ރައީސް މުއިއްޒާއި އައްޑޫ މޭޔަރު ނިޒާރު
17 ސެޕްޓެމްބަރ 2025 - 15:00
އައްޑޫގައި ވަކިވަކި ކައުންސިލްތައް ހަދަން ފެނޭތޯ ބަލަން ހިޔާލު ހޯދުމުގެ ވޯޓެއް އަންނަ މަހު ނަގަން ބޭނުންފުޅުވާކަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އިއުލާން ކުރައްވައިފި އެވެ.
ރައީސްގެ ޕޮޑްކާސްޓް ޝޯގައި ވާހަކަފުޅު ދައްކަވަމުން އެ މަނިކުފާނު ވިދާޅުވީ، އައްޑޫ ސިޓީ ކައުންސިލެއްގެ ގޮތުގައި އުފެދިފައިވާ ގޮތަށް ބަދަލު ގެންނަން އައްޑޫ މީހުން ބޭނުންވާކަން އެނގިވަޑައިގެންފައިވާ ކަމަށެވެ.
ރައީސް ވިދާޅުވީ، އެންމެ ފަހުގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް އައްޑު އަށް ކުރެއްވި ދަތުރުފުޅުގައި ވެސް އެކަން އެ މަނިކުފާނާ ހަމައަށް އައިސްފައިވާ ކަމަށެވެ. އަދި ރައްޔިތުން އެދޭ ކަހަލަ ދާއިމީ ހައްލެއް ގެނެސް ދެއްވާނެ ކަމަށް އައްޑޫ މީހުންނަށް ވައުދުވެވަޑައިގެންނެވި ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ، އަންނަ އަހަރުގެ ކުރީކޮޅު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ އިދާރީ ކަންކަން އިލެކްޝަންސް ކޮމިޝަނުން ފަށައިގަތުމުގެ ކުރިން އައްޑޫ މީހުން ބޭނުންވާ ގޮތް ބަލައި ގޮތެއް ނިންމަންޖެހޭ ކަމަށެވެ. އެހެންވެ، އެ ކަން ނިންމާނީ އައްޑޫ މީހުން ކަމަށާއި ރައްޔިތުން ގާތު ނާއްސަވައި އެއްވެސް ކަމެއް ކުރައްވަން ބޭނުންފުޅު ނުވާ ކަމަށް ވިދާޅުވި އެވެ.
މިސާލަކަށް އަޅުގަނޑަށް ލިބޭ ވަރަށް ހަގީގީ ކޮންސާންއަކީ ހުޅުދޫމީދޫގައި ވަކިން ހާއްސަކޮށް މި އޮންނަ އޮތުމުގެ ތެރެއިން ވަރަށް ބޮޑަށް ނިގްލެކްޓް ކުރެވިފައި ނުވަތަ ކަންކަން ނުކުރެވިފައި އޮންނަ ކަން. ހުޅުދޫމީދޫ ވަކިން އޮތުމުގެ ސަބަބުން އެ ލިބެންޖެހޭ ސަމާލުކަން ނުލިބުމާއި މި ކަހަލަ ވަރަށް ގިނަ ވާހަކަތައް އާދޭ. ހަމަ އެ ގޮތަށް ފޭދޫ ރައްޔިތުންގެ ފަރާތުން ވެސް އަޅުގަނޑަށް އައިސްފައި އެބައޮތް،"--- ރައީސް
އެ ވޯޓުގައި އަހާނީ ރައީސް ވިދާޅުވި ގޮތުގައި އައްޑޫގައި ވަކިވަކި ކައުންސިލެއް އޮންނަން ބޭނުންތޯ ނުވަތަ މިހާރުގެ ގޮތަށް އައްޑޫ ސިޓީ ކައުންސިލް ގޮތަށް ކުރިއަށް ގެންދާނީތޯ އެވެ.
"އައްޑޫ ފޭދޫ ކައުންސިލް ގޮތަށް ވާންތޯ ނޫނީ މިހާރު އޮތް ގޮތަށްތޯ؟ ނަމުގެ ކުރިއަށް އައްޑޫ މިލަނީ، އަޅުގަނޑު ބޭނުމެއް ނޫން ދެން އަންނަ ބަދަލެއްގައި އައްޑޫ އެ ނަން އުނިވެގެންދާކަށް. އެހެންވީމާ އައްޑޫ މަރަދޫ، އައްޑޫ މަރަދޫފޭދޫ، މިއިން ކޮންމެ ތަނެއްގައި ވަކިން ކައުންސިލެއް،" ރައީސް މުއިއްޒު ވިދާޅުވި އެވެ.
