ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓް ބައްދަލުވުމެއް.---ފޮޓޯ: ރައީސް އޮފީސް
05 އޮކްޓޯބަރ 2025 - 22:26
އައްޑޫ ސިޓީ ކައުންސިލުން އައްޑޫގެ ތިން ރަށް ވަކިކޮށް، އެ ތިން ރަށަށް ރަށު ކައުންސިލް އުފެއްދުމާ މެދު އައްޑޫގެ ރައްޔިތުންގެ ހިޔާލު ހުރި ގޮތް ބަލަން ފެންނަ ނުފެންނަ ވޯޓު މި މަހު ނަގަން ކެބިނެޓުން މިއަދު ނިންމައިފި އެވެ.
ރައީސް އޮފީހުން މިރޭ ބުނީ އެ ވޯޓު ނެގުމާ މެދު ކެބިނެޓުން ގޮތެއް ނިންމީ އައްޑޫގެ ބައެއް މީހުން ރައީސް ޑރ. މުހައްމަދު މުއިއްޒަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން ކަމަށެވެ.
ކެބިނެޓުން ނިންމީ ފޭދު އާއި ހުޅުދޫ އަދި މީދު އަށް ރަށު ކައުންސިލް އުފެއްދުމާ މެދު އެ ތިން ރަށުގެ މީހުންނަށް ފެންނަ ގޮތް ބަަލަން ވޯޓު ނެގުމަށެވެ. ވޯޓު ނަގާނީ ފޭދު އަށް ވަކި ކައުންސިލެއް ވަކިން އުފެއްދުމާ އެކު، ހުޅުދު އާއި މީދޫ އެއް ކައުންސިލުން ހިންގަން "އައްޑޫ ހުޅުމީދޫ ކައުންސިލް"ގެ ނަމުގައި ކައުންސިލެއް އުފައްދަން ފެނޭތޯ ބެލުމަށް ކަމަށް ވެސް ކެބިނެޓުން މިއަދު ނިންމި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
އެ ވޯޓު ނަގާނީ މި މަހުގެ 24 ނުވަތަ 25 ވަނަ ދުވަހު ކަމަށް އެ އޮފީހުން ބުންޏެވެ.
އެގޮތަށް ފާސްވިޔަސް، އައްޑޫގެ ދެން ހުރި ރަށްތަަކަށް އޮންނާނީ މިހާރު ވެސް އޮންނަ ސިޓީ ކައުންސިލެވެ.
ރައީސް އޮފީހުން ބުނި ގޮތުގައި އެ ވޯޓުގެ ނަތީޖާ ނުކުންނަ ގޮތަކުން އައްޑޫގެ ރަށްރަށުގެ އިހުތިސާސަށް އަންނާނެ ބަދަލުތައް ބަލަން ސިޓީސް އެންޑް ލޯކަލް ގަވަނެންސް މިނިސްޓްރީން ފަންނީ ޓީމެއް ފޮނުވައިގެން ބަލާނެ ކަމަށެވެ.
މިއީ ދާދި ފަހުން ރައީސް މުއިއްޒު ތަސްދީގު ކުރެއްވި ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ގާނޫނުގެ ދަށުން ފުރަތަމަ ނަގާ ވޯޓަށް ވެސް ވާނެ އެވެ.
އައްޑޫގައި ވަކިވަކި ކައުންސިލްތައް ހަދަން ފެނޭތޯ ބަލަން ހިޔާލު ހޯދުމުގެ ވޯޓެއް މި މަހު ނަގާނެކަން ރައީސް އިއުލާން ކުރެއްވީ މިދިޔަ މަހުގެ 17 އިގަ އެވެ.
