އދ.ގެ އާއްމު ޖަލްސާގައި ބައިވެރިވެވަޑައިގެންނެވުމަށް ފުރާ ވަޑައިގެންނެވުމަށް ޓަކައި ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ވީއައިއޭގައި. ފޮޓޯ: ފޮރިން މިނިސްޓްރީ
21 ސެޕްޓެމްބަރ 2025 - 19:14
އދ. ގެ އާއްމު މަޖިލީހުގެ އެންމެ މަތީފެންވަރުގެ ބޭފުޅުންގެ ބައްދަލުވުންތަކުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހާއްސަ މަންދޫބެއްގެ ގޮތުގައި ބައިވެރިވެވަޑައިގަތުމަށްޓަައި ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލު މިއަދު އެމެރިކާގެ ނިއުޔޯކަށް ފުރާވަޑައިގެންފި އެވެ.
ފޮރިން މިނިސްޓަރުގެ އިތުރުން، ޓޫރިޒަމް މިނިސްޓަރު ތޯރިގު އިބްރާހިމް ވެސް ވަފްދުގައި ހިމެނިވަޑައިގަންނަވަ އެވެ.
ފޮރިން މިނިސްޓްރީން ބުނީ މިނިސްޓަރު ހަލީލުގެ ދަތުރުގައި މަތީފެންވަރުގެ ގިނަ ބައްދަލުވުންތަކެއްގައި ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ.
އދ. ގެ އާއްމު މަޖިލީހުގެ ހައިލެވެލް މީޓިންތައް ހަފުތާއަކަށް ދެމިގެންދާ އިރު މި ފަހަރު އެ މަޖިލީހުގައި ކުރިއަށް ގެންދާނެ ކަމަށް ބެލެވޭ އެންމެ ބޮޑު ކަމަކީ މީގެ ކުރިން ފަލަސްތީނުގެ ދައުލަތް ބަލައިނުގަނެ ތިބި ގިނަ ގައުމުތަކަކުން ފަލަސްތީނުގެ ދައުލަތް ބަލައިގަތުމެވެ.
ފަލަސްތީނުގެ ދައުލަތް ބަލައިގަންނާނެކަން މިހާތަނަށް އިއުލާނުކޮށްފައިވާ ގައުމުތަކުގެ ތެރޭގައި އޮސްޓްރޭލިއާ، ކެނެޑާ، ބެލްޖިއަމް އަދި ފްރާންސް ހިމެނެ އެވެ.
ފަލަސްތީނު މީހުންނާ ދެކޮޅަށް އިޒްރޭލުން ހިންގާ ޖަރީމާތައް ކުށްވެރިކުރުމާ އެކު ފަލަސްތީނު މީހުންގެ ހައްގުތަކަށް ވަކާލާތުކުރުމުގައި ރާއްޖެއަކީ އަބަދުވެސް ވަރަށް އިސް ސަފުގައި މަސައްކަތްކުރާ ގައުމެކެވެ. ހާއްސަކޮށް ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި އެ މަސައްކަތް އިތުރު ހަރުފަތަކަށް މައްޗަށް ޖައްސާލައްވައި، އިޒްރޭލުގެ ޕާސްޕޯޓު ވެސް ރާއްޖެ އަށް ވަނީ މަނާކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އިބުރާހިމް
22 September 2025
ރާއްޖޭގެ އދ ގެ މަސްްއްކަތްގާތުން އެންމެ ބެލިދުވަހެއް ވިދާޅުވެދެއްވަބަލަ! ރާއްޖޭގެ އދ އިން ދޭ ފައިސާ ރަނގަޅުގޮތުގަތޯ ބޭނުންކުރެވެނީ ބެލިދުވަހެއް ވިދާޅުވެދެއްވަބަލަ!
ހަރަދޭ
22 September 2025
ދެން ކާކު ހާލީލުގެ ނައިބަކަށް ދަނީ. އަދި ނައިބުގެ ނައިބަކަށް ވެސް ދަނީ.
ކުރާ ކަމެއް ހަމަ ހަރާމް
22 September 2025
ތިޔަ ޖެނެރަލް އެސެމްބްލީއަކުން ރާއްޖެއަށް ލިބޭ އެއްވެސް ފައިދާއެއް ނެތް. ތިޔަ ޚަލީލު އާއި ތޯރިގާއި ނަސީރުމެން ތިތަނުގައި ގޮސްގެން ކުރާކަމެއް ބުނެބަލަ. އަހަރުމެންގެ ޓެކްސްލާރި ތަޅާބުރުވަނީ.