"ވަކި ރަށްތަކެއްގެ ގޮތަށް ކައުންސިލް އުފެދިގެން ވަކި ކައުންސިލްތަކެއްގެ ގޮތުގައި އުފެދިން އަންނަންތޯ ނުވަތަ ނޫންތޯ މި އަހަނީ. ހިތަދޫގައި، ހިތަދޫ ކައުންސިލް، ހިތަދޫ ސިޓީ ކައުންސިލް ގޮތަށްތޯ؟،" ރައީސް މުއިއްޒު ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި، އައްޑޫގެ ރައްޔިތުންގެ މެދުގައި އެ ވޯޓު އަންނަ މަހު ނަގައި، އެ ވޯޓުގެ ނަތީޖާ އެ މަހު ބޭނުންވެ އެވެ.
އެ މަނިކުފާނު ވިދާޅުވި ގޮތުގައި ވަކިވަކި ކައުންސިލްތައް އުފެއްދުމުން އައްޑޫ ރައްޔިތުން އެދޭ ގޮތަށް ކަންކަން ކުރަން މަގުފަހިވާނެ އެވެ.
"މިސާލަކަށް އަޅުގަނޑަށް ލިބޭ ވަރަށް ހަގީގީ ކޮންސާންއަކީ ހުޅުދޫމީދޫގައި ވަކިން ހާއްސަކޮށް މި އޮންނަ އޮތުމުގެ ތެރެއިން ވަރަށް ބޮޑަށް ނިގްލެކްޓް ކުރެވިފައި ނުވަތަ ކަންކަން ނުކުރެވިފައި އޮންނަ ކަން. ހުޅުދޫމީދޫ ވަކިން އޮތުމުގެ ސަބަބުން އެ ލިބެންޖެހޭ ސަމާލުކަން ނުލިބުމާއި މި ކަހަލަ ވަރަށް ގިނަ ވާހަކަތައް އާދޭ. ހަމަ އެ ގޮތަށް ފޭދޫ ރައްޔިތުންގެ ފަރާތުން ވެސް އަޅުގަނޑަށް އައިސްފައި އެބައޮތް،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި، އެހެންވެ އެ މަނިކުފާނު ނިންމެވީ އައްޑޫގެ ވަކިވަކި ރަށްރަށުގެ މީހުންގެ ހިޔާލު ހޯއްދަވައިގެން، އެ މީހުން ބޭނުންވާ ގޮތަކަށް އެ ކަމުގައި ކުރިއަށް ވަޑައިގަތުމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އަފިރިންގެ ކައުންސިލް
18 September 2025
ހުޅުދޫ އާއި މީދޫ އެކޭ އިޒްރޭލާއި ފަލަސްތީނެކޭ ތަފާތެއް ނެތް. މާޒީގައިވެސް ތަޅާފޮޅުމާއި ހަމަނުޖެހުމުގައި ދިއައީ. އަނެއްކާ އެދުވަސް އެނބުރި އަންނާނެ. އެއިރުން ރަށުގެ ކުރިއެރުމަށް ކަމެއް ނުކުރެވި ދެރަށުގެ "ޖަގަޑާ"ގައި އުމުރު ހުސްކޮށްލެވުނީމާ އެއޮތީ ދުނިޔެ އުޅެވިފައި. ބައިބައި ކޮށްގެން ރަށު ކައުންސިލްތައް ހަދައިގެން ލިބޭނެ މޮޅެއް ތިއިން މީހަކަށް ބުނެދެވުނުތަ؟ ސަރުކާރުގެ އިހުލާސްތެރިކަން ހުރިނަމަ ފުރަތަމަ ރައްޔިތުންނަށް ވިސްނައިދޭން އުޅޭނެ
މޮހޮނުބެ
18 September 2025
ރައީސް މުއިއްޒުއަށް ސަލާމައްފަހު ބުނަމެވެ. ޢައްޑުއަކީ ދިވެހި ދައުލަތުން ވަކިވެ މިނިވަން ދައުލަތެއްގެ ގޮތުގައި އޮންނަން ފެންނަ ނުފެންނަ ވޯޓެއް ނަގައިފި ނަމަ އަސްލު އައްޑޫ ރައްޔަތުން ބޭނުންވާގޮތް ފެންާނެ. މާލެ ސަރުކާރުތަކުން ތަކުރާރުކޮށް މި ފުށްގަޑު މޮޑޭތާ ކިތައް ސަތޭކަ އަހަރު.
