މީގެ ކުރިން ބޭއްވި ރަސްމިއްޔާތެއްގައި ތައުފީގު ވާހަކަދައްކަވަނީ- ފޮޓޯ: ނިޝާން އަލީ/ މިހާރު
23 ސެޕްޓެމްބަރ 2025 - 20:15
ފެނަކަ ކޯޕަރޭޝަންގެ ދެވަނަ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރަކަށް، އާދަމް ތައުފީގު އައްޔަންކޮށްފި އެވެ.
ފެނަކަ ކުންފުނިން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓުގައި ބުނީ އެ ކުންފުނީގެ ޑީއެމްޑީގެ މަގާމަށް އާދަމް ހަމަޖައްސާފައިވާ ކަމަށެވެ. މިއީ، އެ ކުންފުނީގައި މި ވަގުތު ހުންނެވި ދެވަނަ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރެވެ. އެ މަގާމުގައި ދެން ހުންނަވަނީ މުހައްމަދު އާރިފެވެ.
ފެނަކައިގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވުމަށްފަހު އެންމެ ފަހުން އިސްތިއުފާ ދެއްވީ މުހައްމަދު އަބްދުލް ކަރީމް (ރުކުމާ) އެވެ. އަދި އޭގެ ކުރިން އައްޔަން ކުރެއްވި ގިނަ ބޭފުޅުން ވެސް ވަނީ އިސްތިއުފާ ދެއްވައިފަ އެވެ.
އާދަމް ތައުފީގު ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަން ކުރައްވައިފަ އެވެ. އަދި ޕީއެންސީގެ ކައުންސިލް މެމްބަރުކަން ވެސް ކުރެއްވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ނާޑުވާ
24 September 2025
އަދި މާމަދޭ ވޯޓް ލާންވާއިރަށް 20 ވަރު ވައްޓާލަން ވާނެ.
މޭޖަރ އަޙްމަދު
24 September 2025
ދެން އަނެއްހެން ތިއީ ކުނި ބިސްކޭހެއް ގޮޑަށް އެއްލާލުންކަހަލަ ހަބަރެއް
ރަހޭ
24 September 2025
ދައްކަވަްނ ހުރި ތަނެއް ދައްކަވާފައި ގެންދަވާނީ
ނަޝީދު ކަނި
24 September 2025
ތި މަޤާމުގެ ސަބަބުން ލޯކަލް ކައުންސިލް އިންތިހާބަށް ކުރާނީ ފައިދާތޯ ނުވަތަ ގެއްލުންތޯ ބަލަން ތިބެމާ.
އިސްމާއިލް މަހީޚް
24 September 2025
މިހާރު ދެން މިރަނގަޅުވަނީ. ތަޢުފީގަކީ އަހަރެމެންގެ އުންމިދު.
އަހްމަދު މޫސާ ފޭރުމާގެ
24 September 2025
އަޅުގަނޑުގެ ނަޒަރުގައި މިއީ އެފަދަ މަޤާމަކަށް ކުފޫ ހަމަވާ ބޭފުލެއް ނޫން. ވެރިކަމުގެ ބާރުަ އޮތީމަ ކޮންމެ މީހަކަށްވެސް މަޤާމެއް ދެވިދާނެ.
ކޯޑި ހުސައިން
24 September 2025
ޝާމިންގެ ގޮނޑި ހުސްކޮށް އެގޮނޑިއަށް އައުމަށް ކޮށާލެވޭ މަގެއް ކަމަށް ރަށުގެ ތެރޭގައި ވާހަަ އެބަ ފެތުރޭ. އަހަރެމެން މިތިބީ ހަމަ ހިލާ އެގޮތަށް ދީލާކަށް ނޫން.
އެސްކޭ
24 September 2025
ތަޢުފީޤަށް މަރުޙަބާ. އަޅުގނޑު ތާއީދު ނުކުރިއަސް ތައުފީޤު އަށް ތިމާާމު ހައްޤު. އަސްލު ހައްޤީ އެމްޑީކަން. ޑީއެމްޑީ ކަމަކީ މާކުޑަ މަގާމެއް. ދެންވެސް ބޮޑުމީހާގެ ބަސްއަހައިގެން އުޅޭތި.
ޖޭޕީ މޫސަ
24 September 2025
ޝާމިން އަާއި އަޅާބަލާއިރު ތަޤުފީޤަކީ އެއްވެސް ގޮތެއްގައި އަޅާ ކިޔޭނެ ބޭފުލެއް ނޫން. ޝާމިންގެ ކެއްތެރިަކމާއި ދުރުވިސްނުމާއި ހުރީ ދާިރާއާއި ގުޅިފައި. މިހެންހެދީމާ އެއް އުރައަށް ދެކަނޑި ތިލެވެނީ. އެކަމުން ލިބޭނީ ގެއްލުން.
މުޙައްމަދު ޔައުޤޫބު
24 September 2025
މީހެއްގެ ވިއްޔާ ގޮތެއް ހުންނަންވާނެ. އެއްދުވަހު އެއްްޗެތި ކީ އަނގައިން އަނެއް ދުވަހު ސަނާކިޔާފައި އަނެއްދުވަހު ހަމަ ހެއްދެވި ނެހެއްދެވި އަށް ގޮވާފައި ޖެހިގެން އައި ދުވަހު މިއޮއް ފެނުނު ޚަބަރެއްތާ... ބޭބެ ދޭގޮތުގައި ތަޢުފީޤަށް ދެން ރަނގަޅުވާނީ ސިޔާސީ ކަންކަން ހުއްޓާލިއްޔާ...