކައުންސިލަށް ލިބޭ ފައިދާއިން އައްޑުއަށް ޚަރަދުކުރަނީ. އެހެން ރަށަކަށް ލިބޭ ފައިސާ ހިތަދޫއަށް ނަގާކަށް ނުޖެހޭ. ބިމާއި، ދުއްވާ އެއްޗެހި ގިނަވާނީ ހިތަދޫގައި. ޙަގީގަތުގައި ހިތަދޫއަށް ލިބޭ އާމްދަނީގެ ބައެއް، އެހެން ރަށްރަށަށް ހަރަދުކުރޭ.
ބެނަފެލަ
18 September 2025
ހިތަދޫ މީހުން އެހެން ރަށްތަކުގެ މީހުނާ މެދު ދެކޭގޮތް މިތާގަ ބަޔާން ކޮށްލަން މިއަހަރު ދިމާވި ކަމެއްގެ ވާހަކަ މިއީ. ނޫސްވެރިން ހުޅުމީދޫ މީހަކަށް ގުޅާފަ އެހިޔަސް ކިޔައިދޭނެ. އެސްޓީއޯއިން ކާޑު ފޮނުވީމަ ހިތަދޫ މީހުން ހިތަދޫ ގިދަނުގަ އުކުނު އަޅާފަހުރި ކުނިވެފަ ހުރި ކާޑު މިފޮނުވަނީ ހުޅުދޫމީދުއަށް. ދުވަސް ގަނޑެއް ވަންދެން މިކުނިފުއް ނުކެވޭ ވާހަކަ ރަށުތެރޭގަ ދެކެވުނު ފަހުން ފަޅާއެރީ. މިވަރު ބަޔެއްގެ ދަށުގަ ދެންތިބި މީހުން އުޅެނީ ކިހިނެތް؟
އެބެފެލެ
18 September 2025
ފިތުނަ ފަސާދަ. ތިދައްކަނީ ސަރުކާރުގެ ކުންފުންޏެއްގެ ވާހަކަ. އަދި ތިރަށުގައިވެސް އެކުންފުނީގެ ފިހާރަ ހުރޭ. އެއީ ރައްޔިތުން ނިކުމެ ކުރާކަމެއް ނޫން.
މިބެނީ
18 September 2025
އެއީ މިހާރުގެ އެސްޓީއޯ ގެ މައްސަލައެއް. ހިތަދޫ ރައްޔަތުން ތިކަމުގައި ކުރާނެ ކަމެއް ނެތް.
ތެޔޮގޯނި
18 September 2025
އާނ ސަރުކާރު ކުންފުނީގެ އައްޑޫ ސިޓީގެ މައި އޮފީހުން ފޮނުވާ އެއްޗެއް ދެން އަތޮޅުގެ އެހެން ރަށްތަކަށް ލިބޭނީ. ހިތަދޫ މީހުން މައި އޮފީހުގަ ތިބެނީ. ކަލޭމެންވެސް ދެތިން މަސް ވަންދެކަށް ކުނިފުއް ކައިބަލަ އެސްޓީއޯ ހިތަދޫ ގުދަނުން ނަގައިގެން ހުޅުމީދުއަށް ނުފޮނުވާ! ހިތަދޫ ރައްޔިތުން ކުރާނެ ކަމެއްހޭ ނުކިޔާ!
ނުފޫޒު
18 September 2025
މޭޔަރާއި ޑެޕިއުޓީ މޭޔަރުން ތިބެނީ ކައުންސިލަރުންނަށާއި ރައްޔިތުންނަށް ބިރުދައްކަންބާ؟
ގުދުގުދާބެއްޔާ
18 September 2025
ބޭނުމަކީ އައްޑޫ ބައިބައިކޮށްގެން އިންތިހާބުގައި ވޯޓް ހޯދުން! އައްޑޫ ގެ ކުރިހާ ދަތްތައް އުފުރާލުން!
ބޭނުމަކިީ
18 September 2025
ބުރިޖާއި ނުލާ އުޅެން ދަސްކުރުވުން
ޖޯނީނާ
18 September 2025
ޥޯޓު ލިބޭނެ ވަކި ކުރިޔަސް. މޮޔަނުވޭ. ކަލޭމެންގެ އަޅުވެތިކަމުގަ ތިބެވިއްޖެ ލައްކަ ދުވަހު. އަންޒަމާނުއްސުރެ ހިތަދޫގަ އޮތް އައްޑޫ އަތޮޅުގެ އެހެން ރައްޔިތުންނަށް ކަން ކުރާ ބޭއިންސާފު ގޮތަކީ އެންމެންވެސް ދައްކާ ވާހަކައެއް. ހިތަދޫ މީހުން ނޫނީ. ކަލޭމެންގެ ރަށުގަ މީހުން ގިނަވެފަ އަތޮޅުވެރިކަން އޮތީމަ އެހެން މީހުނަށް ހެދީ ހަދާނެގޮތެއް. ތިރަށުން ވަކިވެގަންނަން ލަސްވެސް ވެއްޖެ.
ޖޯލިޖީނިއޯ
18 September 2025
ޙިތަދޫ މީހުން އެހެން ރަށްރަށުގެ މީހުންނަށް ހެދިގޮތެއް ނިކަން ބުނެބަލަ. ބޭއިންސާފުން ކުރީ ކީއްހޭ.