އަނގަނުޖެހޭނެ
18 September 2025
އެހެން ރަށްތަކުގެ ބިންތަކުން ލިބޭ ފައިދާވެސް ހިތަދޫ ކައުންސިލަށް. ހިތަދޫ މީހުން ބުރިޖޭ އަނެކައްޗެކޭ މިތާގަ ކިޔާނެ ކަމެއް ނެތް. އިންތިޚާބެކޭ ވެސް ކިޔާނެ ކަމެއް ނެތް. ހިތަދޫ މީހުންގެ ނޭތްގާނިކަމުން އެހެން ރަށްތަކުގެ މީހުން މިނިވަން ކުރޭ! ހިތަދޫ ގަ ހުންނަ 'އައްޑޫސިޓީ' ކައުންސިލޭ ކިޔާތަނުން 'އައްޑޫއަތޮޅުގެ'އަރައްޔިތުންނަށް ކުރާ ދުއްޕާނުގެ ވާހަކަ ނޫސްވެރިން ގޮސް އަހާބަލަ އައްޑޫ އަތޮޅުމީހުން ގާތުގަ. މެޕުގަވެސް އައްޑޫ ސިޓީ އޮންނަ ދިމާ ބަލާބަލަ!
ބެނަފެލަ
18 September 2025
ހިތަދޫ މީހުން އެހެން ރަށްތަކުގެ މީހުނާ މެދު ދެކޭގޮތް މިތާގަ ބަޔާން ކޮށްލަން މިއަހަރު ދިމާވި ކަމެއްގެ ވާހަކަ މިއީ. ނޫސްވެރިން ހުޅުމީދޫ މީހަކަށް ގުޅާފަ އެހިޔަސް ކިޔައިދޭނެ. އެސްޓީއޯއިން ކާޑު ފޮނުވީމަ ހިތަދޫ މީހުން ހިތަދޫ ގިދަނުގަ އުކުނު އަޅާފަހުރި ކުނިވެފަ ހުރި ކާޑު މިފޮނުވަނީ ހުޅުދޫމީދުއަށް. ދުވަސް ގަނޑެއް ވަންދެން މިކުނިފުއް ނުކެވޭ ވާހަކަ ރަށުތެރޭގަ ދެކެވުނު ފަހުން ފަޅާއެރީ. މިވަރު ބަޔެއްގެ ދަށުގަ ދެންތިބި މީހުން އުޅެނީ ކިހިނެތް؟
އެބެފެލެ
18 September 2025
ފިތުނަ ފަސާދަ. ތިދައްކަނީ ސަރުކާރުގެ ކުންފުންޏެއްގެ ވާހަކަ. އަދި ތިރަށުގައިވެސް އެކުންފުނީގެ ފިހާރަ ހުރޭ. އެއީ ރައްޔިތުން ނިކުމެ ކުރާކަމެއް ނޫން.
މިބެނީ
18 September 2025
އެއީ މިހާރުގެ އެސްޓީއޯ ގެ މައްސަލައެއް. ހިތަދޫ ރައްޔަތުން ތިކަމުގައި ކުރާނެ ކަމެއް ނެތް.
ނުފޫޒު
18 September 2025
މޭޔަރާއި ޑެޕިއުޓީ މޭޔަރުން ތިބެނީ ކައުންސިލަރުންނަށާއި ރައްޔިތުންނަށް ބިރުދައްކަންބާ؟
ގުދުގުދާބެއްޔާ
18 September 2025
ބޭނުމަކީ އައްޑޫ ބައިބައިކޮށްގެން އިންތިހާބުގައި ވޯޓް ހޯދުން! އައްޑޫ ގެ ކުރިހާ ދަތްތައް އުފުރާލުން!
ބޭނުމަކިީ
18 September 2025
ބުރިޖާއި ނުލާ އުޅެން ދަސްކުރުވުން
ޖޯނީނާ
18 September 2025
ޥޯޓު ލިބޭނެ ވަކި ކުރިޔަސް. މޮޔަނުވޭ. ކަލޭމެންގެ އަޅުވެތިކަމުގަ ތިބެވިއްޖެ ލައްކަ ދުވަހު. އަންޒަމާނުއްސުރެ ހިތަދޫގަ އޮތް އައްޑޫ އަތޮޅުގެ އެހެން ރައްޔިތުންނަށް ކަން ކުރާ ބޭއިންސާފު ގޮތަކީ އެންމެންވެސް ދައްކާ ވާހަކައެއް. ހިތަދޫ މީހުން ނޫނީ. ކަލޭމެންގެ ރަށުގަ މީހުން ގިނަވެފަ އަތޮޅުވެރިކަން އޮތީމަ އެހެން މީހުނަށް ހެދީ ހަދާނެގޮތެއް. ތިރަށުން ވަކިވެގަންނަން ލަސްވެސް ވެއްޖެ.