އެ ދުވަހު ގެނެސްދިން ރައީސްގެ ޕޮޑްކާސްޓު ޝޯގައި އެ މަނިކުފާނު ވިދާޅުވީ، އެންމެ ފަހުގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް އައްޑު އަށް ކުރެއްވި ދަތުރުފުޅުގައި ވެސް އެކަން އެ މަނިކުފާނާ ހަމައަށް އައިސްފައިވާ ކަމަށެވެ. އަދި ރައްޔިތުން އެދޭ ކަހަލަ ދާއިމީ ހައްލެއް ގެނެސް ދެއްވާނެ ކަމަށް އައްޑޫ މީހުންނަށް ވައުދުވެވަޑައިގެންނެވި ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވެފައިވާ ގޮތުގައި، އަންނަ އަހަރުގެ ކުރީކޮޅު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ އިދާރީ ކަންކަން އިލެކްޝަންސް ކޮމިޝަނުން ފަށައިގަތުމުގެ ކުރިން އައްޑޫ މީހުން ބޭނުންވާ ގޮތް ބަލައި ގޮތެއް ނިންމަންޖެހެ އެވެ. އެހެންވެ، އެ ކަން ނިންމާނީ އައްޑޫ މީހުން ކަމަށާއި ރައްޔިތުން ގާތު ނާއްސަވައި އެއްވެސް ކަމެއް ކުރައްވަން ބޭނުންފުޅު ނުވާ ކަމަށް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޖަމާލު ޒާހިރު
06 October 2025
ހުޅުދޫއާއި މީދޫ އައްޑޫ ސިޓީން ވަކި ކުރަންޖެހޭ. ސަބަބު ވަރަށް ހިނަ. ވަކުކުރުމަކުން އަހުރެމެންނެއް ވަކި ެިންޖީނުގެއެއް ވަކި ހޮސްޕިޓަލެއް ވަކި އެއަރޕޯޓެއް ހޯދާކަށް ނެތީމު. މާލެއަށް ދާ އުސޫލުން ހިތަދޫ އިން ލިބޭ ޚިދުމަތްތައް ހޯދަން ދާނަމު. އެހެން ނަމަވެސް ފަތުއަޑުކިޔާފައި މި ދެރަށުގެ ތަރައްޤީ މެދުއުޑުގައި ފިޔަޖަހާނެ ކަމާމެދަކު ޝައްކެއް ނުކުރަމު. އައްޑޫ މީދޫ އައްޑޫ ހުޅުދޫ، އައްޑޫ ސިޓީ ކައުންސިލުގެ ވަކިތަކުން މިނިވަންކުރޭ!
އޮނަރަބްލް އަފީފު ދީދީ
06 October 2025
ރާއްޖޭގެ ރައްޔިތުންގެތެރެއިން ދުނިޔެއަށް އެންމެފުރަތަމަ ލޯ ހުޅުވުނު އައްޑޫސިޓީ ރައްޔިތުނަކީ ކުރިއެރުމަށް ގަދައަޅާ މަސައްކަތްކުރާ ތައުލީމީ، ހޭލުންތެރި، މާލީފުދުންތެރި ބައެއް. މިހާރުވެސް ފޭދޫ، މަރަދޫ، ހިތަދޫ ކޮންމެ އާއިލާއެއްގައި ކާރެއްނެތް އެކެއް ނުވަތަ 2 ކާރު އޮވޭ. އެހެންކަމުން "ވޯޓް ހޯދުމަށްޓަކާ" ރައީސްވައުދުވި ހުޅުމީދޫ ހިތަދޫ ބުރިޖްއެޅުމުން ތިޔަ ވޯޓްނަގަން އުޅޭ ސައިރިކްސް ޝަރީފް، ޝާޑް އަދި ނަމީރާ ނާޒިމް ދައްކާ ވާހަކަތަކުގެ ހައްލު ލިބިގެންދާނެ.
އަސް
06 October 2025
މީ ބޮޑު ކަންތަށް ގަޑެއް ފެށުމަށް އަޖްމަބެލުން ކަމަށް ބަލެވެނީ.
