ބަންގްލަދޭޝްއާ ދެކޮޅަށް ރާއްޖޭން ކުޅުނު މެޗު: އެ މެޗު 2-1 ސެޓުން މޮޅުވެ ރާއްޖޭން ވަނީ މުބާރާތުގެ ތިންވަނަ ހޯދާފަ --- ފޮޓޯ: ގާފް ސްޕޯޓްސް
22 ސެޕްޓެމްބަރ 2025 - 19:39
ކޮމަންވެލްތު ބީޗް ހޭންޑްބޯޅަ މުބާރާތުގެ ނަމުގައި ރާއްޖޭގައި ބޭއްވި މުބާރާތުގެ ތިންވަނަ ރާއްޖޭން ހޯދައިފި އެވެ.
ތިންވަނަ ހޮވި މެޗުގައި، މިއަދު ހަވީރު ރާއްޖޭން ނުކުތީ ބަންގްލަދޭޝްއާ ދެކޮޅަށެވެ. އެ މެޗު ރާއްޖޭން ކާމިޔާބު ކުރީ 2-1 ންނެވެ.
މެޗުގެ ފުރަތަމަ ސެޓް، ބަންގްލަދޭޝްއިން 25-20 ން ކާމިޔާބު ކުރި އެވެ. އަނެއް ދެ ސެޓު ރާއްޖޭން ހޯދީ 22-12 އަދި 7-4 ންނެވެ.
މުބާރާތުގެ ލީގު ބުރުގައި ރާއްޖެ ވަނީ ބަންގްލަދޭޝް އަތުން ބަލިވެފަ އެވެ.
މުބާރާތުގެ ފަސްވަނަ ޓީމު ކަނޑައެޅުމަށް މިއަދު ކުޅުނު މެޗުގައި ވާދަކުރީ ސެމީ ފައިނަލުން ފުރުސަތު ގެއްލުނު އިންޑިއާ އާއި ދެކުނު އެފްރިކާ އެވެ. އެ މެޗު އިންޑިއާއިން ކާމިޔާބު ކުރީ 2-1 ންނެވެ.
ފައިނަލުގައި މިރޭ ނުކުންނާނީ ޕާކިސްތާނާއި ސްރީ ލަންކާ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ހަމްދާ
22 September 2025
ބީޗް އޮންނަ ރާއްޖެއަށް ލިބުނު ވަރަށްވެސް ބޮޑު ކާމިޔާބީއެއް.