އަހުމަދު09
18 September 2025
އެބައެއްގެ ބާރުވެރިކަން ކަޑުވާލަންސަރުކާރު ތަކުން .ނޫނީ ސިޔަސީސް ކުރާކަމަކީ ނަފުރަތު އުފެއްދުމާއި އާބާދީތަކުގެ ބާރުކަޑުވާލެވޭނެ ގޮތެއްހޯދާ އެގޮތައް ޢަމަލުކުރެވޭނެގޮތަކީ ކޮބައިތޯބަލާ. ކޮންމެވެސް ބަޔަކުނެރެގެން އެކަމަކަށް ވަކާލާތު ކުރުވުން ޤައުމެއް ނޫނީ އާބާދީ އެއް ނެތިކޮށްލަން . ކޮށް އުޅެނީ ދެކަމެއް ފުރަތަމަކަމީ ބަސްނެތިކޮށް ލުން .އެޑިއުކޭޝަން މެދުވެރިކޮށް %90 ކާމިޔާބުކޮއްފި 2 ވަނަކަންތައް ރޭވުންތެރިކަމާ އެކު މިދަނީ ވިސްނާ ބައިކޮށްނުލެވޭނެ. ވިސނާ.
ޑުބްލިކޭޓް
18 September 2025
މަނިކުފާން އަޅާނެކަމަށް ވައުދުވި ބުރިޖް މިއަންނައަހަރު ނިމޭނެކަމަށް މިބަލަނީ، އެއިރުން ހުޅުދޫމީދޫ ވަކިން އޮވެގެން ދިމާވާ ދަތިތައް ހައްލުވާނެ.
އުނިމާ
18 September 2025
މާ ލަސްވެސް ވެއްޖެ ކަމެއްް. ހިތަދޫގައި ސިޓީ ކައުންސިލް އޮތަސް އޯކޭ، އަނެއް 5 ރަށުގައި 5 ކައުންސިލް އޮތީމާ ޖުމްލަ 30 ކައުންސިލަރުން ތިބުމުން ލިބޭ އާމްދަނީ ގިނަވާނެ. ކޮންމެ މަޖިލިސް މެމްބަރަކަށް އެމީހެއްގެ ދާއިރީކަންކަން ބަލަހެއްޓޭނެ. 8 މެމްބަރުން ގުޅިގެން ސަރުކާރަށް ފުރައްސާރަކުރާކުރުން ނިމުމަކަށް އަންނާނެ. އެމީހުން މިހާރު އެތިބެނީ ގުޅިގެން މުޅި އައްޑޫގެ 40000 ރައްޔިތުންގެ ބަސް ބުނެ އިއްވަން މޭޔަރަކު ހުރުމަކީ ގައުމީ މަސްލަހަތު ގެއްލޭކަމެއް.
ފުރަ މާލޭ
18 September 2025
އައްޑޫ އެއްކައުންސިލަކުން ރިޕްރެޒެންޓް ކުރުމަކީ ސަރުކާރަށް ތްރެޓެއް. އެހެން އޮތީމާ އާބާދީ އެހާބޮޑު. މަޖިލިސްގެ 2 މެމްބަރުނާއެކު ފެށި އައްޑޫ 8 މެމްބަރުންނަށް އިތުރުކޮށްފި. އެހެން ހަދަމުންގޮސް މާލޭ މެމްބަރުންނަށްވުރެ ގިނަވެއްޖެނަމަ އެމީހުން ފުރަތަމަވެސް ހިފާނީ ރާއްޖޭގެ ވެރިކަން ކުރާރަށް މާލެއިން ހުޅުމާލެއަށް ބަދަލުކުރަން. ވެރިކަމުގެ ކަރާމާތް ގެއްލުވަން. އެހެންވެ ހަދަންވީ ހިތަދޫ ސިޓީ އަދި މަރަދޫ، މަދަރޫފޭދޫ ފޭދޫ، ހުޅުދޫ، މީދޫއަށް ވަކި 5 ކައުންސިލް.
އަފްރާސިޔާބު
18 September 2025
އަހަންނަށް ފެންނަނީ އައްޑޫ އެއްކައުންސިލަރަކު ބަހައްޓާފައި ދެންތިބި އެންމެން ކަނޑާލުން. އެ ކައުންސިލަރު އައްޑޫ އަތޮޅު ގުޅާލުމުގެ ފާލަން ކުރިއަށް ގެންދާނީ. މިހާރު އެފާލަން (ބްރިޖް) ނޭޅިގެން އުޅެނީ ކޮންމެ ކައުންސިލަރަކުވެސް ބޭނުންވޭ އެ ބްރިޖަކީ އޭނާ އެޅިތަނެކޭ މީހުންބުނާ އަޑު އަހަން. ސަރުކާރަށް އެކަން ނުކުރެވިގެން އުޅެނީ ކައުންސިލަރުން އެކަމަށް އެދޭލެއް ބޮޑުކަމުން ވަކިކައުންސިލަރަކަށް އެ ރީތި ނަންދޭން ބޭނުންނުވާތީ. ރައްޔިތުންނާއި ކައުންސިލާދޭއްޗެއް