އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ: އެހެން ޕާޓީތަކާ ގުޅިގެން މަސައްކަތްކުރަން އަދާލަތު ޕާޓީ ތައްޔާރު ކަމަށް އިމްރާން ވިދާޅުވި.-- ފޮޓޯ: ނިޝާން އަލީ | މިހާރު
21 ސެޕްޓެމްބަރ 2025 - 13:56
ސަރުކާރު ޖަވާބުދާރީ ކުރުވުމުގައި އެހެން ޕާޓީތަކާ ގުޅިގެން އަދާލަތު ޕާޓީއަށް މަސައްކަތް ކުރެވޭނެ ކަމަށް އެ ޕާޓީގެ ރައީސް ޝައިހު އިމްރާން އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އިމްރާން ވިދާޅުވީ، ސަރުކާރު ޖަވާބުދާރީ ކުރުވުމަށް ޕީއެންއެފާއި އެމްޑީޕީ އަދި އެހެން ސިޔާސީ ޕާޓީތަކާ އެކު މަސައްކަތް ކުރެވޭނެ ކަމަށެވެ.
އިމްރާން ވިދާޅުވީ ސަރުކާރު ޖަވާބުދާރީ ކުރުވަން އެއް ޕްލެޓްފޯމަކަށް އައުމުގެ މާނައަކީ ހުރިހާ ޕާޓީއެއްގެ ފަލްސަފާ އާއި ގަބޫލުކުރާ ހަމަތައް އެކައްޗަކަށް ވުން ނޫން ކަމަށެވެ. އަދި ކޮންމެ ސަރުކާރެއް އޮތަސް ޓްރެކުން ކައްސާލާ ނަމަ އިދިކޮޅުގައި ތިބޭ ޕާޓީތަކުން އެ ވާހަކަތައް ދައްކަންޖެހޭ ކަމަށް އިމްރާން ވިދާޅުވި އެވެ.
އެމްޑީޕީގެ ދެވަނަ ވެރިކަމުގައި ހޯމް މިނިސްޓަރުކަން ވެސް ކުރެއްވި އިމްރާން އެހެން ވިދާޅުވެފައި ވަނީ ސަރުކާރު ހަމައިން ކައްސާލާ ނަމަ އިދިކޮޅު ހުރިހާ ޕާޓީއަކަށް އެ ވާހަކަ ދައްކަން އެއް ޕްލެޓްފޯމަކަށް އާދެވޭނެ ކަމަށް ވިދާޅުވެ ކުރީގެ ރައީސް އަބްދުﷲ ޔަމީން ދެއްކެވި ވާހަކަތަކަށް އިޝާރާތް ކުރައްވަ އެވެ.
އިމްރާން ވަނީ ސިޔާސީ ޕާޓީތަކުގެ ޒިންމާއަކީ އެއީ ކަމަށާއި އެގޮތުގައި އެ ޕާޓީ ދެމިއޮންނާނެ ކަމަށް ވިދާޅުވެފަ އެވެ.
"ސިޔާސީ ޕާޓީ އުފައްދާފައި އެ ޕާޓީތަކަށް މަތިކޮށްފައި އޮތް ޒިންމާއެއް އެބައޮތް. އެ ޒިންމާ އަދާކުރުމަށް އަދާލަތު ޕާޓީ އެހެން ޕާޓީތަކާ އެކު މަސައްކަތް ކުރުމުގައި ދެމި އޮންނާނެ." އިމްރާން ވިދާޅުވި އެވެ.
އަދާލަތު ޕާޓީއަކީ 2015 އަހަރުން ފެށިގެން އެމްޑީޕީއާ އެކު ސިޔާސީ މަސައްކަތް ކުރަމުން އަންނަ ޕާޓީއެކެވެ. ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރު ކޯލިޝަންގައި ވެސް ދައުރު ނިމެންދެން އަދާލަތު ޕާޓީ އޮތެވެ. އަދި، ސޯލިހު ދެވަނަ ދައުރަކަށް ކުރިމަތިލެއްވިިއިރު ވެސް ކޯލިޝަން ޕާޓްނަރެއްގެ ގޮތުގައި އަދާލަތު ޕާޓީ ދެމި އޮތެވެ. އިންތިހާބުގެ ދަވަނަ ބުރު ޖެހުނުއިރު އެމްޑީޕީއާ އެކު އޮތް ހަމައެކަނި ޕާޓީއަކީ ވެސް އެއީ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
raajje
22 September 2025
އިމްރާނަކީ އަބަދުވެސް އަމިއްލަފައިދާއަށް އުޅޭމީހެއް، ވޯޓުކައިރިވާވަރަކަށް މީނާގެދަރުސްތައް ގިނަވާނެ، ގައުމަށްފައިދާހުރިމީހެއްނޫން، ދީންވިއްކާމީހެއްކޭބުނެވިދާނެ ސަބަބަކީ އެމްޑީޕީގެ ވެރިކަމުގައި އެޔޮއްހުރިހާ ޖަރީމާއެއްހިންގިއިރުވެސް އިމްރާނަކީ ވެރިކަމުގެ މުގުޅުގާހުރި އެކެއް، ކަމެއްނުކުރެވެންޏާ އިސްތިއުފާދެވޭނެދޯ! ނަމަވެސް އެކަންވެސްކޮށްފައިނުވޭ
12345
04 October 2025
އިސްތިއުފާދެވޭކަށްނެތް ވާނެ ގެއްލުން ބޮޑުކަމުން އިމްރާނަކީ ވެރިކަމުގެ މުގުޅުގާހުރިކަމަކު އެއްވެސް ބާރެއްނެތް
ކައުންސެލަރު....
22 September 2025
އަހަރެންނަކީ ދޫންޏެއްނޫނެވެ. އަދި ވާލެއްވެސް ނޫނެވެ.
މަބުނީ
22 September 2025
ގިޔާމަތް ވުމާއި ، ފަހުޒަމާނުގެ އަލާމަތް ތަކުގެތެރެއިން އަލާމާތެއް.
ޢެމްޕީނެންޑީ
22 September 2025
އެހެން ޕާޓީ އަކާ ނުލާ އަދާލަތު ޕާޓީ އަމިއްލަ ފައިމައްޗަށް ތެދުވާނީ ކޮން އިރަކު؟
ޚސޖސ
22 September 2025
މަނީ މަނީ ގުރޫޕް
ެިބްރާހީމް
21 September 2025
މީނަ ހޭލެވުނީތަ. ދުވަސް ކައިރިވަނީދޯ.
ޔަހޫޔާ
21 September 2025
އިމްރާން ދެން ބޭކާރު ވާހަކަ ނުދައްކަ ބެންކޮކްގަ ޖޫސްޕެޓީ ވިއްކަން ހުރދބަލަ ލބޭ ވަރު މަދުވީތަ ތިކޮޅުން
މިސްޓަރ ޓިނޭ
21 September 2025
ދީން ވިއްކަން ނިކުތީ،
އަފުން
21 September 2025
ހިހޫތަނުން ކައިގެން އުޅެން ދަސްކޮށްފަ ހުރި ކުއްޖެއް.
ރީމްމް
21 September 2025
އިމްރާން ހުރެބަލަ ބެންކޮކްގަ ޖޫސްޕެޓީ ވިއްކަން