އޮނަރަބްލް އަފީފު ދީދީ
06 October 2025
ތިޔަ ވޯޓްނަގަން ތާއީދުކޮށް އައްޑޫސިޓީ ކައުންސިލަށް ސިޓިގެ ރައްޔިތުން ހޮވާފައިވާ އައްޑޫސިޓީ މޭޔަރ އަދި އެއްވެސް ކައުންސިލަކު މިހާތަނަށް ވާހަކަ ދައްކާފައި ނެތް އިރު އައްޑޫ ރައްޔިތުން ތަމްސީލު ކުރަން ޤާނޫނުހަދާ މަޖިލީހަށް އިންތިޙާބް ކޮށްފައިވާ މެންބަރުންވެސް ވާހަކަ ދައްކާފައިނެތް. ދެން ތިޔަވިދާޅުވާ "ގިނަ އަދަދެއްގެ" ރައްޔިތުނަކީ ކޮބާ؟! އަދި މިފަދަމައްސަލަ ރައީސަށް ހުށަހަޅަންއޮތް ޤާނޫނީ މަގަކީ ކޮބާ؟! ހިތުހުރި ގޮތަކަށް ރެފަރެންޑަމް ވޯޓަށް އެދެވޭނެތޯ؟
ޙަޒްނާ
06 October 2025
ޢެކަން ކުރަނީ ކިބަޅި ފަރާތުގެ އަހުލުވެރިންގެ ތެރެއިންވެސް ހުކުރު ޖަމާއަތް ހަމަ ނުވާ އަދަދެއް.
ގަމުޒަބީލާ
06 October 2025
ދެން ކޮންމެ ރަށަކުން މަޖިލީހު މެންބަލުންވެސް ހޮވަންޖެހޭނެ ދެއްތޮ؟
މަސާހިބު
06 October 2025
އާދެ، އިއްޒަތްތެރި އައްޑޫ ޑިވެލޮޕްމަންޓު ކޮމެޓީ.
ޚިދުމަތް
06 October 2025
ރަށްރަށް ވަކިކުރެވިދާނެ. އެކަމަކު ވަކިކުރުމަށްފަހު، ތިއިން ކޮންމެރަށެއްގައި ސުކޫލާއި ކޮލެޖާއި ހޮސްޕިޓަލާއި އިންޖީނުގެއާއި ބަނދަރާއި އެއާޕޯޓުފަދަ އަސާސީ ޚިދުމަތްތައް ގާއިމުކުރަން ޖެހޭނެ. މިކަންކަން ގާއިމުކުރެވޭނީ އެކަށީގެންވާ އާބާދީއެއް އޮވެމެ، އެރަށަށް ލިބޭ އާމްދަނީއިން ޚަރަދުތައް ދެކޮޅުޖެއްސިގެން. ތިރަށްތަކުގެ އާބާދީ ހުރީ ފަސްހާހާއި ދިހަހާހާ ދެމެދު. ބިން ލިމިޓު ވާނެ. ވަކިކޮށްގެން ލިބޭނެ އިތުރު ފައިދާއެއް އޮތްނަމަ ތިކަން އަވަސްކުރަންވީ.
މޫސާ ބަދުރުއްދީން
06 October 2025
"އައްޑޫ ހުޅުމީދޫ ކައުންސިލް" އެއް ހަދައިގެން ނުވާނެއެވެ.މިއީ ސިޔާސީ ގޮތުން ސަރުކާރުން އަޅާނެ ނުކަސިޔާރު ފިޔަވަޅެކެވެ.މީދޫ އަދި ހުޅުދޫއަކީ ވަކި ދެ އެޑްމިނިސްޓްރޭޝަނެއްގެ ގޮތުގައި ހިންގާތާ 70އަރަށް ވުރެ ގިނަ ދުވަސްވެފައިވާ ވަކި ދެރަށެކެވެ.އަދި ސަރުކާރުގެ ގެޒެޓްގައިވެސް މިއީ ވަކި ދެރަށެއްގެ ގޮތުގައި އޮންނަނީ ގެޒެޓްކޮށްފައެވެ.
ކޮތަރޭ
07 October 2025
މީދޫ ހުޅުދޫ ކިޔުމަކީ މީދޫ މީހުންގެ އާދައެކެވެ
މުދާބެހުން
06 October 2025
ދެން އައްޑޫގެ ރައްޔިތުންގެ މެދުގައި އުފެދޭނެ އަރާރުމަކަށް ވާނީ ރިސޯޓުތަކާއި އެއާޕޯޓާއި ހޮސްޕިޓަލާއި އިންޖީނުގެއާއި ބަނދަރާއި ހިއްކި ރަށްތަކުގެ މިލްކުވެރިކަން ލިބޭނެ ރަށަކާއިމެދު. މާލޭގެ ވަޒީރު މިކަން ނިންމާގޮތުގެ އިންސާފުވެރިކަމުން ކުރިއަށް ސަތޭކައަހަރުންވެސް، މިދެކޮޅުވެރިކަމުން އަރައިގަނެވޭނެކަމަށް ނުބެލެވޭ. ރައްޔިތުންނަށް ހެޔޮއެދޭ ވެރިކަމަކުން މިފަދަކަމެއް ކުރާނެކަމަށް ނުބެލެވޭ.
ބައިބައިވުން
06 October 2025
އަހަންނަކީ އައްޑޫގެ އޭރާއިމިހާރުވެސް ފެނިފައިހުރި މީހެއް. ރަށްރަށް ވަކިންހިންގި ދުވަސްވަރު ރަށްރަށުގައިއޮތް ދެކޮޅުވެރިކަމާއި ތަޅާފޮޅުން ވަރަށްގާތުން ފެނުނު. މިއަދު އެދެކޮޅުވެރިކަމެއް ނެތް. ކޮންމެރަށެއްގެ ރައްޔިތަކުވެސް އަނެއްރަށަށްގޮސް ބޭނުންގޮތަކަށް އުޅެންވީ. މީހަކު އަހާވެސް ނުލާނެ ކޮންރަށެއްތޯވެސް. އަދި އެރަށެއް ބަލަހައްޓަނީ އެރަށެއްގައި ހުންނަ އަވަށުއޮފީހުގައި އެރަށެއްގެ ކައުންސިލަރާއި މުވައްޒަފުން ތިބެގެން. ބައިބައިވާން މިއުޅެނީ ކޮންކަމަކާ.
ހަސަނޭެ
06 October 2025
މާސިންގާ ނިންމުމެއް ނިންމަން ތިޔަ ދެއްވީ އެންމެ 2 ހަފްތާ. ތިޔަކަހަލަ ނިންމުމެއް ނިންމުމުގެ ކުރިން ރަނގަޅު ދިރާސާއެއް ހަދަން ވާނެ، ރައްޔިތުން ހޭލުންތެރި ކުރަން ވާނެ، 2 ގޮތުގެ ފައިދާއާ ގެއްލުން ކިޔާދެންވާނެ، އެންމެންނަށް ވޯޓު ލެވެން ވާނެ. ރަނގަޅު ނިޔަތެއް އޮތްނަމަ މި ކަންކަމަށް ވަގުތު ދީގެން ވޯޓު ނަގާނީ. ހުރިހާ ކަމެއް ތިޔަ ކުރަނީ ނުވަތަށް
އަފްރާސިޔާބު
06 October 2025
ރައްޔިތުން ކައިރީ މުއްދަތެެއް އަހާކަށްނުޖެހޭ. ސަރުކާރުން ރަށް ވަކިކުރުމަށް ވޯޓުދޭންޖެހުނީމާ އެގޮތަށް ވޯޓުދިނީމާނިމުނީ. އެއިރުން ތިއަތޮޅު ތަރައްގީގެ ކަންތައްވެސް ނިންމާނީ ވޯޓް އަޅައިގެން.